ކުޅިވަރު

ކުޅިވަރުގެ ބޮޑު ހަފުލާ "މިހާރު އެވޯޑްސް" މިރޭ!

ޕެރެޑައިސް އައިލެންޑް ރިޒޯޓު: މޭ 5، 2018- ކުޅިވަރު ކުޅުންތެރިންނާއި ހިދުމަތްތެރިންގެ އަގު ފުޅާ ދާއިރާއެއްގައި ވަޒަންކުރުމުގެ ގޮތުން "މިހާރު" ނޫހުން ތައާރަފްކުރި "މިހާރު އެވޯޑްސް" ގެ ފުރަތަމަ އެވޯޑް ހަފުލާގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް އެމްވީ

މިދިޔަ ހަފުތާގައި ދިވެހިން ފާހަގަކުރީ ރާއްޖޭން ބޭރުގެ މުބާރާތެއްގައި ދިވެހި ކުޅުންތެރިން ހޯދި ބޮޑެތި ކާމިޔާބީ އެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ހޯދި އެކި ކުލަކުލައިގެ މެޑަލްތަކެވެ. މިރޭ 9 ޖަހާއިރު ދަރުބާރުގޭގައި ދިވެހި ކުޅިވަރު އާއިލާއާ އެކު "މިހާރު އެވޯޑްސް" ފާހަގަކުރާނީ ރާއްޖެ އާއި ރާއްޖޭން މުބާރާތްތަކުގައި ދިވެހި ކުޅުންތެރިން ވާދަކޮށް ދެއްކި ހުނަރުވެރިކަމެވެ.

އައިއޯއައިޖީގެ ކާމިޔާބީ އާއި އެ ގޭމްސް 2023 ވަނަ އަހަރު ބާއްވަން ރާއްޖެ އަށް ފުރުސަތު ލިބުމުގެ އުފަލުގެ ތެރޭގައި، މިރޭ ބާއްވާ މި ހަފުލާގައި ހަ ކުޅިވަރަކުން، އެކި ގިންތިތަކުން ވަނަތަކެއް ހޮވާނެ އެވެ.

އެތުލެޓިކްސް، ފެތުން، ބެޑްމިންޓަން އަދި ޓޭބަލް ޓެނިސް އެއްކޮށްގެންދޭ އިންޑިވިޖުއަލް ކުޅުންތެރިޔާގެ ބައިގައި ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިން އަދި 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިން ހޮވާނެ އެވެ. ވޮލީބޯޅައިން ވެސް ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިން ހޮވާނެ އެވެ.

ފުޓްބޯޅައިން އެންމެ މޮޅު ތިން ކުޅުންތެރިންނާއި 21 އަހަރުން ދަށުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން މިދިޔަ ސީޒަނުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ރަންބޫޓު ދޭނެ އެވެ. މިރޭގެ ހަފުލާއަށް ދާއިރު އިނާމެއް ކަށަވަރުވެފައިވާނެ ހަމައެކަނި ކުޅުންތެރިޔަކީ، އެ ބޫޓުގެ ހައްގުވެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އެވެ.

2017 ވަނަ އަހަރު އެންމެ މޮޅު އަންހެން އިންޑިވިޖުއަލް ކުޅުންތެރިޔާގެ މަގާމް ހޯދި ނަބާހާ (ކ) އަދި އެންމެ އުއްމީދީ އަންހެން އިންޑިވިޖުއަލް ކުޅުންތެރިޔާގެ މަގާމް ހޯދި އޭނާއާ އެއްމާބަނޑު ނަބީހާ. --ފޮޓޯ: އިމޭޖަސް އެމްވީ

އަގުވަޒަންކުރުމަކީ މި އެވޯޑްސްގެ ވަރަށް މުހިއްމު ބަޔެކެވެ. މިދިޔަ އަހަރު ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ އަށް ކުޅިވަރުން ރީތި ނަމާއި ޝަރަފް ހޯދައިދިން ފަރާތްތަކަށް އެކަމުގެ އިނާމް ދެވޭނެ އެވެ. އަދި ބައިނަލްއަގްވާމީ ފެންވަރުގައި ހާއްސަ ރެކޯޑެއް ހެދި ކުޅުންތެރިޔެއްގެ އެ މަސައްކަތް ވެސް ފާހަގަކުރެވިގެންދާނެ އެވެ.

ކުޅިވަރު ރެފްރީއެއްގެ ގިނަ ދުވަސްވީ ހިދުމަތް ފާހަގަކުރުމާއި ދިވެހިންނާ ވަކިވެގޮސްފައިވާ ކުޅިވަރު ލެޖެންޑެއްގެ ހިދުމަތް ބަލައިގަނެ އެކަން ފާހަގަކުރުން ވެސް އޮންނާނެ އެވެ. އެންމެ ހާއްސަ އިނާމަކީ، ލައިފްޓައިމް އެޗީވްމަންޓަށްދޭ ޒާހިރު ނަސީރު އެވޯޑެވެ. އޮލިމްޕިކް ކޮމިޓީގެ ކުރީގެ ރައީސް ބައްޕަ ޒާހިރު ނަސީރުގެ ނަންފުޅުގައި މި އެވޯޑް ދެނީ، އެމަނިކުފާނަކީ ކުޅިވަރަށް އެންމެ ގިނަ ދުވަހު، އެންމެ ފުޅާ ދާއިރާއެއްގައި ހިދުމަތްކުރެއްވި 'ދިވެހި ކުޅިވަރުގެ ބައްޕަ" އެވެ.

"ޒާހިރު ނަސީރުގެ ނަމުގައި މި އެވޯޑް ދޭން ނިންމީ ދިވެހި ކުޅިވަރަށް އެމަނިކުފާނުކޮށްދެއްވި ޚިދުމަތުގެ ހަނދާނާއި ޝަރަފުގައި. އަދި ދިވެހި ކުޅިވަރުގެ ގިނަ ހިދުމަތްތެރިންގެ ނަމޫނާއަކީ ވެސް އެމަނިކުފާނު ކަމަށް ވެފައި އެފަދަ އެވޯޑެއް ޒާހިރުގެ ނަންފުޅަށް ޚާއްސަކުރުން މުހިންމު ކަމަށް ވެސް ދެކެން،" އޮފިޝަލަކު ވިދާޅުވި އެވެ.

2017 ވަނަ އަހަރުގެ ޒާހިރު ނަސީރު އެވޯޑް ހާސިލްކުރެއްވި ހީނާ އަހުމަދު ސަލީމް. -- ފޮޓޯ: އިމޭޖަސް އެމްވީ

ކުޅިވަރު އާއިލާގެ އެންމެން އެއްތަންވެ ކާމިޔާބީ ފާހަގަކުރުމާއި އަގުވަޒަންކުރުމުގެ ރޫހު އާލާކޮށްލާ މި އެވޯޑް ހަފުލާގައި މުނިފޫހިފިލުމުގެ ހާއްސަ އައިޓަމްތަކަކުން އިތުރު ކުލައެއް ޖައްސައިދޭނެ އެވެ. ނެށުމުގެ އައިޓަމަކާއި ބޮޑުބެރުގެ އައިޓަމެއްގެ އިތުރުން ހާއްސަ ލަވައެއް ހުށަހެޅުން އޮންނާނެ އެވެ.

ކޯޗުންނާއި، ކުރީގެ ކުޅުންތެރިންނާއި، ޓެކްނިކަލް އޮފިޝަލުންނާއި ރެފްރީން އަދި ކުޅިވަރު ނޫސްވެރިން ހިމެނޭ ތަޖުރިބާކާރުންގެ ޕެނަލްތަކުން، މުޅި އަހަރުގެ މަސައްކަތުން ކަނޑައަޅައިދޭ މޮޅު ކުޅުންތެރިންނަށް އިނާމް ދިނުން ބާއްވާއިރު އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ ސްޕޮންސަރުންނަށެވެ. އެ ފަރާތްތަކުގެ އެހީ ނެތި މިފަދަ ބޮޑު އެވޯޑެއް އިންތިޒާމްކުރުމަކީ، ކުރެވޭނެ ކަމެއް ނޫނެވެ.

މި އެވޯޑްސްގެ މެއިން ސްޕޮންސަރުންނަކީ ރާއްޖޭގެ އެންމެ ބޮޑު އެއް މުވާސަލަތީ ކުންފުނި އުރީދޫ މޯލްޑިވްސް އާއި ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި އެލައިޑް އިންޝުއަރެންސް އެވެ.

އެވޯޑް ހަފުލާ ޓީވީން ވަގުތުން ދުރަށް ފޮނުވައިދެނީ، ރާއްޖޭގެ އެންމެ ބޮޑު އެއް މީޑިއާ ހައުސް ވީމީޑީ އެވެ. ޓްރޮފީ ފަރުމާކުރުމުން ފެށިގެން އެވޯޑްސް ބްރޭންޑްކޮށްދެނީ އެ ފަދަ ދެ ވަނަ އެއް، ތިންކް އެޑްވަޓައިޒިން އިންނެވެ. އެސޯސިއޭޓް ޕާޓްނަރުންގެ ގޮތުގައި ވެސް އެހާމެ ފުންނާބު އުސް ކުންފުނިތަކެއް ހަރަކާތްތްތެރިވެ އެވެ. ރެއިންބޯ، ދަ ކިޗަން، ސޮނީ ސްޕޯޓްސް، ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)، ވެލިގާ ހާޑްވެއާ، މެޓަލް ސައިންސް، ބީއެޗްއެމް އަދި ޕްރިންޓް ލެބްގެ ފަރާތުން ލިބޭ އެހީތެރިކަން ވެސް ނުހަނު ބޮޑެވެ.

އެ އެހީތެރިކަން ފޯރުކޮށްދެނީ އެންމެ މަގުސަދެއްގަ އެވެ. ދިވެހި ކުޅިވަރު ކުރިއެރުވުމަށާއި ކުޅުންތެރިންގެ މަސައްކަތް ގައުމީ ފެންވަރެއްގައި އަގުވަޒަންކުރުމުގެ ގޮތުންނެވެ. އެ އެހީތެރިކަމާ އެކު، މިދިޔަ އަހަރު އެ ކުޅުންތެރިންގެ ޕާފޯމަންސް ތަޖުރިބާކާރުން ލައްވައި މިންކުރުވައި، އޭގެ ނަތީޖާ 'މިހާރު އެވޯޑްސް" ގައި މިރޭ ގެނެސްދޭނީ، އެހާމެ ކުލަގަދަ ރަސްމިއްޔާތަކުންނެވެ.

3 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 88%
icon sad icon sad 13%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޮޔަވީ

05 August 2019

ހޭންޑް ބޯލް ، ނެޓްބޯލް ، އަދި ބާސްކެޓްބޯލް މިއީ އިނާމް އެއްދެވޭވަރުގެ ކުޅުންތެރީން ތިބި ކުޅިވަރު ތަކެއް ނޫން ދެއްތޯ ؟

The name is already taken The name is available. Register?

ބާބޫ

05 August 2019

މިހާރު ފުޓްބޯޅައިގައި ތިޔަ އިނާމް ކަނޑު އުޅަނދުފަހަރުގެ ކައްޕިންނަން ދިނުން މާ އަޢުލާ ވެގެންވޭ...އެއީ މިހާރު ފުޓްބޯޅައަކީ ބަޔަކު ބަލާ ކުޅިވަރެއްނުން، މިބުނީ ދިވެހި ފުޓްބޯޅަ ވާހަކަ.....................އެއީ އިނދަޖެހި ވާވެ ހަސްކެނޑިފައޮތް ބާ ފޮށާގަނޑަކަށް ވުރެ ހާލު ދެރަވެފަ އޮތް ކަމެއް................

The name is already taken The name is available. Register?

ފުންއަސަރު

05 August 2019

އިނާމު ހައްގުވެރި ފަރާތެއް ވާނަމަ، އެފަރާތެއް ނަމަ ނަމަ ވައްޓާނުލާތި. އެގޮތަށް ކަންވެ ނިމިއްޖެނަމަ ގިނަބަައެއްގެ ނުރުހުން ފާޅުކުރާނެ. ވަރަށް ބަލައިގެން ލިސްޓް ތަރުތީބުކޮށް ދައުވަތުދޭންވާ ހުރިހާ ފަރާތަކަށް ދައުވަތުދީ ނިންމާ. އަދި އޭގެ ފަހުގާ އިނާމުދޭންވަ މާލަމަށް ވީހާ އަވަހަކަށް ގޮސް، ދެން ކުރަންވެފާހުރި ކަންކަން ނިންމާ. އޭރުން ހަމަގައުިމުވެސް ފަހުން އެކަމަކީ ފަހުން ބޮލުގެ ރިހުމަކަށްނުވެ ސަލާމަތްވާނެ. މަރްހަބާ ތިޔަކުރައްވާ ބުރަ މަސައްކަތަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454