12 މާޗް 2020 - 20:54
ކޮވިޑް-19 އިން އަރައިގަތުމަށް ޗައިނާ އިން ރާއްޖެ އަށް ފޯރުކޮށްދޭން އުޅުނު އެހީތައް ދިވެހި ސަރުކާރުން ބަލައި ނުގަތް ކަމަށް ވިދާޅުވެ، އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ދެއްކެވި ވާހަކަތައް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒަންގް ލިއޮން މިއަދު ދޮގުކުރައްވައިފި އެވެ.
ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި އާއްމު ބަލިތަކުގެ ޑޮކްޓަރުންނާ އެކު، ސިއްހީ ހިދުމަތަށް ބޭނުންވާ ތަކެތި ރާއްޖެ އަށް ފޯރުކޮށްދޭން ޗައިނާ އިން އުޅުމުން ދިވެހި ސަރުކާރުން އެކަން ގަބޫލު ނުކުރި ކަމަށެވެ. އެހެންވެ، ކޮވިޑް-19 އެންމެ ރަނގަޅަށް މެނޭޖް ކުރަމުން އަންނަ އެއް ގައުމު ޗައިނާގެ އެ އެހީތެރިކަން ބަލައިނުގަތް ސަބަބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސާފުކޮށްދެއްވަން ޖެހޭ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
އަދި ޕީއެންސީގެ ނައިބު ރައީސް، ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖެ އަށް މި ދަނޑިވަޅުގައި ސިއްހީ އެހީތެރިކަން ބޭނުންވެފައިވާއިރު، ޗައިނާގެ ސިއްހީ ދާއިރާގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ހުރަސްނާޅާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
#Covid19 emme rangalhah managekuramun anna eh qaumu kamahva China in e qaumuge Respiratory Physicianun adhi Pulmonologistun himeney teamakaai eku medical supply foarukohdhen offer kurumun e offer Dhivehi Sarukarun reject kuri sababu Raees @ibusolih saafukohdhevvun varah edhen.
— Ahmed Shiyam (@Shiyamaldives) March 12, 2020
ޗައިނާގެ އެހީ ރާއްޖޭން ގަބޫލު ނުކުރި ކަމަށް ވިދާޅުވެ ޝިޔާމް ކުރެއްވި ޓްވީޓް--
ޝިޔާމްގެ އެ ތުހުމަތުތަކާ ގުޅިގެން ލިޔެފައިވާ ޚަބަރެއް ޓްވީޓް ކުރައްވައި ސަފީރު ޒަންގް ވިދާޅުވީ، ކޮވިޑް-19ގެ ކަންތަކުގައި ހައްލު ހޯދަން ރާއްޖޭގެ ކެބިނެޓާ އެކު ގާތުން މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އަދި ދެ ގައުމުން ވެވޭނެ އެހީތައް ބެލުމަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ސަފީރު ވިދާޅުވި އެވެ.
ދިވެހިންގެ އެހީތެރިކަމާއި ހަމްދަރުދީ ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.
ޗައިނާ އިން ފޯރުކޮށްދޭން މަސައްކަތް ކުރި އެހީ ދިވެހި ސަރުކާރުން ބަލައިނުގަތް ކަމަށް އިދިކޮޅުން ބުނާ މައްސަލައިގައި ވަަރަށް ސާފުކޮށް "އާނއެކޭ" ނުވަތަ "ނޫނެކޭ" ވިދާޅުވާން އެމްޑީޕީގެ މެމްބަރަކު އެދުމުން ސަފީރު ވިދާޅުވީ "ނޫނެކޭ" ކަމަށެވެ. ނުވަތަ މެމްބަރު ޝިޔާމާއި މެމްބަރު ސައީދު ދެއްކެވީ ދޮގު ވާހަކަތަކެއް ކަމަށެވެ.
Did Maldives Government reject your help? A simple yes or no would be enough
— Aisthu 🎈 (@aisthu) March 12, 2020
ޗައިނާ ސަފީރުގެ ޓުވީޓް
ސަރުކާރު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީގެ މަޖިލިސް މެމްބަރުން ގެންދަވަނީ ޝިޔާމްގެ ވާހަކަތައް ދޮގު ކުރައްވައި މި ދަނޑިވަޅުގައި ނަފްރަތު އުފެއްދުމަށް މަސައްކަތް ނުކުރުމަށް ގޮވާލައި ޓްވީޓްތައް ކުރައްވަމުންނެވެ.
ކޮރޯނާވައިރަސް ފެތުރި ޗައިނާ އަށް ކުރިމަތިވެފައިވާ ދަތި ހާލުގައި އެ ގައުމަށް އެހީވުމުގެ ގޮތުން ރާއްޖޭން ޗައިނާ އަށް އެއް މިލިއަން ދަޅު މަސް ވަނީ މިދިޔަ މަހު ހަދިޔާކޮށްފަ އެވެ.
ޗައިނާ އިން ރާއްޖެ އަށް ވެވޭނެ އެހީތައް ބަލަމުން އަންނަ ކަމަށް ސަފީރު ވިދާޅުވެފައިވާއިރު، އެ ގައުމާ ވާދަވެރި އިންޑިއާ އިން ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެ އިން ކުރާ މަސައްކަތަށް އެހީވާން އިންޑިއާގެ ތަޖުރިބާކާރުންނާއި ބޭސް ފޮނުވަން މިއަދު ވަނީ ނިންމައިފަ އެވެ.
ރާއްޖެ އަންނަ އިންޑިއާގެ ޓީމުގައި، ފުއްޕާމޭގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރާއި ހޭނައްތާ ޑޮކްޓަރުންނާއި ފިޒީޝަނުން އަދި ލެބް-ޓެކްނިޝަނުން ހިމެނޭނެ އެވެ. އޭގެ އިތުރުން ކޮވިޑް-19 އަށް ފަރުވާ ދޭން ބޭނުންވާ މުހިއްމު އެތައް ބޭހެއް ދިވެހި ސަރުކާރަށް ހަދިޔާކުރަން ވަނީ ނިންމައިފަ އެވެ.
ކޮވިޑް-19 އަށް ރާއްޖޭން އަށް ބިދޭސީން ޕޮޒިޓިވް ވެފައިވާއިރު މިއަދު ސަރުކާރުން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފަ އެވެ. އެއާ އެކު، މި ބަލިން އަރައި ގަތުމަށް ގިނަ މަސައްކަތްތަކެއް ކުރަން ދިވެހި ސަރުކާރުން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަހަންމަ
15 March 2020
ހަމަ ރަނގަޅު ވާހަކައެއް ޝިޔާމް އެބުނީ.. މިސަރުކާރުން ބަލައިނުގަތީ ތަކެތި، ބޭނުންވީ ފައިސާ އެއްވެސް ޙާލެއްގަ އެހީއަށް ދެކޮޅުހެދީއެއް ނޫން.. ފައިސާގެ ދަހިވެތިކަމުގަ ސަރުކާރުން ބޭނުންވާގޮތް ހުށައެޅީ.. އަދިޖެހޭ އިންޑިޔާވެސް ރުއްސަން.. ވަރަށްސަލާމް
ހަސަދު
13 March 2020
ކޮވިޑް ވައިރަހަށް ވުރެ ދޮގު ހަދާ ސީޔާސީ މީހުންގެ ނުރައްކާ ރާއްޖެ އަށް މާބިރުވެރި. މިމީހުން އެބަޖެހޭ އެއްކައިރި ކުރަން. އެހެން ނޫނިއްޔާ ގައުމު ހަލާކުވެދާނެ.
ލޮލް.
13 March 2020
މިހާ ފާޅުގަ ބޭޒާރުވެސް ވެދާނެ ކަންކަމުގަ މިހެން ބޮޑު ދޮގު ހަދާއިރު ދެން ހުރި ކަންކަމުގަ ކިހާވަރަކަށް ދޮގު ހަދާނެ؟
ނަގްރަތު
13 March 2020
ޝިޔާމް ޢާއި އަދުރޭ މިދެމީހުން އެބަޖެހޭ ކަރަންޓީނު ކޮށް ސިކުނޑި ސާފުކުރުން
ޅޮލް
13 March 2020
މީމނާބުނި ޔާ މިން 6ވަނަ ދުވަހު ހުންނާނީ ގޭގައޭ ވެސް...
ވައިސޫރި
13 March 2020
މިސިޔާހުމު ދޮގުހަދާވަރުން ފޫހިވެއްޖެ އިތުބާރު ގެއްލިއްޖެ އަދި ތިންއަހަރު ފަހުން ސަލާން ޖަހަން އަންނާނެ މަވާހަމަސަލާން
އަލީރާޖާ
13 March 2020
ތިޔަ ޕީޕީއެމް މީހަކު ތެދެއް ހަދާނެތަ؟ ލީޑަރު ހުންނެވީ މަނީ ލޯޑަރ ކުށް ސާބިތުވެގެން ޖަލުގައި. ތިޔަ ޕާޓީއަކީ ވާހަކަ ވިއްސައިގެން ދުނިޔޭގައި އުޅޭ ބައެއް. ވޯޓުން ބަލިވީމާވެސް ބުނީ ފާހަގަތައް ފުންމައިގެން އަރައި ދުވެފައި ދިޔައީޔޯ!
ފަޅާއެރީ
13 March 2020
ދޮގު ކަލޭގެ ފަޅާއަރުވާލީ ސީދާ ޗައިނާއިން. ދެން ހިތިރަހަ ހާދަ ގަދަވާނެތާދޯ. މިކަލޭގެ ހޮވިމީހުން މީނައާއި ސުވާލު ކުަރަން ފުރުސަތު ހޯދަން ޖެހޭނެ، އަނެއް ދޮގުނަހަދަނީސް.
ފޫޅު އާދަންބޭބެ
12 March 2020
މިފަދަ ނުރައްކާތެރި ދަނޑިވަޅުގައިވެސް ބުހުތާނު ދޮގުތައް ހެދީމާވެސް މީހާގެ ޤަދަރަށް އަންނަ އެއްވެސް އުނިކަމެއް ނެތް. އެފަދަ މީހުންގެ ބަސްވިކި ބޮޑެތި ސިޔާސީ މުފައްކިރުންގެ ގޮތުގައި ބަލައިގަންނަ މީހުން އުޅޭތީ ބޭބެ ހަމަ ޢަޖައިބުވޭ. މިހެން ބުނީމާ ދެންމަވެސް ވާނީ ކެރަފާ ނަސީދުގެ މީހަކަށް ތޯއްޗެއް
ށީޒަން ޖެކްޝަން
12 March 2020
ޝިޔާމް،އަދުރޭ މިމީސްމީހުންނަކީ ބައެއްފަހަރު ދެއކޭނުދެއްކޭ ވާހަކަ ނޭންގޭ ދެމީހުން.