ރަށެއްގައި ކުދިންތަކެއް މަގުމަތީގައި: މުދިމަކަށް ތުހުމަތުކުރެވި ސާބިތުނުވި މައްސަލަ ދައުލަތުން އިސްތިއުނާފްކޮށް ހައި ކޯޓުގައި ވަނީ އަޑުއެހުންތައް ނިންމާލާފައި. --ފޮޓޯ: ނިޝާން އަލީ/މިހާރު
22 ޖެނުއަރީ 2020 - 12:04
މީގެ 14 އަހަރު ކުރިން ފެންމަތިވެ ކްރިމިނަލް ކޯޓުގައި އޮންނަތާ 10 އަހަރު ފަހުން، ސާބިތުނުވާ ކަމަށް ހުކުމް ކުރި ޖިންސީ ގޯނާގެ މައްސަލަ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އިސްތިއުނާފްކޮށް، ހައި ކޯޓުގައި މި ހަފުތާގައި އަޑުއެހުންތައް ނިންމާލައިފި އެވެ.
މި މައްސަލައިގައި ތުހުމަތުކުރަނީ ގުރުއާން ކިޔަވައިދޭން މިސްކިތަށް ގެންގޮސްގެންނާއި އޭނާގެ ގޭގައި ކިޔަވައިދިން އިރު ގިނަ އަންހެން ކުދިންތަކަކަށް މުދިމަކު ޖިންސީ ގޯނާކުރި ކަމަށެވެ. މި މައްސަލާގައި ހިމެނޭ ކުދިންނަކީ މިހާރު 18 އަހަރު ފުރިފައިވާ މީހުންނެވެ.
ރާއްޖޭގެ މެދުތެރޭގެ ރަށަކަށް ނިސްބަތްވާ ކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލަ 2006 ގައި ފެންމަތިވެ ދައުލަތުން ދައުވާކޮށް ކޯޓުގައި އޮންނަތާ 10 އަހަރު ފަހުން މިދިޔަ އަހަރު އޮކްޓޯބަރުގައި ނިންމީ އެ ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތު ނުވާ ކަމަށެވެ.
އެއީ، މިހާރުގެ ގާނޫނުއަސާސީ އާއި ޖިނާއީ އިޖުރާއާތުގެ ގާނޫނު އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލްތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ކުރިން ހުށަހެޅި މައްސަލައަކަށް ވުމާއި އެ މައްސަލަ ސާބިތު ކުރަން އޭރުގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުން ކަނޑައަޅާފައިވާ މިންވަރަށް ހެކި ނެތުމުން ކަމަށް ކޯޓުގެ ހުކުމުގައިވެ އެވެ.
އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ އެ މީހާ އަހަރުތަކެއް ވަންދެން ހުރީ މިނިވަންކޮށެވެ.
މަންމަ އާއި ބައްޕަގެ ފަރާތުން ވެސް އާއިލީ ގާތްކަން އޮންނަ ބޭބެއަކު ތަކުރާރުކޮށް ޖިންސީ ގޯނާކުރަމުން ދިޔަ ކަން މަންމަ ގާތު ބުނަން ނުކެރުނެވެ. އެ އަނިޔާ ލިބެމުން ދިޔަ، އޭނާގެ ކޮއްކޮ ވެސް ޖެހިލުންވީ އެވެ.
Mudhimeh ge jinsee shikaara akah vi kudhin, Insaafu kon iraku?
The most trusted news source in the Maldives
Mihaaru
ގިނަ ކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މުދިމު ސަލާމަތްވުމުން އާއިލާ އިން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން "މިހާރު" ން ލިއުނު ރިޕޯޓް: ކުދިންގެ ވާހަކަތަކާއި ދައުވާ ސާބިތުނުވި ސަބަބުތައް
ކޯޓުތަކުގައި އަހަރުތަކެއްވީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ސަލާމަތްވުމުން، އަނިޔާ ލިބުނު މީހުން ވަނީ އިންސާފު ކޮބައިތޯ ސުވާލު އުފައްދައި ކަންބޮޑުވުންފާޅުކޮށްފަ އެވެ. މިކަން ސަމާލުކަމަށް އައިސް، މައްސަލަ އަލުން ބަލަން މުއައްސާސާތަކަށް ބާރުއެޅީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީންނެވެ.
ހައި ކޯޓުގައި އިސްތިއުނާފްކުރި މައްސަލައިގައި ޕީޖީ އޮފީހުން ބުނެފައި ވަނީ، އެ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ނިންމުން ގާނޫނާ ޚިލާފު ކަމަށެވެ. އެ ނިންމުން ހެއްކާ ބެހޭ ގާނޫނުގެ 6 ވަނަ މާއްދާ އާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނާއި ގާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ)އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެފައިވެ އެވެ.
މުދިމު ޖިންސީގޯނާކުރި ކަމަށް ތުހުމަތު ކުރެވެނީ އެންމެ ކުއްޖަކަށް ނޫން ކަން، މި މައްސަލައިގައި ހުށަހަޅާފައިވާ ހެކިތަކުން އެނެގެން އޮންނަ ކަމަށް ވެސް ދައުލަތުން އިސްތިއުނާފްކުރި މައްސަލައިގައިވެ އެވެ. ޖިންސީގޯނާގެ ހާދިސާތަކަކީ އެ ކުއްޖަކު ބޮޑުވެ ދިރިއުޅުން ފެށުމުން ވެސް އޭގެ އަސަރު އެ ކުއްޖާ އަށް އެކި ގޮތްގޮތުން ކުރާ މައްސަލަތަކެއް ކަން ވެސް ދައުލަތުން ފާހަގަކޮށްފައިވެ އެވެ.
މި މައްސަލައިގައި ހިމެނޭ ކުއްޖާ އަށް ޖިންސީގޯނާކުރި ކަމުގެ ވާހަކައެއް ހަދައިގެން ދައްކަން ޖެހޭ ފަދަ އެއްވެސް ސަބަބެއް ތުހުމަތުކުރެވޭ ފަރާތުން ތަހުގީގު މަރުހަލާ އާއި ޝަރުއީ މަރުހަލާގައި ދައްކާފައި ނުވާ އިރު ހުކުމް ކުރި އިރު އެކަމަށް ރިއާޔަތްކޮށްފައި ނުވުމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ޖިންސީ އަމަލެއް ހިންގި ކަމަށް ބެލުމުގައި ބޭރުފުށުން ފެނި ފާހަގަކުރެވޭ ފަދަ އަނިޔާއެއް، އެ އަމަލު ހިންގުނު ކުއްޖާ އަށް ލިބިފައި ވުން ލާޒިމް ނޫން ކަން ވެސް ދައުލަތުން ފާހަގަކުރެ އެވެ.
އެ ކުދިން ޖިންސީ ޝިކާއަކަށް ހެދުމުގެ ނަތީޖާ އަކަށް ވަނީ ނަފްސާނީ އެތައް މައްސަލައެއް ކުރިމަތިވުމުގެ އިތުރުން އިޖުތިމާއީ އެތައް ދަތިތަކަކާއި ހުރަސްތަކެއް ކުރިމަތިލާން ޖެހުން ކަމަށް ދައުވާގައިވެ އެވެ. ދައުލަތުން އެދިފައި ވަނީ މައްސަލަ ސާބިތުނުވާ ކަމަށް ކަނޑައެޅި ހުކުމް ބާތިލްކޮށްދިނުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިޔުޅި
23 January 2020
މީ އިއްތިފާގެއް މުދިމެއް މުދިމެއް ! އެއީކީ ދީން ގޯސްވެގެން ވާކަމެއް ނޫން މީހުން ގޯސްވީމާ ވާކަމެއް ! ހައްޔަރު ކުރީމާ ދީނީ މީހުން ފަހަތުން ދުވަނީޔޭ ބުނާކަށް ނުވެއެއްނު ! ދީން ހިމާޔަތް ކުރާ ގޮތް ދައްކާފަ ތުބުޅި ބަހައްޓާ ޖުއްބާލާފަ ޖިލްބާބުލާފަ އެއްގޮތް ވާންޖެހޭކަމަށް ކިޔާ ވައްކަމާ ފޭރުމާ ގައި ކުއްޔަށްދިނުން ފަދަ އަމަލް ހިންގީމާ ދީނަށް އަސްލު ފުރައްސާރަ ކުރާމީހުންގެތެރޭގައި އެބަޔަކުވެސް ނުވެއެއް ނުދާނެ!
މަހުދީ
22 January 2020
14 އަހަރުވެސް ފަނޑިޔަރުން މުސާރަ ނެންގެވި އެހެންނޫންތޯ
ހހތނ
22 January 2020
ކީއްވެ މުދިމުން މިކަން ކުރަނީ؟؟ ހައިރާން..
ައަހުމަދުއަލޯ
22 January 2020
އަޅެފަހެ ރާއްްޖޭގައި މުދިމުންނަށް މިއުޅެނީ އިންސާނުންތަ؟ ކިހިނެއްވެފަ މިތިބެނީ މިމީހުނަށް. ސައިކޮލޮޖިކަލް ޕްރޮފައިލެއް ހަދަން އެބަޖެހޭ މިއެންމެންގެ. ލަދުން ބޯ ހަލާކު.
އިންޓެލިޖެންސް
23 January 2020
މަށަށް މި މައްސަލާގަ މުދިމަށްވުރެ 10 ވަންދެން މުސާރަނަގާގެން ގޮޑިޔަށް އަރާއިން ފަޑިޔާރު ގޯސް
ޝާން
22 January 2020
14 އަހަރު ވަންދެން ތިމައްސަލަ ކޯޓުގައި އޮތުމަކީ ކޯޓުތައް މިނިވަންވެ އިންސާފު ގާއިމް ކުރެވެމުންދާ ކަމުގެ ހެއްކެއް. ދެން ކުރަންވީ ކަމަކީ ކޯޓުތަކުގެ ފަނޑިޔާރުންގެ މުސާރައާ އިނާޔަތްތައް ބޮޑުކޮށް އަގުބޮޑު ފުލެޓާ ކާރާ ސެކިއުރިޓީއާ ޔޫރަޕުން ބޭސްފަރުވާ ކުރެވޭނެ ގޮތް ހަދަންވީ. އޭރުން މައްސަލަތައް ވަގުތުން ވަގުތައް ނިންމާ އިންސާފު ގާއިމްކުރެވޭނެ.
އިބްރާހިމް އަހުމަދު
22 January 2020
ތި މުދިންކަލޭގެ މިހާރުކޮބާ؟ މިހާރު ތިލަވަމުން މިދަނީ މިގައުމުގެ ޝަރުއީ ދާއިރާ މިއޮއްހާދުވަހު އޮތްހާލަތު. ކޯޓުގައި އޮއްނަތާ 10 އަހަރޯ. ކޮބާ ޒިއްމާވާމީހުން.
ޙަސަ
22 January 2020
ދެން އަހަރުމެން މި ގޮވަނީ މި ކޯޓުތަކުން އިއްވާ މަރުގެ ހުކުމްތައް ތަންފީޒް ކުރުމަށް.
88888
22 January 2020
ކްރިމިނަލް ކޯޓަކީ.... ފުރިހަމަ ކޮށްލާ ބްލީޗް ޖަހާ
ވާގޮތް ވީގޮތް
22 January 2020
ވާގޮތަކީ ސާބިތު ވާ މިންވަރަށް ހެކި ނުހޯދާ ކޯޓަށް މައްސަލާ ފޮނުވާފައި ސާބިތު ކުރުމަށް ޕްރެޝަރު ކުރާތީ މައްސަލަ ބަލަން ބޭނުން ނުވަނީ އެވެ.ތެޅިގަނެގެން މައްސަލަ ކޯޓަށް ފޮނުވާނީ ބޮލުން ނައްޓާލާފައި ހެކި ފިރުހަމަ ނުކޮށެވެ. ނުވިތާކަށް ކުއްވެރިޔާ އަށް ހިމާޔަތް ދީފައި ވަނީ ވެސް އެވަރަށެވެ.
އިޙްސާސް
22 January 2020
ރަގަޅަށް ހެއްކާ ޤަރީނާ ހޯދާ ތަހުޤީގު ކުރަން ހަފްތާއެއް ވިޔަސް ފުލުހުން ކުށްވެރިވޭ އަހަރުމެނަށް. ދެނޯ؟
ނަގޫ ރޯޅި
22 January 2020
ސާބިތުވާން ނެތީމާ ހުކުމް ނުކުރަން އޮންނަނީ. އަނެއް ކޮޅުން ތުހުމަތު ކުރެވޭ ފަރާތުން ވެސް މައްސަލަ ހިންގަން ބާރު އަޅަން ބޭނުން ނުވަނީ އެވެ. މިއީ ހައްތާ ވެދާނެ ގޮތް ގޮތެވެ
1828
22 January 2020
އިޙްސާސް އެވެ. ހާއްސަކޮށް ކުރީގައި ފުލުހުން ތަހުގީގުކުރާ މައްސަލަތަކަށް ވަނީ ހަފްތާއެއް ތޯ؟ ވީ އަހަރެއްވެސް ނޭނގޭނެ. އޭރުވެސް މިހާރުވެސް މައްސަލަ ދިޔަ ހިސާބެއް ބަލާލަން ގުޅާލީމައި ބުނަނީ މައްސަލަ ބަލަނީ... ކުރިއަށް ދަނީ ... މިއަށްވުރެސް ޒިންމާދާރު ޖަވާބު ފުލުހުންގެ ފަރާތުން ރައްޔިތުން ބޭނުންވާނެ. ރައްޔިތުންވެސް ޤަބޫލުކުރާ މައްސަލަ ހުރޭ ގިނަ ދުވަސްވިޔަސް އޯކޭ. މިސާލަކަށް މަރުގެ މައްސަލަތައް. އެކަމަކު މިދައްކަނީ ހިންގާ އާދައިގެ މާރާމާރީ ވާހަކަ
ސަހަރޯ
22 January 2020
10 އަހަރުވަންދެން މައްސަލަ ދެމިގެން ދިއުމުން ދޭހަވަނީ ކޯޓުގެ މައްސަަލަތައް ގިނަކަމުން ޤާޒީންނަށް ތިކަމާ އުޅެލާނެ ވަގުތެއް ނުވިކަން. 24 ގަޑިއިރު މަސައްކަތްކޮށްގެންވެސް ޤާޒީންނަށް 10 އަހަރުން މައްސަލަތައް ނުނިންމުމަކީ ޤާޒީންގެ މައްސަލައެއްނޫން. އެއީ ދައުލަތުގެ މައްސަލައެއް. ރާއްޖޭން އެކަށީގެންވާ ވަރަށް ޤާޒީން ނުލިބެންޏާ ޗައިނާއިންވެސް ވެއްޖެއެއްނުން ޤާޒީން ގެނެސްގެންވެސް ތިޔަހާ ދުވަސްވެފައި ހުރި މައްސަލަތައް ނިންމަން.
ގިޔާސް
22 January 2020
އަޅުގަނޑު ޕޮލިހަށް ހުށަހެޅި މައްސަލައެއް، ޕީޖީއަށް ފޮނުވާފަ އޮންނަތާ 12 އަހަރު، އެއްވެސް ސުވާލެއްވެސް އަދި މިހާތަނަކަށް ނުކުރެ، ޕީޖީއަށް މައްސަލަ ފޮނުވި ކަމުގެ ލިއުން އަޅުގަނޑުގެ އަތުގަ އަދިވެސް އެބައޮތް.........ކިހާ ތާހިރު ދެއްތޮ.