މުސްލިމުންގެ މައްޗަށް ރޯދަ ފަރުޟު ކުރެއްވި އެންމެ މައިގަނޑު ބޭނުމަކީ ﷲ އަށް ތަގުވާރިކަން އިތުރުކޮށް ކެތްތެރިވުމެވެ.
އެހެންވެ، ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުކުރަނީ "ތަގުވާވެރި މަދަރުސާއެއް" ގެ ގޮތުގަ އެވެ.
"މިހާރު" އިން ކޮންމެ ރޯދަމަހެއްގައި ގެނެސްދޭ ދީނީ ސިލްސިލާ "ނޫރު" ގެ ދެވަނަ އެޕިސޯޑުގައި ޒުވާން ޝައިހު އާޒިމް ޚާލިދު މި ވިދާޅުވެދެއްވަނީ އެ ވާހަކަތަކެވެ.
އޭނާ ވިދާޅުވި ގޮތުގައި ތަގުވާވެރިކަމަކީ ﷲ އަމުރު ކުރެއްވި ކަންތައްތައް އަދާކޮށް، ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވުމަށް ކިޔާ ނަމެކެވެ.
މި ވީޑިއޯގައި ޝައިހު ވިދާޅުވީ، ތަގުވާވެރިކަން އެ މީހެއްގެ ހިތުގައި އުފެއްދިއްޖެ ނަމަ އެ މީހާގެ ގުނަވަންތަކުން އޭގެ އަލާމާތްތައް ފެންނާނެ ކަމަށެވެ. އަނެއް މީހާއާ މެދު ކުރާ މުއާމަލާތްތަކުން އެ ތަފާތު ފެންނާނެ އެވެ.