ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން. (ކ-ވ) ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން، ފޭދޫ ދާއިރާގެ މެމްބަރު ނިހާދު، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން އަދި އިވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު. --- ފޮޓޯ: މަޖިލިސް
28 އޯގަސްޓް 2019 - 13:04
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) އަކީ ރައްޔިތުންގެ އިތުބާރު ގެއްލި ޝަރުތު ހަމަވާ ބޭފުޅެއް ނޫން ކަމަށާއި އޭނާ އަށް އޮތީ ޖަލުގެ ގޮޅި ކަމަށް ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ގިނަ މެމްބަރުން ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ފަނޑިޔާރު ކަމުން ޑީޑީ ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ނިންމި ރިޕޯޓަށް ބަހުސް ކުރެއްވި އެމްޑީޕީގެ ގިނަ މެމްބަރުން ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ޑީޑީ އަށް ލިބިވަޑައިގެންނެވި ހިސާބުން އޭނާ އަށް ކުރި އިތުބާރު ގެއްލިފައިވާ ކަމަށެވެ. ޑީޑީއަކީ އަބަދުވެސް ސިޔާސީ ބޭފުޅުންގެ ފަހަތުން "ފައިސާ އަށް" މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ. ޑީޑީ ވަކިކުރުމަކީ އެހެން ފަނޑިޔާރުންނަށް ލިބޭނެ ފިޔަވަޅެއް ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.
މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރެއްވި ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވީ ޖޭއެސްސީގެ ރިޕޯޓުން ޑީޑީއަކީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ނާޖައިޒު އެތައް މަންފާއެއް ހޯއްދަވާފައިވާ ބޭފުޅެއް ކަން ސާފުވާ ކަމަށެވެ.
"ރިޕޯޓުގައި ހުރި ހުރިހާ ނުކުތާއަކަށް ބަލާލި ނަމަވެސް އަޅުގަނޑުމެން ލަދުގަނޭ،" ޖީހާން ވިދާޅުވި އެވެ.
ޖޭއެސްސީގެ ރިޕޯޓުގައި މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމުގައި ތުހުމަތު ކުރެވޭ މީހުން މި ގައުމުން ފިލައިގެން ރާއްޖެ ދޫކޮށް ދިއުމަށް އެހީތެރިވެދިން ފަނޑިޔާރުންގެ ތެރޭގައި ޑީޑީ ހިމެނިވަޑައިގަންނަވާތީ ޖީހާން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. ޑީޑީ ފަނޑިޔާރު ކަމުން ވަކިކޮށްފައި، އޭނާގެ ކަންކަން މަޑުޖައްސާލެވެން ނެތް ކަމަށް ވެސް ޖީހާން ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑީޑީ ޖޭއެެސްސީ އަށް ހާޒިރުވެވަޑައިގަތުމަށް ފަހު ނުކުމެވަޑައިގެން ކާމިޔާބުގެ ނިޝާން މީޑިއާ އަށް ދައްކާލައްވަނީ. --ފޮޓޯ: ހުސައިން ވަހީދު/މިހާރު
"އަޅުގަނޑުގެ ނަޒަރުގައި މި ފަނޑިޔާރުގެ މައްޗަށް ދައުވާ ކުރެވެން ޖެހޭނެ. ފަނޑިޔާރު ޖަލަށް ލެވެން ޖެހޭނެ. ޖަލަށްލާންވީ ކުށުގެ ޝިކާރައަކަށް ހަދާ އަޅުގަނޑުމެންގެ ޅަ ދަރީންނެއް ނޫން. މިކަހަލަ މީހުން،" ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑީޑީ އަށް އިޝާރާތް ކުރައްވަމުން ޖީހާން ވިދާޅުވި އެވެ.
އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވި ގޮތުގައި ފަނޑިޔާރު ޑީޑީ ވަނީ އަމިއްލަ އަށް ކުށަށް އިއުތިރާފްވެފަ އެވެ. އަދި ޖޭއެސްސީން މައްސަލަ ބަލަން ފެށުމާ އެކު، ޑީޑީ "ގައުމުން ގެއްލިފައިވާ" ކަމަށާއި އޭނާ ފިއްލެވީ ޑިޕްލޮމެޓިކް ޕާސްޕޯޓު ބާއްވާފައި، އޯޑިނަރީ ޕާސްޕޯޓު ހިފައިގެން ކަން އަޑު އިވިވަޑައިގެންފައިވަ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެހާ ހިސާބުން މައްސަލަ އޮތީ ނިމިފަ އެވެ.
"އަމިއްލަ އަށް އިއުތިރާފްވީ ތިމަންނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަން ކުރީ ކުރަން ޖެހޭ ގޮތަކަށް ނޫނޭ. ތިމަންނާ އަވަހަށް މި ތަނުން ވަކިކުރާށޭ،" ޑީޑީ އަށް އިޝާރާތް ކުރައްވަމުން ޝިފާއު ވިދާޅުވި އެވެ.
ޑީޑީ މެން ފަދަ ފަނޑިޔާރުންނާ މެދުގައި ފިޔަވަޅު އަޅަން ފެށުމަކީ ކުރިއަށް އޮތް ތަނުގައި ދިވެހި ރައްޔިތުންނަށް އިންސާފު ކަށަވަރުވެގެންދާނެ މުހިންމު ފިޔަވަޅެއް ކަމަށް ޝިފާއު ވިދާޅުވި އެވެ. އަދި އިންސާފު ނުލިބި އޮތީ މުއައްސަސާތަކުން މަސްއޫލިއްޔަތު އަދާނުކުރާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ފަނޑިޔާރު ވަކިކުރުމަކުން އަދި ނުފުދޭ. ދިވެހި ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލު ލިބެން ޖެހޭނެ. އަބްދުﷲ ދީދީ މި ގައުމަށް އަނބުރާ ގެނެވެން ޖެހޭނެ،" ޝިފާއު ވިދާޅުވި އެވެ.
"އަބްދުﷲ ދީދީ ކުރައްވާފައި ހުރި ކުށުގެ އަދަބު ފުރިހަމަ އަށް ލިބެން ޖެހޭނެ. އަބްދުﷲ ދީދީ އެއްވެސް ޝަރީއަތަކަށް ނުފޫޒު ފޯރުވާފައި އޮތް ނަމަ، މި ގައުމުން އެއްވެސް ވައްކަމެއް ކުރުމުގައި ބައިވެރިވެފައި އޮތް ނަމަ، އަބްދުﷲ ދީދީ އަށް ހައްގު އަދަބު ދޭން ޖެހޭނެ. އަބްދުﷲ ދީދީގެ މައްސަލަތައް ތަހުގީގު ކުރެވެން ޖެހޭނެ. ޕްރޮސެކިއުޓް ކުރެވެން ޖެހޭނެ. ޖަލުގެ ގޮޅި ފެންނަން ޖެހޭނެ."
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ހިނގަމުން ދަނީ. --- ފޮޓޯ: މަޖިލިސް
ކެންދޫ ދާއިރާގެ ޖޭޕީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ ޑީޑީއާ ގުޅޭ ގޮތުން އެކުލަވާލި ރިޕޯޓުން އަމިއްލަޔަށް ލަދު ގަންނަން ޖެހޭ ޒާތުގެ އެތައް ބައިވަރު ޓެކްސްޓް މެސެޖްތަކެއް ފެނިވަޑައިގެންނެވި ކަމަށެވެ. އަދި އެ ދަރަޖަ އަށް ފަނޑިޔާރު ކަން ކުރުމަކީ ވަކީލެއްގެ ހައިސިއްޔަތުން ލަދުގަންނަ ކަމެއް ކަމަށް ވިދާޅުވި އެވެ.
އަލީ ހުސެއިން ވިދާޅުވި ގޮތުގައި ޑީޑީ ވަކިކުރަން ނިންމުމަކީ ކުރާ ރަނގަޅު ކަމެކެވެ. މިއަދަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ މެމްބަރުން ހޮވުމަށް ރައްޔިތުން ވޯޓުލީ ސަބަބު ހަގީގަތަކަށް ހަދައިދޭން ފެށޭ ދުވަސް ކަމަށް ވެސް އަލީ ހުސެއިން ވިދާޅުވި އެވެ.
ފޭދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ މިއަދަކީ އިންސާފަށް ލޯބިކުރާ ރައްޔިތުންނަށް ވަރަށް އުފާވެރި ދުވަހެއް ކަމަށާއި އިންސާފު ލިބޭނެ ކަން ކަށަވަރުވެފައިވާ ކަމަށެވެ. ސުޕްރީމް ކޯޓުން ހުރިހާ ކަމެއް "މުށުތެރެއަށް" ލައިގެން ގެންގުޅުނު ޒަމާން މާޒީވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނިހާދު ވިދާޅުވި ގޮތުގައި ޑީޑީގެ އިތުބާރު ގެއްލޭ ހިސާބަކީ ކްރިމިނަލް ކޯޓުގައި ހުންނަވާފައި ހައި ކޯޓަށް ވަޑައިގެންނެވި ހިސާބުންނެވެ. އޭރުގައި ވެސް ޑީޑީގެ މައްޗަށް ޖިނާއީ ތުހުމަތުތައްކޮށް، އޭނާގެ މައްޗަށް ފިޔަވަޅު އެޅުމަށް ރައްޔިތުން ގޮވަމުން ދިޔަ ކަމަށް ނިހާދު ވިދާޅުވި އެވެ.
"ހަމައެކަނި ވަޒީފާ އިން ވަކި ކުރުމަކުން ނިންމާލައިގެން ނުވާނެ. (ޑީޑީ) މީނާ ޖަލު ގޮޅީގައި އޮންނަ ދުވަހަކީ މިއަދަށް ވުރެ މާ ބޮޑަށް ދިވެހި ރައްޔިތުން އުފާވާނެ ދުވަހެއް ކަމުގައި އަޅުގަނޑު ގަބޫލު ކުރަން. އަދި އެ ދުވަސް ދެކެން ބޭނުންވާ ވާހަކަ ދަންނަވަން،" ނިހާދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮބާ..ކޮބާ
29 August 2019
ޢެގޭނީ ތިޔަ ޑީޑީގެ ތަހުގީގުތަށް ކޮށް ބެލީމާތާ، އެފަދަ ތަހުގީގެއް ކުރެވެން އޮތީ މަގާމުން ބާާލައިގެން..70 އަށް ވުރެ ގިނަ މީހުން ނަށް މިކަލޭގެ މަގާމުން ބާލަން ޖެހޭ ކަން އެގުނު ގޮތެއް ކޮމެންޓަކުން ބުނެލަ ދެއްވަ ބައްލަވާ...
ލޯޔަރު އިންތި
29 August 2019
އެންމެ ފުރަތަމަ ތިޔަ ޑީޑީ މަސައްކަތް ކުރީ ކޮންމެވެސް ރަށެއްގެ ކޯޓެއްގެ މެޖިސްޓްރޭޓަކަށް. އޭގެ ފަހުން ރައީސް ނަޝީދުގެ ޝަރީއަތް ހިންގަންވެގެން ތިޔަ މީހާ ގެނައީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް. ރައީސް ނަޝީދުގެ ޝަރީއަތް ހިންގަން ފެށުމާއެކު ދެންފެނުނީ ތިޔަ ޑީޑީ ކުއްލިއަކަށް ކުރިމިނަލް ކޯޓަށް ޕްރޮމޯޓް ވެގެން ދިޔަ ތަން. ނަޝީދަށް ހުކުމް ކުރުމާ އެކު ތިޔަ ޑީޑީ ހައިކޯޓަށް ޕްރޮމޯޓްވީ. ދެން ކުއްލިއަކަށް ސްޕްރީމް ކޯޓަށް. ދެން ޕްރޮމޯޓް ކުރަންވީ ޖަލަށް
ވަހީދު
31 August 2019
ކަލޭ ހާދަ މޮޅޭ ކިޔައިދޭން.
ހަސަން ސަޢީދު
28 August 2019
މި މަޖިލީހުގަ މިއުޅޭ ގިނަ މެންބަރުންނަކީ ރޮލާތިބި ބައެކެވެ. ރަށްރަށުގެ ހޭލިފަށުގައި އެނބުރެން އުޅެނިކޮށް އެޖެންޑާ 19 ގެ ދަށަށް މުހައްމަދު ނަޝީދު ގެނައި ޓީމެކެވެ. މިތިބީ މަންޒަރުބަލާށެވެ. ދުވަސް ކޮޅަކުން ތިޔަ ތަށިބަރިތަކުގެ ހަޤީޤަތް އެނގޭނެއެވެ.
ގަންމަނަ ބުދާ
28 August 2019
ޑީޑީއަކީ ބޮޑުއާއިލާ އެތްއޮތް ގިނަރަހުމައްތެރިންއޮތް މެދުއުމުރުޒުވާނެއް އެމްޑީޕީއިން ދެންއަންނަ އިންތިހާބެއްގަ ވަރުގަދަ ބަދަލުހިފުމަކައްދާނެ އެމްޑީޕީ ބޮޑުންގެ ހިތިރަހަ ކަރުގަހަރުލާފަ ހުންނާނެ ފަސްއަހަރު ނިމެންދެން ހަވަރު ތިނަދޫ މަތިން ހަނދާންނައްތާލާ
ހިތާމައަކީ
28 August 2019
ހިތާމައަކީ ތަޙްޤީޤު ކޮމިޓީ ޢައްޔަނުކުރީވެސް ޖޭ.އެސް.ސީގެ ޤާނޫނާ ކަނޑައެޅިގެން ޚިލާފަށްކަން.
ލޮލީބެ
28 August 2019
އަލީ ހުސައިން ީީ ހުންނަނީ ނަޒާހަތްތެރި ތާކިހާ އަޅައިގެން. ގާސިމް ގެ ލާރިގަ ކެންފޭނުކޮށް ހޮވި އޭނަ ކުރާހަ ކަމަކަށް އަތްޖަހާލަ ޖަހާލާ . މިވެސް ހަރާންކޮރު ވުން
ހުދާރު
28 August 2019
ޥަރަށް ދެފުއްކެހެރި މީހެއް
ސާރާ
28 August 2019
ކުށް ސާބިތުވެއްޖެ ނަމަ ގަދަ ބާރުން މަޖްލިސް މެމްބަރުން ނޫނީ މިސަރު ކާރުން މީހެއްގެ ބޮލުގަ އިލްޒާމެއް އަޅުވާފަ ޖަލަށް ލުމަކީ އިންސާފެއް ނޫން އެއްބަސް ނުވާނަމަ ރަގަޅުހެކިން ދައްކަން ޖެހޭނެ ބޮޑުސުއްޓާ ދުވަސް ވަރުގަ މައްސަލަ ނިންމާހެން މިމޭޒު ވެސް ހެކިދެޔޭ ކިޔާފަ މައްސަލަ ނިންމީމަ ކޮބާ އިބޫ ބުނާ އިންސާފު މިހާރު މިފެންނަނީ އެގޮތަށް ކަންތައްވާ ތަން މަޖްލިސްގެ ރީދޫ މެމްބަރުން ނުރުހުނީމަ އެމީހެއްގެ ދުވަސް ދުއްވާ ލާތަން ފެނަނަމުން މިދަނީ
ހިޔާލު3
28 August 2019
ސާފުކޮށް ބޭ.އިންސާފުން ކަމެއްކޮށްފިނަމަ އެކަށީގެންވާ އަދަބެއް ލިބުމަކީ އެންމެރަގަޅުކަމެއް މި ގައުމުގައި އިސްކޮށްތިއްބެވި ގިނަ ބޭފުޅުންނަކީ ކުއް ކޮށްފައިވާބައެއްކަން އެންމެވެސްދަނޭ އެ ލިސްޓްގައި އޮތީކީ ޑީޑީ އެކަނިނޫންކަށް އަދި.އެގޭނެ.
ޕާކޭ
28 August 2019
ގާޒީއަކު ގަވައިދާ ޚިލާފަށް ވަކި ރަށެއްގައި ގެންގޮސް ބަހައްޓައިގެން ކަމާބެހޭ ހުރިހާ ބަޔަކު އޭނާ ދޫކޮށްލަން ގޮވާލީމާ ގާޒީއަށް 100ފޫޓަށް ކޯޓަށް ކައިރިނުވެވޭނެކަމަށް ގައުމުގެ ރައީސް ބުނުމުން އޭނާއަށްވެސް ފިލާވަޅެއް ލިބެންޖެހޭ ރައީސެއްގެ ގޮތުގައި ހުރެ އެކުރި ބޮޑު ކުށަށް. އެކަމު އެކަން ޕާކްކޮށްފަ ބާއްވާފަ، އެކަމަށް ހުކުމެއް ކުރި ފަނޑިޔާރެއްގައިގަ އަތްލެވުމުން އުފާކޮށް އެމްޑީޕީ މީހުން ޖުޑީޝަރީ އިސްލާހުވަނީއޭ ގޮވާގޮވުން އެއީ އިންސާފުކަމަށް ބަލާނަމަ..
ދޮންދީދީ
28 August 2019
ކަލޯމެން ބޭނުންވިޔަކަސް ޑީޑީ ޖަލައްލާން ފަސޭހަޔެށް ނުވާނެ ހަމަހިލާ ތިޔަކަމެއްނުވާނެ
ދޮން އާމިރު
28 August 2019
އުނހު. ވާނެ