އަޔާދީ ތަކާފުލްގެ އޮންލައިން ޕޯޓަލް ތައާރަފް ކުރުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖަރު ފާތިމަތު ނިޒްމާ އާއި ކޮންސަލްޓަންޓް އިބްރާހިމް ފިރުޝާނެ ނޫސްވެރިންނާ ވާހަކަދައްކަވަނީ.-- ފޮޓޯ: އެލައިޑް
07 ނޮވެމްބަރ 2016 - 15:30
އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ ކަމަށްވާ އަޔާދީ ތަކާފުލްގެ ބައެއް ހިދުމަތްތައް ލިބޭ އޮންލައިން ޕޯޓަލްއެއް މިއަދު ތައާރަފްކޮށްފި އެވެ.
މިއަދު ހެނދުނު މޫކައި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އޮންލައިން ޕޯޓަލް ތައާރަފް ކޮށްދެއްވީ އަޔާދީ ތަކާފުލްގެ މެނޭޖަރު ފާތިމަތު ނިޒްމާ އާއި ކޮންސަލްޓަންޓް އިބްރާހިމް ފިރުޝާނެވެ.
މި ރަސްމިއްޔާތުގައި ފިރުޝާން ވިދާޅުވި ގޮތުގައި އަޔާދީގެ އޮންލައިން ޕޯޓަލަކީ ޝަރީއަތް ހުއްދަކުރާ ތަކާފުލް ސެޓްފިކެޓް ނެގުން ފަދަ ހިދުމަތްތައް ލުއި ފަސޭހަކަމާ އެކު ހޯދޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ތައާރަފް ކުރި ޕޯޓަލެއް ކަމަށެވެ.
"ކަސްޓަމަރުން ބޭނުންވާ ކޮންމެ ވަގުތަކު، ކޮންމެ ތަނެއްގައި ހުރެގެން ވެސް އަޔާދީ ވެބްސައިޓް މެދުވެރިކޮށް ހިދުމަތް ހޯދޭނެ،" އޭނާ ވިދާޅުވި އެވެ.
އަޔާދީގެ މެނޭޖަރު ނަޒްމާ ވިދާޅުވި ގޮތުގައި މި ޕޯޓަލްގެ ސަބަބުން ހިދުމަތް ހޯދުމަށް އަޔާދީ އަށް ދާ ކަސްޓަމަރުންގެ ވަގުތު ސަލާމަތް ވާނެ އެވެ.
އަޔާދީ އޮންލައިނުން ލިބޭ ހިދުމަތްތަކުގެ ތެރޭގައި މޮޓޯ ތަކާފުލް ނެގުމާއި ސެޓްފިކެޓް އާކުރުމާއި ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކަށް ހާއްސަ ޓްރެވަލް ތަކާފުލް ނެގުން ހިމެނެ އެވެ. އަދި އަޔާދީ ތަކާފުލްގެ ސެޓްފިކެޓްތަކުގެ ސައްހަކަން ބެލުމުގެ ހިދުމަތް ވެސް ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy