ފުލުހުންގެ ކާރަކަށް މީހަކު އަރުވަނީ. ---
14 ޑިސެމްބަރ 2019 - 13:51
މަސްތުވާތަކެތި ބޭނުންކޮށްގެން މަގުމަތީގައި ތިބޭ މީހުންގެ 89 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ހިނގައިބިނގާވެ ނޫޅޭވި، ތިބޭ ޒުވާނުންގެ އަދަދު ފަހަކަށް އައިސް ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ. އެފަދަ ކިތަންމެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މި ދުވަސްކޮޅު ދަނީ އާންމު ކުރަމުންނެވެ. އެގޮތަށް ތިބޭ ޒުވާނުންގެ އަދަދު އިތުރުވަމުންދާތީ ގިނަ ބަޔަކު ތިބީ ވަރަށް ބޮޑަށް ކަންބޮޑުވެފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިިދިޔަ މަހު ތިނަކުން ފެށިގެން މިދިޔަ ހޮނިހިރު ދުވަހާ ހަމަޔަށް މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން މަސްތުގެ ހާލުގައި ތިބޭ މީހުންގެ 89 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު، އޭގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
އެކަމަކު، ފުލުހުން ކުރިން ބުނެފައި ވަނީ މަސްތުވެގެން މާލޭގެ މަގުތަކުގައި ތިބޭ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، މައްސަލަ ތަހުގީގު ކުރުމަށް ފަހު، ދައުވާކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަމުންދާ ކަމަށެވެ.
މާލެ ތެރޭގައި ޒުވާނުން މަސްތުވެގެން އުޅޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ބުނީ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވަން އިހްލާސްތެރި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. ބައެއް މީހުން ބުނާ ގޮތުން ޒުވާނުން އެގޮތަށް ތިބެނީ މަސްތުވާތަކެތީގެ ވަރަށް ބާރުގަދަ ވައްތަރެއް ދައުރުވަމުން ދާތީ އެވެ.
މަސްތުވާތަކެތީގެ މައްސަލަ އަކީ ރާއްޖެ އަށް ދިމާވެފައިވާ ބޮޑު މައްސަލައެވެ. މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ގެނައުމަށް ކުރާ މަސައްކަތުން އެކަށީގެންވާ ނަތީޖާއެއް ނުނިކުންނަ ކަމުގެ ޝަކުވާ ބޮޑެވެ.
އެކަމަކު މަސްތުވާތަކެތީގެ ވަބާ ރާއްޖެ އިން ނައްތާލުމަށް ފުލުހުން ކޮންމެ ދުވަހަކު ހެން މަސައްކަތް ކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަސްތު
21 December 2019
މަސްތުވެގެން މަގުމަތީގައި ތިބުމަށްފުރުޞަތު ލިބެނީ ފެންނަނީ ވަކިނުފޫޒުތަކެއް ޢާމުވެގެންހިނގާ ދުވަސްތަކުގައިކަންވަނީ ފާހަގަކުރެވިފައެވެ. މިގޮތުން 2010ގައިވެސް ރާއްޖެވަނީ މިފަދަ ޙާލަތަކަށްގޮސް ކެފޭތަކުގެ ބިއްދޮށުމޭޒުތައް /ކޮޓަރިތައް މިކަމަކަށް ޚާއްޞަކުރެވިފައި. މިގޮތުން މާލޭގައި އެތަކެއް ކެފޭރެސްޓޯރަންޓުގައި މިރުޞަތު ފުޅާވެގެންގޮސްފައިވޭ...ޙިމާޔަތްދީގެން ތިބެނިކޮށް އަމިއްލަ ނަފްސާއި އަނބިދަރިން މިކަމުގެތެރެއަށް ގެންދާނެކަމީ ޝައްކެތްއޮތްކަމެއްނޫން.
ގޮއިދޫބަކުރު
20 December 2019
މަނާތަކެތި އެތެރެއެއްނުކުރެވޭނެއެވެ. ނުގެންގުޅެވޭނެއެވެ. ބޭނުމެއްނުކުރެވޭނެއެވެ. ބަޑިބޭސް ގެންގުޅެވޭހެއްޔެވެ؟ އެބޭނުންކޮށްގެން އެއްޗެއް ހެދިދާނެހެއްޔެވެ؟ އެތެރެކޮށް އެއިން އެއްޗެއްހަދައިފިމީހަކަށް އަމަށުން ހުރެވޭހެއްޔެވެ؟ ހުރެވިފައެބައޮތްހެއްޔެވެ؟ ޖަވާބުގައި ބުނަންޖެހެނީ ނޫނެކެވެ. އެހެންވީމައި މިކަމަކީ ކަމާބެހޭފަރާތްތަކުގެ ރުހުމާއި ހުއްދަ ލިބިގެންހިނގާކަންތަކެއްނޫންތޯ ސުވާލުއުފެދެއެވެ! ޙައިރާންވާވަރުގެކަމެކެވެ! ސުވާލުއުފެދޭކަމެކެވެ!
ަސދަ
15 December 2019
އެމީހުން އެބޭނުންކުރަން އަދި ބޭނުންކޮށްގެން ތިބެން ވަކިތަނެއް ހަދާފައި މަގުމައްޗަށް ނުނިކުމެވޭ ގޮތަށް ބައިތިއްބާ.
ޭއޭބީ
15 December 2019
ޕޮލިހުން މަގުތައްމަތީ ޕެޓްރޯލް ކުރަމުން ދާއިރު މަގުމަތިން އެކަލަ މީހަކު ފެނިއްޖެ ނަމަ ވަގުތުން އެމީހަކު ނެގުމަކީ މިކަހަލަ މުސްލިމް ގައުމެއްގާ ކޮންމެހެންވެސް ކުރަން ޖެހޭނެކަމެއް ކޮންމެހެން މީހަކު ރިޕޯރޓް ކުރަންދެން ތިބޭކަށް ނުޖެހޭނެ އަމަލުވެގެ މިފަދަ ގައުމެއްގެ މަގުމަތިން އެފަދަ މީހުން ފެނިގެންނުވާނެ އެފަދަ މަންޒަރު ތައް ކުޑަކުދިންނަށް ފެންނަ ނަމަ ދެންވާނެ ގޮތް ވިސްނާލައްވާ.
ޖިމް
15 December 2019
ތިކަން ވެގެން އުޅޭ މުއްދަތަށް ބަލާއިރު، ރާއްޖެ އެތެރެވާ އެއްޗެހި ބަލާ ފާސްކުރާ މައިދޮރާށީގެ ބޮޑު މީހާ ކޮބައިބާ؟ ބޮޑުމީހާ ނެތުމުން ބޮއްސުންލައިގެންދާ ކަންކަންވެސް ހުންނާނެ.
މުލޭ
14 December 2019
ތީގެ މީހަކު މިއަދު 1 ޖެހި އިރު ނޯތު ހާބަރު ގޭޓު ކުރިމަތިން ބޮޑުތަކުރުފާނު މަގުނަވެސް ފެނުނު. މީހަކު ފުމެލިޔަސް ވެއްޓޭވަރުގަ ހުރީ.
އިމްރާން
14 December 2019
ދޮންކަލޯ ބުނަންތަ ވާހަކައެއް. މިހާރު މިހިނގާ 5 އަހަރުގެ ވެރިކަމަކީ ދިވެހި ލިބެރަލް ވިސްނުމުގެ ވެރިކަމެއް. އޭގައި މަސްތުވާ ތަކެއްޗެއްނަމަވެސް އަދި އެހެން އެއްޗެއްނަމަވެސް ބޮވެންވާނެ ބޯންޖެހުނީމަ. ދެން ކޮން ބޭކާރު ހާސަރުތަކެއް މިތާ މިގޮވަނީ. ޑިމޮކްރަސީގައި އޮންނާނީ އެމީހަކު ބޭނުންގޮތަކަށް ފްރީކޮށް އުޅުން.
ސައްތާރު
14 December 2019
މަސްތުވާތަކެތީގަ ހައްޔަރުކުރާ މީހުން ކޯޓުތަކުން ދޫކުރުމައި، އެއްވެސް ށަރީއަތެއް ނުކޮށް ދޫކޮށްލުން ނުހުއްޓޭހާ ހިނދަކު މިކަމެއް ރަނގަޅެއް ނުވާނެ. އަހަންނަށް ފެންނަ ފެނުމުގައި މަސްތުވާތަކެތީގެ ވިޔަފަރި ކުރާމީހުން ވަރަށް ނުފޫޒު ގަދަ. ހޯމް މިނިސްޓަރުވެސް އެބުނީތާ އެހެން.
އަހްމަދް
14 December 2019
ރާއްޖޭގެ ދޮރުތަކާ ހަވާލުކޮށްފަ ހުރީ ތަނެއް ދޮރެއް ނޭގޭ މީހެކޭ ކިޔާފަ މަ ޓްވީޓް ކޮށްލީމާ ކަޑާލަން މަސައްކަތްކޮށް ހުޅުމާލެއަށް އަރުވާލީ. މިއަދު ހާމަވެގެން އެދަނީ ހަގީގަތް. ރައްޖޭގެ ދޮރުތަކާ ހަވާލުކޮށްފަތިބި މީހުން ކުފޫ ހަމަވަންޔާ މިހެނެއް ނުވާނެ. އެއްގޮތަކީ އެމީހުން ކުފޫ ހަމަ ނުވަނީ. އަނެއް ގޮތަކީ އެމީހުންނަށް އިގިގެން ގުޅިގެން އެތެރެކުރަނީ. މި ދެގޮތުން ކުރެން ގޮތެއް ކަން އެއީ %100 ޔަގީން. އިތުރު ގޮތެއް ނޯންނާނެ.
ސަންޕަ އަހަންމަދު
14 December 2019
މިހާރު މަސްތުވެގެން ހުރުމަކީ މާބޮޑު މައްސަލައަކަށްނުވޭ. މިހާރު މައްސަލައަކަށް ވަނީ ރެޑުކޮށް މަސްތުވާއެއްޗެއް އަތުލެވެއްޖިއްޔާ. އެވެސް އަމިއްލަ ބޭނުމަށް ބޭނުންކުރާވަރަށްވުރެ ތަންކޮޅެއް އިތުރުވެއްޖެނަމަ. ސަހާދެއް ބޯހަލާކު.