ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު: ހޯމަ ދުވަހު ބާއްވާ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އިސްކޮށް ބައިވެރިވަޑައިގަންނަވަނީ މިނިސްޓަރު ޝާހިދު -- ފޮޓޯ: ފޮރިން މިނިސްޓްރީ
21 ނޮވެމްބަރ 2020 - 16:39
ރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ގުޅިގެން އަހަރަކު އެއްފަހަރު ބާއްވާ ޕޮލިސީ ޑައިލޮގް ބައްދަލުވުމުން އަންނަ ހޯމަ ދުވަހު ބާއްވަން ނިންމައިފި އެވެ.
އޮންލައިންކޮށް ކުރިއަށް ގެންދާ މި ބައްދަލުވުމުގައި މައިގަނޑުކޮށް މަޝްވަރާކުރާނީ ކޮވިޑް-19 އާ ގުޅިގެން އިގްތިސާދަށް ލިބުނު ގެއްލުމުން އަރައިގަންނަން ރާއްޖެއިން މެދުނުކެނޑި ކުރަމުން އަންނަ މަސަައްކަތާ ގުޅިގެން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އެކި ދާއިރާތައް ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތައް މި ބައްދަލުވުމުގައި މަޝްވަރާކުރާނެ އެވެ. އޭގެ ތެރޭގައި މަސްވެރިކަމުގެ ދާއިރާ އާއި ތިމާވެށީގެ ދާއިރާ އާއި މޫސުމަށް އަންނަ ބަދަލުތަކާއި ތަރައްގީގެ މަޝްރޫއުތަކާއި ޓްރޭޑް އެންޑް އިންވެސްޓްމެންޓްގެ އިތުރުން ޑިމޮކްރަސީ އާއި ގަވާނަންސް އަދި އިންސާނީ ހައްގުތައް ހިމެނެ އެވެ. އަދި ޝެންގެން ވިސާ ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުމަށް މަޝްވަރާކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މި ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން ކެބިނެޓްގެ އިތުރު މިނިސްޓަރުންނާއި ގުޅުންހުރި އެކި އިދާރާތަކުގެ އިސްވެރިން ބައިވެރިވަޑައިގަންނަވާނެ އެވެ. މި ބައްދަލުވުން ރާއްޖެއިން ކޯ-ހޯސްޓުކުރާނެ އެވެ.
އީޔޫގެ ޑެލިގޭޝަންގައި އިސްކޮށް ބައިވެރިވަޑައިގަންނަވާނީ އެތަނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޑެނިސް ޗައިބީ އެވެ.
މިއީ ރާއްޖެ އާއި އީޔޫއާ ދެމެދު އޮންނަ އެކުވެރިކަން ކުރިއަރުވަން ބާއްވާ ބައްދަލުވުމެކެވެ. މީގެ އިތުރުން ރާއްޖެއާ އެކު ސީނިއާ އޮފިޝަލްސް ލެވެލް ބައްދަލުވުމެއް (އެސްއޯއެމް) ބާއްވަން ވެސް އީޔޫ އިން ވަނީ މިއަހަރު ކުރީކޮޅު ނިންމައިފަ އެވެ. އެސްއޯއެމްގެ ފުރަތަމަ ބައްދަލުވުން ބޭއްވީ މިއަހަރުގެ ފެބްރުއަރީ މަހު، މާލޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާލިންޓުނަިޓް
22 November 2020
އޮސްޓްރޭލިއާ ނިއު ޒީލެންޑް ގަ ހޮލިޑޭ ވާރކް ވިސާ ލިބޭނެ ގޮތަށް ވާހަކަ ދަށްކަން ފެނޭ. އެއިރުން ވަރަށް ގިނަ ދަރިވަރުންނަށް ލޯ ހުޅުވާލުމުގެ ފުރުސަތު ލިބިގެން ދާނެކަން ޔަގީން. ހަމަ އެފަދައިން ޔޫރަޕް ޤައުމުތަކަށް އެޑިއުކޭޝަނަލް ޓްރެއިނިން ގެ ފުރުސަތުތަށް ރާއްޖެ އަށް ފަހިވާނެ ގޮތަކަށް ވެސް ވާހަކަ ބިނާ ކުރުން މުހިންމު
ނާސިރު ބޭނުމީ މިނިވަންކަން.
22 November 2020
ރާއްޖޭގެ ހުރިހާކަމެއް މިމީހުން ބަދަލުކުރާނެ. އެމްޑީޕީގެ ލީޑަޝީމް ވަރައް ކަޑަ.
ހައްގުބަސް
22 November 2020
މޫޅި ރާއްޖެ މިވަނީ އެއްފުޝުން އަނެއްފުޝައް ޖެހިފަ. މަކަރުވެރި ރޭވުމުގެ ދަޝުން މަކަރުވެރި ރޭވުންތައް ރާވަނީ.
އަލީ ރަސްގެފާން
22 November 2020
އެމްޑީޕީ ވެރިކަމައް ދެން އަތުވެއްޖެ ނަމަ ރާއްޖޭގެ ދުވަސް ދިޔައީ.
ހައްގުބަސް
22 November 2020
އަސްލު މިކަމަކީ ވެރިކަމައް އަރާ ސަރުކާރަކައް ޕްރެޝަރު ކުރުން. މީ އެމްޑީޕީގެ އަޑި ނުބައި ރޭވުމުގެ އަސްލު މިފެންނަނީ. އަނެއްފިކުރު ގެންނަން.
ވަތަން އިސްކުރަންޖެހޭ
22 November 2020
ޤައުމު ފުންނޑާލައިފި. ދެން ރައްޖެ ސަލާމައްވާން ވަރައް އުދަގޫވާނެ
ގުރާ
22 November 2020
ފުނޑާލައިފި ގެ ސްޕެލިން ނުބައި
ޝޮކްތެރަޕީ
22 November 2020
މީ ރޭވިގެން ހިގަމުންދާ ކަމެއް. ބޭނުމަކީ އެހެން ދީންތަކައް ޖާގަ ދިނުން އިންސާނީ ހައްގޭ ކިޔާފަ. ދެރަކަންތައް މިހުންނަނީ.
ސަލާޙް
21 November 2020
.....އަދި އިންސާނީ ހައްގުތައް ހިމެނެ އެވެ.. މީގަ އީޔޫ އިން އެންމެ ބޮޑަށް ހިފަނީ މިގައުމުގައި ދީނީ މިނިވަންކަން ނެތޭކިޔާފަ ހިފާހިފުން. މިހާރުވެސް ދިވެހި ކަޑުމަހުގެބާވަތުން ދީފައޮތް ޑިއުޓީ ކޮންސެޝަން އުވާލާފަ އޮތީ އެހެންވެކަމަށް ލިއުމުން އެއޮތީ އަންގާފަ. އެކަމަކު ދީން އެއީ އަހަރެމެން ވިއްކާނެ އެއްޗެއްނޫން. އަހަރެމެންނަށް ރިޒުގު ދެއްވަނީ އީޔޫ އަކުންނޫން. އަހަރެމެންނަށް ރިޒުގު ތަނަވަސްކޮށްދެއްވާނީ ﷲ ސުބުހާނަހޫ ޥަތަޢާލާ!