ރޯދަމަހުގެ އަޅުކަމުގެ އަސަރު މުޅި މީހާގެ ނަފުސުންނާއި އަހުލާގުން ފެންނަންޖެހެ އެވެ. ގޭތެރޭގެ މާހައުލުންނާއި ބާޒާރުމައްޗާއި މަގުމަތީގައި އުޅޭއިރު ވެސް އެ މަންޒަރު ފެންނަންޖެހެ އެވެ.
ޝައިހު އާޒިމް ޚާލިދު ވިދާޅުވީ، ރޯދައަށް ތިބެ އޮފީހަށް ގޮސް އަނެއް އަހާ އަށް ނިސްބަތްކޮށް، ބަދުބަސް ބުނެ، މަލާމާތްކޮށް، ޣީބަ ބުނެ ހެދުމަކީ މިސްކިތުގެ ހަތަރުފާރުތެރޭގައި ކުރި އަޅުކަންތަކާ މުޅިން ފުށުއަރާ ކަމެއް ކަމަށެވެ.
އެހެންވެ، ޝައިހު ހަނދާން ކޮށްދެއްވީ ރޯދައިގެ އަޅުކަމާ އެކު، އެ ކަންކަމުން ދުރުހެލިވުމަށެވެ.
"އެހެންވީމާ ގުރުއާނުގައި ވެސް ﷲ ސުބުހާނަހޫ ވަތައާލާ މި އަންގަވަނީ ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކު ކުރެވޭ އަޅުކަންތަކުގެ އަސަރު އެ މީހާގެ ބޭރުފުށަށް ފެންނަންޖެހޭ. އަޚުލާގަށް ފެންނަންޖެހޭ،" އޭނާ ވިދާޅުވި އެވެ.