ގަލޮޅުގައި ހުންނަ ވީބީ މާޓް: އެ ފިހާރައިގެ އެއްވެސް މުވައްޒަފެއް ކޮވިޑް-19 އަށް ޕޮޒިޓިވެއް ނުވޭ. --ފޮޓޯ: މިހާރު
20 އެޕްރީލް 2020 - 16:46
ވީބީ މާޓުގެ މުވައްޒަފެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ކަމަށް ބުނެ ރާއްޖޭގެ ބައެއް މީޑިއާތަކުގައި އްކަމުން އަންނަ ހަގީގަތާ ހިލާފު ވާހަކަތަކާ ގުޅިގެން ޚިދުމަތް ދިނުމުގައި ދަތިތަކާ ދިމާވާ ކަމަށް ވީބީ މާޓުން ބުނެފި އެވެ.
ކޮވިޑް-19 އަށް އިތުރު ހަތް ބިދޭސީއަކު މިއަދު ޕޮޒިޓިވްވެފައިވާއިރު މީގެ ތެރޭގައި އިހުސާން ފިހާރައިގައި މަސައްކަތް ކުރާ ބިދޭސީންތަކަކާއި ބީއެޗްއެމްގައި މަސައްކަތް ކުރާ ބިދޭސީއެއް ހިމެނޭ ކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. ނަމަވެސް މީގެ ތެރޭގައި ވީބީގެ މުވައްޒަފެއް ހިމެނޭ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ޚަބަރު ފެތުރުމުގެ ސަބަބުން ވީބީ އަށް ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.
ވީބީގެ ފިހާރަތައް ހިންގަމުން އަންނަ ވީބީ ބްރަދާސްގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝިޔާމް ވިދާޅުވީ މި ދަނޑިވަޅު އެ ފިހާރަ އިން ދެމުން އަންނަ ޚިދުމަތަކީ އާއްމުންނަށް މުހިންމު ޚިދުމަތަކަށް ވާއިރު ދޮގު ޚަބަރު ފެތުރުމުގެ ސަބަބުން އެ ޚިދުމަތް ފޯރުކޮށްދިނުމުގައި ހުރަސްތަކާ ދިމާވާ ކަމަށެވެ.
"ބައެއް ފިހާރަތަކުން ޕޮޒިޓިވް ކޭސްއެއް ފެންނައިރު އަޅުގަނޑުމެންނަށް ޑެލިވަރީ ކުރުމުގައި ބާރު އެބަ ބޮޑުވޭ. މިކަހަލަ ވަގުތެެއްގައި ދޮގު ޚަބަރު ފަތުރައިގެން އާއްމުންނަށް ވެސް އެ ދެވެނީ ގެއްލުމެއް. މީގެ ސަބަބުން އާއްމުންގެ މެދުގައި ބިރުވެރިކަން އުފެދޭނީ،" ހަސަން ވިދާޅުވި އެވެ.
ވީބީގެ އިތުރުން ބައެއް އެހެން ފިހާރަތުގެ ޑެލިވަރީ މީހުން ވެސް ޕޮޒިޓިވްވެފައިވާ ކަމަށް ބުނެ ދޮގު ޚަބަރުތައް ސޯޝަލް މީޑިއާގައި ވަނީ ފަތުރައިފަ އެވެ. އެ ފިހާރަތަކުން މި ވާހަކަތައް ދޮގު ކޮށްފައިވާއިރު އެއްވެސް ފިހާރައަކުން ޕޮޒިޓިވް ކޭސްއެއް ފެނިއްޖެ ނަމަ އާއްމުންނަށް އެކަން އަންގާނެ ކަމަށް އެ ފިހާރަތަކުން އަންނަނީ ބުނަމުންނެވެ.
މިހާތަނަށް މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ލިލީ ސްޓޯރާއި އިހުސާން ފިހާރަ އަދި ބީއެޗްއެމްގެ ބައެއް މުވައްޒަފުންނެވެ.
މުޅި މާލެ ސަރަހައްދު 14 ދުވަހަށް ބަންދުކޮށްފައިވާއިރު ޑެލިވަރީގެ ހިދުމަތް ހޯދުމަށް ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ބާރު އަޅަމުންނެވެ. އަދި މި ޚިދުމަތް ހޯދުމުގައި ވެސް ރައްކާތެރިކަން ކަށަވަރުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައަހުމަދު
20 April 2020
އަލހުގަނޑު ތި ވީބީ މާރޓް އިން އެއްޗެއްސަށް ވައިބަރ އިން އޯޑަރ ކުރީމަ ޖަވާބެއް ނުލިބުނު 2ދުވަސްވީއިރުވެސް ދެން އެތަނަށް ދިޔައިމާ ބުނީ އޯޑަރ ތައް ގިނަވީމަ އަދިނުޖެހެނީޔޯ ލިބޭނެޔޯ ، އަނެއްކާ ފަހުން މެސެޖް ކުރީމަ ބުނީ މިހާރު ފެން ދެލިވަރ ކުރުން ހުއްޓާލާފީމޯ ، މީހާލަކީ ، މިތަންތަނުގެ މިކަހަލަ ކަމެއް ދިމާވެގެން އުލޭއިރު އެނގޭނެ ބާރުބޮދުވާނެކަން އެވަރު ނުދައްނަ ބައެއް ރަގަޅުވާނީ މިކަން ނުކުރިއްޔާ ، މިތާ އޮންނަ ސިޓީ ކައުންސިލަކަށް ނޭގެ ވާނުވާއެއް މީހާލަ
ޕޫބެއަރ
21 April 2020
ދެލޯފުޅާ އަދި ލިބަެނެކެތް ކޮށްލާ
ދަފްތަރު
20 April 2020
ދިވެހިން ނަކީ ޝުކުރުވެރިވާން ނުދަންނަ ބައެއް. އެހެންވެ ކަންނޭގެ އަހަރުމެންގެ ކަންކަން ގޯހުން ގޯހަށް މިދަނީ.
މުހަންމަދުމީ
20 April 2020
ބޮޑަށް ދިވެހިން ޑެލިވަރީގައި ބޭނުންކުރުން ބުއްދިވެރި
ޔަމްބަމް
20 April 2020
ދިވެހިންނަށް ނުޖެހެނީތަ ކޮވިދު!؟ އެހެންކަމަށް ވާނަމަ ބޭރުމީހެއް އަޔަސް ތިބޭފުޅާ އަކަށް ނުޖެހޭނެ ދޯ؟
ކުޑަކަތީބް
20 April 2020
އެޗް ޕީ އޭ އިން ބުނަނީ ޕޮޒިޓިވް ވި ދިވެހިން މާގިނަ ކަމަށް، ދެންވެސް ދިވެހިން ބޭނުން ކުރުން ބުއްދިވެރި ވި ގޮތް ކިޔާ ދީފާނަން!
ބަބުރުލް ސަލީމް
20 April 2020
ޕީ.ޖީ! ދޮގުހަބަރު ފަތުރާމީހުން އިންސާފުގެ ކުރިމައްޗަށް ގެނަސްބަލަ ގިނަ އަނގަނުތަޅާ.
ހިޝާ
20 April 2020
ވީބީ އިން ހިދު މަތް ދޭ ތަ؟ މީގެ ހަތަރު ދުވަސް ކުރން ފޮނުވި މެސެޖަށް އަދި ޖަވާބު ނުލިބޭ