ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ ސަނީ އުމަރު: އޭނާ މިރޭ ވަނީ ހައްޔަރު ކޮށްފައި --- ފޮޓޯ/ސޯޝަލް މީޑިއާ
01 ޑިސެމްބަރ 2025 - 22:16
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި "ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑް" ގައި އިސްކޮށް އުޅުނު ހުސައިން ސަނީ އުމަރު ފުލުހުންގެ އިދާރާއަށް ހާޒިރުކުރި ފަހުން އޭނާ ފުރަން އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް މިރޭ ގެންގޮސްފި އެވެ.
ރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމުގައި ވެސް އިސްކޮށް އުޅުނު ސަނީއަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތު ފުލުހުންނަށް ހުށަހެޅީ އެ ކުދިންގެ އާއިލާގެ ފަރާތުން ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.
އެ މައްސަލާގައި ސުވާލު ކުރުމަށް އޭނާ މިއަދު ހަވީރު ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފަ އެވެ. ނަމަވެސް ފުލުހުން މިރޭ ބުނިގޮތުގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެއާޕޯޓަށް ގޮސް ހުއްޓާ ކަމަށެވެ.
ނަމަވެސް އޭނާ ފުރައިގެން ދާން އުޅުނީ ކޮން ތަނަކަށް ކަމެއް ސާފެއް ނުވެ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާ އެއާޕޯޓްގައި ހުރީ މާސްކް އަޅައިގެންނެވެ.
އެ މައްސަލަ ރިޕޯޓް ކުރިއިރު އޭނާ ރާއްޖެއިން ބޭރަށް ގޮސްފައިވާ ކަމަށް ތުހުމަތު ކުރެވުނެވެ. އަދި ފުލުހަށް އޭނާ ހާޒިރުކުރީ ވެސް އޭނާ މިއަދު ރާއްޖެ އައުމާއެކު ކަމަށް ސޯޝަލް މީޑިއާގައި އަޑު ފެތުރުނަސް، ފުލުހުން އެކަން ކަށަވަރުކޮށެއް ނުދެ އެވެ.
އެ މައްސަލާގައި ކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ސޯޝަލް މީޑިއާގައި ކޮށްފައިވެ އެވެ.
އެ މައްސަލާގައި ދަ ޓްރެވެލް ގައިސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ތުހުމަތުތަކާ ގުޅިގެން ސަނީ އުމަރުގެ ހިއްސާ އަތުލަން އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށާއި އޭނާގެ ހިއްސާ އަތުލި ނަމަވެސް އެހެން ފަރާތަކަށް ވިއްކާލާފައި ނުވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
މީގެ އިތުރުން ޓްރެވަލް ގައިސް އިން ހިންގާ "ޓްރެވެލޫއުޝަން މީޑިއާ" ފުރަތަމަ ދުވަހުން ފެށިގެން ވެސް ހިންގަމުން އައީ އިންޓަނޭޝަނަލް ކޯ ޓީމަކުން ކަމަށާއި އަދި ދުވަހުން ދުވަހަށް އެ މީޑިއާ ހިންގުމުގައި ސަނީ އުމަރުގެ ބައިވެރިވުމެއް ނެތް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހްމަދުު
02 December 2025
ހަބަރު ލިބޭގޮތުގަ މީނަ އެބައުޅޭ މީނަގެ ކަނެކްޝަންސް ތުރޫކޮށް ސަލާމަތްވާން.
އާބިދާ
02 December 2025
މީތަ މިކިޔާ ސަނީ ސައިޑް އޮފް ލައިފް އަކީ؟ މުޅި ދުވަސް ޚަރާބު ވެއްޖެ މީނަޔާ މީނަ ކަހަލަ މީހުން މި އުޅޭ ގޮތަކުން. މުޅި ދިރިއުޅުން ޚަރާބު! ފޮނުވާލަބަލަ ދާން އުޅޭ ތަނަކަށް. ގައިމު އެކަކު މަދުވާނެ އެއްނު!
ތިމާވެށި
02 December 2025
ބުނީ އެ ތުހުމަތުތަކާ ގުޅިގެން ސަނީ އުމަރުގެ ހިއްސާ އަތުލަން އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށާއި އޭނާގެ ހިއްސާ އަތުލި ނަމަވެސް އެހެން ފަރާތަކަށް ވިއްކާލާފައި ނުވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. ދެން މަސައްކަތް ކުރާނީ މީނަ ސަލާމަތް ކުރަން ހެން ހީވެ އެވެ. ސަލާމަތް ވީމަ އަލުން ހިއްސާ ދޭނީ އެވެ. ކުންފުނި ސަލާމަތް ވީ އެވެ. އޭނަ ވެސް ސަލާމަތް ވީ އެވެ.
ވޯލް
02 December 2025
މިހާރު ވަރަށް ބޮޑަށް ޔަޤީން ކުރެވޭ ސަނީ މައްޗަށް ތުހަމަތު ކުރެވޭ ކަންކަމުގައި އަސްލުތަކެއް ވާކަން. ކަމެއް ނުކުރާ މީހާ ބަލާނީ އެކުށުން ބަރީޔަތް ވާން.،
ރަފީގު
02 December 2025
ފުލުހުން ކޮން ޑްރާމާއެއް ކުޅެންތަ…؟ އެވަރުގެ ތުހުމަތަކުން މީހާ މުޖުތަމަޢުއަށް ހުރި ނުރައްކަލަކަށް ނުވޭތަ؟ އެއްފަހަރު ސުވާލު ކުރަން ގެންގޮސްފަ ނިތްކުރިއަށް ދޮނެއް ދީފަ ދެން އެހެން ނޫޅެއްޗޭ ބުނެފަ ގެއަށް ތި ފޮނުވާލީ؟؟؟
އައިސަން
02 December 2025
ދެން ފަހަރަކުން ބަސްޓު ނުވައްޗޭ ކިޔާފަ...
ކޮރަލް
01 December 2025
ސާބިތު ވެއްޖެނަމަ ގެއްލުމުގެ ބަދަލު ދޭން ވާނީ ތިޔަ ކުންފުނީންނެވެ. އެކަން ހިނގީ ތިޔަތާ އުޅުނު އިރު އެވެ.
ސަނދަރަބޮލި
02 December 2025
އޭނަ އުޅޭ އިމާރާތުގެ ވެރިޔާވެސް ބަދަލު ދޭން ވާނެ. އެކަން ކުރީ އެ ގޭގަ އުޅެގެން ކަމަށް ވާތީ. ކޮސް ގޮވާކަށް ވަކި ތަނެއް ވެސް ނެތް ދޯ.
އައިސަން
02 December 2025
މައިންބަފައިން ވެސް
ސަނދަރަބޮލިބެ
02 December 2025
ބަލަ މިކަމަކާގުޅިގެން ތި ކުންފުންޏަކުން ތެޅިބާލާވަރުން އެވާހަކަ މީހުންދައްކަނީ. ބައްސާމުގެ ކިތައްކުންފުނި އޮވޭ؟ ފަޒުލްގެ ހިއްސާވާ ކިތައްތަން އޮވޭ؟ މީހެއްގެ މައްސަލަ ފެންމަތިވާއިރަށް މިނޫނީ ކުންފުންޏަކުން މިހެން ތެޅިގަތްތަނެއްނުފެނޭ. ދެއައިޒް ސަމްތިންފިޝީ އެބައުޓްދިސް.
ޙސނބ
02 December 2025
ނޭގެ މިތަނަކާ މިނަޔަކާ ގުޅުމެއް އޮންނަކަންވެސް މިއެގެނީ މިމީހުން ނޫސް ބަޔާނެއް ނެރިގެން…..