އައްޑޫ ޕޮލިސް ޓްރޭނިން އެކެޑެމީ ހަދާ ސަރައްހަދު. ފޮޓޯ/ އަހުމަދު ޒާހިދު
26 ނޮވެމްބަރ 2019 - 13:15
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އައްޑޫގައި އިމާރާތް ކުރާ ފުލުހުންގެ ޓްރޭނިން އެކަޑެމީގައި އަސްކަރީ ހަރަކާތެއް ނުހިންގާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ޕޮލިސް އެކަޑެމީ އަކީ، އިންޑިއާގެ މިލިޓަރީ ބޭހެއް ހިންގުމަށް އިމާރާތް ކުރާ ތަނެއް ކަމަށް އަޑު ފެތުރިފައިވާ މައްސަލައިގައި ފޭދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނިހާދު ކުރެއްވި ސުވާލުގެ ޖަވާބުގައި އިމްރާން ވިދާޅުވީ، އެއީ ނޭޝަނަލް ޕޮލިސް އެކަޑަމީއެއް ކަމަށާއި ހަމައެކަނި ބޭނުމަކީ ފުލުހުންނަށް ތަމްރީނު ދިނުން ކަމަށެވެ.
"މިލިޓަރީ އެއްވެސް ހަރަކާތެއް އެ ތަނުގައި، ދިވެހިން ކަމުގައި ވިޔަސް، ބޭރުގެ ގައުމަކުން ވިޔަސް، މިލިޓަރީ މަސައްކަތެއް ކުރުމުގެ ވިސްނުމުގައި ފެށިގެން ކުރިއަށް ދާ މަސައްކަތެއް ނޫން،" އިމްރާން ވިދާޅުވި އެވެ.
ޕޮލިސް އެކަޑަމީއެއް އިމާރާތް ކުރުމުގެ މަޝްވަރާތައް އިންޑިއާއާ އެކު އެންމެ ފުރަތަމަ ފެށީ ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ގަ އެވެ. އަދި ޕޮލިސް އެކަޑަމީއެއް ގާއިމް ކުރުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ސެޕްޓެމްބަރު 26، 2012 ގަ އެވެ.
އެމްއޯޔޫގައި ރާއްޖޭން ސޮއިކުރެއްވީ އޭރުގެ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާގެ ކުރީގެ ހޯމް މިނިސްޓަރު ސުޝިލް ކުމާރެވެ.
އެ އެމްއޯޔޫގައިވާ ގޮތުން ޕޮލިސް އެކަޑަމީ އަޅާ ނިންމީ ޅ. ދިއްފުށިމާދޫގަ އެވެ. އަދި އެ މަޝްރޫއަށް 18 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހަރަދު ކުރާނެ ކަން އެމްއޯޔޫގައި ފާހަގަކޮށްފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.
ނަމަވެސް މިހާރު މި ޕްރޮޖެކްޓަށް 31 މިލިއަނަށް ވުރެ ގިނަ ޑޮލަރު ހޭދަކުރެ އެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލިހުގައި މިއަދު ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
އިމްރާން ވިދާޅުވި ގޮތުގައި، ޕޮލިސް އެކަޑަމީ ދ. ވާނީގައި ނުވަތަ ސ. ހިތަދޫ ރުއްޖެހި ސަރަހައްދުގައި އިމާރާތް ކުރުމަށް ވެސް މަޝްވަރާ ކުރި އެވެ. އެކަމަކު، އެ ތަން އިމާރާތް ކުރަން އެންމެ ފަހުން ނިންމީ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) ގެ އޮފީސްގެ ދެކުނު ސަރަހައްދުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނޮވެމްބަރު 8، 2014 ގައި އައްޑޫ ސިޓީ ކައުންސިލުން ވަނީ ޕޮލިސް އެކަޑަމީ އަށް ބިން ދީފަ އެވެ. އެ އެކަޑަމީ އެޅުމުގެ އަމަލީ މަސައްކަތް ފެށީ މީގެ ތިން އަހަރު ކުރިން 2016 ގަ އެވެ.
އިމްރާން ވިދާޅުވީ ތާވަލަށް ބަދަލެއް ނައިސް ކުރިއަށް ދާ ނަމަ، އަންނަ އަހަރުގެ ޖުލައި އެއް ވަނަ ދުވަހު މަސައްކަތް ނިމޭނެ ކަމަށެވެ.
ފުލުހުންގެ ޓްރޭނިން އެކަޑެމީ އަންނަ އަހަރުގެ މިނިވަން ދުވަހު ހުޅުވާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.
ފުލުހުންގެ އާ އެކަޑެމީ ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރަކީ އިންޑިއާގެ ސްރީ އަވަންތިކާ ކޮންޓްރެކްޓާސް ލިމިޓެޑެވެ. ފުލުހުން ބުނި ގޮތުގައި ޓްރޭނިން ސެންޓަރު ހަދަނީ ވަރަށް ގިނަ ވަސީލަތްތައް އެތަނުގައި އެކުލެވޭ ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖީއެމްއާރު
27 November 2019
ރާއްޖެއިން އިންޑިޔާގެ ޖީއެމްއާރު ބޭރު ކުރުމުގެ އެންމެ ކުރީ ސަފުގަ ހުންނެވި އިމްރާން އަށް މިއަދު މި ޖެހުނީ އިންޑިޔާގެ ފުލުހުން ގެ ބާރުގެ ދަށަށް ރާއްޖޭގެ ރަށެއް ދޫކޮށްލަން، ދުނިޔެ އަކީ ހާދަ އެހެން ކަހަލަ ތަނެކޭ
ކައްކާ
27 November 2019
ނޯތުކޮރެއާއެކޭ އެއްފަދައިން ދައުލަތުގެ ބަޖެޓުގައި ސިފައިންނާއި ފުލިހުންނަށް އެބައޮވޭ 10 ވަރަކަށް ޕަސެންޓު. އާބާދީގެ 15 ޕަސެންޓުއޮތް އައްޑޫގެ ތަރައްގީއަށް އޮތީ 1 ޕަސެންޓު.
ކޮނެމެސްކަމެއް
26 November 2019
މިލިޓަރީ ކަމެއް ހިނގިއަސް ނުހިގިޔަސް، މިއީ ވޭސްޓް އޮފް ރިސޯސް. 3000 މީހުން ތިބި ޕޮލިސް ސާވިސް ގަ މިއަދު ހިންގަން ޖެހެނީ ރިޓްރެއިން ގެ ބައި އޮން އެތިކްސް އެންޑް ވަލިއުސް، އެފަދަ ތަމްރީނު ކުރެވޭނެ ކެޕޭސިޓީ މާލޭގެ ޓްރެއިނިން ސެންޓަރގަ އެބަހުރި. ދެން މިތަން ބޭނުން ކުރަނީ ކޮންކަމަކަށް؟ މިއީ މަތީ ފެންވަރުގެ އެޕާޓްމެންޓްސް ތަކަކަށް ހަދަން ޖެހޭ ތަނެއް.
ހޮޅިވާހަކަ
27 November 2019
ކޮނެމެސްކަމެއް އަށް : ގައިމު އަހަރުމެން އަޑުއަހަނީ ތިޔަރަށް ގަނޑުގައި ބޯހިޔާވަހިކަން ދޭނެ ބިންކޮޅެއްނެތް ވާހަކަ އާއި މާލޭ މީހުން ދިރިއުޅެނީ ކުޑަ ކޮަޓަރި ގަނޑެއްގައި ކަމަށް ގޮވާ ނަގާ އަޑު. އެހެންވީމާ ތިޔަ ބުނާ ތަން ދިރިއުޅެން ދީފައި މިތަނުގައި ފުލުހުން ތަމްރީނު ކުރުމުން އޮތީ ކޮން މައްސަލައެއް ؟
އޮނަރަބްލް އަފީފު ދީދީ
26 November 2019
ޙަސަދަވެރިން ފޮނު އަރުވާނެ. އައްޑޫގައިތިތަންހުއްޓަސް ނެތަސް އިންޑިޔާގެ އާރމީއަށް ހުރަސްތަކެއްއޮތްކަމަކަށްނުދެކެން. # މިއީވެސް "ތަރައްޤީއަށްޓަކައި އެޅުނުފިޔަވަޅެއް" ކަމަށްބަލާ ކުރިއަށްދާންޖެހޭ. އެގޮތުން ކެނަޑާ، އޮސްޓްރޭލިއާ، ޖަރުމަން ނުވަތަ ކޮރެއާރ ގެކުންފުނިތަކަށް ގޭންއެއަރޕޯޓް ޑިވޮލޯޕްކޮށް ހިންގުމަށް 50 އަހަރަށް ކުއްޔަށް ދިނުމަށާއި އައްޑުއާއި ކޮޅުމަޑުލާއި ދޭތެރޭ ސީޕްލޭން ދަތުރުކޮށްދޭނެ ބަޔަކު ހޯދަންވެސް ބައިނަލް އަޤުވާމީ ބިޑަށް ހުޅުވާލަންޖެހޭ.
ފުލުހުން
26 November 2019
އިންޑިޔާއިން ތިތަން ގެންދާކަައް ނާންނާނެ ފުރިހަމަ ތަނެއް އެޅުނީމަ އޭގަ ފައިދާ ކުރާނި ޕޮލިހުންނައް، ދިވެހިންނައް، ފުރިހަމަ ޕޮލިސް ޓުރެެއިންނިން ސެންޓަރެއް ނެތި މިޔޮއް ހާދުވަހު އެދިޔައީ ތަނެއްލިބުނީމަ ސުކުރުކުރުން ރަގަނޅުވާނީ، ސިޔާސީ ބޭނުމައް މިހާރު ހުރިހާ ވާހަކަތަކެއް ހޭރިޔާ ކުރުމައް ވުރެ.
އޮނަރަބްލް އަފީފު ދީދީ
26 November 2019
އައްޑޫގައިއޮތް ފަތުރުވެރިކަމަށް އެންމެރީތިބީޗް ހަލާކުކޮށްލުމުގެމަޤުސަދަށްޓަކާ ތިތަނުގައިއިމާރާތްކުރަންބިންދިނީ ޔާމީން. # ދެންއޮތީ ތިއިމާރާތާއިއެކުގައި ބީޗްގެބޭނުންކުރެވޭނެގޮތެއްހޯދާ "ހަންކެޑެ ބީޗް" ފަތުރުވެރިކަމަށް ކަމދާގޮތަކަށް ޑިޒެއިންކޮށް ޑިވޮލޯޕް ކުރުމުގައި އިންޑިޔާގެ އެހީތެރިކަމަށް އެދި އެކަން ފަށައިގަތުން އަވަސްކުރުން. # ދެފަރާތު ބީޗް ހިމާޔަތްކޮށް ޕެޑަލް ސްޓްރީޓް ހަދާ ޕެވަލިއަންދައް ތަރައްޤީކޮށް ލައިފްގާރޑް އަދި ސިޓީ ޕޮލިސްޕޯސްޓް ހައްދަވާ.
އޮނަރަބްލް އަފީފު ދީދީ
26 November 2019
ޒަމާނުއްސުރެ "ރަޙްމަތްތެރިއެއްގެގޮތުގައިއޮތް އިންޑިޔާ" އާއިޖައްސާލައިގެން "މިގޮތަށް ފަސާދައުފައްދާން އާންމުކޮށްފުރުސަތުހުޅުވާލުމަކީ ދެދައުލަތްހަތުރުންނަށްބަދަލުވެ އޭގެދެރަ ދިވެހިންނަށްލިބިދާނެކަމެއް" އިގޭތޯ. # ޤަބޫލުކުރާންޖެހޭޙަޤީގަތަކީ "ބޭރުގެއެހީތެރިކަމާއިއެކުގައިނޫނީ އައްޑޫ ފަދަ ބޮޑުސިޓީއެއް އާރާސްތުކުރެވޭނެ މާލީ އަދި ފަންނީތަޖުރިބާއާއި ވަސީލަތް މާލޭސަރުކާރުގައިނެތް" ކަން. # އަދިވެސް އިންޑިޔާގެ އެހީތެރިކަން ހޯދައި އިތުރު ކަންކަން ކުރާންޖެހޭ.
ގާދިރު
26 November 2019
ރާއްޖޭގައި މިސާލަކަށް ނައިޓް ކުލަބެއް އަޅަނީޔޯ! ދެން ސަރުކާރުން މިބުނަނީޔޯ އެތަނުގައި ރާ ބުއިން، ޑީޖޭ އެއް ނޯންނާނެއޭ! ދެން އެހެންބުނީމަ އަހުރެމެންވީ ގަބޫލު ކޮށްގެން ތިބެންހޭ؟
އޮނަރަބްލް އަފީފު ދީދީ
26 November 2019
އަޅާނުލާ ވީރާނާވުމަށްދޫކޮށްލާފައިވާ އައްޑޫގައި މިފަދަކަމެއްކޮށްދިންކަމަށްޓަކާ އިންޑިޔާގެދީލަތިއެހީތެރިކަމަށް އައްޑޫގެރައްޔިތުން ޝުކުރުވެރިވޭ. # މިފަދައިތުރުއެހީތެރިކަމަށް އައްޑޫމޭޔަރ އިންޑިޔާއެމްބަސީގައި އެދެންޖެހޭ. މިގޮތުން ހުޅުވުމަށްތައްޔާރުވަމުންދާ އިކްއިޓޯރިއަލް ހޮސްޕިޓަލް ހިންގުމާއި ސްޕެޝަލިސްޓުން ވިސިޓްކުރުމަށް އެޕޯލޯ ހޮސްޕިޓަލް ނުވަތަ Kokilaben Dhirubhai Ambani Hospital ގެ އެހީތެރިކަންލިބޭނެގޮތެއްހަމަޖެއްސުމަށް އެމްބަސީގައި އެދޭންޖެހޭ.
ފޫޅު ދިގު ހަންޑި
26 November 2019
ފޫޅު ދިގު ހަންޑި މިކަމުގައި އޮނަރަބްލް އަފީފު ދީދީ އަށް ވަރަށް ބޮޑަށް ތާއީދު ކުރަން. މިއުޅޭ ބައިގަނޑަށް އިންޑިޔާ ނޭގުނު ކަމުގައި ވިޔަސް އެއީ ސުޕަރ ޕަވަރެއް ، ތައުލީމީ މީހުނާއި ޓެކްނިކަލް މީހުން އަދި ދުނިޔޭގެ ފެންވަރުންވެސް އެންމެ ފުންނާބު އުސް މެޑިކަލް ޑަކްޓަރުން ތިބި ބޮޑު އިޤުތިސޯދެއްއޮތް ވަރުގަދަ ޤައުމެއް.
ގުޑް އައިޑިޔާ
26 November 2019
އެޕޯލޯ ނުވަތަ ކޮކިލަބެން ފަދަ ހޮސްޕިޓަލެއްގެ އެހީތެރިކަމާއި އެކުގައިނޫނީ އިކްއިޓޯރިއަލް ހޮސްޕިޓަލް ހިގައިގަތުމަށް އުދަގޫވާނެ. ތިކަމަށް އެއްބަސް.
އޮނަރަބްލް އަފީފު ދީދީ
26 November 2019
މޖިލިސް އިދާރާ ޕާކިސްތާނުން، ފޮރިންގ މިނިސްޓްރީ ޖެޕާނާއި ޗައިނާއިން އަޅާދިނުމުން މައްސަލައަކަށް ނުވީ ކީއްވެ؟! # އިންޑިޔާ ޕޮލިސް އެކަޑަމީއަށްފަހު އިޤިރޭސިންގެއެހީތެރިކަމާއިއެކު ފެންވަރުރަނގަޅު ކޮލޭޖެއް ނުވަތަ ޔޫނިވަސިޓީއެއް، އަދި ނިއުޒީލަންޑް ނުވަތަ އޮސްޓްރޭލިއާ ފަދަޤައުމަކުން ހޮޓަލް އިންޑަސްޓްރީއަށް ބޭނުންވާކުދިންތަމްރީނުކުރާނެ ބައިނަލްއަޤުވާމީ ފެކަލްޓީއެއް ހެދުމަށްވެސް ފުރުސަތު ދޭންޖެހޭ. # މޮޔަގޮވާނެކަމެއްނެތް. މިއީ ގުޅިލާމެހިފައިވާ ދުނިޔެއެއް.