ލޮކްޑައުންގައި ހުޅުމާލޭގައި މަގުމަތީގައި ސައިކަލު ދުއްވާފައި ދިޔަ ދެ މީހަކު ފުލުހުން ޗެކްކުރަނީ-- ފޮޓޯ: ނިޝާން އަލީ / މިހާރު
23 ޖޫން 2020 - 11:05
ލޮކްޑައުނާ ހިލާފުވެގެން އެކަކު 28 ފަހަރު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ރޭ ބުނެފި އެވެ.
ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހުސެން ސަމީރު ވިދާޅުވީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅި ލޮކްޑައުންގެ ފިޔަވަޅާ ހިލާފުވެގެން މާލެ ސަރަހައްދުން 9،361 މީހުން ޖޫރިމަނާކުރި ކަމަށެވެ. އޭގެ ތެރެއިން އެކަކު، 28 ފަހަރު ޖޫރިމަނާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"އެއް ފަރާތެއް ގާތްގަނޑަކަށް 28 ފަހަރު އެކަކު ފައިން ކުރެވިފައި އެބަހުރި. އާއްމުގޮތެއްގައި ގިނަ މީހުން ހުންނާނީ އެއް ފަހަރު ދެ ފަހަރު. ނަމަވެސް ވަރަށް މަދު ފަރާތްތަކެއް އެބަހުރި ގިިނަ އަދަދަކަށް ޖޫރިމަނާ ކުރެވިފައި،" ސަމީރު ވިދާޅުވި އެވެ.
މިދިޔަ އޭޕްރީލް 15 ގައި ކުރި ލޮކްޑައުނާ ހިލާފުވެގެން މާލެއިން 8،378 މީހުން، ހުޅުމާލެއިން 833 މީހުން އަދި ވިލިމާލެއިން 125 މީހުން ޖޫރިމަނާކުރި އެވެ. އޭގެ ތެރޭގައި ބޭރު މީހުން ވެސް ހިމެނެ އެވެ.
ސަމީރު ވިދާޅުވީ ބޭރުގައި އުޅޭ މީހުން މޮނިޓާ ކުރިއިރު އުޅޭނެ ވަކި ތަނެއް ނެތް މީހުން ވެސް ވަރަށް ބޮޑަށް ފާހަގަކުރެވުނު ކަމަށެވެ. އެ މީހުންނަކީ މިސްކިތްތައް ނޫނީ މާރުކޭޓު ސަރަހައްދުގައި މީގެ ކުރިން ނިދަމުން ދިޔަ މީހުން ކަމަށް ވިދާޅުވި އެވެ.
އެއް ފަރާތެއް ގާތްގަނޑަކަށް 28 ފަހަރު އެކަކު ފައިން ކުރެވިފައި އެބަހުރި. އާއްމުގޮތެއްގައި ގިނަ މީހުން ހުންނާނީ އެއް ފަހަރު ދެ ފަހަރު. ނަމަވެސް ވަރަށް މަދު ފަރާތްތަކެއް އެބަހުރި ގިިނަ އަދަދަކަށް ޖޫރިމަނާކުރެވިފައި- ސަމީރު
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނަށް އަމަލުނުކޮށް ބޭރަށް ނުކުންނަ މީހުންނަށް އެންމެ ފުރަތަމަ ދެނީ ނަސޭހަތެވެ. ދެވަނަ ފަހަރަށް އެކަން ތަކުރާރުކޮށްފި ނަމަ 1،000ރ. އިން ޖޫރިމަނާކުރެ އެވެ. އެކަން އަނެއްކާ ވެސް ތަކުރާރުކޮށްފި ނަމަ ހައްޔަރު ކުރެ އެވެ.
ލޮކްޑައުންއާ ހިލާފުވެގެން 582 މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން 312 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިހާރު ވަނީ ފޮނުވައިފަ އެވެ.
ފުލުހުން މިހާރު ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަނީ މަގުމަތި ބެލެހެއްޓުމުގެ މަސައްކަތެވެ. ގައިޑްލައިނަށް އަމަލުނުކުރާ މީހުންނަށް މިހާރު ވެސް އެކަން އަންގައި ނަސޭހަތް ދެމުން އަންނަ ކަމަށާއި ދުވާލެއްގެ މައްޗަށް ހާހަކަށް ވުރެ ގިނަ މީހުންނަށް މިހާރު ވެސް އެޓެންޑްވާ ކަމަށް ސަމީރު ވިދާޅުވި އެވެ.
ހަރުކަށި ފިޔަވަޅުތަކަކާއެކު އޮތް ލޮކްޑައުން އަށް މިދިޔަ ހޯމަ ދުވަހުން ފެށިގެން ލުއިދީ ހުއްދަ ނެތި ފަތިހުން ފެށިގެން ރޭގަނޑު 10:00 ވަންދެން ބޭރުގައި އުޅެވެ އެވެ. އޭގެ ފަހުން ބޭރަށް ނުކުންނަ ނަމަ ފުލުހުންގެ ހުއްދަ ބޭނުންވާނެ އެވެ. އެހެން ނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫސް ބަލާމީހާ
23 June 2020
28 ފަހަރު ޖުރިމާނާ ކުރަން ޖެހުނުމީހަކީ ކޮންމެސް ނުބައި ނިޔަތެއްގައި ނޫނީ އެކަހަލަ ބިޒިނަސްއެއްގައި އުޅުނު މީހަކާ ވައްތަރީ. ތިމީހަކީ ހަމަހޭގައި އުޅޭ މީހެއްކަމަކަށް މަށެއް ޤަބޫލެއް ނުކުރަން. ތިޔަވަރުވީއިރު ފުލުހުން އެމީހާއަށް ސަމަލުކަން ނުދިމިތީ ފުލުހުން ކުއްވެރިވެސް ކުރަން.
ސަންޕާޅޯ
23 June 2020
މަންމަ ހޮސްޕިޓަލުގައި ބާއްވައިގެން އުޅޭ މީހަކަށް ވެސް ވެދާނެ އެއްނު. ހުއްދަ ހޯދަން އާދޭސްކޮށްގެން ވެސް ހުއްދަ ނުލިބުނު ދުވަސް ވަރެއް ދިޔަ އެއްނު. 28،000 ރުފިޔާ އަށްވުރެ މާ މުހިއްމުވާނެ މަންމަ އެހާލަތުގައި.
ނެޓް00
23 June 2020
ކޯޓަށް ގެންގޮސްގެން ދޫކޮށްލަން ޖެހުނު މީހުންގެ އަދަދުގެ ވާހަކައެއް ނުދެއްކިދޯ؟ ގާނޫނުގަ ބާގަނޑެއް އޮވެގެންތޯ ނޫނީ އެހެން ކަހަލަ ސަބަބަކާ ހުރެތޯ ދޫކޮށްލަންޖެހުނީ ކިޔައިދޭން ކެރުނުތަ؟
ބޮޑުމީހާ
23 June 2020
ގާތްގަޑަކަށް 28000 ރުފިޔާ ދައުލަތަށް. މީ އެކެއްގެ ފަރާތުން. އަދިވެސް ބުނާނެ ބަޖެޓް ނުލިބެއޭ
އުޅުމެއް ނެތް ދިވެހިން
23 June 2020
ލަދުކޮބާ؟
ދަރަނި ދަންތުރަ
23 June 2020
ކިހެނެއްބާ 28 ފަހަރު ޖުރިމަނާ ކުރީ ހައްޔަރުނުކުރެވުނީތާ ފުލުހުންނަށް ވެސް އޮޅުނީތާ ނޫނީ އެމީހާ އޮޅުވާލީތާ އަމުރަށް ކިޔަމަންވުމުގައި ނަމޫނާ ދޮއްތޯ ތިޔަވާނީ ސްމާޓު ޒުވާނަަކަން ހެން ހީވަނީ....
ދަރަނިބޯ
23 June 2020
މިމީހާ ވާނީ ނުފޫޒު ގަދަ މީހަކަށް. ވުމާއެކު 27 ފަހަރުގެ ޖޫރިމަނާ މާފުކޮށް 1 ފަހަރަށް ދައްކަން ޖެހޭނީ. ހިތްހަމަނުޖެހޭ މީހުން ތެޅިތެޅި ތިބެން ޖެހުން ނޫން ގޮތެއް ވެސް އަދި ފެންނާނެ
ަިްަތަކުރު
23 June 2020
ޒިންމާދާރު ނޫންކަން
ބޭބެބެ
23 June 2020
ނަސީހަތްދީފައި ޖުރިމަނާ ކޮށްފައި ދެން ހައްޔަރުކުރަނީ. ދެން މިމީހަކު 28 ފަހަރު ބޭރަށް ނުކުތީ ކޮންމެ ފަހަރަކުވެސް ހައްޔަރުކޮށްފައި ހުއްޓާތަ؟
ކު ބ§
23 June 2020
އެމީހާ އަށް ކޮވިޑު ލޯނު ދޭން ފެނޭތޯ މި ދަނީ ކޮވިޑާއި ވާހަކަ ދައްކަމުން
ދޮން މަނިކު
23 June 2020
ފުލުހުންނަށް ހީވަނީ މިކުރެވުނީ ވަރަށް މޮޅުކަމެއް ކަމަށް. އެކަމަކު މީގެން އެގުނީ ފުލުހުންގެ ނާގާބިލްކަން. 3ވަނަ ފަހަރު ޖުރިމާނާ ކުރުމެއް ނޯވޭ. ޖުރިމާނާ ކުރުމުގެ ބަދަލުގައި އޭނާ ނިކުމެގެން އުޅެންޖެހޭ ސަބަބު ބަލައި، ފިޔަވަޅު އަޅަންޖެހޭނަމަ ފިޔަވަޅުއަޅަންވީ. ޖުރުމައިނާ ކުރާ ފުލުސް ކުދިންނަށް ވަގުތުން ރިކޯރޑް ތަށް ބަލައިލެވެން ނުހުންނަނީ ކަންނޭގެ. އަހަރެމެންގެ ހާލަތު މިއީ. އެކަމަކު މާލެއާއި ފަޅަކާއި ބްރިޖަކުން ނުގުޅިވިގެން މިއުޅެނީ...
މުދިންބެގޯތީމަނިކު
23 June 2020
މިއީ ރަގަޅުވިޔަފާރިއަކަށް ކުރިކަމެއް އެހެންނޫނީ އުސޫލެއްނެތި ވީއެއްނުވީއެއް ނޭގުނު އޮޅުންބޮޅުންގަޑެއް. އެހެންވީމަތާ އެކަކު މަތިމައްޗަށް ޖޫރިމަނާ ތަކުރާރު ކުރުމުގައި ދެމިތިބީ. ތަކުރާރުކޮށް ކުށްކުރަން ދޫކުރެވިފައިތިބޭވާހަކ ފުލުހުން ބަޔާންކޮށްދިނުމަކީވެސް އަންތަރީސްވާ އަދި އެހާމެ ހެއްވާވެސް ކަމެއް.
ރަދީފްއޮފިޝިއަލް
23 June 2020
އެކަކު 28 ފަހަރު ހައްޔަރުކުރިވާހަކަ ދައުލަތުގެ ޓީވީއަށް އަރާއިނދެ ބުނާއިރު އެއީ ފުލުހުން ފެއިލްވެފައިވާ މިންވަރު ވަރަށް ރަނގަޅަށް ދޭހަވާ ކަމެކޭ ނުބުނަން މަމެން ނެތިން.
ނަޖުމުއްދީން
23 June 2020
ޕޮލިހުގެ ވެިއަކަށް އަރުވާންވީ ރަދީފު!