ޚަބަރު / ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020

އިންތިޚާބު ފަސް ކުރަން ހުށަހެޅި މައްސަލަ ހައި ކޯޓުން ނަގައި ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ފަސް ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ން ހައި ކޯޓަށް ހުށަހެޅި މައްސަލަ ނެގުމަށް ފަހު، އެ މައްސަލަ ސުޕްރީމް ކޯޓަށް އިއްޔެ ހުށަހަޅައިފި އެވެ.

ގާނޫނު ބުނާގޮތުން، ހިނގާ ކައުންސިލްގެ ދައުރު ހަމަވުމުގެ މަސް ދުވަސް ކުރިން އާ ކައުންސިލަރުން އިންތިޚާބު ކުރަންޖެހެ އެވެ. އެހެންކަމުން އަންނަ މޭ މަހުގެ ތިން ވަނަ ދުވަހުގެ ކުރިން އިންތިޚާބުގެ ކަންކަން ނިންމަންޖެހެ އެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން އެ މުއްދަތުގައި އެކަން ނުކުރެވޭނެތީ، އީސީން މިދިޔަ އާދިއްތަ ދުވަހު ވަނީ އެ މައްސަލަ ހައި ކޯޓަށް ހުށަހަޅައިފަ އެވެ.

BREAKING: Council thakuge inthikhaabu fasskuran High court ah hushalhaifi

BREAKING: Council thakuge inthikhaabu fasskuran High court ah hushalhaifi

The most trusted news source in the Maldives

Mihaaru

އިންތިޚާބު ފަސް ކުރަން ހައި ކޯޓަށް ހުށަހެޅުން--

އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް، "މިހާރު" އަށް މިއަދު ވިދާޅުވީ، އެ މައްސަލަ ހައި ކޯޓުން ނެގުމަށް ފަހު، ސުޕްރީމް ކޯޓަށް ހުށަހެޅީ މައްސަލައިގެ ބާވަތުން ކަމަށެވެ. އެއީ، އާ ކައުންސިލެއް އިންތިޚާބު ނުކުރެވޭ ހާލަތެއްގައި ގައުމު ދުސްތޫރީ ހުސް ކަމަކަށް އަތުވެދާނެތީ، އެކަމުގައި ސުޕްރީމް ކޯޓުގެ ނިންމުމެއް މުހިންމު ވާތީ ކަމަށް އަކްރަމް ވިދާޅުވި އެވެ.

"ހައި ކޯޓުގެ ނިންމުމެއް އެޕީލް ކުރުމުގެ ފުރުސަތު ވެސް އެބައޮވޭ. މި ދަނޑިވަޅުގައި ވަގުތު ނެތުމުން ސުޕްރީމް ކޯޓުގެ ނިންމުމަކަށް އެދި މި ހުށަހެޅީ،" އަކްރަމް ވިދާޅުވި އެވެ.

ކުރިން އޮތް ގޮތުން އިންތިޚާބު ބޭއްވުމަށް ނިންމާފައި ވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ނަމަވެސް، ރާއްޖެ އިން ވެސް ކޮރޯނާވައިރަސް ޖެހިފައިވާ 13 މީހަކު ފެނި، ހާލަތު އިތުރަށް ގޯސްވެދާނެތީ، ސަރުކާރުން ވަރުގަދަ ފިޔަވަޅުތަކެއް އެޅުމާ ގުޅިގެން އިންތިޚާބު އަންނަ މަހުގެ 18 އަށް ފަސް ކުރީ އެވެ. ހައި ކޯޓުގެ ލަފަޔަކަށް އެދި ހުށަހެޅީ އެ މުއްދަތުގައި ވެސް އިންތިޚާބު ބޭއްވޭނެ ކަމުގެ ޔަގީންކަން އީސީ އަށް ނެތުމުންނެވެ.

އެއާ އެކު، ސުވާލު އުފެދިފައި ވަނީ އާ ކައުންސިލަރުން އިންތިޚާބު ނުކުރެވި ވަނިކޮށް، މިހާރު މި ހިނގާ ދައުރު ހަމަވުމުން ދެން ކަންތައް ވާނެ ގޮތަކާ މެދު އެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައިވާ ގޮތުގައި، އާ ކައުންސިލަރުން އިންތިޚާބު ނުކުރެވިއްޖެ ހާލަތެއްގައި އަމަލު ކުރާނެ ގޮތެއް ކަނޑައެޅުމަށް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކޯޓުގައިވާ މައްސަލަ އަށް ތަދައްހުލު ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުވެސް ކޯޓުގެ އަމުރަކުން ފަސް ކުރި އެވެ. އެފަހަރު ކޯޓުން އަމުރު ކުރީ އާ ކައުންސިލަރުން އިންތިޚާބު ވަންދެން އޭރު ހިނގަމުން ދިޔަ ކައުންސިލްތައް ދެމިއޮންނާނެ ކަމަށެވެ.

15 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 20%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނިންޖާ

18 March 2020

މީގައި ކޮހީ އަޅުގަނޑުމެން ރައްޔިތުންނޭ ބުނެވޭނީ.

The name is already taken The name is available. Register?

ބޮޑުމީހާ

17 March 2020

ކައުންސިލަރުންނަކީ އޭރަކު ހުންނަ ވެރިޔަކު އައްޔަންކުރާ މަގާމުތަކަށް ހެދީމަ ނިމުނީނުން. ދެން އާބާދީ އެއްފަސްކޮށްބަލަ 200 މީހުން ރަށެއްގަ ހަމަނުވިޔަާސް 5 ކައުންސިލަރުން ތިބެން އެބަޖެހޭ. އެންމެ ފަހުން އޮޑިޓް އޮފީހުން ހެދި ދިރާސާ ރިޕޯޓު ނުކިޔަނީ ބާ

The name is already taken The name is available. Register?

ރައްޔިތު މީހާ...

17 March 2020

އަޅެ ތިޔަހަރަދުކުރަންޖެހޭ ފައިސާއާއި ވަގުތު ސަލާ މަތްކުރަން ކިޔައްތަވާނީ އިންތިހާބްތައް ކެންސަލްކޮށްފަ ކުރިން އޮތްގޮތަށް ކަތީބުންގެ ވިސްނު މަށް ދިޔައިއްޔާ ނޫނީ ރަށުކޮ މިޓީއިން ހޮވާ މީހަކު ލީޑަރޝިޕަށް ލިއްޔާ މު ! ހަ މަ ގައިމުވެސް ކައުންސިލްތަށް އޮވެގެންވީ އެއްވެސް ފައިދާއެއް ނެތް.. އަދި ތިޔަބުނާ ދި މާކުރާތީ ނިޒާމުގެވެސް އެއްވެސް ބޭނުމެއް ނެތް !

The name is already taken The name is available. Register?

ކަޅުކަޅު ދޮނޭ

17 March 2020

އީސީ ސަރީފޫ ! ހަތް އައްތަވަޅިން ގާނަގާހެން ތިކުޅުއްވާ ގޭމު ހުއްޓާ ލައްވާ.. ގައުމު އިރާދަ ކުރެއްވީތީ ސޭފް.. މިހާރު އޮތް ތާރީހަށް އަދި މާރައްކާތެރި ވާނެ.. ޝަރީފަށާ އީސީ ޓިމަށް އަހަރެމެންގެ ފުރިހަމަ އިތުބާރު އެބައޮތް.. އަންނަ މަހު 18ގަ މިކަން ނިންމާލައްވާ.. މިވަގުތު އެއްމެ ރުފިޔާއަކީވެސް ގައުމަށް ބޮޑުއެއްޗެއް..

The name is already taken The name is available. Register?

ޞަވަނަ

17 March 2020

ޢޮހައިއޯ (ޔޫ އެސް އޭ) ގަވެސް މިއަދު ވޯޓެއް އޮއި. ކޯޓުން އެންގީ ފަސްކޮއްގެން ނުވާނެޔޭ.. ފަހުވަގުތާ ހެލްތު އޮފިސަރުން ވޯޓު ނެގުން ހުއްޓުވާލީ.. ބަޔެއް ހާލެއްތަކުގާ ސިއްހީ މާހިރުންގެ ނިން މުން އެއީ ފަހުގެ ނިން މުން...

The name is already taken The name is available. Register?

އިބްޝާ .

17 March 2020

ޢުޑާ ބިމާހާ ތަފާތު ..

The name is already taken The name is available. Register?

ފާމްދޭރި

17 March 2020

އިންތިޚާޞޫ ބޭއްވިޔަސް މީހުން މިހާބިރުވެރިކަމުގަ ތިބެ ވޯތްލާކަށްނުދާނެ.

The name is already taken The name is available. Register?

ގޯސްހީ

17 March 2020

މިހާ ބިރުވެރިކަމުގަވެސް ވޯޓްލާން ދާނެކަން ޔަގީންވާ ބައެއް މިގައުމުގައި އުޅޭ. އެމީހުން ވޯޓްލުމަށް އެ ދައްކާ ފޯރިއަކީ ހަމަ އަޖައިބެއްގެ އެއްޗެއް. އެންމެ ފަހު ސިކުންތާ ހަމައަށްވެސް ކެމްޕޭން ހުއްޓާނުލާ ކުރިއަށް ގެންދިއަ މީހުން އެއީ.

The name is already taken The name is available. Register?

ކޮރަލް

17 March 2020

ތަނެއް ދޮރެއް ނޭނގެއެ ވެ. ފުރަތަމަ ހައިޯޓް ދެން ސްޕްރިމް ކޯޓް ވައްދާނެ ކޯޓެއް ވެސް ނޭނގުނެވެ. އެކަމު ކޯޓައް ނުވައްދާ އިންތިހާބު ފަސް ވެސް ކޮށް ފިއެވެ.

The name is already taken The name is available. Register?

ފުނާ

17 March 2020

މީވަރުގަދަ ކަމެއް ތާ ، މި އިންތިހާބުވެސް ބަލަ ރައްޔިތުންގެ ފުރާނަޔާއި ސަލަމަތަށް ބަލާފަ އިންތިހާބު ފަސް ކޮއްލީމަ ނިމުނީ އެއްނު ، ކީއްކުރަން ހުރިހާ ތާކުތެޅިފޮޅެނީ ،

The name is already taken The name is available. Register?

ދަތްނެތްކުއްޖާ

17 March 2020

ބަލަ ޤާނޫނު އަސާސީ ބަދަލު ކޮއްގެންތޯ ވަހީދޭ ކިޔާ މީހަކު ވެރިކަމުގެ ދަޢުރު ހަމަވުމުންވެސް އިތުރު މުއްދަތަށް ވެރިކަމުގައި ހުރީ! ހަމަ ތިޔަ ބުނާ ކޯޓަކުން ކުރި ޙުކުމެއްގެ މަތިން ވެރިކަމުގަ ހުރީ.

The name is already taken The name is available. Register?

ދަތްހުރިކުއްޖާ

17 March 2020

އެގޮތް ކަމުނުގޮސްގެންނެއްނުންތަ ކޯޓްތައް އޯވަރހޯލްކޮށްފަ އެއޮތީ. ދެން މިހާރު ކުރިން ވީ ހެން ކަންކަން ނުވާނެ ގޮތަށް އެއޮތީ ހަދާފަ. އެކަމު ވަކި ޕާޓީއަކުން ބޭނުންވެއްޖެނަމަ ކުރިން ކުރި ގޮތްވެސް ހަމަ މުޅިން އޯކޭވާނެ.

The name is already taken The name is available. Register?

ބޫމާ

17 March 2020

2023ގެ ރިޔާސީ އިންތިހާބާ 2024ގެ މަޖިލިސް އިންތިހާބުއާ 2020ގެ ކައުންސިލް އިންތިހާބު މިހުރިހާއިތިހާބެއް 2023ގަ ބާއްވަންވީ ސްޕުރިން ކޯޓުން މިގޮތައް ނިންމާނެކަމައް އުންމީދުކުރަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454