17 ޖެނުއަރީ 2020 - 23:18
ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ދައުލަތުގެ ކަމާ ގުޅޭ ހުރިހާ އިދާރާއެއް މާދަމާ ރޭ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީ އަށް ހާޒިރު ކުރަން މިރޭ ނިންމައިފި އެވެ.
ފަސް މެމްބަރުންނާ އެކު، އެ ކޮމެޓީން މިރޭ ބޭއްވި ބައްދަލުވުމުގައި އެގޮތަށް ފާސްކުރީ ހާޒިރުވި މެމްބަރުންގެ އިއްތިފާގުންނެވެ. މާދަމާ ރޭގެ ބައްދަލުވުމަށް ކޮމިޓީ އަށް ހާޒިރު ކުރާ އިދާރާތަކުގެ ތެރޭގައި ހިމެނެނީ ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާއި ކްރިމިނަލް ކޯޓުގެ އިތުރުން ޖެންޑާ މިނިސްޓްރީ އާއި ކަނޑުހުޅުދޫ ކައުންސިލާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހެވެ.
Pappa aai kaafa adhi muni kaafa ves kujjaa rape kuri!
The most trusted news source in the Maldives
Mihaaru
ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރުން---
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ގުޅޭ މައްސަލަތަކުގެ މައުލޫމާތު މާދަމާ މެންދުރު ދޭއް ޖެހުމުގެ ކުރިން ލިޔުމުން ފޮނުވުމަށް ވެސް އެ އިދާރާތަކަށް އަންގަން ކޮމިޓީން މިރޭ ފާސްކުރި އެވެ.
ކަނޑުހުޅުދޫ ރަށު ކައުންސިލް މެމްބަރަކު މާލޭގައި ނެތް ނަމަ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުވުން ބޭއްވުމަށް ވަނީ ފާސްކޮށްފަ އެވެ.
އެ އިދާރާތައް ކޮމިޓީ އަށް ހާޒިރު ކުރަން ފާސްކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ބެލުން ލަސްކަން މެމްބަރުންނަށް ފާހަގަ ކުރެއްވޭތީ އެވެ. އެ ބައްދަލުވުން އޮންނާނީ މާދަމާ ރޭ ނުވައެއް ޖަހާއިރު އެވެ.
އުސޫލެއްގެ ގޮތުން ކޮމިޓީ އަށް ހާޒިރު ކުރެވެނީ ފަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހުގަ އެވެ.
އެކަމަކު، އެ ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވީ ކޮމިޓީ އަށް ހާޒިރު ވެވިދާނެތޯ ބެލުމަށް އެ އިދާރާތަކަށް ގުޅުއްވައި ހަމަޖައްސާފައިވާ ކަމަށެވެ.
ކޮމެޓީގެ މުގައްރިރު ޖީހާން: ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ރަނގަޅަށް ނުބެލޭ ކަމަށް-- ފޮޓޯ: ނިޝާން އަލީ/މިހާރު
ކޮމިޓީގެ މިރޭގެ ބައްދަލުވުމުގައި ޖީހާން ވިދާޅުވީ، ކުޑަ ކުއްޖާ އަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މިއަދު ހައްޔަރުކުރި އެ ކުއްޖާގެ ކާފަ، ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްގެން ދައުވާ އުފުލާފައިވާތާ އެއް އަހަރު ވެފައިވާ ކަމަށެވެ. އެފަދަ މައްސަލަތައް ނުނިމި ވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޖިންސީ ގޯނާގެ އިތުރުން އެއީ މަސްތުވާތަކެތީގެ މައްސަލަތަކެއް ވެސް ހިމެނޭ އާއިލާ އަކަށް ވާއިރު، ކުއްޖާ އަށް ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށާއި އެކަން ކޮށްފައިވޭތޯ ޔަގީން ކުރަން ބޭނުންވާ ކަމަށް ޖީހާން ވިދާޅުވި އެވެ.
"ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްގެން ހުށަހެޅޭ މައްސަލަތައް ހިނގާތަނެއް ނުފެނޭ. ޔަގީން ކުރަން ޖެހޭ. [މިފަދަ ކަންކަން ރަނގަޅު ކުރަން] މުޅި ނިޒާމު މަސައްކަތް ކުރަން ޖެހޭ،" ޖީހާން ވިދާޅުވި އެވެ.
ކުޑަކުއްޖާ އަށް ޖިންސީ ގޯނާކޮށްގެން މިއަދު ހައްޔަރުކުރި ކުއްޖާގެ ކާފަ އާއި މުނި ކާފަ ކަނޑުހުޅުދޫ އެހެން ކުދިންނަށް ވެސް އެފަދަ ގޯނާތައް ކުރި ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށް ވެސް ޖީހާން ވިދާޅުވި އެވެ.
އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކަކީ މިހާރު އާ މައްސަލަތަކެއް ނޫން ކަމަށެވެ. އެފަދަ މައްސަލަތައް ރަނގަޅަށް ނުބެލޭތީ ކުޑަކުދިންނަށް ލިބެން ޖެހޭ ރައްކާތެރިކަން ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަވަހަށް މަސައްކަތް ކޮށްފި ނަމަ މި ކަހަލަ ކަންކަމުން އިތުރު ކުދިން ސަލާމަތް ކުރެވޭނެ،" ރޮޒައިނާ ވިދާޅުވި އެވެ.
މެމްބަރު ރޮޒައިނާ އާދަމް ކޮމެޓީގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު
ހޮޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔޫނުސް އަލީ ވިދާޅުވި ގޮތުގައި، އެފަދަ ކަންކަން ހުއްޓުވުމަށް ޖެންޑާ މިނިސްޓްރި "އޯވަހޯލް" ކުރަންޖެހެ އެވެ. މަންމަގެ އަނިޔާގެ ސަބަބުން މަރުވި މުހައްމަދު އިބްތިހާލްގެ މައްސަލާގައި އިހުމާލުވި މީހުން އަދިވެސް އެ މިނިސްޓްރީގައި އެބަތިބި ކަމަށް ޔޫނުސް ވިދާޅުވި އެވެ.
ކުޑަކުދިން ހައްލައިގެން ނާޖާއިޒު ފައިދާ ހޯދުން އިތުރު ކަމަށާއި މަސްތުވުމަށް ފައިސާ ހޯދުމަށް ވެސް ކުދިންގެ ނާޖާއިޒު ފައިދާ ނަގަމުން ދާ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުފާ ޝާން
18 January 2020
މަޖިލީހުގެ އިހުތިސާސްގައި ނެތް ކަމެއް މެޑެލް ޖަހަން ނުކޮށް މިކަންކަން ހުއްޓުވޭނެހެން ޤާނޫނު ހަދާބަލަ
ކަނބިލި
18 January 2020
ހާޒިރު ކުރު މަކުން ނުފުދޭ. ނޯ ކޮންފިޑެންސް ވޯޓެއް ނަގާ ކަ މާ ބެހޭ ވަޒީރު މަގާ މުން ދުރުކޮށް ކަ މަށް އެކަށީގެންވާ މީހަކު މަގާ މަށް އައްޔަންކުރޭ
ހަކީމް
18 January 2020
މިދިޔަ ޖުލައި މަހުން ފެށިގެން ފުލުހުން މެޖިސްޓްރޭޓް ގެ މައްސަލަ ބަލާ ކަމަށް ވަނީ. މިކަހަލަ މުހިންމު ކަމަކަށް މަސްތަކެއް ވެގެން ދަނީ ކީއްވެތޯ ބަލާބަލަ. ދެން މައްސަލަ ހިހޫ ކުރަން ތިޖައްދަނީ ހުސް ގޭމް. ކަލޭމެންވެސް އަދި މުއައްސަސާ ތައްވެސް ބޮޑެތި ފަލަ މުސާރަ ނަގައިގެން ތިބެނީ. ދެން ކަމެއްވީމަ އަދުންއަޅުވަން ތެޅިގަންނަނީ.
ހިސާބު
18 January 2020
މިގައުމުގެ 200 ރަށުގެ ސެކިއުރިޓީ ބެލެހެއްޓޭވަރަޢް ދިވެހިންނެތް.ޖަޒީރާ ވިސްނުމަކީ ގޯހެއް.ރައްޔިތުންނާއި ޤައުމު މާލީދާއިރާތަކުގެ އަޅުވެތިކަމުގަ ބަދެވިއެޖެ.ވަރައްވާހަކަ.
ހިސާބު
18 January 2020
ސަރުކާރަށް ކަންތައް ނުބެލެހެއްޓޭތީވެ ހިނގާ ކަންތައްތައް. ނަޝީދަށް ދަންނަވަން އޮތީ މިގައުމުގަ މީހުންތިބި ނިސްބަތުން ފުލުހުންނާއި ސިފައިންނަށް ކަންކަން ބެލެހެއްޓޭަރަށް 6 ސިޓީ ބަދަލްކޮށް މަސައްކަތް ފެށުމަށް. 200 ރަށުގަ ފުލުސްއޮފީސް ހަދަން ތިކުރާ ޖަޒީރާ ރާއްޖެ ވިސްނުން ދޫކޮށް ސިޓީ ރާއްޖެ އަށް އެބުރި އައުމަށް. ރަށްރަށުން މީހުން މާލެއަށް ބަދަލްވާވަރށްވުރެ ދިވެހިން ރާއްޖެެއިން ބޭރަށް ބަދަލުވާ މިިންވަރު މަތިވެއްޖެ.
ޗެޕޭ
18 January 2020
ކުޑަކުދީންނާ ބެހި ހުކުން ތަންފީޒުކުރަން ޖަލަށްލާފައި ތިބޭ މީހުން އެންމެ މަތިން ދޫކުރީމާ ދެން އިންސާފު އޮންނާނީ ސަދޫމުގައި. އެހެން ވެގެން މިއުޅެނީ. ގާޒީއެއް ޣާޒީއެއް ޑްރަގުބޯއެއް ޕޮލިހެއް ކިޔާނެ ކަމެއް ނެތް.
މެންޑޭޓް
18 January 2020
އަަވައްތޓެރިންނާަި ތިމާގެ މީހުންނަަށް މިކަން ނޭގި ނުވާނެ. އެގި ނުވަތަ ސައްކު ވާ ނަމަވެސް ނާންގާނަމަ އެމީހުންވެސް ކުއްވެރިވާންވާނެ.
ބަރުތީނާ
18 January 2020
ހޯރަ އިއްބެ ދޫކުރި ހިސާބުން މިކަން ހިންގާ މީހުނަށް ހިމާޔަތް ލިބުނީ...ހޯރައިއްބެ ދޫކުރި މިއައްސަސާ ކޮބާ...
ޢޭންޖަލް
18 January 2020
މިކަހަލަ މައްސަލަ ތަކުގަ ވަޒީރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ލާން މާ ރަނގަޅު. މިއީ މުޅި މި ގައުމު ލަދުގަންނަން ޖެހޭ ވަރުގެ ކަމެއް. ކިހިނެތް ކޮން ގޮތަކަށް އެކުދިން ކިބައިން އަހަރުން މައާފަށް އެދޭނީ. ގެނެސް ސުވާލު ކޮށްފަ ދޫކޮށްލަނީވެސް. މިކަހަލަ ކުށް ތަކަކީ ދުވަހަކުވެސް އެމީހެއްގެ ކުށުގެ ރިކޯޑުން ފޮހެވިގެންވާނެ ކުށެއްނޫން. ހަމައެކަނި ދަފްތަރަކުން ނުނިމޭ
ސިރާޒް
18 January 2020
ހަމީދު އާއި ސިދާތާ ގެއަށް ފޮނުވާލާ..ސުވާލުކުރާނެކަމެއްނެތް..ކަމުން ރެކޭނީ...މިބާވަތު މައްސލަ ފުލުހުންނާއި ޖެންޑަރއަށް ހުށައަޅި ފަރާތްތައް މަޖިސްލީސް ކޮމިޓީއަށް ރިޕޯޓް ކުރަންއަންގާ އޭރުން އެނގޭނެ ހުރިހާކމެއް..