މުގުރާފައި ހުރި ބިއްލޫރި: ވެލީގެ ބަދަލުގައި ސިމެންތި ގެށުމުގައި ބޭނުން ކުރަނީ މިހާރު ބިއްލޫރި ޕައުޑަރު-- ފޮޓޯ: ސޯނޫ ޝިވްދަސާނީ
18 ސެޕްޓެމްބަރ 2021 - 09:39
މީހުން އުޅޭ ރަށްތަކާއި ފަޅު ރަށްތަކުގެ ގޮނޑުދޮށްތަކުން ވެލި ނަގައިގެން އިމާރާތް ކުރުމުގެ ބަދަލުގައި މި ގޮތް ކިހިނެއް ވާނެ ހެއްޔެވެ؟ ރާއްޖެ އާއި ދުނިޔޭގެ ބައެއް ގައުމުތަކުގައި އެތައް ރިސޯޓެއް ހިންގާ ސޮނެވާގެ ރިސޯޓްތަކުގައި ވެލީގެ ބަދަލުގައި މިކަހަލަ ކަންކަމަށް ބޭނުންކުރަނީ ހިމުންކޮށް މުގުރާފައި ހުންނަ ބިއްލޫރި އެވެ.
ސޮނެވާގެ ސީއީއޯ އަދި އެ ރިސޯޓްގެ އެއް ހިއްސާދާރު ސޯނޫ ޝިވްދަސާނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މީހުންގެ ރިސޯޓްތަކުގައި ސިމެންތި ގެށުމުގަ އާއި ގާ އެޅުމުގައި މިހާރު ބޭނުން ކުރަނީ ބިއްލޫރި ކަމަށެވެ. އެހެންކަމުން އެހެން ތަނަކުން ވެލި ގެނައުމުގެ އެއްވެސް ބޭނުމެއް ނެތް ކަަމަށް އޭނާ ވިދާޅުވި އެވެ.
ސިމެންތި ގެށުމުގައި ބިއްލޫރި ބޭނުން ކުރުމަކީ ދުނިޔޭގައި އާ ކަމެއް ނޫނެވެ. ނަމަވެސް މިއީ ރާއްޖޭގައި މިގޮތަށް ބިއްލޫރި ބޭނުން ކުރަން ފެށި ފުރަތަމަ ފަހަރެވެ. ވެލީގެ ބަދަލުގައި ބިއްލޫރި ބޭނުން ކުރަން ފެށީ ގޮނޑުދޮށުންނާއި ފަޅުތަކުން ވެލި ނެގުމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުންނެވެ.
All waste can have a purpose at Soneva: we grind old glass to use in our cement and building blocks, meaning we don’t have to import sand from elsewhere. #WastetoWealth pic.twitter.com/hLZtCfFN6n
— Sonu Shivdasani (@SonuShivdasani) September 17, 2021
ވެލީގެ ބަދަލުގައި ބިއްލޫރި ބޭނުން ކުރާ ކަމަށް ބުނެ ސޯނޫ ކުރި ޓްވީޓެއް--
ސިމެންތި ގަށާއިރު އަޅާ ބިއްލޫރި ހުންނަނީ ކަށިވެލި ހުންނަ ވަރަށް އެ މުގުރައިގެންނެވެ. ވެއްޔަކީ ވެސް ސިމެންތީގެ ބާރު ވަރުގަދަ ކުރުމަށް ބޭނުން ކުރާ އެއްޗެކެވެ. ދިރާސާތަކުން ދައްކަނީ ވެލީގެ ބަދަލުގައި ބިއްލޫރި ފުނޑުކޮށްގެން ބޭނުންކުރުމުން ވެސް އެ ބާރު ލިބޭ ކަމަށެވެ.
ސޮނެވާއިން މި ކަމަށް ބޭނުން ކުރަނީ އެ ކުންފުނީގެ ރިސޯޓުތަކުގައި ބޭނުންކޮށް އުލާކާ ބިއްލޫރި ފުޅިތަކެވެ. މިކަމަށް ހާއްސަ ވޯކްޝޮޕެއް ވެސް ސޮނެވާގެ ދަށުން ރާއްޖޭގައި ހިންގާ ސޮނެވާ ފުށީގައި ވަނީ ހަދައިފަ އެވެ.
ސޮނެވާ ފުށީގެ "އާޓް އެންޑް ގްލާސް ސްޓޫޑިއޯ" އަކީ ބިއްލޫރި ރިސައިކަލް ކުރުމަށް ހާއްސަކޮށްގެން ހުޅުވި ތަނެކެވެ. މި ތަނުގައި "ގްލާސް ބްލޯއިން" ނުވަތަ ބިއްލޫރިން ތަކެތި އުފެއްދުމުގެ ހިދުމަތް ދެ އެވެ. މިއީ އެ ރިސޯޓަށް ދާ ޓޫރިސްޓުންނަށް އެކްޓިވިޓީއެއްގެ ގޮތުގައި ކޮށްލެވޭނެ ކަމެކެވެ.
ސޮނެވާ އިން ބުނި ގޮތުގައި އެ ކުންފުނީގެ ރިސޯޓުތަކުން އުފައްދާ ކުނީގެ 90 ޕަސެންޓް އެ ކުންފުނިން ރީސައިކަލް ކުރެ އެވެ. އެގޮތުން، ދަނޑުވެރިކަން ކުރުމުގަ އާއި އުފެއްދުންތެރިކަމުގެ އެކި ކަންކަމުގައި އެ ތަކެތި ބޭނުންކޮށް އުޅެ އެވެ.
އެ ކުންފުނިން ވަނީ ދާދި ފަހުން ސޮނެވާ ފުށީގައި "މޭކާސް ޕްލޭސް"ގެ ނަމުގައި ވެސް ރީސައިކަލް ކުރުމަށް ހާއްސަ ސްޓޫޑިއޯއެއް ވެސް ހަދައިފަ އެވެ. އެ ތަނުގައި ތަކެތި ތައްޔާރު ކުރަނީ އެއްފަހަރު ބޭނުން ކުރުމަށް ފަހު އުކާލާ ޕްލާސްޓިކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާނުވާގައި
19 September 2021
ބިއްލޫރިއަކީ ކޮންތާކުން ނަގާ އެއްޗެއްތަ! މޮޔައިންނޭ. މިދުނިޔޭގައި ލެއްވިހައި އެއްޗެއް ލެއްވީ އެއްފަރާތަކުން. އެކި އެއްޗެހި އެކި ތަނުގައި ލެއްވީ ސަބަބަކަށްޓަކައި. އެއްވެސް އެއްޗެއް ހައްދުން ނެއްޓޭ މިންވަރަށް ބޭނުންކުރަން ފަށައިފިއްޔާ އެއީ ބިއްލޫރިކަމަށްވިޔަސް އަދި އެހެން އެއްޗެއް ކަމަށްވިޔަސް އެތަނެއް ހަލާކުވާނެ. ވެލިހުރި ތަނަކަށް ބިއްލޫރި ގެނެސް އިމާރާތް ކުރަން ފެށީމާ، ވެއްޔަށް އަންނާނެ ބަދަލު އެނގޭބާ!
ދޯބުރި
19 September 2021
ކަލޭ މާމޮޅީ. މީ ބިއްލޫރިވޭސްޓް. ރިޒޯރޓްތަކުގަ ބޭނުންކޮށްފަހުންނަ ބިއްލޫރި ވޭސްޓް. މީއާކަމެއްނޫން އެތައް ބަޔަކު ރިސާރޗްކޮށްގެން ކުރާ ކަމެއް.
ރުސްތުމް
18 September 2021
ވަރަށް ފޭކް ގްރޫޕެއް. ވެލިން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިމުނީމަ ބިއްލޫރި ބޭނުން ކުރާ ކަމަށް ހަދައިގެން މެޑެލް ޖަހަން.
މޫމިން
18 September 2021
ސޮނެވާއަކީ ރީސައިކަލް ކުރުމަށް ސަމާލުކަން ދޭ ބައެއް. އެކަމަކު އެކަމުގެ ބޮޑުބައި އޮންނަނީ ދެއްކުންތެރިކަމަށް. އެތަނުގަ ހުންނަ ގްލާސް ބްލޯ ކުރާ ތަނަކީ ކޮންމެހެން ހުރިހާ ބިއްލޫރިއެއް ރީސައިކަލްކޮށް އެއްވެސް އިތުރު ބިއްލޫރިއެއް ރިސޯޓަށް ނުގެންނަން ކުރާ ކަމަކަށްވުރެ ބޮޑަށް އެކަމަކީ ޓުއަރިސްޓުންނަށް އޮންނަ ޑިސްޕްލޭ އެކްޓިވިޓީއެއް،
ވަހީދު
18 September 2021
އަޅުގަނޑަށް ހީވަނީ މިވަރުގެ ކުޑަ ދައްކައި ލުމަކުންވެސް ސޯނޫ ބޭރުން ބޮޑު އަދަކަށް ޕްރޮޖެކްޓަށް ފައިސާ ހޯދައެވެ.
ވެލި
18 September 2021
ވ. ރަންގަޅު!
ބައިރޯ
18 September 2021
ތިމަސައްކަތް ކުރާ އިރު ނޭފަތާއި ލޯ ވަރައް ރަންގަޅަ ބަންދު ކުރަންވާނެ
ރަގަ
18 September 2021
ބިއްލޫރި ހަދަނީ ވެލިން
ބަގަ
19 September 2021
ރާއްޖޭ ގޮނޑުދޮށުން ނަގާ ވެލިންތަ؟
އަލިވަ
18 September 2021
ބިއްލޫރިބޭނުންކުރުމަކީ ވަރައްބޮޑުގޯހެއް ޔޫރަޕުގެބައެއްޤައުމުތަކުގައި ވޭސްޓުބިއްލޫރި ފުއްތަކަކީ އެކިތަން ތަނައް އުކާއެއްޗެކެވެ.ރާއްޖޭގެމާހައުލާނުގުޅޭ އެއްޗެއް ބޭނުންކުރުން ރަނގަޅެއްނޫނެވެ.
ފަށުވި
18 September 2021
ޗަރުކޭސް ދައްކައިގެން, އުޅޭ މީހެއް
މުޑަހަންޖާ
18 September 2021
މިހުންނަނީ ދެކޮޅުނުޖެހޭ ޕުރޮޕެގެންޑާ.. 10 ފޫޓު ކޮޓަރިއެއް ރާނާލަން އެކަނިވެސް ހައެއްކަ ލޮރީގެ ވެލި ބޭނުންވޭ، އެވަރަށް ބިއްލޫރި ބޭނުންކުރާނެތަ ތިތާނގަ މި ކޮވިޑުތެރޭ. އެހެންވީމަ ވެލި އިންޕޯޓުނުކުރަންޏާ ތިޔަށް އަޅަނީ އަތިރިމަތިން ވެލިނަގައިގެންތޯ ބަލަން ތަހުގީގެއް ހިންގަންޖެހޭ.
ނޯރމަލް ހަނދި
19 September 2021
ރިޒޯރޓަކަށް ދުވަހަކުވެސް ނުދާމީހަކަށް ނޭންގޭނެދޯ ރިޒޯރޓެއްގަ ބިއްލޫރި ފުޅި ބޭނުންކުރާ މިންވަރެއް. ދުނިޔެވީ އިލްމެއްނެތިއްޔާ ވާހަކަ ނުދެއްކުން ބުއްދިވެރި.
ނޭނގޭ މީހާ
18 September 2021
ބިއްލޫރި އަސްލު ހަދަނީ ކޮންއެއްޗަކުން ތޯ ބުނެދީބަލަ
ހުސެނންް
18 September 2021
ބިއްލޫރި ހަދަނީ ވެލިން ހަމަ
އިނގޭމީހާ
19 September 2021
ވެލިން. އެކަމަކު ރާއްޖޭ ގޮނޑުދޮށުން ނަގާވެލިންނެއްނޫން.