ސަނީ އުމަރު: އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފުލުހަށް ވަނީ ހާޒިރު ކޮށްފައި --- ފޮޓޯ/ސޯޝަލް މީޑިއާ
01 ޑިސެމްބަރ 2025 - 16:37
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި "ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑް" ގައި އިސްކޮށް އުޅުނު ހުސައިން ސަނީ އުމަރު އެ މައްސަލައާ ގުޅިގެން ސުވާލު ކުރުމަށް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި އެވެ.
ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމުގައި ވެސް އިސްކޮށް އުޅުނު ސަނީއަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތު ފުލުހަށް ހުށަހެޅީ އެ ކުދިންގެ އާއިލާގެ ފަރާތުން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސަނީ އުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ސުވާލު ކުރުމަށް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން އިދާރާއަށް އޭނާ ހާޒިރު ކޮށްފައިވާ ކަމަށެވެ. އެކަމަކު އޭނާ ހައްޔަރު ކުރި ކަމެއް އަދި އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
އެ މައްސަލަ ރިޕޯޓް ކުރިއިރު އޭނާ ރާއްޖެއިން ބޭރަށް ގޮސްފައިވާ ކަމަށް ތުހުމަތު ކުރިޔަސް، އޭނާ ފުލުހަށް ހާޒިރުކުރީ ސީދާ މާލެ އައިތަނުން ކަމެއް ސާފެއް ނުވެ އެވެ. އަދި އެކަމާ ގުޅޭ އިތުރު ތަފްސީލެއް ވެސް ފުލުހުން ނުދެ އެވެ.
އެ މައްސަލާގައި ކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ސޯޝަލް މީޑިއާގައި ކޮށްފައިވެ އެވެ.
އެ މައްސަލާގައި ދަ ޓްރެވެލް ގައިސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ތުހުމަތުތަކާ ގުޅިގެން ސަނީ އުމަރުގެ ހިއްސާ އަތުލަން އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށާއި އޭނާގެ ހިއްސާ އަތުލި ނަމަވެސް އެހެން ފަރާތަކަށް ވިއްކާލާފައި ނުވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
މީގެ އިތުރުން ޓްރެވަލް ގައިސް އިން ހިންގާ "ޓްރެވެލޫއުޝަން މީޑިއާ" ފުރަތަމަ ދުވަހުން ފެށިގެން ވެސް ހިންގަމުން އައީ އިންޓަނޭޝަނަލް ކޯ ޓީމަކުން ކަމަށާއި އަދި ދުވަހުން ދުވަހަށް އެ މީޑިއާ ހިންގުމުގައި ސަނީ އުމަރުގެ ބައިވެރިވުމެއް ނެތް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖުއްބާ
01 December 2025
މީ ސަނީ މޫސުން. މި މޫސުން ނިމޭއިރު، ކުއްވެރިވާ މީހާ އިންނާނީ ހުޅުމާލެ ޕެންޓު ހައުސެއްގަ ގިޓާކުޅެން. މިހާރުވެސް ބޮޑު މުޖުރިމެއް އެބަހުރި ހުޅުމާލެ ޕެންޓު ހައުސެއްގަ ގިޓާކުޅެން... މީ ފާޑެއްގެ ގައުމެއް.
ހފގހފ
01 December 2025
މީނާއަކީ ފުޓްބޯލް ކުޅުންތެރިޔާ އަލީ އުމަރުގެ ބޭބެ އަދި އިބްޝީން އުމަރުގެވެސް ބޭބެ
ާއަހުސަން ފަލީ
01 December 2025
މީނަ ފިލައިގެން ދިޔައޭ އެކިޔަނީ ކީއްވެ؟ ފިލައިގެން ދިޔަނަމަ ހަފްތާއެއްވެސް ނުވަނީސް އަމިއްލައަށް އައީ ކީތްކުރަން! ތަހުގީގަށް އެއްބާރުލުން އަވަށް ދިން މީހަކަށް މީނަވާނެ! މީނަ ދެންބޭރަށް ދާން ވެއްޖެނަމަ ޖާމިނުވާނެ ލީހުން ހޯދަން އުދަގުލެއް ނުވާނެ!
އަލީބުމަރު
01 December 2025
މީ ކުރީގެ ފުޓް ބޯޅަ ކުޅުން ތެރިއެއްގެ ކޮއްކޮ
ނޭނގުނޭ
01 December 2025
މި ނޫހުގައި މީނައާއި ބެހޭގޮތުން ލިޔެފައިވާ ޚަބަރުތަކުން އަދި މިހާތަނަށް މިއީ ދިވެއްސެއްކަމެއް ބިދޭސީއެއްކަމެއް މުޅިން ސާފެއްނުވޭ!
މިބުނީ
01 December 2025
މީ ދިވެއްސެއް. ހެޕީ؟
ކޮރަލް
01 December 2025
ސާބިތު ވެއްޖެ ނަމަ ނަފްސާނީ ގޮތުން ލިބުނު ގެއްލުމުގެ ބަދަލު ދޭން ޖެހެ އެވެ.
އަޖައިބެއް
01 December 2025
ވީޑިއޯއެބައުޅޭ ހުޅުލެއަށް އައިތަނުން ޕޮލިހުން ގެންދާތަން.