އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
16 އޮކްޓޯބަރ 2021 - 22:40
ރާއްޖޭގައި މިރޭ ނިމުނު އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ އިންޑިވިޖުއަލް ހުރިހާ އެވޯޑެއް، ޗެމްޕިއަން އިންޑިއާގެ އުމުރުން 37 އަހަރުގެ ސުނިލް ޗެތުރީ ހޯދައިފި އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ޗެތުރީ ވަނީ އިންޑިއާ ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދައިފަ އެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔާއަށް 10،000 ޑޮލަރުގެ ފައިސާގެ އިނާމު ލިބެ އެވެ.
އިންޑިއާގެ ކެޕްޓަން ވަނީ މުބާރާތުގައި ފަސް ލަނޑު ޖަހައި ރަން ބޫޓް ހޯދައިފަ އެވެ. އޭނާ ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ރާއްޖެ ކޮޅަށެވެ.
ނޭޕާލާ ދެކޮޅަށް އިންޑިއާ މިރޭ މޮޅުވި މެޗު ކާމިޔާބު ކުރީ 3-0 އިންނެވެ. މިރޭގެ މެޗުގައި އިންޑިއާގެ ފުރަތަމަ ލަނޑު ޖެހީ ވެސް ޗެތުރީ އެވެ. ސާފް ޗެމްޕިއަންޝިޕް އިންޑިއާއިން ކާމިޔާބު މިކުރީ އަށްވަނަ ފަހަރަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2021
17 October 2021
ކޯޗްބުނީ ޒިންމާ ނަގަމޯ ހުރިހާކަމެއް އެނިމުނީނު......
އަލިކޮ
17 October 2021
މިސަރަހައްދުގެ "ގޯޓް" އަކީ ދަގަނޑޭ ތޯ ޗެތުރީ ތޯ ކުރާ ބަހުސް މިނިމުނީ. ޗެތުރީ އަކީ މިސަރަހައްދުގެ ރަސްގެފާނު. އެކަމަކު ދަގަނޑޭ އަށް މިފަހަރު ނުކުޅެވުނީ ސުޒޭނަށް އޭނަ ރަނގަޅަށް ބޭނުން ކުރަން ނޭނގުނީމަ.
އަހުމަދު ބެ
17 October 2021
އިންޑިއާގެ ކެޕްޓަން ވަނީ މުބާރާތުގައި ފަސް ލަނޑު ޖަހައި ރަން ބޫޓް ހޯދައިފަ އެވެ. އޭނާ ޖެހި ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ރާއްޖެ ކޮޅަށެވެ. ތަންކޮޅެއް ބޮޑުވަރު ލޮލް
ސަފޯޓަރ
17 October 2021
އަހަރަމެން ގައުމްގަ ބޭންވި މުބާރާތެއްގަ ފައިނަލު ނުކުޅެ ކެޓްމަކީ ހިތާމަ ހުރިކަމެއް. ސަފޯޓަރުން ގެ އުއްމީދު ތައް ހާސިލު ކޮށް ނުދެވުނީތީ މާފަށް ވެސް އެދެށްޖެހޭ
ބީރު
17 October 2021
ކިތަްއް ފަހަރު ތަ؟
ޗެތްރީފޭން
17 October 2021
އަދިވެސް ދުވަހަކު ފުޓްބޯޅަ ނުކުޅޭ އިމާދު ލަތީފް ޗެތްތީއަށް ފާޑުކިޔާ ހަޖޫ ޖަހާނެ.. 37 އަހަރުގެ ޗްތްރީ ވޯލްޑް ރެކޯޑްތައް ހަދާގެން ރާއްޖެއިން އެދަނީ މުބާރަތުގެ ހުރިހާ އެވޯޑެއް ހިފާގެން..
ބޮބީ
17 October 2021
ފުޓްބޯޅައިގެ ތަންދޮރޮ ދަންނަ ކޯޗަކު ހުރިނަމަ އެދުވަހު އަހަރުންގެ ކީޕަރު މެޗަށް ފިޓްނުވެ ހުއްޓާ ނައަރުވާނެ. ޔަގީން. ބަދަލުކީޕަރު އަރުވާނީ. އޭނައަށް އެގޭނެ ފިޓްނުވެ ހުއްޓާ ކީޕަރު އެރުވީމަ ޑިފެންސް ކުޅުންތެރިން ކީޕަރަށް އިތުރު ސަމާލުކަމެއް ދޭންހަދައިގެން އެމީހުންގެ ފޯކަސްވެސް ގެއްލޭނީކަން. އެހެންނުންތަވީ. ގޯލާ އަމާޒުވި އެއްޗެއްވިއްޔާވަނީ.
ބައްޕީލެހެރީ
17 October 2021
ބައްސާމުއަށް މިހާރު ވިސްނޭނެކަންނޭގެ ދިވެހި ކޯޗުން ގޮވައިގެން މަރުވެފައި އޮތް ބޯވައެއްވެސް ނުނެގޭނެކަން. ދަނގަޑޭ ކިހިނެއް 36 ގައި މެއިން ސްޓަރައިކަރަކަށް ކުޅޭނީ އޭނައަކީ އާންމުކޮށް މެސީމެން ކުޅޭގޮތަށް ސައިޑަކުން ފުރީރޯލެއް ދިނީމާ ކުޅޭމީހެއް. އަމިއްގަ ގައުމުގަ ކުޅެ ތަށި ދިފާއުކުރަން ލިބުނު ފުރުސަތު ގެއްލުނީ ސީދާ ދިވެހި ކޯޗުންގެ ގަޅިކަމުން. ކުޅުންތެރިންގެ ފޯމަށް ނުބަލާ ސްކޮޑްނެގީމަ ވާނީއެހެން، ސުޒޭނު އަދިވެސް އިސްތިއުފާ ނުދޭތަ!!
ނަގިއްޔާ
16 October 2021
ވަކިވަކި ކުޅުންތެރިންގެ ބެސްޓް ނެރެން ދަންނަ ކޯޗެއް ހުރުމުގެ ބޭނުން އެފެނުނީ. ކުޅުވާނެ ސިސްޓަމެއްއޮތް. އަހަރުމެންގެ ކޯޗު މޮޅުވާހަކަދެއްކީ، ކުޅުންތެެރިންނަށް ހާދާނެ އެއްޗެއްނޭގެ، ގިނަފަހަރު ފަހަތުން ބޯޅަ ބާރަށް ފޮނުވާލަނީ، އެތީ ލިބޭނީ އިދިކޮޅު ކުޅުންތެރިއަކަށް. އަހަރުމެން ކޮޅަށް ލަނޑަކަށްފަހު ލަނޑެއްވަންއިރުވެސް ދެޖީބަށް އަށްޖަހާފަ ހުރިކޯޗު ހުރީ، ފިޓްުނޫން ކީޕަރެއް އަރުވައިގެން ފަހުމެޗު މުޅިން މިސްމެނޭޖުކުރީ، ޗޭންޖު ގެންނަނީ ހަގަޑިބައިވީމަ. ދެން؟!
ށަަަމަމަ
16 October 2021
މިކަން ވެސް މި ނިމުނީ. ޝަބެނަމް މަގުގަ ޕާކު ކުރެވޭނެ ދެން
ހެޔޮއެދޭ
16 October 2021
އެހުރިހައިޢިނާމެއް ޙައްޤު! ކެޕްޓަންގެ ޒިންމާ ފުރިހަމައަށް އަދާކޮށްފި! ސާބަސް!