ސީރިއާ ސިފައިން މަގުތަކުގައި ހަރަކާތްތެރިވަނީ: ހަނގުރާމަ އަށް ދިޔަ ދިވެހިންތަކެއް އެ ތަނުގައި ވަނީ ހާލުގައި ޖެހިފައި. --ފޮޓޯ:އޭއެފްޕީ
17 ޑިސެމްބަރ 2019 - 12:10
މީހުން މެރުމާއި ބޮން ގޮއްވުން ފަދަ އަނިޔާވެރި އަމަލުތައް ހިންގާ އިސްލާމިކް ސްޓޭޓް (އައިއެސް)އާ ބައިއަތު ހިފައި ސީރިއާ އަށް ހަނގުރާމައަށް ދިޔަ ދިވެހިންގެ ތެރެއިން ހާލުގައި ޖެހިފައިވާ އަންހެނުންނާއި ކުޑަކުދިން ކުރިއަށް އޮތް ހަތް މަސް ތެރޭގައި ރާއްޖެ ގެނެވޭނެ ކަމަށް ކަމާބެހޭ އިދާރާތަކުން އިއްޔެ ބުނެފި އެވެ.
ކައުންސިލަރުންނާ އެކު ބޭއްވި "ވިއަވަތި" މަހާސިންތާގައި ކައުންސިލަރެއްގެ ސުވާލަކާ ގުޅިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ހަނގުރާމަ އަށް ސީރިއާ އަށް އެތެރެވި 173 ދިވެހިންގެ ތެރެއިން އެތަނުގައި މިހާރު ތިބީ 59 މީހުން ކަމަށެވެ. އޭގެ ތެރެއިން ހަަތަރު ފިރިހެނަކު ފިޔަވައި ދެން ތިބީ މުޅިން ވެސް ކުޑަކުދިންނާއިި އަންހެނުންނެވެ.
އެ މީހުންނާއި އާއިލާތަކުން ވެސް އަންނަނީ އަނބުރާ ރާއްޖެ ގެނެސްދޭން އެދެމުންނެވެ.
ހަމީދު ވިދާޅުވި ގޮތުގައި، ސަރުކާރުން ނިންމާފައިވާ ގޮތަށް އެ މީހުން ރާއްޖެ އަނބުރާ ގެނެސް ރީހެބިލިޓޭޓް ކުރާނެ އެވެ. އެކަމަށް ކ. ހިންމަފުށީގައި އަންނަނީ އެ ބޭނުމަށް ޚާއްސަ ސެންޓަރެއް ވެސް އަޅަމުންނެވެ.
"ކުރިއަށް އޮތް ގާތްގަނޑަކަށް ހައެއް ނުވަތަ ހަތް ވަރަކަށް މަސް ތެރޭގައި ބޭރުގެ އެހެން ދައުލަތަކާ ގުޅިގެން މި ފަރާތްތައް ރާއްޖެ ގެނެސް ރީހެބިލިޓޭޓް ކުރުމުގެ މަސައްކަތް ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
ހަމީދު ވިދާޅުވީ އެކަން ކުރިއަށް ގެންދާނީ، ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުގެ މަތިން ހަރުކަށި ފިކުރުގެ މީހުން ރީހެބިލިޓޭޓް ކުރެވޭނެ މެކޭނިޒަމްތައް ގާއިމްކޮށްގެން ކަމަށެވެ.
މިދިޔަ 12 އަހަރުގެ ތެރޭގައި ހަރުކަށި ފިކުރު ރާއްޖޭގައި ނުރައްކާތެރި ދަރަޖައަކަށް ފެތުރިފައި އޮތް ކަން ކަމާބެހޭ އިދާރާތަކުން އިއްޔެ ވަނީ ބުނެފަ އެވެ. އެކަމާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް ވެސް އެ ފަރާތްތަކުން ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނުވާ
18 December 2019
ތިޔަ ބަޔަކު އަނބުރާ ރާއްޖެ ގެންނަން ރައްޔިތުން ބޭނުން ހެނެއް ހިއެއްނުވޭ. ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ފެނޭ މިކަމުގަ
ފައިވް
18 December 2019
އެމީހުން ގެނައަސް އެއްގޮތަކަށްވެސް މިގައުމުގެ ރައްޔިތުންނާ އެމީހުންނާ ގުޅުން ބޭއްވިއަދީގެން ނުވާނެ. އެމީހުން ރިހެބިލިޓޭޓްކޮށްގެން ނޫނީ މުޖުތަމައަށް ނެރެން ހެޔޮނުވާނެ. އެކަމު އެމީހުން ވަކިން ތަނެއްގައި ބައިތިއްބައިގެން އެކަން ކުރަން އުޅޭއިރަށް ޗައިނާއަށް ލިބުނު ނަން ލިބޭނީ. ސަލާމަތެއް ނެތެއްނު.
މީމަގޭ ހިޔާލު
17 December 2019
ތިކަމުގެ ސަބަބުން މިގައުމުގައި ގޯހެއް ހިނގައިފިނަމަ މިހާރުގެ ސަރުކާރުގެ ވެރިން އެކަމުގެ %100 ޒިންމާނަގަންޖެހޭނެ އަދި އެކަން އަހަރެމެން ކުރުވާނަން ކިހާބޮޑު ބލއެއްމީ
ޕަންޕު
17 December 2019
މިރާއްޖޭގައިނަމަ ކުޑަކުދިން 18 ނުފުރެންޏާ އެކަމަކު 10 ނުވަތަ 12 އަހަރު ވާއިރު ކޮނޑަށް ބަޑިލައިގެން މީހުން މަރަން ނިކުމެތިބެނީ އެތަނުގައި އުޅޭކުޑަކުދިން
ޖައްލާދު
17 December 2019
މޮޅުކޮށްލަން ދޯ އަންހެނުނާ ކުޑަކުދިންނޭ މިބުނަނީ ބަލަ ތިކަމުގައި އެންމެ ކުރީސަފުގައި އުޅެނީ އަންހެނުނާ ކުޑަކުދިން
ޕޮއްނެއްޔާ
17 December 2019
މާތް ކަލާކޯ ތި އީ ހެޔޮވާވަރު ކަމެއް ނޫން. ޖޫލް ބުނިހެން ތިއީ ޖަގަ ޖަގަ
ވާނުވާާ
17 December 2019
ތިޔަ ސީރިޔާއަކަށް ގޮސް ހަނގުރާމަ ކުރި އެތައްބަޔަކު މިހާރުވެސް މިގައުމުގައި އުޅެމުން އެބަދެއެވެ. މިބުނި މީހުންނަށް ވުރެން ތިޔަ ކުޑަކުދިންނާއި އަންހެނުން ރިހެބްކޮށްގެން މުޖްތަމައުއަށް އަނބުރާ ގެނައުން މާރަނގަޅެވެ. މައްސަލައަކަށްވާނީ ގެނެސްފަ ވަކިބަޔަކު ވަކިބަޔަކާ ގުޅުމެއްވާތީ އަވަހަށް ދޫކޮށްލައިފިނަމަ ނުކުންނާނެ ނަތީޖާއެވެ.
ޑދޮންމަނިކު
17 December 2019
މިސަރުކާރުގެ ގާތްބަޔަކު ތިބީތޯ؟؟؟؟؟؟ ޤައުމީ ސަލާމަތައް ނުރައްކާ ކަމެއް މިވަގުތު ކަމެއް ނުފެނުނަސް 10 ނުވަތަ 15 ވަރަކައް އަހަރު ފަހުން .........!!!!!!! އެދުވަހުން ޒިންމާނަގާނީ ކާކު ؟؟؟ ވަގުތީ މަންފާޔައް ކަންކަން ނުކުރޭ މިއައްވުރެ ބާރުގަދަ އެމެރިކާ އަދި ޔޫ ކޭ ވެސް ބުނަމުން ދަނީ މިމީހުނައ ނޫނެކޭ!!!!!! ލަވް ޕީސް
އަލީ!
17 December 2019
ތިއީ ވަރަށް ބޮޑުގޯހެއް
އިސްލާހް އެދޭ
17 December 2019
ކީއްކުތަން ތަ އެމީހުން ގެންނީ؟؟ އިތުރަށް މީހުން ދިޔަ ނުދިއުމަށް ކުރެވެން ހުރި މަސައްކަތެއް ކުރަންވީ. ތިޔަމީހުން އެތަނަށް ދިޔައީ އަމިއްލަ އިޚްތިޔާރުގައި އެއީ ރަނގަޅު ގޮތްކަމަށް އެމީހުންނަށް ގަބޫލުކުރެވިގެން. ތިޔަމީހުން ގެނެސްގެން ރިހިބިލޭޓް ކުރެވޭނެ ކޮންޔަގީން ކަމެއް އޮތީ؟؟ ރާއްޖޭގައި ކުއްތަކަށް އަރައިގަންނަ، މަސްތުވާތަކެތި ބޭނުންކުރާ އެތައް ބަޔަކު އެބައުޅޭ، ކީއްވެތަ އެމީހުން ރިހިބިލޭޓް ނުކުރެވެނީ؟؟
6ސަންފުތު
17 December 2019
މާތްކަލާކޯ ތިހަައްދުފަހަނަޢަޅާފައިތިބިބައެއް ރާއްޖެގެނައުމަކުން ރާއްޖެއިތުރަައް ހަލާކުވުންނޫން ކަމެއްނުވާނެ