މުނިފޫހިފިލުވުން / ބޮލީވުޑް

ދަރިފުޅު ޑްރަގް މައްސަލައެއްގައި ބެދިފައިވާތީ ބައިޖޫ އިން ޝާހްރުކްގެ އެއްބަސްވުން އުވައިލަފާނެ!

ބައިޖޫގެ ބްރޭންޑް އެމްބަސެޑަރެއްގެ ގޮތުގައި ޝާހްރުކަށް އަހަރަކު 3-4 ކްރޯޑް ރުޕީސް ލިބޭ

11 އޮކްޓޯބަރ 2021 - 07:18

އިންޑިއާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ބައިޖޫގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތްކުރާ ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާނާ އެކު ހަދާފައިވާ އިޝްތިހާރުތައް ދެން ދެއްކުމާ ގުޅޭ ގޮތުން އެ ކުންފުނިން މިހާރު ދެވަނަ ވިސްނުމަކަށް ދާން ނިންމައިފި އެވެ.

އެ ކުންފުނީގެ އޮފިޝަލުންތަކަކާ ހަވާލާދީ ނޫސްތަކުން ބުނީ ޝާހްރުކްގެ ދޮށީ ދަރިފުޅު އަރިއަން ޚާން މަސްތުވާތަކެތީގެ މައްސަލައެއްގައި މިދިޔަ ހަފުތާގައި ހައްޔަރު ކޮށްފައި ވާތީ، މިފަދަ ދަނޑިވަޅެއްގައި ޝާހްރުކް ހިމަނައިގެން އިޝްތިހާރުތައް ގެނެސްދޭ ނަމަ ކުންފުނީގެ ވިޔަފާރި އަށް ވެސް އަސަރު ކޮށްފާނެ ކަމަށެވެ.

އެގޮތުން ދާދި ފަހުން ޝާހްރުކާ އެކު ދައްކަން ފެށި ބައިޖޫގެ އިޝްތިހާރުތަކެއް ވެސް މިދިޔަ ހަފުތާގައި ވެސް ދެއްކުން މެދުކަނޑާލާފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.

ބައިޖޫގެ ވަރަށް ގިނަ އިޝްތިހާރުތަކުގައި ޝާހްރުކް މަސައްކަތްކުރަނީ ކުޑަކުދިންގެ ތައުލީމަށް އޮންލައިންކޮށް ބައިޖޫން ހުރި ފުރުސަތުތައް ހާމަކޮށްދޭށެވެ.

މީގެ އިތުރުން ބައިޖޫގެ އެހެން ބައެއް ވިޔަފާރިތައް ވެސް އޭނާ އެންޑޯޒް ކޮށްދެ އެވެ. އަދި މިހާރު ކުރިއަށްދާ އިންޑިއަން ޕްރީމިއާ ލީފް (އައީޕީއެލް) ގެ ޕްރޮމޯޝަނަލް މެޓީރިއަލްތައް ވެސް ބައިޖޫން ވެސް ހިއްސާވާ ގޮތަށް ޝާހްރުކާ އެކީ ގެނެސްދީފައި ވާތީ އޭގެ ސަބަބުން ވެސް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމުގެ ބިރު ބައިޖޫ އަށް އޮތް ކަމަށް އެ ކުންފުނިން ދެކޭ ކަމަށް ބުންޏެވެ.

އެހެންވެ ޝާހްރުކާ އެކީ ހަދާފައި އޮތް ބްރޭންޑް އެމްބެސެޑަރުންގެ އެއްބަަސްވުން ބައިޖޫ އިން ބާތިލު ކުރުމުގެ ފުރުސަތު ވެސް މި ދަނޑިވަޅުގައި އޮތް ކަމަށް މީޑިއާތަކުން ބުންޏެވެ. ސަބަބަކީ މިހާރު ވެސް ސޯޝަލް މީޑިއާގައި ބައެއް މީހުން ބައިޖޫ އަށް ޝާހްރުކްގެ އެއްބަސްވުން ބާތިލުކުރަން ޕްރެޝަރުކޮށް، ކުންފުންޏަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވަމުން ދިއުމެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ބައިޖޫން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.

ބޮލީވުޑްގެ ފިލްމީ ތަރިންގެ ތެރއިން ޝާހްރުކާ އެކި އިޝްތުހާރުތަކުން އެންމެ ބޮޑު އާމްދަނިއެއް ލިބޭ އެކެކެވެ. ރިޕޯޓްތައް ބުނާ ގޮތުން ބައިޖޫގެ އިޝްތިހާރުތަކުން އެކަނި ވެސް އޭނާ އަށް އަހަރަކު 3-4 ކްރޯޑް ރުޕީސް (399,300-532,400 ޑޮލަރު) ލިބެ އެވެ.

ޝާހްރުކް އެންޑޯޒްކޮށްދޭ ނުފޫޒު ގަދަ ބްރޭންޑްތަކުގެ ތެރޭގައި އައިސީއައިސީއައި ބޭންކާއި އެލްޖީ އާއި ރިލަޔަންސް ޖިއޯ އާއި ހުންޑޭ އަދި ދުބާއި ޓޫރިޒަމް ފަދަ އެތައް ބްރޭންޑެއް ހިމެނެ އެވެ.

ޒުވާން ދަރިފުޅު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރުމާ ގުޅިގެން ޝާހްރުކް ވަނީ ފިލްމީ މަސައްކަތްތައް ވެސް މަޑުޖައްސާލައިފަ އެވެ. އޭނާ އޮތީ ދެ ފިލްމެއްގެ މަސައްކަތް ފަށައިފަ އެވެ. އެއީ "ޕަތާން" އާއި "ލަޔަން" އެވެ.

0 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 11%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454