ޚަބަރު / އިންތިގާލީ އިންސާފުގެ އޮފީސް

އިންތިގާލީ އިންސާފުގެ މައްސަލަތައް ހުށަހަޅަން ހުޅުވާލައިފި

ޖޫން 8، 2021: އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން.-- ފޮޓޯ: އޮމްބަޑްސްޕާސަން އޮފީސް

އިންތިގާލީ އިންސާފުގެ މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ކިބައިން ނުވަތަ މަސައްކަތްކުރަމުން އަންނަ މީހެއްގެ ކިބައިން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކާ ގުޅޭ މައްސަލަތައް، މިއަދުން ފެށިގެން އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް އެ އޮފީހަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނު ފާސްކުރީ ރާއްޖޭގައި އެންމެ ފަހުން އޮތް ފަސް ވެރިކަމެއްގައި ދިވެހިންނަށް ލިބުނު އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގެ މަގުސަދުގަ އެވެ. މި އޮފީހަށް ހުށަހަޅާ ހުރިހާ މައްސަލަތައް ދެ އަހަރުގެ ތެރޭގައި ބަލައި ނިންމައި، އިންސާފު ހޯދައިދޭންޖެހެ އެވެ.

މައްސަލައެއް ހުށަހަޅަން ބޭނުންވާ ނަމަ، މައްސަލަ ހުށަހަޅާ ފޯމް އަދި ބަދަލު ހޯދުމަށް އެދޭ ނަމަ، ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް، އެ ފޯމްތަކުގައި ބަޔާންކޮށްފައިވާ މައުލޫމާތުތަކާ އެކު ފޮނުވަންޖެހޭނީ އިންތިގާލީ އިންސާފުގެ އޮފީހުގެ އީމެއިލް އެޑްރެސް ކަމަށްވާ [email protected] އަށެވެ. އަދި އެ އޮފީސް ހުޅުވިފައި ހުންނަ ވަގުތުތަކުގައި ކައުންޓަރަށް ވެސް ފޯމު ހުށަހެޅޭނެ އެވެ.

މައްސަލަ ހުށަހަޅާ ފޯމާއި ބަދަލު ހޯދުމަށް އެދި ހުށަހަޅާ ފޯމް އެ އޮފީހުގެ ވެބްސައިޓު www.otj.gov.mv އަދި އޮފީސް ހުޅުވިފައި ހުންނަ ގަޑިތަކުގައި އޮފީހުގެ ކައުންޓަރުން ލިބޭނެ އެވެ.

އިންތިގާލީ އިންސާފަށް މީހުން ހޭލުންތެރިކުރުވުމަށް އެ އޮފީހުން އަންނަނީ ޚާއްސަ ކެމްޕެއިނެއް ވެސް ފެށުމަށް ތައްޔާރުވަމުންނެވެ. އަދި މަސައްކަތް ރަނގަޅު އިންތިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށް ވެސް ތަފާތު ކަންކަން ވަނީ ރާވައިފަ އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނު މަޖިލީހަށް ފުރަތަމަ ހުށައެޅިއިރު އޮތީ 2012 އިން، 2018ގެ ނިޔަލަށް، ގާނޫނާ ހިލާފަށް މީހުންނާ ދެކޮޅަށް ހިންގާފައިވާ އަނިޔާތައް ބަލައި، އިންސާފު ހޯދައިދިނުމެވެ. އެކަމަކު އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިހުން ނޮވެމްބަރު 29، 2020ގައި ގާނޫނު ފާސްކުރީ އެއަށް ވުރެ މާ ފުޅާކޮށް، 65 އަހަރުގެ މުއްދަތެއް ހިމަނައިގެންނެވެ.

މިހާ ފުޅާކޮށް، ގާނޫނުން ފުރުސަތު ލިބުމުގެ މާނައަކީ، ފުރަތަމަ ރައީސް މުހައްމަދު އަމީނާއި ރައީސް އިބްރާހިމް ނާސިރާއި ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް މުހައްމަދު ނަޝީދާއި ރައީސް މުހައްމަދު ވަހީދު އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް، ނިޒާމީ ގޮތެއްގައި ރޭވިގެން، އިންސާނީ ހައްގުތައް ގެއްލޭ ގޮތަށް މީހަކަށް އަނިޔާއެއް ލިބިފައިވާ ނަމަ އެ އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގެ ޒިންމާ، އޮމްބަޑްސްމަނުންގެ ބޮލުގައި އެޅުމެވެ.

7 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖޖޖުހާބެ

13 June 2021

މިވަރު ބޭކާރު ބަޔަކަށް ލާރި ދެން އެޅި އޮފީހެއް ނުދެކެން

The name is already taken The name is available. Register?

ޖެކް

13 June 2021

އިއްޔެ މެންދުރު ހިނގި ކަންތައްތަކުގެ އިންސާފު ނުލިބިގެން އުޅޭއިރު އަންޒަމާނުގައި ހިނގި ކަންތައްތަކުގެ އިންސާފު ނެރޭނީ ކޮންތާކުން؟

The name is already taken The name is available. Register?

ާއުނިމާ

13 June 2021

2012، 7 ފެބުރުއަރީގެ ބަޤާވަާތް ބަލާ އެންމެ ފުރަތަމަވެސް! ތިޔަކަން ނުބަލާ ދެން ކުރާނެ އިތުރުކަމެއްނެތް! ބަޤާވާތް ކުރި މީހުނާއި، ބަޤާވާތްކުރަން ހިތްވަރު ދިން މީހުން އިންސާފުގެ ކުރިމައްޗަށް ނުގެނެސް މިޤައުމަށް ދުވަހަކުވެސް ހަމަޖެހުމެއް ނުލިބޭނެ!

The name is already taken The name is available. Register?

ބައިރޯ

13 June 2021

ތީކޮންވާހަކައެއް މިއުޅެނީ ބޮޑު ޙިޔާނާތުގެ އެކަކުވެސް ހައްޔަރު ނުކުރެވިގެން، މިހާރު އަނެއްކަން ތިފެށީ، ފޫނެއް ފާވަތް ފެން ފުރަނީ ދޯ.... މާތްކަލާކޯ ތިކަން ހުއްޓާލާ ވަންދޫ ކަޅުބެވެސް ނުވީކަން ނުކުރި!!!

The name is already taken The name is available. Register?

އިރު

13 June 2021

ގަވާއިދާ ޚިލާފަށް ޢަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލަ ހުށަހަޅައިފިން. ބަލައިދީ. އިންސާފު ހޯދައިދީ.

The name is already taken The name is available. Register?

މިވަރެއްނެތް

13 June 2021

މާޒީގަ އަޅާއިގެން އުޅޭބަޔަކަށް މުސްތަޤްބަލަކަށް މަންޒިލް މަޤްޞޫދަކަށް ވާޞިލެއް ނުވެވޭނެ. މާޒީން އިބްރަތް ހާޞިލުކޮށްގެން އެކަން ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅުތައް އަޅާއިގެން ކުރިއަށްދަނީ ދުރުވިސްނޭ ގައުމުތަކާއި ވެރިން. އިންތިގާލީ އިންސާފެކޭ ކިޔާއިގެން ގާތްމީހުންނާއި ރަހްމަތްތެރިންނަށް ބަދަލުދީ އެދޭބަދަލުގެ ބޮޑުބައެއް ސަރުކާރުގެ އިސްވެރިންގެ ޖީބަލަށްލާފަ އިސާހިތަކު ތި މުއައްސަސާވެސް އުވަލާނެ. އިބޫގެ ވެރިކަން ފެންނަނީ މަންޒިލެއްނެތި ލާހޫރޭގޮތަށް

The name is already taken The name is available. Register?

1828

13 June 2021

އެމްޑީޕީގެ ވެރިކަމުގައި އިންސާފް ލިބޭނީ ހަމައެކަނީ އެމްޑީޕީ މީހުންނަަށް. ޝަމާލު، އެމްސީ ހަމީދު، ޖިނާހު، ފައިރޫޝް، އަދުނާން، މުޙަައްމަދު ރިޔާޟް އަށް އިންސާފް ލިބުނު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454