ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހައުސިން މިނިސްޓަރު އަސްލަމް މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: މަޖިލިސް
02 ޖޫން 2021 - 00:17
ރައްޔިތުންގެ މަޖިލީހުގެ އިދާރާ ގޮއްވާލާނެ ކަމަށް ބުނެ ފޭސްބުކްގައި ކޮމެންޓެއް ކުރި މީހާ ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 28 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެ އެވެ.
މަޖިލީހުގެ އިދާރާ ގޮއްވާލާނެ ކަމަށް ބުނެ މީހަކު ސޯޝަލް މީޑިއާގައި ކޮމެންޓް ކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނީ މިދިޔަ މަހު 18 ގަ އެވެ.
ފުލުހުން ބުނިގޮތުގައި ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ތަންތަނަށާއި މީހުންނަށް ގެއްލުން ދޭނެ ކަމަށް ބުނެ ސޯޝަލް މީޑއާ އާއި އަދިވެސް އެކި ގޮތްގޮތުންދޭ އިންޒާރުތައް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅާނެ އެވެ. މަޖިލީހުގެ އިދާރާ ގޮއްވާލާނެ ކަމުގެ އިންޒާރު މީހަކު ދިންއިރު، މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް، ބޮމުގެ ހަމަލާއެއް ވެސް ދީފައިވެ އެވެ. އެމަނިކުފާނު އަވަހާރަކޮށްލަން ދިން އެ ހަމަލާގައި ވަރަށް ބޮޑަށް ޒަހަމްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިއުޒިކީ ގޮނޑި
02 June 2021
ގޮނޑި ވިއްކާ ސޭލްއިން ގޮނޑިގަތް މީހުން ވަރަށް ބިރުގަނޭ އެމީހުން ގަތް ގޮނޑިތައް ބޭނުންކޮށްގެން އެއްވެސް ފައިދާއެއް ހުރި މަސައްކަތެއް ނުކާރާ ވާހަކަ ރައްޔިތުން ދައްކާތީ. މިހާރު ރާވަނީ އިންޑިޔާއިން ފަސްލައްކަ ދުލު ތަޅު ހައްދަން. އެންމެން ދޫ ތަޅުލާން ފާސްކުރީމާ “ދެން ތިޔަހެނެއް ނުކިޔޭނެ” އެހެން ނޫންތޯ؟
ޢިބޫ
02 June 2021
މިގައުމުގެ ތަންފީޒީ އިދާރާތަށް ތަންކޮޅެއް ފާސްޓްވާ އެބަޖެހޭ.
ބަނޑޭރި
02 June 2021
ހައްޔަރުކުރިލެއް ތަންކޮޅެއް ލަސްކަމަށްދެކެން. އެނީވޭސް އޯކޭ. ހަމަ ތިގޮތަށް ދީނަށް ފުރައްސާރަކުރާ މީހުންގެ މައްސަލަވެސް އިސްކަމެއް ދީގެން ބަލާނަމަ ތިޔަކަހަލަ ކަންކަން މަދުވާނެކަމަށް އަޅުގަނޑު ދެކެން. އަސްލަކީ އިސްލާމްދީނުގެ އަސްލުތަކާ ޚިލާފަށް ކަންކަންކުރާ މީހުންނަށް އެކަށީގެންވާ ފިޔަވަޅު ނޭޅި ލަސްވުމުން ރައްޔިތުމީހާ ބަސްބުނަނީ. ކޮންމެ ފަހަރަކު ތިޔަކަހަލަ އެއްޗެއް ބުނަނީ ހަރުކަށި ފިކުރުގެ މީހަކަށް ނުވެދާނެކަންވެސް ޤަބޫލުކުރަންޖެހޭ.
އާއއއއާ އާދަނު
02 June 2021
ދީނަސް ފުރަ އްސާރަ ކުރުމަކީ މަ އްސަލަ އެއ އް ކަމަށް މި އަދުގެ ސަރުކާރުން ނުދެކޭ. ދެން ކިހިނެ އް ފިޔަވަޅު އަޅާނީ.
ކޮތަރު
02 June 2021
ޢެކަން ކުރޭދޯ! ޙަމަ ޓެރަރިސްޓަކު ހައްޔަރު ކުރަައިރަށް ހިފާ ދަމަން އޮންނައެތިދޯއެއީ؟!
އެމްސް
02 June 2021
ޓެރަރިސްޓުން ދީނީ ތާކިހާ އަޅާ ފޮރުވިގެން އުޅެނީބާ؟
ޙަބީބު
02 June 2021
ފެބްރުރީ 8 2012 ގަ ރާއްޖޭގެ ކޯޓުތަކުގަ ފުލުހުންގެ ވެހިކަލުތަކާ ސަރުކާރު އޮފިސްތަކުގަ ހުޅުޖަހާ އަންދާލާ ހިންގި ޓެރެރިސްޓު ހަމަލާގެ އަޑީގަ ހުރި މަޖިލީހުގެ ރައިސް ހައްޔަރުކުރޭ ފުރަތަމަ ކަލޭމެން އަދުލުއިންސާފުގާއިމު ކުރަން ތިޔައުޅެނީ އެކޮޅުކޮޅުން ތިޔައީ ތިކަމުގެ ފަރުވާއެއްނޫން މަތިންފެށިގެން ހިފާ
ބުރޯސް
02 June 2021
ފެބްރުއަރީ 2012 ގައި ހުޅުޖެހި މީހުންނާއި އެއަށް ހިއްވަރު ދިން މީހުން ހިފާ ހައްޔަރު ކުރަން ވެއްޖެއާމުން މި ސަރުކާރެއް ނޯންނާނެ. ރައްޔިތުން ނުކުމެ ވެރިކަން ބަދަލު ކުރުމުން ގޯސް ހެދީ ހަމަ މިހާރު މިއޮތް ސަރުކާރުގެ އެކި ފަންތީގަ ތިބި މީހުންނާއި ސަޕޯޓަރުން. ރ.ޔާމީން ދައުރުގަ ދީނީ އެކި ފިކުރުގެ މީހުންނާއި ގުޅުން ބޭއްވި. އޭރު ޓެރަރިޒަމްގެ އަމަލު ހިންގީ އިދިކޮޅާއި ރ.ނަޝީދުގެ ފަނިކޮޅު(އޭރުގެ ނައިބު ރައީސް). އަނދިރި ދައުކަތަކީ ހަމަ ޕްރޮޮޕަގަންޑާއެއް.
އަރުތަ
02 June 2021
8 ފެބްރުއަރީ އަންނަނީ 7 ފެބްރުއަރީ ނިމިގެން ނޫންބާ! ނޫނީ 2012 ވަނައަހަރުގެ ފެބްރުއަރީމަހުގެ ހަތްވަނަ ދުވަހަކީ ކަލަންޑަރުގަ ނެތް ދުވަހަކަށް ހަދަނީތަ، އެވާހަކަވެސް ދައްކާފަ ދެން 8 ފެބްރުއަރީގެ ވާހަކަ ދެއްކީމަ ތިކިޔާ އެއްޗެއް ދިމާވާނީ، މެދުތެރޭން ފެށީމަ ކަމަކުނުދޭ.
ކަރުތަ
03 June 2021
އަރުތާ..7 ފެބްރުއަރީ އަންނަނީ އޭގެ އެތައް ދުވަހެއް ކުރިން ބަޔަކު އެދެމުން އައި އެދުމަކަށް ފަހު. އަދި އެ އެދުން އަންނަމުން ދިއައީ އޭގެ ކުރިން ގައުމުގެ ވެރިއާ ކުރި އަމަލަކަށް ފަހު. ބަލަން ކެރެންޏާ އެންމެ ކުރިން ކަންހިނގި ހިސާބުން ފެށިގެން ބަލާ. 7 ފެބްރުއަރީގެ ބަޣާވާތުގެ ވާހަކަ ދައްކާއިރު އެކަން އެހެންވާން އައި ސަބަބު ކިޔަން ނުކުރެނީ ހަގީގަތާ ކުރިމަތިލާން ނުކެރޭތީ.
ސަލީމު އިދުރީސް
02 June 2021
ގައުމު ހަފުގާނިސްތާނައްވެ ނިމިއްޖެ! އަޅުގަނޑުކައިރީގަ ހުނޅަގައް ހިޖުރަކޮއްގެން އުޅޭ އުމުރުން 17 އަރުގެ އަފުގާނިސްތާނުގެ ރެފިއުޖީ ކުއްޖަކުބުނީ އެގައުމުގަ ދެކިލޯމީޓަރުވަރު ހިގާއިރު ވިއްސަކައް ފަހަރު ނަމާދު ކުރަންޖެހެޔޭ ސަބަބަކީ ކޮންމެ ކަންމައްޗެއްގަތިބޭ ހަރުކަރި ބައިގަނޑު އަހާނޭ ނަމާދު ކުރިންހޭ ކުރީމޭ ބުންޏަސް އެބައިގަނޑު ކުރިމަތީ ނަމާދު ކުރަން މަޖުބޫރު ކުރެޔޭ! މިގައުމުވެސް އެގޮތައްވާން ދެން ގިނަދުވަހެއްނެއް
އަލަކް
02 June 2021
އެހެންތަ ކަލެޔާދިމާވި،
ވިލަރެސްމާ
02 June 2021
ބަޔަކުބޭނުންވަނީ ތިހެން ކިޔުވަން. ބަޔަކަށް ދައްކަން ބޭނުންވަނީ އިސްލާމް ދީނާހުރެޔޭ. ހަޤީޤަތަކީ އަދި އެކަމުގެ އަސްލަކީވެސް ހަމަ އެބައިމީހުންގެ ގައްދާރުކަން
އަރުތަ
02 June 2021
ބުރޯސް، އަށް ތިފެނުނީ އެހެންވީމަ އަދި އެހެން ތަނެއްތާ، އަހަރުމެނަށް ފެނުނީ ފުލުހުންނާ ސިފައިން ނުކުމެ ބާރުގެ ބޭނުންކޮށް، ބަޣާވާތްކޮށްގެން ވެރިކަން ވައްޓާލިތަން، ދެން ކޮންމެ މީހަކަށްވެސް އެމީހަކަށް ފެނުނު ވާހަކައެއް ލިއެވޭނެ އަހުންވެސް މި ލިއުނުހެން ދެއްތޮ.
އަރުތަ
02 June 2021
ތިމީހެއްގެ ފޮޓޯވެސް އާއްމު ކުރީމަ އާއްމު ރައްޔިތު މީހާއަށް ތިމީހާއާ ދޭތެރޭ ވިސްނައިގެން އުޅެވޭނީ، އެހެންނޫނީ އުޅޭ ގޭގެ ދޮރުގަ ތިމީހާ އައިސް ޓަކިދިނަސް ވަކިކުރަން ނޭގޭނެ، ތިމީހާ މުޖުތަމަޢުއަށް ދޫނުވާނެ ކަމުގެ އެއްވެސް ޔަޤީން ކަމެއްނެތް ތީ ބިރުބޮޑުމީހެއް، އާއްމު ރައްޔިތު މީހާއަށްހުރި ބޮޑު ނުރައްކަލެއް.......
ލީގްވޮޗް
02 June 2021
މިހާރު ހުންނާނެ ރީތި އެއްޗެއް ވިސްނިފަ.ދޫ އަދި އަތުގެ އިނގިލިތައް ބޭނުންކުރާއިރު ހެޔޮ ގޮތުގަ ބޭނުންކުރަންޖެހޭ.
ޅޮސް19
02 June 2021
ނުހައްގުން މުދަލާއި ފައިސާގެ ދަހިވެތިކަމުގައި ނަފުސު އެއްލައިލާ ބަޔަކުވޭ...އެބައި މީހުންނަކީ ދިރިއުޅުމުގައި ކުރާނެ މާމުހިއްމު ކަމެއް ނެތިގެން މުސްލިމުންނާއި ފޮށެން ތިބޭ ބަޔެކެވެ. ފާފާޑުގެ ގުއިނުދޯރި ގާނޫނަކީ މޮޅު އެއްޗެއް ކަމުގައި ދައްކައި ބާރުވެރިން ކަމުގައި ހިތައްއަރައި ނިކަމެތިންނަށް ނަހައްޤުން އަނިޔާކޮށް ހަދައެވެ. މާތްﷲ ވަނީ އެބައިމީހުންނަކީ ދެނުނިޔެގައިވެސް ނާކާމިޔާބުވާނޭ ބަޔެއްކަން އަންގަވާފައެވެ.
ކަމާލު
02 June 2021
އެހެވެދޯ މިދުނިއޭގަ މާކު ސޮކަބާގު އެހާނާކާމިއާބީ
ނިއްޓޭ
02 June 2021
ވަރައް ރަގަޅު ނިންމުމެއް. ވަރައް ބޮޑައް ތާއީދު. ތަންތަން ގޮއްވަން މީހުން މަރަން ގޮވިގެން ނުވާނެ މިގައުމުގަ. ހުއްޓުވުނު ގޮތަކައް ހުއްޓުވަން ޖެހޭނެ.
އިބުރާހީމް:
02 June 2021
ކޮބާ ތަޅާނެކުދިންކޮޅޭއް ހޯދަންބުނި މީހުން. މީ ކޮންކަހަލަ އިންސާފެއް!!