ޔޫތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޔޫތު މިނިސްޓަރު އިރުތިޝާމް ވާހަކަދައްކަވަނީ: ޔޫތު އެވޯޑު ހަފުލާ ބާއްވާގޮތަށް ހަމަޖައްސާފައިވަނީ އަންނަ ބުދަ ދުވަހުގެރޭ.-- ފޮޓޯ: ޔޫތު މިނިސްޓްރީ
21 ނޮވެމްބަރ 2016 - 11:36
މޫސުމް ގޯސްވުމުގެ ސަބަބުން ކެންސަލް ކުރި ކަމަށް ޔޫތު މިނިސްޓްރީން ކުރިން ބުނި، ޔޫތު އެވޯޑް ހަފުލާ އަންނަ ބުދަދުވަހުގެ ރޭ ބާއްވާ ގޮތަށް އެ މިނިސްޓްރީން ނިންމައިފި އެވެ.
ރައީސް އަބްދުﷲ ޔާމީން ޝަރަފުވެރި ކޮށްދެއްވާ ގޮތަށް ހަމަޖެހިފައި އޮތް އެ އެވޯޑު ހަފުލާ ބާއްވާ ގޮތަށް ކުރިން ހަމަޖެއްސީ މިިދިޔަ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ. އެކަމަކު ހަފުލާއަށް ގިނަ ބަޔަކު ވާރޭގެ ތެރޭގައި ދަރުބާރުގެއަށް ވެސް ދިޔަ ފަހުން، އެންމެ ފަހު ވަގުތު ވަނީ ހަފުލާ ކެންސަލްކޮށްފަ އެވެ.
ޔޫތު މިނިސްޓްރީން ބުނީ ބުދަ ދުވަހުގެ ރޭ ބާއްވާ ހަފުލާ ވެސް ޝަރަފުވެރިކޮށްދެއްވާނީ ރައީސް ޔާމީން ކަމަށެވެ.
މި އަހަރުގެ ޒުވާނުންގެ އެވޯޑަށް 10 ދާއިރާއަކުން 40 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާ ކަމަށާއި މި ފަހަރުގެ އެވޯޑަށް ވަރަށް ރަނގަޅު ތަރުހީބެއް ލިބިފައިވާ ކަމަށް ޔޫތު މިނިސްޓްރީން ކުރިން ބުންޏެވެ.
ޒުވާނުންގެ އެވޯޑު ލިބޭ މީހުންނަށް އެވޯޑާއި ސެޓްފިކެޓާއި 25,000ރ. ގެ ފައިސާގެ އިނާމެއް ދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗޭންޖްމީ
21 November 2016
ކެންސަލް ކުރި ޒުވާނުންގެ ހަފްލާ ބުދަ ދުވަހު ލާރޖް ކޮށް ބާއްވާތީވެ އޭގެއިން މިދޭހަ ވަނީ ރާއްޖެ މިހާރު މިއުޅެނީ ލިޓިލް ސިންގަޕޯރ އަށް ބަދަލުވާން ކަން ވަރަށް އަވަހަށް. ޖެހޭ ފިނިވައިރޯޅި ވެސް އެވަނީ ލިޓިލް ސިންގަޕޯރ ސައިލެންޓް ޑްރީމް އުއްމީދު އާލާ ކޮށްފައެވެ. އަޑުއަހަންވީ ޖެހެމުންދާ ފިނި ވައިރޯޅި އެކިޔާ ލަވަ އަށް. ވައިރޯޅި ވެސް އެވަނީ ބަދަލުވެ ރާއްޖެ އަށް ފާގަތިކަމަށް މަރުހަބާ ކިޔާފައެވެ. މަމެން އެންމެންނަށް ދެން އެކުގައި އުޅެވޭ ގޮތް ވަނީ އެވެ. މުސްތަގްބަލް ވަނީ ޖެހޭ ފިނިވައިރޯޅީގައެވެ. ބަދަލުވަނީ ބަދަލުވަނީ ބަދަލުވަނީ ރާއްޖެ ލިޓިލް ސިންގަޕޯރ އަށް. ބަދަލުވަނީ ބަދަލުވަނީ އެވެ.