ކުޅިވަރު / އިހުސާން އަބްދުލްޣަނީ (ސާންތީ)

ދިވެހި ކޯޗުންނާ މެދު ވިސްނާލުން މުހިއްމު: ސާންތީ

މި ފަހަރުގެ ފުޓްބޯޅަ ސީޒަން ފެށިގެން ފުރަތަމަ ދެ މަހެއްހާ ދުވަސްތެރޭ ލީގުގައި ވާދަކުރާ އަށް ޓީމުގެ ތެރެއިން ފަސް ޓީމެއްގައި ހުރި ކޯޗުން ބަދަލުވެފައިވާއިރު، މީގެ ދިމާވާ ކަންތައްތަކާ މެދު ކްލަބްތަކާއި އެފްއޭއެމް އިން ރަނގަޅަށް ވިސްނާލައި ކުރިއަށްދެވޭނެ ގޮތްތަކެއް ހޯދުން އެއީ މުހިއްމު ކަމެއް ކަމަށް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.

ލީގުގައި ގިނަ ޓީމުތަކުން ނުވަ މެޗު ކުޅެފައިވާއިރު، ސީޒަނުގައި މިހާތަނަށް ޓީމުތަކުން ވަކިވި ކޯޗުންނަކީ މުޅިން ދިވެހި ކޯޗުންނެވެ. އެއީ މާޒިޔާގައި ހުރި މުހައްމަދު ނިޒާމް (ނިޒާމްބެ)، ޔުނައިޓެޑް ވިކްޓްރީގެ މުހައްމަދު އާދަމް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ އަހުމަދު ނާޝިދު (ނާދު)، އީގަލްސްގެ މުހައްމަދު ޝިޔާޒް (މޯހަން) އަދި ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) އެވެ. ކޯޗުން ބަދަލުނުވެ އޮތީ ކްލަބް ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ކްލަބް ވެލެންސިއާ އެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަކަށް ކުރިން ހުރި ސާންތީ ބުނީ ފުޓްބޯޅަ ކޯޗިން އޮންނަނީ ޑިވެލޮޕްމަންޓަށް މަސައްކަތްކުރާ ކޯޗުންނާއި ނަތީޖާ ނެރެންޖެހޭ ލެވަލްގައި މަސައްކަތްކުރަންޖެހޭ ކޯޗުންގެ މެދުގައި ބެހިފައި ކަމަށެވެ.

"ނަތީޖާ ނެރެން ބަލާއިރު ފުޓްބޯޅައިގެ ހިތްގައިމު ކަމަކީ ވެސް ހިތަށް ދަތިވާ ކަހަަލަ ކަންތަކާއި މިހެން އެއް ދުވަހު އެއް ޓީމުގައި ހުރެފައި އަނެއް ދުވަހު އަނެއް ޓީމުގައި ހުރެފައި އެ ކަހަަލަ ކަންތައް،" ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފަހުން ކުޅުނު މެޗުތަކުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސާންތީ ބުންޏެވެ.

"ފުޓްބޯޅައިގައި މުޅި އުމުރު ދާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ދެކޭ ގޮތުގައި މި އަށް ވިސްނަން ޖެހިއްޖެ. ވިސްނަން މި ޖެހެނީ ކްލަބްތަކާއި އަޅުގަނޑުމެންގެ ބަލަދުވެރި ފަރާތުން (އެފްއޭއެމް އިން). ލިިމިޓެޑް ކޯޗުން އަސްލު ހަގީގަތުގައި މި ތިބީ. މި ކޯޗުން ގޮވައިގެން އަދި ކްލަބްތައް ނޫނަސް ގޮވައިގެން އުޅޭނެ ބަޔަކު ހޯދަން އެބަޖެހޭ. ކިހިނެއްތޯ މި ކަންތައްތައް މިހެން މި ވާން ޖެހެނީ. މި މީހުންނަށް މި ތަމްރީނުކޮށް މި މީހުންގެ ފެންވަރު ދަށީތޯ. މި މީހުންގެ ފެންވަރު ދަށް ނަމަ އެހެން ލެވަލަކަށް ގެންގޮސް މި ހުރިހާ މަސައްކަތެއް ކުރަން ޖެހޭ އެބަ،"

ލީގުގައި އެއް ޓީމުން އަނެއް ޓީމަށް ބަދަލުވި ކޯޗުން ވެސް އެބަތިއްބެވެ. އެ ގޮތުން ފުރަތަމަ އީގަލްސް އިން ފެނުނު މޯހަން މިހާރު ހުރީ ސަސްގަ އެވެ. މާޒިޔާއާ އެކު ސީޒަން ފެށި ނިޒާމްބެ ވަނީ އަލުން ކުރީގެ ޓީމު ޓީސީއާ ގުޅިފަ އެވެ. ޓީސީއާ އެކު މަސައްކަތް ފެށި ޝާޒް ވަނީ ދާދި ފަހުން އީގަލްސްއާ ގުޅިފަ އެވެ. ސާންތީ ބުނީ ކޯޗުން ބަދަލުވުމުގެ ކަންތައްތައް މިދިޔަ ގޮތުން އެއް ކޯޗު އަނެއް ކޯޗަށް އޮންނަ ގުޅުމަށް ވެސް ހީނަރުކަން އަންނާނެ ކަމަށެވެ.

"(މި ދިމާވާ ކަންތައްތަކުން) އަންނާނެ ކޯޗުންގެ މެދުގައި އޮންނަ ގުޅުމަށް ވެސް ބަދަލު. ފުޓްބޯޅައިގެ ކޯޗުންނަކީ ވަރަށް ވާދަވެރި ބައެއް. ފުޓްބޯޅަ ފޯރި ގަދަވާނީ ވެސް އޭރުން. އަޅުގަނޑު މީގެ ދެތިން އަހަރު ކުރިން ކްލަބެއްގެ ކޯޗަކަށް ހުރިއިރު އަޅުގަނޑަށް ވެސް އަންނަ ކޮމެންޓެއް މިއީ އިންޓަވިއުތަކުގައި މާ ސޮފްޓީއޭ ކޯޗު. އަނެއް ކޯޗަށް ބަހުގެ ހަމަލާއެއް ދޭށޭ މި ކަހަލަ ކަންތައް ވެސް ކޮށްލާށޭ. މިއީ ފޯރި ފުޓްބޯޅައިގެ. ފެންނަ ފެނުމަށް ކިތަންމެ ރީއްޗަކަށް ވާހަކަ ދައްކާލިޔަސް އޮންނާނެ އެ ވާދަވެރިކަން،" ސާންތީ ބުންޏެވެ.

ކުރިން ގައުމީ ޓީމުގެ އެސިސްޓަންޓަކަށް މަސައްކަތްކުރި ސާންތީ ބުނީ ކޯޗުން ބަދަލުކުރަން ކްލަބްތަކަށް މަޖުބޫރުވަނީ ނަތީޖާ ނުނެރެވުމުން ކަމަށް ވެސް ގަބޫލުކުރަން ޖެހޭ ކަމަށެވެ. އެކަމަކު ބައެއް ފަހަރު ކޯޗުން ބަދަލުވާއިރު ކަންތައްތައް ނިމިގެންދާ ގޮތުން ދިވެހި ކޯޗުންނަށް މި ދިމާވާ މައްސަލަ ދެނެގަތުން ވެސް އެއީ ފުޓްބޯޅައިގެ މުސްތަގުބަލަށް މުހިއްމު ކަމެއް ކަން ސާންތީ ފާހަގަކުރި އެވެ.

"ފުޓްބޯޅައިގައި މި ކަހަލަ ކަންތައްތައް ވަންޏާ ކޮންމެވެސް ބަޔަކު ދުރަށް ވެސް ގޮސްފާނެ. (ކޯޗުން) އެއްކޮށްލެވޭނެ ގޮތަކަށް މަސައްކަތްކުރަންޖެހޭ. ކޮންމެ ގޮތެއް ވިޔަސް ފުރަތަމަ ޑިވިޝަނުގައި އަށް ކޯޗުންނަށް ފުރުސަތު މި އޮތީ. އެއީ އަށް ޓީމު މި އޮތީ ވެސް. ދެން ތިބި މީހުން ވެސް މީގެ ތެރޭގައި ބައިތިއްބާނީ ކިހިނެއްތޯ އެކަންތައްތައް ކުރަންވީ،" ސާންތީ ބުންޏެވެ.

މި ފަހަރުގެ ސީޒަނަކީ ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ގިނަ ކޯޗުން ބަދަލުވި ފަހަރެވެ. އެހާ ކައިރި ކައިރީގައި ޓީމުތަކުން ސީޒަންގެ ކުރީކޮޅުގައި ކޯޗުން ބަދަލުކުރުމަކީ ފުޓްބޯޅައިގެ ކުރިމަގަށް ރަނގަޅު ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. މި ގޮތަށް ދިމާވި ސަބަބުތައް ދެނެގަނެ ދިވެހި ކޯޗުންނަށް ހުރި ގޮންޖެހުންތަކަށް ރަނގަޅު ހައްލެއް ހޯދުމަކީ ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގަށް މުހިއްުމު ކަމެކެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮނަރަބްލް އަފީފު ދީދީ

06 February 2021

އަލީ ސްޒޭން ގެ އިތުރުން އިޙްސާން އަބުދުލް ޤަނީ އާއި މުހައްމަދު އާދަމް އަކީ ފުޓްބޯޅައިގެހިންގުމަށް "ޒަމާނީ ބަދަލުގެންނާން" ބާރު އެޅިބައެއް. # ތިކަމަށްހައްލުގެނެސް ފުޓްބޯޅައިގެހާލަތުބަދަލުކޮށް ޒަމާނާއިގުޅޭގޮތަށް ހިންގުންބަދަލުކޮށްގެން. އެކާންކުރުމަށް ރާއްޖެ ލާމަރުކަޒުކުރުމަށްޓަކާ ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން(މާލެ ހިމަނައި)ދާލަށް ސެންޓްރަލް، އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާރން ކަމުގައިކަޑައަޅާ 3 ޒޯނަކަށް ހޯމްއަވޭ ތައާރަފު ކުރައްވާ.

The name is already taken The name is available. Register?

ބެލެނިވެރިން

06 February 2021

ރަނގަޅު ވަހަކައެއް ސާންތި ތިބުނީ ، މީގަ ބާސްކެޓައް ބަލަންޔާ ދިވެހި ކޯޗުން މިތިބެނީ އާމު ގޮތެއްގަ ، ދެން ނަތީޖާ ނުރެވުނީމަ ހިޔާލު ހީދަނޯ ސުޕުން ކާރި އެއިރެއްގަ ސުޕުން ކާރި އުޅޭ ކޯޗަކު ލާން ސުޕުން މިބުނަނީ ، ސުވާލަކީ ސުޕުން އައް 20 އަހަރު ވެގެން ދިޔަ އިރުގަ ވެސް ލަންކާ ބަލި ކުރެވުނީ ކޮބާ ތޯ މީގެ ވެސް ހައްލަކީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454