ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ހޭލުންތެރިކުރުމުގެ ޕޯސްޓަރެއް.
23 ނޮވެމްބަރ 2019 - 11:57
ދޯންޏެއްގެ ތެރޭގައި ޒަހަމްކޮށް، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މޫދަށް ވައްޓާލި ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއިލް ހައްމާދު، 13 އަހަރުގެ ކުއްޖަކާ ސައްހަ ނޫން ކައިވެންޏެއް ކޮށްގެން އުޅޭ ކަމަށް ތުހުމަތުކޮށްފި އެވެ.
ހައްމާދުގެ އިތުރުން އޭނާ މަރާލަން ހަމަލާދިން، ދީނީ ގޮތުން ހަރުކަށި ފިކުރުގެ ވިސްނުން ހުންނަ ބައެއް މީހުން ވެސް ކުޑަކުދިންނާ ކައިވެނިކޮށްގެން އުޅޭ ކަމުގެ އަޑު ވަނީ ފެތުރިފަ އެވެ. ދިވެހިރާއްޖޭގެ ކޯޓުތައް ގަބޫލުނުކުރާ ކަމަށް ބުނެ، އަމިއްލަ އަށް ކޮށްގެން އުޅޭ މި ކައިވެނިތަކާ ގުޅޭ ގޮތުން ކަންބޮޑުވުންފާޅުކުރަމުންދާ އިރު ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ 13 އަހަރުގެ ކުއްޖަކާ ގާނޫނީ ގޮތުން ސައްހަ ނޫން ކައިވެންޏެއް ކުރި ކަން ހުށަހަޅައި ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެކަމަކު މިހާތަނަށް އެޅި ފިޔަވަޅެއް އަދި އެ ކުއްޖާ މިހާރު ވީ ރައްކާތެރި މާހައުލެއްގައި ކަން ނުވަތަ ނޫން ކަން ވެސް ކަށަވަރެއް ނުކޮށްދިނެވެ.
އެހާ ޅަ އުމުރުގައި، އެ ކުއްޖާ ބަލިވެ އިން ކަމުގެ ތުހުމަތުތަކެއް ވެސް ކުރެ އެވެ.
އުމުރުން 13 އަހަރުގެ ކުދިންނާ ކައިވެނިކުރުމަކީ ގާނޫނާ ޚިލާފު އަމަލެކެވެ. ރާއްޖޭގެ ގާނޫނުގައި ކުރިން އޮންނަ ގޮތުން ނަމަ 16 އަހަރު ފުރިއްޖެ ނަމަ، ޖެންޑާ މިނިސްޓްރީން އެސެސްމެންޓެއް ހަދައި އާއިލާގެ އިއުތިރާޒެއް ނެތް ނަމަ ސުޕްރީމް ކޯޓުގެ ހުއްދަ ހޯދައިގެން ކޯޓުން ކައިވެނިކޮށްދެ އެވެ. އެކަމަކު މީގެ ހަފުތާއެއްހާ ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭ ގާނޫނުގައި، ކައިވެނިކޮށްދޭ އުމުރު، ވަނީ 18 އަހަރަށް މަތިކޮށްފަ އެވެ.
ހައްމާދުގެ އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުނީ "އޭނާ ކައިވެންޏެއްކޮށްގެން އުޅޭ ކަމެއް ނޭނގޭ" ކަމަށެވެ. އާއިލާގެ އެއްވެސް މީހެއްގެ ގާތުގައި އެފަދަ ވާހަކައެއް ނުދައްކަ އެވެ. އެކަމަކު އެފަދަ އަޑުތަކެއް އާއިލާ ހަމައަށް ވެސް އޮތީ ފޯރައިފަ އެވެ.
ކޯޓަށް ނުގޮސް ގާނޫނާ ޚިލާފު ސެޓްފިކެޓަކުން އިނދެގެން އުޅޭ ކަމަށް ބުނަނީ، މަޑުއްވަރީ ކުއްޖަކާ ނޫން ކަމަށް ވެ އެވެ.
ތޫނު އެއްޗަކުން ހަމަލާދީ މަރާލަން އުޅުނު ހައްމާދަށް މިހާރު އަންނަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންނެވެ. އޭނާ އަށް ހަމަލާދިން މައްސަލައިގައި ދޯނީގެ ފަޅުވެރިން ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ، ކިތައް މީހުން ކަމެއް ފުލުހުން ނުބުނެ އެވެ. ބައެއް މީހުން ބުނާގޮތުގައި، ހައްމާދާ އެކު ދޯނީގައި ތިބީ ދެ މީހެކެވެ.
ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާއުންމީދު
24 November 2019
ވިޔާނުދާ ބައެއް އުޅޭ ގައުމެއްމީ. މިމީހުން އުޅޭނެ ގޮތަކަށް ޅުޅޭނަމަ ކުޑަކުދިންނަށް ގޯނާ ނުކޮށް.
ރީތި މޫސަ
24 November 2019
ޤައުމެއްގަ ހުސްސިޔާސީކަންކަމަށް އިސްކަންދެވެންފާށައިފިއްޔާ ދެންވާނުވާ ބެލޭނެގޮތެއްނޯންނާނެ ހަމަކޮންމެކަމެއްވެސް ކުރާނީ ސިޔާސަ
އަބްދުﷲ
23 November 2019
ކަމެއް ވާއިރަށް ގައިން ހަންދާވަރަށް ތެޅޭނެ. ކަމެއް ވުމުގެ ކުރިން ހައްލުކުރަން އަޅާފިޔަވަޅެއް ނެތް.
ބޮޑު ބަންޑާރަ
23 November 2019
މިވަރަކުންވާކަށްނެތް. ހަންމާދު ހަރުކަށިމީހަކަށްވީ ޖަލުތެރެއިން ކަމަށް ނޫސްކީމާ އެނގުނު. ޢެހެންވީމާ ޖަލުތެރޭގައި މިމަގަށް ކިޔަވައިދޭ އުސްތާޒަކު ހުންނަކަން އެބައެނގޭ. މިކަހަލަޝޭޚުނަށް ޚާއްޞަ ޖަލެއްވެސް ހަދަންވެއްޖެ. ޝޭޚުންނާ އެޝޭޚުންގެ ދަރިވަރުންވެސް ޖަލުގައި ގެންގުޅެންވާނީ ވަކިން.
ބައޯކަލޯ
24 November 2019
ޖަލުން ނިކުންނަ ބައެއްމީހުން ވަނީ ތުނބުޅި ދިގޮކޮށް ހަރުކަށި ދީނީމީހެއްގޮތުގައި އައިސްފާ...
މޯޑޭ
24 November 2019
ތުބުޅިލާފަ ހުންނަ ކޮންމެ މީހަކަށް ޝެއިޚުން ކިޔާ ގައުމެއް މިނޫނީ ނޫޅޭނެ. އަޅެ ދައްކަބަލަ ބޭރުގެ ޔުނިވަރސިޓީއަކުން ކިޔަވައިގެން ހުރި އެންމެ ޝެއިޚެއްވެސް މިކަހަލަ ނުބައި ކަންކަމަށް ގޮވާލާ؟!
އަދުލު
24 November 2019
ޖަލުން އަންނަ ކުދިންގެ ވިސްނުން އެގޮތަށް ބަދަލުކޮށްލަނީ ޖަލަށް ވަޢުޡު ބުނަންދާ މީހުންގެ ސަބަބުން. އެމީހުން މިހާރު ހުރިހާތަނެއްގައި. ޖަލުގައި ހުރި ކުއްޖަކު އިއްޔެ މަގޭކާރީ ބުނީ ދެން ތުބުޅި ދިއްކޮށްފަ ލާނީ މިވެނި ވައްތަރެއްގެ ހެދުމޭ. މަބުނިން ކޮންމެހެން ވަކި ވައްތަރެއްގެ ހެދުމެއް ލާކަށް ނުޖެހެއޭ ވިޔާނުދާ ކަންތަކާ ދުރުވުމޭ މުހިންމީ. ހެދުމުން އިސްލާހުވާނަމަ ޕާކިސްތާނުގަ އުޅޭނީ މުޅިން ސާލިހުންނެއް ނޫން. ބްރާންތިން މިއީ.
ބޮޑު ބަންޑާރަ
23 November 2019
ތިހެންވިއްޔާ މިކައިވެނިކުރުމަށް ބާރުއެޅިމީހުންނާ ހެކިވެރިންނާ ޙަކިމުމީހާހޯދައި އަދަބުދެވެންޖެހޭނެ. މާލަަްވެއްޖެ. ޖެންޑައިން ބަލާނީ ކުޑަކުއްޖާގެ މައްސަލަ. ފުލުހުން އަވަސްފިޔަވަޅެއްއަޅަޅައިގެން މިގުރޫޕު އެންމެން ހިފާ ހައްޔަރުކުރަންވީ. ޢަދި މިދަރުސް ނަގައިދިން މުދައްރިސްވެސް ހޯދައި ފިޔަވޅުއަޅަންވީ.
އަލީ!
23 November 2019
އެކަމާ އިދިކޮޅަށް ވާހަކަދައްކާމީހުންނަކީ ލާދީނީ މީހުން؟!
ލަމް
23 November 2019
ހެޔޮނުވާނެ މިޔޮށްގައުމެއް ސަލާމަތްކޮށްދީބަލަ ވެރިކަންކުރަން އަންނަ މީހުންނާ ދެންތިބިމީހުން
ގޮއިދޫހަސަނު
23 November 2019
މިއީ އެެއްރެއެއްގެ ހަތަރުދަމުންވާކަހަލަކަންތަކެއްނޫނެވެ. މިވަރުއަރައިގެންދިޔައިމަ އުފެދޭސުވާލަކީ ތިރަށުގައިތިއުޅެނީ ކޮންފަދަ ކޮންކަހަލަ ރައްޔިތަކާއި ވެރިންނެއްބާވައެވެ؟ ކޮންމެގޮތެއް ވަރިހަމައީބާވައެވެ؟ ނޫނީ ބޮޑުވަރިހަމައީބާވައެވެ؟ މިހާރުގެ ދާއިރާމެންބަރުގެ އާރާއިބާރުއޮތްއިރު މިފަދަކަމެއް ހިނގާކަމުގެ ހިލަމެއްވެސް ނުވަނީބާވައެވެ؟ ތިރަށުމީހުނަކީ މިޔަރަށްދާއެޅިއިރުވެސް ފިސާރި ކަންތައްހިންގި އެމީހުންވަރުބަޔަކު ނެތްކަމަށްދެކިގެންއުޅުނު ބައެކެވެ.
އަލި
23 November 2019
ހައްމާދަކީ ވެސް ސަހަލު މީހެއް ނޫނެނު..
ކައްކާ
23 November 2019
ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ތިކަހަލަ ޖަރީމާ ހިންގީ ބުދުދީންއޮތްއިރު ކ.މާލޭބަޔަކު ރަންނަމާރިއޭ ކިޔައިގެން. މިދުވަސްވަރު ތިކަހަލަ ކަންކަމާ ސާޗްކޮށްލީމަ ގިނައިން އަންނަނީ ޕްރިންސް އެންޑުރޫގެ ވާހަކަ. އެހެންވީމަ ތިޔައީ ދީނާއި ގުޅުންހުރިކަމެއްނޫން، ކުށްކުރީމަ އަދަބުދޭންޖެހެނީ.