ކޮމިޝަނާ އޮފް ޕޮލިސް ހަމީދު: އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަހުގީގާ ގުޅޭ ބައްދަލުވުންތައް އޮންލައިންކޮށް ކުރިއަށް ގެންދަން ވަނީ ފަށާފައި -- ފޮޓޯ/މިހާރު
14 މެއި 2020 - 15:07
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން އެކި އިދާރާތައް ގުުޅިގެން ހިންގަމުންދާ ތަހުގީގާ ގުޅޭ ބައްދަލުވުންތައް އޮންލައިންކޮށް ކުރިއަށް ގެންދަން ފަށައިފި އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރި ރަށްތަކާއި ފަޅުތަކާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ 1.2 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ޚިޔާނާތުގެ މައްސަލައިގައި ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެސެޓް ރިކަވަރީ ކޮމިޝަނުން ވެސް ދަނީ ބައިވެރިވަމުންނެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެމްއެމްޕީއާރުސީ މައްސަލައިގައި ހިނގަމުންދާ ޖޮއިންޓް އިންވެސްޓިގޭޝަންގެ ސުޕަވައިޒަރީ ގްރޫޕްގެ ބައްދަލުވުމެއް މިއަދު އޮންލައިންކޮށް ކުރިއަށް ގެންދިޔަ ކަމަށެވެ. އަދި އެ ތަހުގީގު، އިތުރު ވަސީލަތްތައް ބޭނުން ކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް ހަމީދުގެ ޓްވީޓްގައިވެ އެވެ.
One productive thing during this #COVID19 pandemic is the ease of access to virtual meeting platforms. Just completed a good meeting of MMPRC Corruption’s Joint Investigation Supervisory Group. Decisions made to line up more resources and adopt a more aggressive approach.
— Mohamed Hameed (@M_Hameedh) May 14, 2020
ހަމީދުގެ ޓްވީޓް
އެމްއެމްޕީއާރުސީގެ ތަހުގީގާ ގުޅޭ ބައްދަލުވުންތައް އޮންލައިންކޮށް ކުރިއަށް ގެންދަން ފެށިއިރު، ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން އެ ތަހުގީގަށް ހާޒިރު ކުރަން ބޭނުންވާ މީހުން ހާޒިރު ކުރުމުގައި ދަތިތައް ކުރިމަތިވެފައިވާ ކަމަށް ވެސް އޭސީސީން ވެސް ދާދި ފަހުން ވަނީ ބުނެފަ އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ޖަލަށްލާން ކުރިން ހުކުމް ކުރިޔަސް، ފަހުން އެ ހުކުމްތައް ވަނީ ބާތިލްކޮށްފަ އެވެ. އެކަމަކު އެކަމާ ގުޅިގެން އިތުރު ދައުވާތަކެއް އެ ދެ ބޭފުޅުންގެ މައްޗަށް ފަހުން ވަނީ އުފުލަައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްالله
05 June 2020
ތަހުގީގު އޮންލައިން ކުރީމަ، ގަޒިއްޔާ ވަކިފަރާތަކަށް ނުޖެހުމުގެ ފުރުސަތަށްބުރޫ އަރާނެ. ކަލޭމެންނަކީ އިސްކޮޅުނުކާ ވަރަށް ޕީ އެޗު ޑީ ނަގައިގެން ތިބި ޕުރަފިސޮރުން ތަކެއް ކަމުގަ ބުނާ އަޑު އިވޭ. އެކަމަކު، މިކަމާ ޖެހުނީމަ ފައިތިލާފެނަށްވެސް ފާހެއް ނުވޭ..... ޕޮސް ޕޮސް ޕޮސް.
ދަރަނި ދަންތުރަ
15 May 2020
ތިމައްސަލަ މިސަރުކާރުން ނުބަލާނެ ބަލައިފިނަމަ މިވެރިކަމުގެ އިއްސަފުން 150 މީހުން 25 އަހަރަށް ޖަލަން ވަންނާނެ ހަމީދުވެސް އެބައިގައި ހިމެނޭގޮތަށް ނިކަން ބަލާބަލަ...
ގުސް
15 May 2020
ސަޅި. ވަރައް އުފާވެއްޖެ
ނަކަސް
15 May 2020
ކޮންމެ ފަހަރަކު ފަޟީހަތްވެ، ރައްޔިތުންގެ ކުރިމަތީގައި އޮރިޔާން ވުމުން އެމް އެމް ޕީ އާރު ސީގެ މައްސަލައޭ ކިޔައިގެން އުޅެނީ އަޑު ކަނޑުވާލަން، ކޮންމެ ވާހަކަ އެއް ދެއްކިޔަސް މިހާރު ރައްޔިތުން ތިވާހަކަ ތަކަށް އެއްވެސް ސަމާލުކަމެއް ނުދޭ، އެގޭ ތިކިޔަނީ ރަންފޮއްޓެއް ލައްގަޅޭ މައިން މަގަށް ލައްގަޅެކަން، ޝުކުރިއްޔާ އަދިވެސް ޝުކުރިއްޔާ
ގުޑުގުޑާ
14 May 2020
ލަދުހަޔާތްމަދަސް މިވަރުތައްފުބޮޑުދޯ ލަދުއް މަގުމައްޗައް ނުކުނައްނުކޭވަރުވެއްޖެ އަދެސް ބަހާދެއްކުމުގާ އަވަދިނެތި؟
ގަޓް ބްރޯ
14 May 2020
ސަރުކާރު ބަދަލުވި ދުވަހަކުން "ކޮވިޑް ބަޖެޓް ތަހުގީގު" ވެސް ކުރާނެ. މިހާރު މިފެންނަގޮތުން "އެމްއެމްޕީއާރުސީ ގެ ތަގުގީގު" ހުވަނދަކަށްވެސް ނުވާނެހެން ހީވަނީ.
ާއުނިމާ
14 May 2020
ފުލުހުންނަށް ތިޔަ ތަޙުޤީޤު އިންސާފުވެރިކޮށް ކުރެވިދާނެ ކަމެއް ޤަބޫލެއްނުކުރެވޭ
ކަންނާޑި
14 May 2020
ބަސްޓްވީމަ އަނެއްކާ އެމްއެމްޕީ އާރުސީ ތަހުގީގު ކުރަނީއޭ ބުނީމަ ގަބޫލެއްނުކުރެވޭނެ
އެމްސީ
14 May 2020
އެމްސީ ހަމީދުގެ ތަހުގީގުތައް ވެސް އޮންލޢިކޮށް ކުރިޔަށް ގެންދަން ފެނޭ
ގެރިކަ
14 May 2020
ކުދިންނޭ މި ވަރަށް މަކަރުވެރި ހީލަތްތެރި ސަރުކާރެއް ވަރަށް މޮޅެތި ޑްރާމާ ކުޅެލާނެ ކޮވިޑަށް ލިބުނު އެހީތަކާ ކަދުރުތަކާ ކައި ހުސްކޮށް ހަދާފަ އެމްޕީއާރުސީ މައަސަލަ