ބ. އަތޮޅުގައި އެކަހެރިކޮށް އޮންނަ ގޮއިފުޅަފެހެންދޫ، މި ތިން ރަށް ގުޅައިލެވޭހާ ފައިސާ ބަނދަރުތަކަށް ހަރަދުވެފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވިދާޅުވި.
28 ފެބުރުއަރީ 2021 - 09:41
ބ. އަތޮޅުގެ އެހެން ރަށްތަކާ ދުރުގައި އެއް ފަޅެއްގެ ތެރޭގައި އޮންނަ ގޮއިދު އާއި ފުޅަދޫ އަދި ފެހެންދޫ ކޯޒްވޭއަކުން ގުޅައިލެވޭހާ ފައިސާ އެ ތިން ރަށުގެ ބަނދަރަށް މިހާތަނަށް ޚަރަދު ކޮށްފައިވާ ކަަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
އަންނަ އޭޕްރީލް 10 ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕޭނުގައި އޮންލައިންކޮށް ކުރިއަށް ގެންދާ "ރަށްވެހި ފަތިސް" ޖަލްސާތަކުގެ ސިލްސިލާގެ ތެރެއިން ބ. އަތޮޅަށް ހާއްސަ ކޮށްގެން ބޭއްވި ޖަލްސާގައި ގޮއިދު އާއި ފުޅަދު އާއި ފެހެންދޫ ގުޅުވައިލުމުގެ ސުވާލު ކުރިމަތިކުރެއްވީ ފެހެންދޫ ކައުންސިލްގެ ރައީސްކަމަށް، އެ ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު މޫސާ ނަސީމެވެ.
އޭޭނާ ވިދާޅުވީ، 2008 އިން ފެށިގެން ފެހެންދޫ ސްކޫލު ހުރީ ބަންދުކޮށްފައި ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށްޓަކައި އެ ރަށް ގޮއިދުއާ ގުޅާލައި، ފެހެންދޫ ދަރިވަރުންނަށް އެއްގަމު މަގުން ސްކޫލަށް ދެވޭނެ ގޮތެއް ހައްދަވައި ދެއްވަން ރައީސަށްް ދަންނަވާފައި ވާނެ ކަމަށެވެ. އެކަން ކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވާ ކަމަށް މޫސާ ވިދާޅުވި އެވެ.
"ރައީސް އެކަމަށް އިޖާބަދެއްވާފައި އޮތީ. ދެން އެކަން ކުރިއަށް ނުގޮސް ލަސްްވާތީ އެކަމުގެ ކަންބޮޑުވުން އެބައޮތް،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ "ރަށްވެެހި ފަތިސް" ޖަލްސާއެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ބައިވެރިވެވަޑައިގަންނަވަނީ.
ފެހެންދޫ ކެންޑިޑޭޓަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ކޯޒުވޭ ހެދުމާ ބެހޭ ގޮތުން އެ މަނިކުފާނު ވެސް ވާހަކަފުޅު ދައްކަވާފައިވާނެ ކަމަށާއި ނަމަވެސް އެކަމާ ދޭތެރޭ ސަރުކާރުން އަލުން ވިސްނަން ޖެހޭ ކަމަށެވެ. އެއީ ތިން ރަށުގައި ވެސް މިހާރު ތިން ބަނދަރު ހެދިފައި ވާތީ އެވެ.
ރައީސް ވިދާޅުވިގޮތުގައި ތިން ރަށުގެ ބަނދަރަށް ބޮޑު ހޭދަައެއް ސަރުކާރުން ކޮށްފައި ވަނީ އެ ތިން ރަށް ގުޅުވާލައި އެއް ބަނދަރު ހެދުމުގެ ވިސްނުން ވެސް އޮއްވަ އެވެ.
"އެހެންވީމާ މިއާ ދެތޭރައި ރައްޔިތުންނާ އަލުން މަޝްވަރާކޮށްފައި ގޮތެއް ނިންްމަން ޖެހޭނީ. އެއީ މި ހުރިހާ ކަމެއް ކޮށްފައި އަނެއްކާ ގުޅައިލަންވީތޯ، ގުޅީމާ އެދާ ހަރަދު އެއީ ރަނގަޅު ހަރަދަކަށް ވާނެތޯ. މިހާރު ބަނދަރު ހެދުމަށް ވެސް ގާތްގަނޑަކަށް 90 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހަރަދުވެފައި،" އެ މަނިކުފާނު ވިދާޅުވި އެވެ. "އެހެންވީމާ އެ [ފައިސާ] އެހެން ގޮތަކަށް [ހަރަދު]ކުރެވުނު ނަމަ މިކަން ނުކޮށް."
އެކަމަކު، ރައީސް ވިދާޅުވިގޮތުގައި އެކަމަށްޓަކައި މިހާރު ވެސް ކޮށްފައި ވަނީ ބޭނުންތެރި މަސައްކަތްތަކެކެވެ.
ގޮއިފުޅަފެހެންދޫގެ ތިން ރަށުގެ ތެރެއިން ބޮޑު ރަށަކީ ގޮއިދު އެވެ. އެ ރަށާ ޖެހިގެން އޮންނަ ފެހެދޫގައި ތިބި މަދު ދަރިވަރުން ފަޅުތެރެއިން ދަތުރެއް ކޮށްފައި ދަނީ ގޮއިދޫ ސްކޫލަށެވެ. ތިލަ ފަޅެއްގެ ތެރޭގައި ގާތްގާތުގައި ފަސޭހައިން ގުޅުވައިލެވެން އޮތް އެ ތިން ރަށަށް ވެސް ސަރުކާރުން ވަނީ ވަކިވަކިން މަޝްރޫއުތައް ރާވައިފަ އެވެ. ފެހެންދޫގެ އިތުރުން ފުޅަދޫގައި ފެނާއި ނަރުދަމާ އަޅާނެ ބަޔަކު ހޯދަން މިހާރު ބީލަމަށް ލާފައިވާ ކަަމަށް ރައީސް ރޭ ވިދާޅުވި އެެވެ.
އެ މަނިކުފާނު ވިދާޅުވީ، ފެހެންދޫ ގައި ހިންގާ ޕީއެސްއައިޕީ މަޝްރޫއުތަކަށް މިދިޔަ އަަހަރު ވެސް 19 މިލިއަން ރުފިޔާ ސަރުކާރުން ޚަރަދުކުރި ކަމަށެވެ. ޖުމުލަ ގޮތެއްގައި ގޮއިފުޅަ ފެހެންދު އަށް ސަރުކާރުން ކޮށްފައިވާ ޚަރަދަށް ބަލައިލުމުން ފެންނާނީ ރައީސް ވިދާޅުވިގޮތުގައި އާބާދީ އަށް ބަލައިގެން މި ސަރުކާރުން ތަފާތު ނުކުރާނެ ކަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިމޮކްރަސީ
02 March 2021
ބބ ބ އަތޮޅުގަ ތަރައްޤީ ކުރަންވި ތަނަކީ ގޮއި ފުޅަ ފެހެންދޫ އެއީ ބޮޑު އާބާދީ އަކަށް ޤުދްރަތީ ގޮތުންްް ފައްކާވެފަ އޮތްް ތަނެއް އެއްވެސް ށސަރުކާރަކުން އަޅާނުލާ އޮންނަތނެއް ވެރިކަމަށް އަންނަ މީހުންގެ ވިސްނުން މިހުންނަނީ ދުރުވިސްނުމަށްވުރެ ވޯޓް ކޮޅެއް ކަހާލައިގެން ވެރިކަމުގަ ބައްދައިގެން ތިބެވޭނެގޮތެއް މިސާލަކަށް ގޮއި ފުޅަ ފެހެންދު އެބޮޑު ސަރަހއްދު އޮށްވާ ތުޅާދޫގަ އެއަރޕޯޓެއް އަޅާނެތަަަ
ގޫބައްޑާ
01 March 2021
އައްޑޫ ފިލިޕީނޯ ބްރިޖް ފެނި އާޝޯޚުވެ އެންމެން ކުޅު ދިޔައިވެގެން ދަހިވެތިވެގެން މިތިބަ އުޅެނީ. ނުވާނެ ތިކަމެއް. އައްޑޫގަ ބްރިޖް އަޅާފަ އުދުހޭބރޭލު އަޅާފަ ކަންނެލި ސަބްވޭ އަޅާފަ އެހެން ކަމެއްވާނީ. ހހހހހ މަހުވައި މަ އިހައިއިހައި ރޫޅިއޭހެއް.
އުދުހޭ
28 February 2021
ކަރަށް ބާރުލާފައި އެއްފަސްކުރުމޭ ގޮވާފައި އަމަލު އެއާ ދިމާ އިދިކޮޅުވީމާވެސް ހަޔާތެއް އަގަލެއްނެތި ރައްޔިތުން ކުރިމައްޗަށް ކިނުންނަން ކެރޭ ބައެއް އެބައުޅޭ.
ނަމަނަމަފަތިސް
28 February 2021
އެކޮން ކުރިންވެފަހުރި ކަންކަމަށް ނަމަނަމަ ނުކިޔާ، ފިނިޝްނުކޮށް ދެވޭނެކަމަށް ތިބުނާ 2ކޮޓަރީގެ ފްލެޓުތަކަށް ރައްޔިތުމީހާއަށް މަހަކު ދައްޖަންޖެގޭވަރު ބުނެބަލާ. ޔާންޓޭ އާ މުއިއްޒު 3 ކޮޓަރި ފިނިޝްކޮށްފަދިނީ 7000.
އިސްލާހު
28 February 2021
"ރައީސް ވިދާޅުވިގޮތުގައި ތިން ރަށުގެ ބަނދަރަށް ބޮޑު ހޭދަައެއް ސަރުކާރުން ކޮށްފައި ވަނީ އެ ތިން ރަށް ގުޅުވާލައި އެއް ބަނދަރު ހެދުމުގެ ވިސްނުން ވެސް އޮއްވަ އެވެ." މީހަކު ސުވާލެއް ކުރީމާ މިހާރު ތިޔަ ކޮސް ގޮވަނީ ނޫން ހެއްޔެވެ؟؟؟؟؟؟؟ ރައްޔިތުންގެ ވިސްނުން ހުރިގޮތް ބަލަންވީ ކުރާނެކަމެއް ކުރާނެ ގޮތަކަށް ކޮއް ނިންމާފައި ހެއްޔެވެ؟؟؟؟؟؟
ފަހުދު
28 February 2021
އިންތިޚާބެއް ބޯމަތިވުމުން ނިދިން ޙޭލެވިއްޖެ. އިންތިޚާބު ނިމިމުން ޢަލުން ނިދޭނެ
ބަރުބާދު
28 February 2021
ތީގެންވެސް އިގެނީ މިސަރުކާރުގެ ގަޅިކަން، ނުވަތަ ކޮރަޕްސަން އަވަލާފައޮތް ބޮޑުކަން، އެއްރަށުގަ ބަނދަރުހަދާފަ 3 ރައް ގުޅާލިނަމަ ހުރިހަގޮތަކުންވެސް ރަނގަޅުވީސް.
އަޅުކަންތަ
28 February 2021
ކޮވިޑުން ސަލާމަތްވެވޭހާ ފައިސާގެ ދެގުނަ ކޮވިޑަށް ހަރަދުކޮށްފި އަދިވެސް ނުހުއްޓޭ. ވެންޓިލޭޓަރު ނުލިބޭ. ކަފަބުރު ގަންނެގެންވެސް ވައްކަން
އެއްފަސް
28 February 2021
ކޮންމެ އަތޮޅެއްގަވެސް ބޮޑު އެއް ރަށަށް އެ އަތޮޅު އެންމެން ބަދަލުކުރަންވީ. 2،000 - 3،000 ގެ އާބާދީއަކީ ވަކި ރަށެއްގެ އާބާދީއެއް ނޫން! މާލޭގައިވެސް މި އުޅެނީ 100،000 އަށްވުރެ ގިނަ މީހުން! 50،000 އަށް ވުރެ ކުދި އާބާދީ ރަށްތައް ހުރެގެން ނުވާނެ އޭރުން މިހާ ގިނަ އެއަރޕޯޓް، ހޮސޕިޓަލް، ސްކޫލް، ފުލުސް އޮފިސް، ކޯޓު، ކައުންސިލް، ދަނޑު އޮންނާކަށް ނުޖެހޭނެ
ސަމޭދާން ބުނި ގަތޫރާ
28 February 2021
މީ ސީދާ ޗިޕު...... ޝިފާ މޭޔަރަށްވީފަހުން ދެއްކީ މުޅިމާލެ ތާރުއަޅާވާހަކަ. ތާރުއެޅީމާ ބޮއްކުރާގަނޑެއްހެން މަގުމަތީގާ މިހާރު ދުއްވާންޖެހެނީ.