ރަސޫލާ އަރިހުގައި ބަދަވީންގެ މީހަކު ތަދުމަޑުކަމާއި ބަލިމަޑުކަމާއި ވޭނާއި މުސީބާތްތައް އޭނާ އާއި އާއިލާ އަށް ކުރިމަތިވެއްޖެ ކަމަށް ދެންނެވުމުން އުގަންނައި ދެއްވީ މި ކަލިމަތެކެވެ. ހެނދުނާއި ހަވީރު މި ޒިކުރު ކިޔަމުން ގެންދާ ނަމަ ކުރިމަތިވެފައިވާ ބަލިމަޑުކަމާއި ތަދުމަޑުކަމާއި ވޭނުން މިންޖުވެވޭނެ ކަމަށް ރަސޫލާ ހަދީސް ކުރެއްވި އެވެ.
އެ ކަލިމަތަކުގެ މާނައަކީ "ﷲ ގެ ހަޟްރަތުން މެނުވީ އެއްވެސް ހިމާޔަތެއް އަދި ބާރެއް ވެސް ލިބިގެން ނުވެ އެވެ. އަހުރެން ވަކީލުކުރާ ހުށީ މަރުވުމެއް ނުވާ، ދިރިދެމިވޮޑިގެންވާ އިލާހުގެ މައްޗަށެވެ. ހަމްދު ހުރީ ﷲ އަށެވެ. އެކަލާނގެއީ ދަރިކަލަކު ނުހިއްޕަވާ ރަސްކަލާނގެ އެވެ. އަދި ހަމްދު ހުރީ ﷲ އަށެވެ. ވެރިކަމުގައި އެކަނލާގެ އަށް އެއްވެސް ބައިވެރިއަކު ނުވެ އެވެ. އަދި ނިކަމެތިކަމުން ސަލާމަތް ކުރާނޭ ރައްކާތެރި ބަޔަކު އެކަލާނގެއަކަށް ނުމެވޭމެ އެވެ. އަދި ކަލޭގެފާނު ގިނަގިނައިން އެކަލާނގެ އަށް ތަކުބީރު ވިދާޅުވާށެވެ،" މިއެވެ.
މި ތަކުބީރު އެ ބަދަވީ މީހާ ކިޔުމުން އެ އޭނާގެ ކިބައިން ފަގީރުކަމާއި ތަދާއި ވޭނާއި ބަލިމަޑުކަން ފިލައިގެން ދިޔަކަން ރިވާޔަތުން ސާބިތުވެ އެވެ.