މި ދުއާ ކިއުންމަތީގައި ދެމިހުރެއްޖެ މީހަކަށް ހިތާމަ އާއި ހިތްދަތިކަން ނުޖައްސަވާނެ ކަމަށް ރަސޫލާ ހަދީސް ކުރައްވާފައިވެ އެވެ.
ބަރަކާތްތެރި ރަމަޟާން މަސް ނިމެން ކައިރިވެފައި ވިޔަސް މި މަހުގެ ތެރޭގައި އަޅުކަމަށް ދިން ސަމާލުކަން އެގޮތުގައި ދަމަހައްޓައި ދަސްކުރި ދުއާތަކާއި ޒިކުރުތައް ކުރުން މަތީގައި ދެމިތިބެން ޝައިހް އިބްރާހިމް ޒަކަރިއްޔާ މޫސާ ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.
އިމާންކަމުންގެ އަލިން ހިތް ފުރާލުމަށް މިއީ ތަކުރާރުކުރުން ރަނގަޅު ދުއާއެކެވެ.
މި ދުއާގެ ހުލާސާއަކީ ހިތްދަތިކަމާއި މުސީބާތްތަކުން ސަލާމަތްވުމަށް ގުރުއާނުން ހިތްވަރު ހޯދުމާއި އީމާންތެރިކަމުގެ ނޫރުން ހިތްތައް ފުރާލަން ﷲ އަށް ދެންނެވުމެވެ.