ހައި ކޯޓު. އެ ކޯޓުން ތިނަދޫ ކޯޓުގެ ގާޒީ ދޫކޮށްލި މައްސަލަ އިސްތިއުނާފް ކުރަން ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައި. --މިހާރު ފޮޓޯ
29 މެއި 2016 - 14:19
ގދ.ތިނަދޫން މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އެ ރަށު ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ދޫކޮށްލަން ހައި ކޯޓުން ނެރުނު އަމުރު އިސްތިއުނާފް ކުރަން ފުލުހުން މިއަދު ނިންމައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަސްތުގެ ހާލަތުގައި ހުއްޓައި ހައްޔަރު ކުރި އުމުރުން 38 އަހަރުގެ މީހާ ދޫކޮށްލި މައްސަލަ އިސްތިއުނާފް ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
"މިހާރަ" ށް އެނގިފައިވާ ގޮތުން އިބްރާހިމް ރަޝީދު ރޭ ދޫކޮށްލީ އޭނާ ހައްޔަރުކުރުމުގައި އަމަލުކުރި އިޖުރާއަތުގައި މައްސަލަތަކެއް ހުރުމުންނެވެ. އޭނާ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހުގެ ރެ އެވެ.
ފަނޑިޔާރުންނާ ބެހޭ ގާނޫނުގައި ބުނާ ގޮތުން ޖިނާއީ ކުށެއް ކުރަނިކޮށް ފެނިއްޖެ ހާލަތެެއްގައި ނޫނީ ފަނޑިޔާރަކު ހައްޔަރުކުރެވޭނީ އެ ފަނޑިޔާރަކު ނިސްބަތްވާ ކޯޓަކަށް ވުރެ މަތީ ކޯޓެއްގެ އަމުރެއް ލިބިގެންނެވެ.ފުލުހުން މީގެ ކުރިން ބުނި ގޮތުގައި ތިނަދޫން ހައްޔަރު ކުރި މީހާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު އޭނާ ހުރި ދިމާ ބިންމަތިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ވަނީ ފެނިފަ އެވެ. އެކަމަކު އެ ރަށުން ހައްޔަރުކުރީ ރަށު ކޯޓުގެ މެޖިސްޓްރޭޓް ކަމެއް ފުލުހުން ނުބުނެ އެވެ.
ތިނަދޫ ކޯޓުގެ ގާޒީ ދޫކޮށްލަން ހައި ކޯޓުން އަމުރު ނެރުނުއިރު، އޭނާ ހައްޔަރުކުރުމާ ގުޅިގެން ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ފުލުހުންނަށް ތައުރީފު ކުރައްވައި ގާނޫނަށް ވުރެ މަތީގައި އެއްވެސް މީހަކަށް ނުހުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާލަތު
29 May 2016
ކުށެއް ކުރަނިކޮށް ފެނިއްޖެ ކަމަށް ވާނީ އެކަން އޭނާ ކުރިނިކޮށް ފެނުމެވެ. ދިވެހި ބަހުގެ ވޭވޭ ހުރިކަމަށް މި އިޝާރާތްކުރަނީ. މާނައަކީ މަސްތުވާތަކެތި ބޭނުން ކުރަނިކޮށް ފެނުނުމުންނޭ އެގޮތަށް ހައްޔަރު ކުރެވޭނީ. މަސްތުގެ ހާލަތުގައި ހުރިކަމަށް ޝައްކުރެވިގެން ނުވަތަ މަސްތުވާތަކެތި ބޭނުންކުރާކަމަށް ފެނިގެން ހައްޔަރެއް ނުކުރެވޭނެއޭ.
މުހައްމަދު
29 May 2016
ޑިފެންސް މިނިސްޓަރ ފްރޭމް ކުރި ބަޔަކު ޖެހިލުން ނުވާނެ ގާޒީއަކު ފްރޭމް ކުރާކަށް. ނާޒިމް ބުނިހެން އެއްވެސް ރައްޔިތަކަށް ރައްކާތެރިކަމެއްނެތް.