ރައީސް އދ ގެ ބައްދަލުވުމެއްގައި: އެމަނިކުފާނު އެމެރިކާއަށް ކުރެއްވި ދަތުރުފުޅަށް 4.1 މިލިއަން ރުފިޔާ ޚަރަދުކުރި -- ފޮޓޯ/ރައީސް އޮފީސް
23 ޖެނުއަރީ 2020 - 14:02
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އަހަރު އެމެރިކާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ދައުލަތުގެ ބަޖެޓުން 4.1 މިލިއަން ރުފިޔާ ޚަރަދު ކުރެއްވިކަން ހާމަވެއްޖެ އެވެ.
އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް އދ. ގެ އާންމު މަޖިލީހުގައި ތަގްރީރު ކުރެއްވުމަށް، ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާ އެކު ކުރެއްވި އެ ދަތުރުފުޅުގެ މައުލޫމާތު މީގެ ކުރިން އާންމު ކޮށްފައެއް ނުވެ އެވެ.
ރައީސް އެމެރިކާގައި ހުންނެވި ދުވަސްވަރު ވެސް، އެ ދަތުރުފުޅަށް ދައުލަތުން ބޮޑު ހޭދައެއް ކޮށްފައިވާ ކަމަށް ބުނެ އަޑު ފެތުރުނެވެ. އެކަމަކު އޭރު އެ ތަފްސީލް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
ނަމަވެސް، އެ ދަތުރުފުޅުގެ ޚަރަދުތަކުގެ ތަފްސީލް ހާމަކުރަން ސަރުކާރަށް މި ފަހަރު މަޖުބޫރުވީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ތަފްސީލު ހޯދަން އާންމު ފަރާތަކުން އެދުމުން އެކަމާ ދެކޮޅު ހެދި މައްސަލަ އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒް މޫސާ އަށް ހުށަހެޅުމުންނެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އެންގުމަށް އާންމުކުރި ތަފްސީލުތަކުގައިވާ ގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނާ އެކު އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ޓިކެޓަށް އެކަނި ވެސް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކުރި އެވެ. އެމެރިކާގައި ތިއްބެވުމާއި ފަރިއްކޮޅުގެ ޚަރަދަށް ދިޔައީ 1.8 މިލިއަން ރުފިޔާ އެވެ. އަދި ޕޮކެޓް މަނީގެ ގޮތުގައި 141،000 އަށް ވުރެ ގިނަ ރުފިޔާ އާއި އިންސިޑެންޓަލް ޚަރަދަށް ވެސް 98،000 އަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރި އެވެ. ލަގެޖް ބަރުވެގެން އެއާލައިނަށް ވެސް 6،100 އަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހުނު ކަމަށް އެ ތަފްސީލު ތަކުގައިވެ އެވެ.
މީގެ އިތުރުން އެ ދަތުރުގައި ބައިވެރިވި ސްކޫލް ދަރިވަރަކަށް ވިސާ ހޯދުމަށް ސްރީ ލަންކާ އަށް ދަތުރުކުރަން 12،000 އަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރި އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ އެންގުމަށް އާންމުކުރި ތަފްސީލުތަކުގައިވާ ގޮތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނާ އެކު އެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ޓިކެޓަށް އެކަނި ވެސް ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކުރި އެވެ. އެމެރިކާގައި ތިއްބެވުމާއި ފަރިއްކޮޅުގެ ޚަރަދަށް ދިޔައީ 1.8 މިލިއަން ރުފިޔާ އެވެ. އަދި ޕޮކެޓް މަނީގެ ގޮތުގައި 141،000 އަށް ވުރެ ގިނަ ރުފިޔާ އާއި އިންސިޑެންޓަލް ޚަރަދަށް ވެސް 98،000 އަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރި އެވެ. ލަގެޖް ބަރުވެގެން އެއާލައިނަށް 6،100 އަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހުނު ކަމަށް އެ ތަފްސީލު ތަކުގައި ވެ އެވެ.
ރައީސާ އެކު 30 ބޭފުޅުން އެ ދަތުރުގައި ބައިވެރިވެ ވަޑައިގަތް ކަމަށާއި އެ ދަތުރަށް ހަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކުރި ކަމަށް ބުނެ ކުރިން ސަރުކާރަށް ފާޑުކިޔުންތައް އަމާޒުވި އެވެ. އޭރު ސަރުކާރުން އެ ތުހުމަތުތައް ދޮގު ކުރިޔަސް، ޚަރަދުކުރި މިންވަރެއް އަދި ދަތުރުގައި ބައިވެރިވި ބޭފުޅުންގެ ސީދާ އަދަދެއް ކުރިން ހާމައެއް ނުކުރެ އެވެ.
ވެރިކަމުގައި ހުންނަވައި ރާއްޖޭގެ ރައީސަކު އދ. ގައި ތަގުރީރު ކުރައްވަން ވަޑައިނުގަންނަވާތާ ހަތް އަހަރު ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު، 30 ބޭފުޅުންގެ ވަފުދެއް ގެންދެވި ކަމަށް ބުނެ ސަރުކާރަށް އޭރު ފާޑުކިޔެވެ. ނަމަވެސް ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު އެ ދުވަސްވަރު ވިދާޅުވެފައި ވަނީ އެ އަދަދު 15 އަށް ވެސް ނާރާނެ ކަމަށެވެ. އަދި ދަތުރަށް ހަ މިލިއަން ރުފިޔާ ހޭދަކުރި ކަމަށް ބުނެ ކީ ފާޑުކިޔުންތަކާ ގުޅިގެން ހޫދު އެ ވާހަކަތައް ދޮގުކުރެއްވި އެވެ.
ރައީސްގެ ދަތުރުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދުގެ އިތުރުން ރައީސާއެކު ދަތުރުތަކުގައި އާއްމުކޮށް ވަޑައިގަންނަވާ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ. އޭގެ ތެރޭގައި ހޫދުގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރާއި ރައީސްގެ ސެކްރެޓަރީ ފާތިމަތު މުހައްމަދު ސޯލިހާއި ސެކްރެޓަރީ އާމިނަތު ޝައުނާ ހިމެނިވަޑައިގެންނެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަދުކުޑޭ
25 January 2020
މިވާހަކަ ދައްކަނީ މިނިވަންދުވަހުގެ ޖާފަތަށް 8 މިލިއަން ޚަރަދު ކުރި މީހުން. ކިހާ ރީތި؟
މުހައްމަދު25
24 January 2020
ޒީރޯ ޓޮލްރެންސްގަ ކުރިޔައްދަނީ..
ތިރަށުއައްމަޑޭ19
24 January 2020
1 ރުފިޔާ ދާންވީ ތަނަކަށް 2 ރުފިޔާ..
އަށް ގޮދާ
24 January 2020
4 މިލިއަން ހަރަދު ކޮއްގެން 1 ބިލިއަން ވަންނަ ކަމައްވަނީ..... ހެހެހެހެހ.....
ހަބީބު
24 January 2020
ލަދެއްހަޔާތެއް ވެސް ނެތް!
ރައްޔިތުމީހާ01
23 January 2020
އެމީހުން ކެއީ ގާނޫނުގެ ބޭރުން މިމީހުން ކަނީ ގާނޫނުގެ ތެރެއިން. ދެގޮތަށްވެސް ހަމަކަނީތާއެވެ. ދެން ކޮން ރައްޔިތުންނެކޭ ކިޔާކަށް؟
ހަރަދު
24 January 2020
ކަން ކަން ވާނީ ހަރަދު ވެސް ކޮއްގެން. ރަޖާލައިގެން ގޭގަ އޮތަކަސް ނުވާނެ
ާއުނިމާ
24 January 2020
.ނޫނޭ ތިޔަ މީހުން ގޮވީ ހަރަދުކުޑަކޮށް ބޭކާރު ޚަރަދުނުކުރަން
ހުދާކު
23 January 2020
ޙުސް ދޮގު
ކުބުރާ
23 January 2020
މީ ގައުމު ހަނާކޮށް ރައްޔިތުން އުލުޖަހައި ދިލަމަޅިއަށް ލައިގެން ދަތްއަޅައި ވަކިއަޅައި ކާންއުޅޭ ބައެއް. އޯގާވެރިން އެބަފެނޭ.
ޙަމްދާ
23 January 2020
ދިޔަމީހުންގެ ލިސްޓްވެސް ހޯދިނަމަ. އަބިދަރިންނާ ރައްޓެހިންވެސް ޔޫއެސްއަށް ހޮލިޑޭ ހަދާލަން ދިޔަކަމަށް ވަނީ
ޒުހުދުހާން
23 January 2020
އަހަރެމެން މިތިބީ ހަތަރު އުދަރެސްފެނުޖެހިފަ ..ބޯހިޔާވހިކަމަށް ބެނުންވެފަ އިޖްތިމާއީ ރައްކާތެރިކަމަށް ބޭނުންވެފަ ..އެންމެކުޑަމިނުން ދަރީގެ ޓިއުޝަން ފީ ހަމނުޖެއްސިފަމިތިބެނީ..ތިޔަބޭފުޅުން ދައުލަތުގެ ބަޖެޓް އިސްރާފުނުކުރޭ އާދޭސްކޮށްފަމިބުނަނީ