ދިވެހި ޕާސްޕޯޓްތަކެއް: ދެކުނު އޭޝިއާގެ އެއް ވަނަ ޕާސްޕޯޓުގެ ލަގަބު ރާއްޖެއިން އަނެއްކާވެސް ވަނީ ހިފަހައްޓާލާފައި
11 ޖެނުއަރީ 2021 - 11:36
ދެކުނު އޭޝިއާގައި އެންމެ ބާރުގަދަ ޕާސްޕޯޓްގެ ލަގަބު ރާއްޖޭގެ ޕާސްޕޯޓުން އަނެއްކާވެސް ހިފަހައްޓައިފި އެވެ.
އޮން އެރައިވަލް ވިސާގައި އެންމެ ގިނަ ތަންތަނަށް ދަތުރުކުރެވޭ ޕާސްޕޯޓްތައް ބަލައިގެން ބައިިނަލްއަގްވާމީ ފެންވަރެއްގައި ނެރޭ ހެންލޭ ޕާސްޕޯޓް އިންޑެކްސްގައި ވޭތުވެދިޔަ ދެ އަހަރު ވެސް ރާއްޖެ އޮތީ ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓްގެ މަގާމުގަ އެވެ. ދުނިޔޭގެ ނިސްބަތުން ބަލާ ނަމަ ދިވެހި ޕާސްޕޯޓް މިިދިއަ އަހަރު 61 ވަނަ އަދި މި އަހަރު އޮތީ 62 ވަނާގަ އެވެ.
ދިވެހި ޕާސްޕޯޓަށް 85 ގައުމަކުން އޮން އެރައިވަލް ވިސާ ލިބެ އެވެ. މިއީ ޗައިނާ އާއި ސައުދީ އަރަބިއާގެ ޕާސްޕޯޓަށް ބަލާ އިރު ވެސް ބޮޑު ކުރިއެރުމެކެވެ.
ދެކުނު އޭޝިއާ ސަރަހައްދުން ދެވަނައިގައި އޮތީ އިންޑިއާ ޕާސްޕޯޓެވެ. މިދިއަ އަހަރު އިންޑިއާ ޕޯސްޓަށް 84 ވަނަ ލިބުނު އިރު މި އަހަރު އޮތީ 85 ވަނާގަ އެވެ. އިންޑިއާ ޕާސްޕޯޓަށް އޮން އެރައިވަލް ވިސާ ދެނީ 58 ގައުމަކުންނެވެ.
ބާރު ގަދަ ޕާސްޕޯޓްތަކުގެ ރޭންކްގައި މި ސަރަހައްދުގެ ތިން ވަނަ ގައުމަކީ ބޫޓާނެވެ.
ޕާކިސްތާނާއި ބަންގްލަދޭޝް އާއި ސްރީ ލަންކާ އަދި ނޭޕާލް އުޅެނީ އުޅެނީ އެ ރޭންކިންގެ ވަރަށް ފަހަތުގަ އެވެ.
ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓްގެ ދަރަޖަ ހިފެހެއްޓީ ޖަޕާނުންނެވެ. ޖަޕާނުގެ ޕާސްޕޯޓަށް 191 ގައުމަކުން އޮން އެރައިވަލް ވިސާ ލިބެ އެވެ. ދެވަނައިގައި އޮތް ސިންގަޕޫރު ޕާސްޕޯޓަށް އޮން އެރައިވަލް ލިބެނީ 190 ގައުމަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާހިދު
11 January 2021
ޟާހިދުވެސް ފޮނިތަށް ކަނޑާފަ އަދިވެސް ޔޫރަޕިަން ޔޫނިއަން އަކަށް ވިސާ ފްރީ ނުކުރެވޭ
ކަކުނިބޯ
11 January 2021
ޝުކު ރިއްޔާ ރައީސް ޔާމިނު، ޝުކު ރިރއްޔާ ރައީސް އިބް ރާހިމް މުހައްމަދު ސޯލިހު
Murrath Ahmed
11 January 2021
ވަރަށް ބޮލަށް އުނދަގޫވާ ގޮތަށް 'މިހާރު' ގެ ނޫސް އަޕްޑޭޓް ވެފައި އެ ހުރީ، އަހަރެމެން ބުރައުސް ކޮއްގެން ބަލާ މީހުން. ހަބަރުތައްވެސް ނުފެނޭ ހުންނަނީ މުޅިންވެސް ގިނައިރުވެ ކުނިވެފަ ގުންނަ ހަބަރުތައް.
އަލީ!
11 January 2021
ތި ޕާސްޕޯޓް ހިފައިގެން ދިވެހިން އެހެންގައުމުގަކުގައި އުޅެނީ ވަރަށް ނާތަހުޒީބުކޮށް!
ސުކުރު
11 January 2021
މިކަން މިހާފުރިހަމަޔައް މަވަނީ ސާހިދް ކޮއްދޭ މަސެއްކަތުން ތެންކުއު...ސާހިދު
ޖަނާ
11 January 2021
ދިވެހިންނަކީ ގައްޑާ ބައެއް.