ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (ވ) އަދި މަޖިލިހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) (ކ) މަޝްވަރާ ކުރައްވަނީ. --- ފޮޓޯ: މަޖިލިސް
25 ނޮވެމްބަރ 2019 - 11:29
ރާއްޖެ "ހަނގުރާމައިގެ ތުންފަތްމައްޗަށް" ފުރޮޅިފައިވާ ކަމުގެ ބިރު ހީވެފައިވާ ކަމަށް ބުނެ، ދީނީ ހަރުކަށި އަމަލުތަކާ ބެހޭ ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައިފި އެވެ.
މަޖިލިހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ހުށަހެޅުއްވި ކުއްލި މައްސަލައިގައި ފާހަގަ ކުރެއްވި ދެ ކަމަކީ ށ. މާއުނގޫދު އަށް ބަޔަކު އަރައި، އެ ރަށުގެ އެކި ތަންތަނުގައި އައިސިސްގެ ދިދަ ކުރެހި މައްސަލައަކާއި ދީނީ ހަރުކަށި ފިކުރުގެ މީހުން ކުޑަ އަންހެން ކުދިންނާ "ޖިންސީ ގޮތުން ގުޅުން އުފައްދާ" އެ ކުދިން ނުރައްކަލަކަށް ވައްދާ މައްސަލަ އެވެ.
ކުއްލި މައްސަލަ 41 މެމްބަރުންގެ އިއްތިފާގުން މަޖިލިހަށް ބަލައިގަނެ ވަނީ ބަހުސް ފަށައިފަ އެވެ.
އަނދުން ހުސެއިން ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ މާއުނގޫދޫ އަށް އަރައި "ފަތަހަ" ކުރުމުގެ އަމަލުތައް ހިންގީ މީހުން މަރާ އެހެނިހެން ޖަރީމާތައް ހިންގާ ސެލްއެއް ކަމަށް ބެލެވޭ ބަޔަކު ކަމަށެވެ.
ރަށުގެ އެކި ތަންތަނުގައި އައިސިސްގެ ދިދަ ކުރެހި މައްސަލައިގައި ރަށުގެ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް އަނދުން ހުސެއިން ހުށަހެޅުއްވި ކުއްލި މައްސަލައިގައިވެ އެވެ. މާއުނގޫދޫގައި ހިނގައިދިޔަ ކަންކަމާ މެދުގައި ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް އެ މައްސަލައިގައިވެ އެވެ.
މީގެއިތުރުން ކުޑަކުދިންނަކީ އާއިލާ އާއި ދައުލަތުގެ ހާއްސަ ރައްކާތެރިކަމެއް ލިބިދޭން ޖެހޭ ބަޔަކު ކަމަށް ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ބުނެފައިވިޔަސް ކުޑަކުދިންގެ ފަރާތުން ނާޖައިޒު މަންފާ ނަގައި އެ ކުދިންނާ ޖިންސީ ގުޅުން އުފައްދާ އެ ކުދިން ނުރައްކަލުގެ ތެރެއަށް ގެންދިއުމުގެ އަމަލުތައް އިތުރުވެފައިވާ ކަމަށް ވެސް އެ މައްސަލައިގައިވެ އެވެ.
އެގޮތުން ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ފިކުރުގެ ތެރެއިން އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ޖިންސީ ޝިކާރައަކަށް ވެފައިވާތާ އެއް އަހަރަށް ވުރެ ގިނަ ދުވަސްވީ އިރު، ވެސް އެ ކުއްޖާ އުޅެނީ އެ މީހުންގެ ތެރޭގައި ކަމަށް އެ މައްސަލައިގައިވެ އެވެ.
ކުއްލި މައްސަލައިގައި ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް، މިފަދަ ނުރައްކާތެރި ކަންކަމުގައި ޝާމިލްވާ މީހުންނާއި އިހުމާލުވާ މީހުންނާ މެދުގައި މިހާރުން މިހާރަށް ފިޔަވަޅު އަޅަން ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީމްބެ
25 November 2019
ޝިދާތާ މަގާމުން ދުރުކުރަންޖެހޭ. އަދި ފުލުހުންވެސް ތަހުގީގު ލަސްކުރުމަކީ ތިކަމުގައި ކުޑަކުއްޖާއަށްވީ އިހުމާލެއް.
ާއުނިމާ
25 November 2019
18 އަހަރުނުވަނީސް މީހަކާ އިނުން އެކަންޏެއް ނޫން، ބިޓުހިއްލުންވެސް މަނާކުރަންވީ، ކައިވެނި ކުރީމަތޯ ގޯހީ؟ ކައިވެނި ނުކޮށް ކުރާ ކަންތަކޯ؟ 18 އަހަރު ނުވަނީސް ބިޓު ހިއްލާފިއްޔާ މައިންބަފައިން ކުއްވެރިވާގޮތައް ހަދަންވީ، ނޫނީ ތިކަމެއް ހައްލެއްނުވާނެ، ތިޔައީ އެންމެނަށްވެސް އެގިގެންވާ ނުވަތަ ކުރުވާ ކަންކަން! ރޯމާދުވާލު މަގުތައްމަތީ، ހިއްކިތަކުގައި، ގޯޅިގޯޅީ ކަންމަތީ ތިޔަ 18 އަހަރު ނުފުރޭ ކުދިން އުޅެމުންދާ ގޮތް އިދާރާތަކަށް ނުފެންނާތީ ހައިރާންވޭ
ހޮޓްކިންގ
25 November 2019
ކަލޭމެންނަށް ނުވިސްނުނި ކަމަކީ އިސްލާމް ދީނަށް ފާޅުގައި ޖެއްސުންކޮށްގެން ޢިލްމުވެރިން ބަދުނާމު ކޮށްގެން ގައުމަށް ގެނެސްދެވޭނެ ހަމަޖެހުމެއް ނޯންނާނެކަމެވެ.
ހައްގުބަސް
25 November 2019
ނަޝީދާ އޭނަގެ އަހުލުވެރިންގެ ކިބައިން ރާއްޖެ ސަލާމައް ކުރައްވާންދޭ.
ޝޮކްތެރަޕީ
25 November 2019
އަސްލުހަރުކައްޓަކީ މި ރާއްޖެއަ މި ގެންނަން އުޅޭ ސެކިއުލާ ޑިމޮކްރަސީ. ކުރިން ދިވެހިންނަކީ ވަރައް ހަމަޖެހިގެން ހިންހަމަޖެހިގެން އުޅުނު ރައްއިތުން ތިބި ޤައުމެ. ރަޢްޖެގެ ސިޔާސީ ދާއިރާއައް ވަދެ ދީނާ ދުރުބައެއް ރާއްޖެ ފަސާދަކުރުމުގެ ސިންސިލާއެއް ފަށާފަ މި ވަނީ. މިކަމުގެ ސަބަބުން ދިވެހިންގެ ތެރޭ އޮތްހަމަޖެހުން ނެތިގެން ދާނެ. ދެރަ.
ކުޑަކުދިންގެ ހައްގުގަ
25 November 2019
ބެލެނިވެރިޔާ ޒިންމާކުރުވަންޖެހޭ. ފިޔަވަޅު އަޅަންޖެހޭ ކުޑަކުއްޖާ ކައިވެނި ކުރުވުމުގަ އުޅޭ އެންމެންނަށް.
ފާތުން ނޮޓް މެޑަމް
25 November 2019
https://mihaaru.com/opinion/61664 މީގެ ޔޫޓިއުބެއް ހަދާފައި ލައިދީބަލަ. ދެން މި ރާޢްޖޭގެ ކޮންމެ ގެއަކަށް ޕްރިންޓް ކޮށްފައި ބަހާދީބަ ބުރޯ. މީ ފަހުގެ ތާރީޚެއްގައި ކަލޯމެން ގައުމާ ދީނަށް ކޮށްދިން އެންމެ މުހިއްމު ޚިދުމަތް.
ސަމުގާ2
25 November 2019
އަދި މި ސެކިއުލަރިޒަމް ގެ ނުރައްކާވެސް އެހާ ބޮޑު. އެއްޖިންސު ކުރިއެރުވުމާ، އެމީހަކު ބޭނުންގޮތަކަށް އުޅެން ހުއްދަ ދިނުމާ (ވަލަށް ދާންވީނު. އެކަމަކު ވަލުގަވެސް ހަމަތަކެއް އޮވޭ މަހުލޫގުން ގުންގުޅޭ. އެއާ ޚިލާފުވެއްޖެއްޔާ އަދަބު ދޭ ކަން ނެޝަނަލް ޖިއޮގްރަފިކް ބަލާލިއަސް އެނގޭނެ.) މި މުޖުތަމައު ބައިބައި ކުރަން މިކުރާ ކަންތައް ހުއްޓުވަން. އަދުން ހުސޭނު މިވާހަކަ ނުދައްކާތީ މަ ރުޅިއަންނަނީ. ފައިސާ ފޮތީގެ ދެފަރާތް ދައްކަންޖެހޭ އިހްލާސްތެރިނަމަ.
ދީންދަސް ކުރާ މީހަ
25 November 2019
ކުޑަކުދިންގެ އުމުރު ކަނޑަ އަޅާނީ މަޖީލީހުންތޯ ނުވަތަ ގުރުއާނާ ރަސޫލާގެ ސުންނަތުންތޯ! މިހެން މިދެންނެވީ ސީރިޔާ ޢަފުގާނިސްތާނު ފަދަ ގައުމުތަކުން ޔޫރަފައް ހިޖުރަކުރި އާއިލާތައް ތެރޭގަ 10 ، 12 ، 13 އަރުގަ ކައިވެކޮގެންބި މައްސަލަބޮޑުވި! އެގައުތަގަ މަނަލަސް އެމިހުންދެއްކީ ރަސޫލާގެ ސުންނަތާ ގުރުއާނުން އެޔަކީ ހުދަ ކަމެއްކަން! ސުވާލަކީ ސުންތައް ގިނަބަޔަކު އުޅެއް އުޅޭއިރު ތިފަދަކަމެއް މަނާކުރާ ބަޔެއް ވާނީ ހަމަ އެބުނާ ލާދީނީ މީހުނައް ނޫންތޯއޭ!
ހޭބަލިވާންދޭ އެހެން ތަނަަކަށް
25 November 2019
ރަސޫލާ އެކަމަނާއާ އެކު ރޭކުރެއްވީ ހިޖްރައިން ފުރަތަމަ އަހަރުގެ ފަހުކޮޅުގައި ކަމަށް ވާތީ، ރަސޫލާ ޢާއިޝަތުގެފާނާ ކއިވެނިފުލު ބައްލަވައިގެންނެވި ޙަޤީޤީ ޢުމުރުފުޅަކަށް ވާނީ 18 އަހަރެވެ. އައިޝަތުގެފާނުގެ އުމުރުފުޅުން 6 އަހަރުގައި ކީރިތި ރަސޫލާއާއި ކައިވެނި ބައްލަވައިގެންކަމަށްބުނެ އެވާހަކަ އޮޅުވާލައިގެން ދައްކަނީ ހަރުކަށި ފިކުރުގެ މީހުން. އެއީ އެމީހުން މީހުންގެ ކުޑަ އަންހެންކުދީންނަށް ޖިންސީ ގޯނާކުރުމުގެ ބޭނުމުގައި. https://mihaaru.com/opinion/61664
އަދުލު
25 November 2019
ޤުރުއާނާ ސުއްނަތޭ ކިޔަނީ ވެސް ތިހަރުކައްޓާގެ ކަމެއް. އިސްލާމީ ޝަރީޢަތޭ ކިޔާބަލަ. އިސްލާމީ ޝަރީޢަތުގައި ކުޑަކުއްޖާ ބޮޑުވަނީ ބާލިޣުވުމުން. ވަކި އަހަރަކުން ނުން. ކައިވެނިކުރާކަށް އުމުރެއް ކަނޑައެޅިފަ ނެތް. އެކަން ކުރަމުންއައީ އެތަނެއްގެ ޢުރުފާ އެއްގޮތަށް. އެކަމަކު މުޖްތަމައެއްގައި އުޅޭ މީހުންގެ ހާލަތަށް ތަފާތުގޮތްގޮތުން ބަލާފަ އެއިރަކު ހުންނަވެރިޔަކަށް ކައިވެނިކުރުމުގެ އުމުރެއް ކަނޑައެޅިދާނެ. އެކަން ޝަރީޢަތާ ޚިލާފުކަމަށް ބުނަނީ ގަމާރުން.
އަދުލު
25 November 2019
ދީން ދަސްކުރާމީހާ. ޤުރުއާނާ ސުއްނަތޭ ކިޔައިގެން ވާހަކަ މިދައްކަނީ ދީނުގެ ނަމުގައި ދީން ބައިބައިކޮށް ފިތުނަފަސާދަ އުފައްދާ ބައެކެވެ. މިއަދު މިގައުމުން މިފެންނަނީ އެ ބައިބައިވުމެވެ. ލާދީނީ ފިކުރަށް މަގުފަހިކުރީވެސް މި މީހުންނެވެ. މިމީހުންނަކީ ސިކުޑީގެ ބޭނުން ހިފާބައެއްނޫނެވެ. ނުކުންނާނެ ނުބައި ނަތީޖާއަކަށް ނުވިސްނައެވެ. ކޮންމެ މީހަކު ޤުރުއާނާ ސުންނަތުން ހުކުމް ނެރެންފެށީމަ ބައެއްކުދިންނަށް ނުފެންނަ ކަންތަކުގެވާހަކަ ދެއްކީމަ ލާދީނީވީއެވެ.
ހޭބަލިވާންދޭ އެހެން ތަނަަކަށް
25 November 2019
މެޑިކަލް ކަންކަމުގައި ދީނަކީ މެޑިކަލީ އަންގާގޮތް ނުވަތަ އިޖްތިހާދު. ޑޮކްޓަރު އެކުއްޖާ ފިޓެއް ނޫނޭ ބުނީމާ ކަލޭ ކޮން ޒުވާބެއް ކުރާކަށް. އިސްލާމްދީނަކީ ސައިންސް. ކުޑަކުދިންނާ ނުބެހެވޭނެ އިސްލާމް ދީނަކު.
ހުސެންބެގެ
25 November 2019
ކަލޭމެން ޅަކުދިންނާ ކައިވެނިކުރަންވީމަ އަފްޢާނިސްތާނުން މިސާލު ނަގާފަ މީހަކު ކަތިލަންވީމަ އައިއެސްއިން މިސާލުނަގަނީ އިސްލާމްދީނަކީ ކަލޭމެން ކާންއޮތް ބުފޭއެއްތަ؟
އަލީބަލީ
25 November 2019
މިކަންކަން ވަގުތުން ހުއްޓުވަން ޖެހޭ. މިއީ އައިސިސް ގެ ކިއްލާއަކަށް ވިޔަ ނުދެއްވާ.