ޚަބަރު / ރާއްޖެ-ފަލަސްތީން

ފަލަސްތީނުގެ ބިމާ ގުޅޭގޮތުން ނަތަންހާޔޫ ދެއްކެވި ވާހަކަތައް ރާއްޖެއިން ކުށްވެރިކޮށްފި

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

11 ސެޕްޓެމްބަރ 2019 - 23:50

17 comments

އިޒްރޭލުގައި ބާއްވާ އާއްމު އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ ހުޅަނގު އައްސޭރީގެ ޖޯޑަން ވެލީ އަކީ އެ ގައުމުގެ ތަނެއްގެ ގޮތުގައި ހަމަޖައްސާނެ ކަމަށް ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވުމުން ރާއްޖެއިން އެކަން ކުށްވެރިކޮށްފި އެވެ.

އެ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް މިރޭ ނެރުނު ބަޔާނެއްގައި ފޮރިން މިނިސްޓްރީން ބުނީ ފަލަސްތީނުގެ ބިމުން އެއްވެސް ތަނެއް ނެގުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ޖެނީވާ މުއާހަދާއާ ވެސް ހިލާފު ކަމެއް ކަމަށެވެ. އަދި އެކަމަކީ މެދުއިރުމަތީގައި ދާއިމީ ހަމަޖެހުން ގެނައުމުގެ ފުރުސަތު އިތުރަށް ގެއްލިގެންދާނެ ކަމެއް ކަމަށް ބުންޏެވެ.

ރާއްޖެ އިން ވަނީ އެ މައްސަލައިގައި ވީހާ ވެސް އަވަސް ފިޔަވަޅުތަކެއް އެޅުމަށް އދ. ގެ ސަލާމަތީ މަޖިލީހުގެ އިތުރުން ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައިފަ އެވެ.

"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބީ ފަލަސްތީނާ އެކު. ރާއްޖެ އިން އަދިވެސް ގޮވާލާނީ މިނިވަން ގައުމެއްގެ ގޮތުގައި ފަލަސްތީން ހިމެނޭ ގޮތަށް 1967 ގެ ބޯޑަރުތަކަށް ބިނާކޮށް ދެ ދަައުލަތެއް އޮތުމަށް،" މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.

ޖޯޑަން ވެލީ އާއި ޑެޑް ސީގެ އުތުރުގެ ސަރަހައްދަކީ ހުޅަނގު އައްސޭރީގެ 30 ޕަސެންޓެވެ. އެ ސަރަހައްދުގައި ފަލަސްތީނުގެ 65،000 މީހުންނާއި ގަވާއިދާ ޚިލާފަށް ވަދެ އުޅޭ އިޒްރޭލުގެ 11،000 މީހުން ދިރިއުޅެ އެވެ.

17 ކޮމެންޓް, 62 ރިއެކްޝަންސް

icon happy icon happy 97%
icon sad icon sad 0%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަނާނާ ސަރުކާރު

12 September 2019

ތިއޮތީ މުސލިމުންނަ ނަސްރުދެވިފަ ނިކަން ކެރެންޏާ އދ އަށް ބިލެލާބަލަ ނޫނީ ގަރާރެ ލާބަލަ.. އިޒުރޭލާ ދެކޮޅަށ މިތާ މަޖުލިހަށްވެސް އަބަދު ގަރާރުލާ ސަރުކާރެމީ އެހެންވީމަ އިޒުރޭލު ކުއްވެރިކޮށް ގަރާރެލުމަށް ރާއްޖެއިން އެހެން ގައުމުތަކުގެ އެހީ ހޯދާ ބިލެލުމަށް އެދެން ގަޓްކަމަކީ އެއީ އެމެރިކާގެ އިނާމު އޭރުން ނިކަން އަވަހަށްދޭނެ ރޔާމީނަށް އެއްމެ ދުއްތުރާކުރަން ޔަހޫދީން ފެށީ މިފަދަކަންތަކުގަ ރޔާމީން ފާޅުގަކުރި ކުރެއްވި މަސައްކަތް އެކަމަކު އަހަރެމެން ފަހުރުވެރ

The name is already taken The name is available. Register?

ބޮލި މުލައް

12 September 2019

ހިތްވަރެއް ހުރިއްޔާ ކަޝްމީރުގެ މުސްލިމުންނަށް އިންޑިޔާއިން ދޭ އަނިޔާތައް ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްބަލަ

The name is already taken The name is available. Register?

އަބްދުއްالله

12 September 2019

1948 ކުން 1967 އަށް، ހަމަ ތިޔަ ބުނާ ބިންތަކާއި ޖެރޫސަލަމް އޮތީ ޖޯޑްން ގެ ހާޝިމީ ރަސްކަމުގެ ތަންތަންކަމުގައި ހަމަޖައްސާފަ. އެކަންތައް ރާއްޖެއިން ކުށްވެރި ކުރިބާ ނުވަތަ ކުރޭބާ؟ އޭގެކުރިން، 1917 އާއި ހަމައިން އިގިރޭސިންގެ ދަށުގަ. އެހާތަނާ ޖެހެންދެން 500 އަހަރު ތުރުކީންގެ އިސްތިއުމާރުގެ ދަށުގަ. ދެން ކޮން ވާހަކައެއް؟

The name is already taken The name is available. Register?

ައަރަފާތު

12 September 2019

ނާސިރުގެ ދުވަސް ވަރު ޔޫއެންގައި އިޒްރޭލުކޮޅަށް ބިލު ފާސވީ ދިވެހިރާއްޖެއިން ކެރަފާ ނަސީމު ޒަޔަނިސްޓު ދައުލަތާއި އެއްކޮޅަށް ދިން ވޯޓުން. އޭނަ މިހާރުވެސް އެހެރީ ރައީސް އޮފީހުން ބޮޑުމުސާރަ ނަގާނަގާ!

The name is already taken The name is available. Register?

ބޯފާތު

12 September 2019

ޔޫއެންގައި ތިބޭ މަންދޫބުން ވޯޓުލަނީ އެމީހާ ހިތައް އެރި ގޮތަކަށް ނޫން. ޑިޕްލޮމެޓުންނަަކީ އެމީހުންގެ ތަމްސީލުކުރާ ސަރުކާރުތަކުން އަންގާ ގޮތަކަށް ކަންކަން ކުރަން ތިބޭ ބައެއް. އެވަރު ކަލެއަށް ނޭގޭ؟

The name is already taken The name is available. Register?

ސަމްވެއާ ހޯމް

12 September 2019

އިސްރައީލް އޯކޭ އެއްނޫން، އެކަމަކު ސައުދީ ޔެމެން ގަ މުސްލިމުން މަރާ އިރު އަދިވެސް ސޯލިހް މުސްލިމް ބުރަދާހޫޑް....

The name is already taken The name is available. Register?

މޫސަމެން

12 September 2019

ރާއްޖެއިން މިކުރީ ވަރަށްބޮޑު ޓެރަރިޒަމް އަަމަލެއް ސަބަބަކީ ޓެރަރިސްޓް ޖަމާއަތެއް ކުއްވެރި ނުކޮށް އަމިއްލަ ދިފާއުގައި ސުލްހަވެރިކޮށް ދިރިއުޅޭ ޔަހޫދީ ދައުލަތާއި އިދިކޮޅުވުން. ޢެމެރިކާ ދެކޭގޮތުގައި މީޓެރަރިޒަމަށް ވާގިވެރިވުން. ޢީޔޫ ޔޫއެން އެމެރިކާނުން ރާއްޖެއަށް ދަތިކުތުމުގެ ފިޔަވަޅުއަޅަން ފެނޭ

The name is already taken The name is available. Register?

ނަތަންޔާބޫ

12 September 2019

ކުއްވެރިކުރުމަކީ އެއްވެސް ކަމެއް ނޫން. ނިކަން އިޤްތިސޯދީ ގުޅުން ނޫނީ ސިޔާސީ ގުޅުން ކަނޑާލަބަލަ. ކުއްވެރިކޮއްފަ އަރާ ސަލާމް ކޮއްފަ ފޮޓޯ ނެގީމާ ތީތި ހަމަ އެއް ނުޖެހޭ

The name is already taken The name is available. Register?

ކަމުދާ އެއްގޮތެއްވެސް ނޯންނާނެ

12 September 2019

އިޒްރޭލާ ރާއްޖެއާ ސިޔާސީ ގުޅުމެއް ނޯވޭ. ނެތް އެއްޗެއް ކަޑާލަނީ ކިހިނެއް؟

The name is already taken The name is available. Register?

ރަދީފް

12 September 2019

ސާބަހޭ ދިވެހި ސަރުކާރު.މަޖްލިސް ރައީސް ކީކޭ ބާ މިކަމުގަ ކިޔާނީ!!! އެބޭފުޅާގެ ރައުޔު އޮންނާނީ މުޅިން އެހެން ދިމާލަކަށް..ވެދުން

The name is already taken The name is available. Register?

އަޝްރަފު

12 September 2019

ދެން އެނޫން ކޮންކަމެއް ރާއްޖެއަށް ކުރެވޭނީ؟

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

12 September 2019

ތީ ދިވެހިން ހިތްހަމަޖައްސާލަން ނެރުނު ބަޔާނަކާ ވައްތަރީ.

The name is already taken The name is available. Register?

Ahmed Nizar

12 September 2019

ކަލޭ މެން އަށް ރަގަޅު ގޮތެއް ނޯންނާނެ

The name is already taken The name is available. Register?

ސދފފ

12 September 2019

ދެން އިޒްރޭލާއި ދެކޮޅަށް ހަގުރާމަ ކުރަން ވީތަ

The name is already taken The name is available. Register?

އަލީ!

12 September 2019

ދެން ނެތެއްނު ސަލާމަތެއް. ކަލޭމެން ހެންވީމަ ބޭނުންވަނީ ސަރުން އިޒްރޭލާ އެއްކޮޅަށް ބަޔާން ނެރެންދޯ؟!

The name is already taken The name is available. Register?

ހުސެން...

12 September 2019

ދިވެހިން ދޯ މީ..... ރަގަޅު އެއްގޮތެއްވެސް ނޯންނާނެ....

The name is already taken The name is available. Register?

އުދުހޭ

12 September 2019

އާ ހިތްހަމަޖެހޭ. ދުނިޔޭގެ ބޮޑެތި ގައުމުތަށް އޮއްވާ ހައްގަށް ވަކާލާތުކުރުމަށް ކުޑަކުޑަ ދިވެހިރާއްޖެ ތެދުވީދީ އުފާކުރަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454