ޚަބަރު / ބ. ބޮޑުފިނޮޅު

ބޮޑުފިނޮޅު: ގިނަ ބިދޭސީންނަށް ހަ މަހުގެ މުސާރަ ނުދޭ، ދައުވާ ކުރާނަން: ވަކީލުން

ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންގެ މައުލޫމާތުތައް ޕީއައިއެލްސީގެ ގާނޫނީ ވަކީލުން މިއަދު ސާފުކުރަނީ.

ބ. އަތޮޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ބޮޑުފިނޮޅުގައި ތިބި ރިޒް ކުންފުނީގެ ބިދޭސީ މުވައްޒަފުން ހަމަނުޖެހުން ހިންގިއިރު އޭގެ ތެރެއިން ގިނަ ބިދޭސީންނަށް މުސާރަ ނުދޭތާ ހަ މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް، ހިލޭ ސާބަހަށް ދައުވާ ކޮށްދޭ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން މިއަދު ބުނެފި އެވެ.

މަދަނީ މައްސަލަތަކުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޕީއައިއެލްސީގެ ވަކީލުންގެ އިތުރުން އިމިގްރޭޝަން އާއި އިކޮނޮމިކް މިނިސްޓްރީ އާއި ލޭބާ ރިލޭޝަން އޮތޯރިޓީގެ ބޭފުޅުން މިއަދު ވަނީ ބޮޑުފިނޮޅަށް ގޮސްފަ އެވެ. އެ މީހުން އަންނަނީ ބިދޭސީންނާ ވާހަކަ ދައްކައި މައުލޫމާތު ހޯދަމުންނެވެ.

RIX ah ah vanee ithurah ves faisaa dheefai: Seal Maldives

RIX ah ah vanee ithurah ves faisaa dheefai: Seal Maldives

The most trusted news source in the Maldives

Mihaaru

ރިޒާގެ ކުންފުންޏަށް ފައިސާ ދީފައިވާނެ ކަމަށް ސީލް މޯލްޑިވްސްއިން ބުނުން

މި ވަގުތު އެ ރަށުގައި ހުންނެވި ޕީއައިއެލްސީގެ ބޯޑު މެމްބަރު، އަދި ގާނޫނީ ވަކީލް، އަބްދުﷲ ނާހިދު، "މިހާރު" އަށް ވިދާޅުވީ އެ ރަށުގައި މި ވަގުތު ވެސް 170 ބިދޭސީން ތިބިއިރު އޭގެ ތެރެއިން ގިނަ މީހުންނަށް ހަ މަސް ދުވަހުގެ މުސާރަ ނުދޭ ކަމަށެވެ. ބައެއް މީހުންނަށް މުސާރަ ނުދޭތާ އެ އަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެ މީހުންނާ ވާހަކަ ދައްކައި ޕަވާ އޮފް އެޓާނީ ނެގުމުގެ މަސައްކަތް މި ކުރަނީ. ފުރަތަމަ މަސައްކަތް ކުރާނީ ކުންފުނިތަކާ ވާހަކަ ދައްކައިގެން މުސާރައިގެ ކަންކަން ހަމަޖެހޭތޯ. އެގޮތަށް ހަމަނުޖެހިއްޖެއްޔާ ޓްރެބިއުނަލަށް ވެސް ހުށަހަޅާނަން،" ނާހިދު ވިދާޅުވި އެވެ.

ބޮޑުފިނޮޅުގައި ގާނޫނީ ވަކީލުންނާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ ބޭފުޅުން މަސައްކަތް ކުރައްވަނީ: އެ ރަށުގައި 170 ބިދޭސީން ތިބިއިރު ގިނަ މީހުންނަށް މުސާރަ ނުދޭތާ ހަ މަސް ވެއްޖެ--

އެނގިފައިވާ ގޮތުގައި އެ ބިދޭސީންގެ މަހު މުސާރަ އުޅެނީ 4،000ރ. އާއި 6،000ރ. އާ ދެމެދު އެވެ.

އެ ބިދޭސީންނަކީ ގަވައިދާ އެއްގޮތަށް ގެންގުޅޭ ބައެއްތޯ ސުވާލު ކުރުމުން ނާހިދު ވިދާޅުވީ އެކަން އަދި ރަނގަޅަށް ސާފުނުވާ ކަމަށެވެ. ނަމަވެސް ބައެއް ބިދޭސީންގެ އަތުގައި ޕާސްޕޯޓް ފަދަ ޑޮކިއުމެންޓް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުންޏާ ހަވާލު ކޮށްގެން ހަދަމުން އަންނަ ރިސޯޓުގައި 190 ބިދޭސީން މަސައްކަތްކުރެ އެވެ. އެ މީހުންނަށް މުސާރަ ނުދޭތާ އެތައް މަހެއް ވުމުން ބުރާސްފަތި ދުވަހު ހަޅުތާލު ފަށައި، ބޮޑު ހަމަނުޖެހުމަކަށް ވަނީ ގޮސްފަ އެވެ. އެކަން ހައްލު ކުރަން ފުލުހުން ފުރަތަމަ އެ ރަށަށް އަރަން ދިއުމުން ވެސް އެރިޔަ ނުދީ ހަމަނުޖެހުން ހިންގި އެވެ.

އެކަމަކު، މާލެ އިން ދިޔަ ފުލުހުންގެ ޚާއްސަ ޓީމުން އިއްޔެ ރޭ ފަތިހު އެ ރަށަށް އަރައި ވަނީ، ބިދޭސީން ހިފެހެއްޓި 12 ދިވެހިން ސަލާމަތް ކޮށްފަ އެވެ. އެ ހަމަނުޖެހުންތަކާ ގުޅިގެން 19 ބިދޭސީން ހައްޔަރުކޮށް އެ މީހުންގެ ބަންދަށް ވަނީ 15 ދުވަސް މިއަދު އިތުރު ކޮށްފަ އެވެ.

Bodufinolhun hayyaru kuri bidheyseenge bandhah 15 dhuvas

Bodufinolhun hayyaru kuri bidheyseenge bandhah 15 dhuvas

The most trusted news source in the Maldives

Mihaaru

ބިދޭސީންގެ ބަންދަށް 15 ދުވަސް އިތުރު ކުރުން

ރިޒާ، ވިދާޅުވި ގޮތުގައި، ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދެވި ވަނީ އެރަށް ހެދުމަށް އޭނާގެ ކުންފުންޏާ ހަވާލުކުރި ސީލް މޯލްޑިވްސް އިން ފައިސާ ނުދޭތީ އެވެ. ރިޒާ ވިދާޅުވި ގޮތުގައި، އޭނާގެ މުވައްޒަފުންގެ މުސާރަ ނުދެވި ވަނީ ގާތްގަނޑަކަށް ހަތަރު މަހަށެވެ.

އެ ރަށުގެ ޑިވެލޮޕަރު ސީލް މޯލްޑިވްސް އިން ބުނީ ރިޒާގެ ކުންފުންޏާ އެކު ހަދައިފައިވާ އެއްބަސްވުމުގައި އޮތް އަދަދަށް ވުރެ އިތުރަށް ވެސް މިހާތަނަށް ފައިސާ ދެވިފައިވާ ކަމަށެވެ. ސީލް މޯލްޑިވްސްގެ ވަކީލުން ބުނީ އެއްބަސްވުންތަކުން ރިޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި އޮތީ ބޮޑުފިނޮޅުގެ މައްސަކަތުގެ ކުޑަ މިންވަރެއް ކަމަށާއި އެ މަސައްކަތްތައް ފުރިހަމަވުމުން ދައްކަން ޖެހެނީ 12 މިލިޔަން ރުފިޔާ ކަމަށެވެ. އެކަމަކު މިހާތަނަށް ރިޒް ކުންފުންޏަށް 21 މިލިޔަން ރުފިޔާ ދީފައިވާ ކަމަށް ބުންޏެވެ.

ހަވާލާދީފައިވާ އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާ މަސައްކަތްތައް އެއްކޮށް ފުރިހަމަކޮށް ނިމުމުން، ސީލް މޯލްޑިވްސް އިން ދައްކަންޖެހޭ އަދަދެއް ކަމަށް ވަކީލުންގެ ބަޔާނުގައި ބުނީ 12،332،765.ރ. އެވެ. އަދި ސީލްގެ ފަރާތުން ކޮންޓްރެކްޓަރަށް މިހާތަނަށް 21،773،338.21ރ. ދައްކާފައިވާ ކަމަށް ބުންޏެވެ. އެނގިފައިވާ ގޮތުގައި ފައިސާ އިތުރުވެފައި ވަނީ އިތުރު ބައެއް މަސައްކަތްތައް ވެސް ކޮށްފައިވާތީ އެވެ.

މަސައްކަތް ކުރުވާފައި މުސާރަ ނުދޭ މައްސަލައިގައި މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ތިން ބުރެއްގެ މަތިން އެކި ކުންފުނިތަކުގެ ބިދޭސީ މުވައްޒަފުން މީގެ ކުރިން ހަޅުތާލު ކޮށްފައިވެ އެވެ.

81 ކޮމެންޓް, 100 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 8%
icon angry icon angry 74%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހްމާ

06 July 2020

ހަމަހުގެ މުސާރަ ނުދިނީމަ މުޅި ރިސޯޓް ފުަޑާލި ބަޔަކަށް ދެންއަލުން ދައުވާ ކުރެވޭނީ ލިބުނުގެއްލުމުގެ ބޮޑު ކުޑަމިން ބަލާފަ ވެރިފަރާއްތަލިބުނުގެލުން ކުޑަނަމައެވެ

The name is already taken The name is available. Register?

އައްޔަަ

05 July 2020

ވާނެ އެއްވެސް ކަމެއް ނެތް. މުދަލަށް ދެވުނު ގެއްލުން ކަނޑާފަ ވެސް އެމްޕީ އަށް ވާނީ ފައިދާ.

The name is already taken The name is available. Register?

ޖަރީމާ

05 July 2020

ދައުވާކޮށްގެން ހައްގަށް ނަސްރެއް ނުލިބޭނެ. ތީ އެމްޑީޕީގެ އެމްޑީއެއް. ކުރާނެ އެއްވެސް ކަމެއް ނޯންނާނެ. މައްސަލަ ދުވަހަކުވެސް ނުނިމޭނެ. ނިމުނަސް ނިމިގެން ދާނީ އެމްޑީޕީ ގެ އެމްޕީ ކޮޅަށް. ރަށްޔިތުން ބަލަން ތިބޭ.

The name is already taken The name is available. Register?

ޖާބެ

05 July 2020

ދަޢުވާކޮށްބަލަ މިކަމުގަ އހުމާލްވީ މުއައްސަސާރަކުގެ ވެރިންނައް ކެރޭނެބާ.

The name is already taken The name is available. Register?

ބަނާނާ

05 July 2020

ބޭރު މީހުންގެ މުސާރައަކީ ބެންކްއެކައުންޓަށް ޖަ މާކޮށްދޭން މަޖުބޫރު އެއްޗެއް. އެކަން ގަވާއިދުން ނުކުރާ ކުންފުނިތައް ވަރަށް ފަސޭހައިން ދެނެގަނެވޭނެ. މުސާރަނުދޭ ކުންފުނިތައް ނަން އާން މުކޮށް ފިޔަވަޅު އަޅާ.

The name is already taken The name is available. Register?

ސަންޕާޅޯ

05 July 2020

ޤަވާއިދާއި ޚިލާފަށް އުޅޭ މީހުން ލައްވާ މަސައްކަތް ކުރުވާފައި އުޖޫރަ ދޭން ނުޖެހޭނެ ކަމަށް ބުނާ މީހުން ރާއްޖޭގެ ވަޒީފާއި ބެހޭ ޤާނޫނު ބަލާލަބަލަ.

The name is already taken The name is available. Register?

ވިސްނު

05 July 2020

މުޅިން ކުށްތައް: 1- ވާކް ވިސާނެތި މަސައްކަތް ކޮށްގެން ނުވާނެ. 2- ވާކް ވިސާނެތި މަސައްކަތް ކުރުވައިގެން ނުވާނެ. 3- މަސައްކަތް ކުރުވައިފި ނަމަ މުސާރަ ދޭންވާނެ. 4- ބައެއްގެ މުދަލަށް ގެއްލުން ދީގެން ނުވާނެ.

The name is already taken The name is available. Register?

ފަސީން.

05 July 2020

ބަހަނާ ނުދައްކާތި.. މަސައްކަތް ކުރުވާފިއްޔާ މުސާރަ ދޭންޖެހޭނެ ކޮން މެ މީހަކައްވިޔަސް.. ވިސާ އޮތަސް ނެތަސް ބިދޭސީއަކަސް ދޭސީއަކަސް.. އަރައްބަކަސް ބަނގުލަދޭޝް މީހަކަސް މި ހައްގު ޔަގީން ކުރެވެންޖެހޭނެ. މިއީ އަޅުން ގެންގުޅުން ހުއްދަކުރާ ޒަ މާނެއް ނޫން.

The name is already taken The name is available. Register?

ޝައުފީން.

05 July 2020

މމުސާރަ ނުދޭ ކުންފުނުތަކުގެ ވެރީންނައް ހޭއަރުވާލާ.. އަހަރެ މެން ދިވެހީން ތިބޭނި ނިކަ މެތިކޮއް އަނިޔާލިބުނު މަސައްކަތްތެރީންނާއި އެކު.

The name is already taken The name is available. Register?

ރާއްޖެތެރެމީހާ

04 July 2020

ރާއްޖެ މިދަނީ ރަނގަޅަކައްނުން. ސަރުކާރުގެ އަމަލްހުރީ ރާއްޖެގެ ދުވައް ދުއްވަލަން. ޤައުމުގެ މިނިވަންކަމާ ހަމަޖެހުން ނެތެމުންދަނީ. ސަރުކާރު ކަޑަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454