ހުޅުމާލޭ ޕޮލިސް ސްޓޭޝަން. ހުޅުމާލޭގައި މިސްކިތަކަށް ވަދެ ދުވަސްވީމީހަކަށް ހަމަލާދިން މީހާގެ ބަންދަށް 10 ދުވަސް ވަނީ ޖަހާފައި
17 ޖެނުއަރީ 2021 - 10:04
ހުޅުމާލޭގެ މިސްކިތަކަށް ވަދެ އެ ތަނުގައި ހުރި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ، އަނިޔާކުރި އިންޑިއާ މީހާގެ ތަހުގީގު 10 ދުވަހަށް ބަންދު ކޮށްގެން ކުރިއަށް ގެންދަން ހުޅުމާލޭ ކޯޓުން އަމުރުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި އެ މީހާ މިސްކިތަަށް ވަދެ އުމުރުން ދުވަސްވީ މީހާގެ ކަރުގައި ހިފައި އަނިޔާކުރަން ފެށުމުން އޭނާ ހުއްޓުވައި ފުލުހުންނާ ހަވާލުކުރީ މިސްކިތުގައި އެ ވަގުތު ތިބި އާއްމުންނެވެ.
ފުލުުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ހުޅުމާލޭ ކޯޓަށް ގެންދިއުމުން 10 ދުވަހަށް ބަންދުކުރަން އަމުުރު ދީފައިވާ ކަމަށެވެ.
އިންޑިއާ މީހާގެ ހަމަލަ ރައްދުވި، އުމުރުން ދުވަސްވީ މީހާ އަށް ލިބުނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް އަދިއެއް ނޭނގެ އެވެ. އެ ހަމަލާއާ ބެހޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
އެނގިފައިވާ ގޮތުގައި، އިންޑިއާ މީހާއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ކެފޭއެއްގެ ކޭޝިއަރެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑީ
17 January 2021
ޓެރަރިސްޓް ހަމަލާއެއްތަ؟
ފަންގި
17 January 2021
ކޮންމެސް ޕާސަނަލް ކަމަކާ ވައްތަރީ... މި ގައުމުގައި މިހުން ސުވާލެއް ނުއުފައްދާނެ. ތިބޭނީ އެނގިއިތުރުވެ ޖަޖުކޮށް ނިންމައިގެން. އެހެންނުން ވާނީ ތަހުގީގަކުންވެސް ނަތީޖާ ނުކުންނަ ގައުމެއް ނޫން. އެކަމަކު ކޮންމެ 10 ރައްޔިތަކަށް ތަހުގީގީ މުއައްސަސާއެއް ހުރޭ. ދައުލަތުގެ އާމްދަނީގެ 75 އިންސައްތަ ހޭދަވަނީ މުސާރައަށް!
އަހުމަދުބޭ
17 January 2021
ތިޔައީ އިންޑިއާގައި ހިނގިކަމެއްނަމަ ތިޔަމީހައިގެ ލިބޭނީ ފުރާނަނެތް މަސްގަޑު، އުފެދޭ ސުވާލަކީ ތިޔަ އިންޑިއާ މީހައި އުމުރުން ދުވަސްމީހަކު މިސްކިތުގައި އިންދާ ހަމަލާދޭން ޖެހުނު ސަބަބަކީ ކޮބައިބާވައޭ؟ އެހާލަތަށް އިންޑިއާ މީހައި ދާންޖެހުނު ސަބަކީ ކޮބައި ބައިވައޭ؟ މިއޮއްހުރިހައި ބޭރުމީހުން އުޅޭއިރު މިސްކިތުގައި މީހަކު އިންދާ އަރާހަމަލާދޭން ޖެހޭނީ ކޮންމެވެސް ސަބަބެއް އޮވެގެންނެވެ.
ނާހަމަ
17 January 2021
ކޭޝިއަރުންގެ ގޮތުގައި ބޭރުމީހުން ގެންގުޅުމަކީ މަނާކަމެއްނޫންތަ. ތިމައްސަލަ ބަލާއިރު އިމިގުރާޝަނުން އޭނާ އަށް ކޭޝިއަރަކަށް ހުރެވުނީ ކިހިނެތްތޯވެސް ބަލާ ފިޔަވަޅުއަޅާނެކަމަށް އުންމީދުކުރަން.