ދުނިޔޭގެ ކިރުގެ ދުވަސް ފާހަފަ ކުރުމުގެ ގޮތުން މިއަދާއި އަންނަ ހުކުރު ދުވަހު، ބީއެޗްއެމްއިން ތަފާތު ހަރަކާތްތަކެއް ހިންގާނެ.-- ފޮޓޯ އެންޑީޓީވީ
01 ޖޫން 2016 - 13:23
ކިރުގެ ގިނަ ބާވަތްތަކެއް ރާއްޖެ އެތެރެކޮށް ވިއްކަމުން ގެންދާ ބީއެޗްއެމް އިން ދުނިޔޭގެ ކިރުގެ ދުވަސް މާލޭގައި ފާހަގަކުރަން ހަރަކާތްތަކެއް ބާއްވަން ނިންމައިފި އެވެ.
ކޮންމެ އަހަރެއްގެ ޖޫން 1 ފާހަގަކުރަނީ ދުނިޔޭގެ ކިރުގެ ދުވަހުގެ ގޮތުގަ އެވެ. ދުނިޔޭގެ ކާނާ އާއި ދަނޑުވެރިކަމާ ބެހޭ ޖަމިއްޔާ (އެފްއޭއޯ) އިން މި ދުވަސް ފާހަގަކުރަން ފަށާފައި ވަނީ 2001 ގަ އެވެ.
ބީއެޗްއެމް އިން މިއަދު ބުނި ގޮތުގައި އެ ކުންފުނިން އެތެރެކޮށް ވިއްކާ "ޑަޗް ލޭޑީ" ކިރުގެ ބްރޭންޑުގެ ދަށުން މި ދުވަސް ފާހަގަކުރަން އެންމެ ފުރަތަމަ ބާއްވާ ހަރަކާތް އޮންނާނީ ބިލަބޮންގް ކިޑްސް ޕްރީ ސްކޫލުގައި މިއަދު އެވެ. މި ހަރަކާތުގައި ބައިވެރިވެވޭނީ އެ ސްކޫލުގެ ދަރިވަރުންނަށް އެކަންޏެވެ.
ކިރުގެ ދުވަސް ފާހަގަކުރަން ބާއްވާ މައި ހަރަކާތް އޮންނާނީ، ބީއެޗްއެމް އިން ބުނި ގޮތުގައި، އަންނަ ހުކުރު ދުވަހު ހަވީރު 4:00 އިން 6:00 އަށް ކުޑަކުދިންގެ ޕާކުގަ އެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ އުނޫޝާ (ކިޑީ)ގެ ލަވަތަކުން މި ކުޑަކުދިންގެ ހަވީރު ފަޅުފިލުވާލަ ދޭއިރު، ކިރުގެ ބާވަތްތައް ތައްޔާރު ކުރާ ގޮތާއި ދުޅަހެޔޮ ސިއްހަތަކަށް ކިރުގެ މުހިއްމުކަމާ ގުޅޭ މައުލޫމާތު ދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
"މި ހުރިހާ ހަރަކާތްތަކެއް ކުރިއަށް ދާއިރު، ޑަޗް ލޭޑީ ކިރު ރަހަބެލުމުގެ ފުރުސަތު ވެސް އޮންނާނެ،" ބީއެޗްއެމްގެ މާކެޓިން ހެޑް އިބްރާހިމް ރަޝީދު ވިދާޅުވި ކަމަށް އެ ކުންފުނިން ނެރުނު ބަޔާނުގައިވެ އެވެ.
ކިރުގެ ދުވަހެއް ފާހަގަކުރަނީ އެއިން ލިބޭ ސިއްހީ ފައިދާތަކާ ގުޅޭ މައުލޫމާތު ވީހާ ވެސް ގިނަ މީހުންނަށް އަންގައިދިނުމަށެވެ. ރާއްޖޭގެ އިތުރުން ވެސް އެތައް ގައުމެއްގައި ޑަޗް ލޭޑީ ބްރޭންޑުން މި ދުވަސް ފާހަގަކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އ މ
01 June 2016
އާ. މިހާރު މި ފެށުނީ އާ ވައްތަރެއްގެ ދުވަސްދުވަސް ފާހަގަކުރުމުގެ ފެށުން.