ކ-ވ މެޑްކާގެ ސީއީއޯ، އެޗްޑީސީގެ އެމްޑީ، ވެލިގާގެ ޗެއާމަން، ވީއާރުއެޗް އެމްޑީ ބްލަންކްގެ އާ ޝޯރޫމް ހުޅުއްވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
31 އޮކްޓޯބަރ 2019 - 22:28
ވެލިގާ ހާޑްވެއާގެ ކުޑައިގެ ދަށުން ހިންގާ "ބްލަންކް" ގެ އާ ޝޯރޫމެއް ހުޅުމާލޭގައި މިރޭ ހުޅުވައިފި އެވެ.
ހުޅުމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ފިހާރަ ހުޅުއްވައިދެއްވީ ވެލިގާގެ ޗެއާމަން މުހައްމަދު އަބޫބަކުރާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދާއި ވީއާރުއެޗްގެ އެމްޑީ ޗަނިދާގެ އިތުރުން މެޑްކާގެ ސީއީއޯ ލެސަން އެވެ.
މި ޝޯރޫމަކީ ބްލަންކްގެ ދެވަނަ ފިހާރަ އެވެ. ފުރަތަމަ ފިހާރަ ހުޅުވާފައިވަނީ މާލޭގަ އެވެ. މި ފިހާރައިން ރާއްޖޭގެ ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ވީއާރުއެޗް އަދި މެޑްކާ ބްރޭންޑުގެ އުފެއްދުންތައް ލިބެން ހުންނާނެ އެވެ.
ބްލަންކް ހުޅުމާލެ ޝޯރޫމްގެ އެތެރެ--ފޮޓޯ:ހުސައިން ވަހީދު/މިހާރު
ބްލަންކް އަކީ ގެސްޓްހައުސްތަކަށް ބޭނުންވާ ސެނިޓަރީ ވެއާ ފަދަ ތަކެތި ވިއްކުމަށް ހާއްސަކޮށްގެން ވެލިގާގެ ކުޑައިގެ ދަށުން ހުޅުވި ފިހާރައެކެވެ. މި ފިހާރައިގެ ދެވަނަ އައުޓްލެޓެއް ހުޅުވީ ލިބުނު ތަރުހީބުގެ ސަބަބުން ކަމަށް ވެލިގާ އިން ބުންޏެވެ.
ވެލިގާގެ ޑިރެކްޓަރު ހަދީޖާ މުހައްމަދު ވިދާޅުވީ ހުޅުމާލޭގައި ސެނިޓަރީވެއާ އަށް ހާއްސަ ފިހާރައެއް ހުޅުވަން ނިންމީ ހުޅުމާލެ އަކީ ގެސްޓްހައުސްތައް ގިނަ ތަނަކަށްވެފައި ކަސްޓަމަރުންނާ ގާތުން ހިދުމަތް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ. އަންނަ އަހަރު ތެރޭ ބްލަންކްގެ އާ ޝޯރޫމްތަކެއް ގުޅުވަން ތައްޔާރުަވަމުން އަންނަކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ބްލަންކްގެ ޝޯރޫމުން ގިނަ އަދަދެއްގެ ބްރޭންޑުތަކުގެ އުފެއްދުންތައް ލިބޭނެ. މި ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް އިތުރު ޝޯރޫމްތައް ވެސް ހުޅުވުމަަށް އަޅުގަނޑުމެން މިއަންނަނީ ތައްޔާރުވަމުން." ހަދީޖާ ވިދާޅުވި އެވެ.
ބްލަންކްގެ އެންމެ ފުރަތަމަ ޝޯރޫމް ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. ފުރަތަމަ ޝޯރޫމަށް ލިބުނު ތަރުހީބު ހުޅުމާލޭގައި ހުޅުވި މި ޝޯރޫމަށް ލިބޭނެކަމަށް ވެލިގާއިން އުންމީދު ކުރެެ އެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy