ޚަބަރު

"ބިއުޓިފުލް އައިޒް" މި ފަހަރު އޮންލައިންކޮށް

ދުނިޔޭގެ މިދިޔަ އަހަރުގެ ޑައުން ސިންޑްރޯމް ދުވަސް ފާހަގަކުރަން ބިއުޓިފުލް އައިޒް ޖަމިއްޔާ އިން ބޭއްވި ހަރަކާތްތަކުގެ ތެރެއިން.---ފޮޓޯ: ބިއުޓިފުކް އައިޒް

21 މާޗް 2020 - 08:15

2 comments

ރާއްޖޭގައި ކޮރޯނާވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ގޭގައި މަޑުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތަކަށް ތަބާވެ، މި އަހަރުގެ ޑައުންސިންޑްރޯމް ދުވަހުގެ ހަރަކާތް ޓެލެކޮންފަރެންސެއްގެ ޒަރީއާ އިން ކުރިއަށް ގެންދަން ބިއުޓިފުލް އައިޒް ޑައުން ސިންޑްރޯމް (ބީއީޑީއެސް) އިން ނިންމައިފި އެވެ.

ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހަކީ މިއަދެވެ.

ބިއުޓިފުލް އައިޒްގެ ޗެއާޕާސަން އާއިޝަތު ޝިފާ ވިދާޅުވީ، ރާއްޖެ އިން ވެސް ކޮރޯނާވައިރަސް ފެނި، ހާލަތު ވަރަށް ބޮޑަށް ބަދަލުވެފައި ވާތީ، މި ފަހަރު އޮންނާނީ ޓެލެކޮންފަރެންސް މެދުވެރިކޮށް ބާއްވާ ޕެނަލް ޑިސްކަޝަނެއް ކަމަށެވެ.

ސިއްހީ ދާއިރާގެ ބައެއް ބޭފުޅުންނާއި ޑައުން ސިންޑްރޯމް ހުންނަ ކުދިންގެ ތަޖުރިބާކާރުން އަދި ބިއުޓިފުލް އައިޒްގެ ބޭފުޅުން ބައިވެރިވަޑައިގަންނަވާ އެ ޕެނަލް ޑިސްކަޝަން އޮންނާނީ މިރޭ 8:00 ން 9:30 އަށެވެ.

މި ޑިސްކަޝަންގައި މައުލޫމާތު ދެއްވާ އެއް ބޭފުޅަކީ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު އަބްދުﷲ ނިޔާފެވެ.

ޑިސްކަޝަނަށް ސުވާލު ފޮނުވުމުގެ ފުރުސަތު ރެއިން ފެށިގެން ވަނީ ހުޅުވާލައިފަ އެވެ. ސުވާލުތައް ފޮނުވޭނީ ބިއުޓިފުލް އައިސްގެ ފޭސްބުކް މެދުވެރިކޮށެވެ.

"މި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކާ ބައިތަކުގެ ތެރޭގައި ހިމެނޭނެ މާބަނޑު ދުވަސްވަރު ޑައުން ސިންޑްރޯމަށް ޗެކް ކުރާނެ ގޮތާއި ޑައުންސިންޑްރޯމް ހުންނަ ކުއްޖެއް އަލަށް ލިބޭ ބެލެނިވެރިން އަމަލު ކުރާނެ ގޮތް ވެސް. އަދި ޑައުން ސިންޑްރޯމްގެ ކުދިންނަށް ކިޔަވައިދޭނެ ގޮތް ވެސް ޑިސްކަޝަންގައި ކިޔައި ދޭނެ. އަދި އެ ފަދަ ކުދިން ގެންގުޅޭނެ ގޮތުގެ މައުލޫމާތު ވެސް ދޭނެ،" ޝިފާ ވިދާޅުވި އެވެ.

"ވީހާ ވެސް ގިނަ ބަޔަކު މި ޑިސްކަޝަން ބެލުމަކީ އަޅުގަނޑުމެންގެ އެދުމެއް. މުހިންމު މައުލޫމާތުތަކެއް ލިބޭނެ ކަމަށް އުންމީދު ކުރަން."

ދުނިޔޭގެ މިދިޔަ އަހަރުގެ ޑައުން ސިންޑްރޯމް ދުވަސް ފާހަގަކުރަން ބިއުޓިފުލް އައިޒް ޖަމިއްޔާ އިން ބޭއްވި ހަރަކާތްތަކުގެ ތެރެއިން.---ފޮޓޯ: ބިއުޓިފުކް އައިޒް

ޝިފާ ވިދާޅުވި ގޮތުގައި، އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް ދުނިޔޭގެ ޑައުންސިންޑްރޯމް ދުވަސް ފާހަގަކުރުމަށް މި އަހަރު ވެސް ޓީޝާޓް ވިއްކުމާއި ދެ ވައްތަރުގެ ސްޓާކީން ބޭނުން ކުރުމަށް ވެސް ބިއުޓިފުލް އައިޒް އޮތީ ތައްޔާރަށެވެ. އެކަމަކު، ރާއްޖޭގެ މިހާރުގެ ހާލަރު އޮތީ ފަންޑްރައިޒިންގެ ހަރަކާތެއް ކުރިއަށް ގެންދެވޭނެ ގޮތަކަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު، ފަންޑްރައިޒިންގެ ބޮޑު ހަރަކާތެއް ނުބޭއްވިޔަސް ކޮންޓްރިބިއުޓް ކޮށްދޭން ބޭނުންވާ ބޭފުޅުންނަށް އެ ފުރުސަތު އޮންނާނެ،" ޝިފާ ވިދާޅުވި އެވެ.

ދުނިޔޭގެ މިދިޔަ އަހަރުގެ ޑައުން ސިންޑްރޯމް ދުވަސް ފާހަގަކުރަން ބިއުޓިފުލް އައިޒް ޖަމިއްޔާ އިން ބޭއްވި ހަރަކާތްތަކުގެ ތެރެއިން.---ފޮޓޯ: ބިއުޓިފުކް އައިޒް

ބިއުޓިފުލް އައިޒްގައި ޑައުން ސިންޑްރޯމް ހުންނަ ގާތްގަނޑަކަށް 60 ކުދިން ރަޖިސްޓަރީ ކޮށްފައި ވެ އެވެ. ނަމަވެސް އެ ޖަމިއްޔާ އިން ލަފާކުރާ ގޮތުގައި އެ އަދަދު 1،000 ގާތްކުރާނެ އެވެ. ސަބަބަކީ ޖަމިއްޔާގައި ރަޖިސްޓަރީ ނުކޮށް ވެސް ބައިވަރު ކުދިން އުޅޭނެތީ އެވެ.

ރާއްޖޭގައި ޑައުންސިންޑްރޯމް ހުންނަ މީހުންނާއި ކުދިންނަށް އަޅައިލުމަށް ކުރިއަށް ވުރެ ބޮޑަށް އާންމުން ވަނީ ހޭލުންތެރިވެފަ އެވެ.

2 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑައުންސިންޑްރޯމް

21 March 2020

އޯޓީޒަމާއި ޑައުން ސިންޑްރޯމަކީ ތަފާތު ދެކަމެއް. ޑައުން ސިންޑްރޯމަކީ ޖެނެޓިކް މައްސަލައެއް. ކްރޮމޮސޯމް 21 ގެ އިތުރު ކޮޕީއެއް ސެލްތަކުގައި ވުމުގެ ސަބަބުން އެހެން ކުދިންނާއި ތަފާތުކަން ބަލާލީމާ އެނގޭނެ. މޫނުމަތި ފަތާގޮތެއް ހުރެފައި ލޯ މައްޗަށް ކަތިކޮށް ހުރުމާއި، ކަންފަތް ކުޑަވުމާއި ދޫކުޑަކޮށް ނުކުމެފައި ހުންނާނެ. އަދި މިކުދިންގެ ވިސްނުމާއި ދަސްކުރުމުގެ ނުކުޅެދުންތެރިކަމުގެ އިތުރަށް ބޮޑެތި ޞިއްޙީ މައްސަލަތައް ހުރުން ގާތް.

The name is already taken The name is available. Register?

ހަކީމް

21 March 2020

މިފަހަ އައިސް ރާއްޖޭގައި ހެދޭ މިކަހަލަ ޖަމިއްޔާތަކުގެ އެތެރޭގެ ޙަރަދު ބޮޑުކަމުން ހިދުމަތުގެ އަގު ވަރަށް ބޮޑެވެ. ދައުލަތުން ހިލޭ ބިންދީގެން އަދި އިމާރާތްވެސް އަޅާދީފަ ހުންއިރު ނިކަމެތިން ނަށް އަތްފޯރާފަށުގައި ހިދުމަތް ލިބެން ޖެހެއެވެ. " ހިލޭސާބަހަށް " އޭގެ ހެޔޮ މާނައިގައި އިޙްލާސްތެރިކަން ކުރިޔަށް ނެރިގެން ޖަމިއްޔާ ހަދައިގެން އުޅުން ރަނގަޅުވާނެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454