ރިޕޯޓް / ދަރުމަވަންތަ ހޮސްޕިޓަލް

އެންމެ އުހުން ފެނުނު ހިތްގައިމުކަމާއި ކުރިއެރުން!

ދަރުމަވަންތަ ހޮސްޕިޓަލްގެ ފިޒިއޮތެރަޕީ ފްލޯގައި ހިމެނޭ ހައިޑްރޯ ތެރަޕީ ޕޫލް: މިއީވެސް ރާއްޖޭގައި އަލަށް ފަށާ ހިދުމަތެއް. ---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މުޅި ތަން އޮތީ އޮޕަރޭޝަންތަކަށް ޚާއްސަކޮށްފަ އެވެ. އެއް ފަރާތުގައި ހޭނައްތާ ކޮޓަރި އެވެ. އަނެއް ފަރާތުގައި، އޮޕަރޭޝަނަށް ފަހު ރަނގަޅު ވަންދެން ބާއްވާ ވޯޑެވެ. މެދުގައި ހުރީ ހަތަރު ތިއޭޓަރެވެ. އެންމެ ކުރިއަރާފައިވާ ހޮސްޕިޓަލުތަކުގައި ބޭނުންކުރާ މި ޒަމާނުގެ މެޝިނަރީޒެވެ. މިއީ، މާލޭގައި ހުރި ރާއްޖޭގެ އެންމެ އުސް އިމާރާތުގެ 12 ވަނަ ފްލޯ އެވެ.

މި ސަރަހައްދުގެ އެންމެ ކާމިޔާބު އޮޕަރޭޝަން ތިއޭޓަރަށް މިތަން ނުހެދޭނެ ހެއްޔެވެ؟ އައިޖީއެމްޗުގައި ތިބި ކުޅަދާނަ ޑޮކްޓަރުންނަށް މީގެ ކުރިން މަދުވީ ޖާގަ ތަނަވަސް މިފަދަ ތިއޭޓަރަކާއި ޒަމާނީ ވަސީލަތްތަކެވެ.

ހިތުގެ ބަލިތަކަށް ފަރުވާ ދޭ ކާޑިއޮލޮޖީ ފްލޯގައި ކެތު ލެބާ އެކު ހައިބްރިޑް އޮޕަރޭޝަން ތިއޭޓަރެކެވެ. ފިޒިއޮތެރަޕީ އަށް ޚާއްސަ ފްލޯގައި ތިން ޖިމާ އެކު ހައިޑްރޯ ތެރަޕީ އަށް ޚާއްސަ ޕޫލެކެވެ. ޑޮކްޓަރަށް ދެއްކުމާއި ފަރުވާ އަށް ވެސް ވަކި ސަރަހައްދެކެވެ. ޑޮކްޓަރަށް ދައްކަން މަޑުކޮށްލައިގެން ތިބެން ހަދާފައި ހުރި ތަންތަނުގައި ޖާގަ ތަނަވަހެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރެއް: އަންނަ މަހުގެ ފަހުކޮޅު މިތަން ބޭނުންކުރަން ފަށާނެ..---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އައިޖީއެމްއެޗުގެ ހުއްދަ ހޯދައިގެން "މިހާރު"ގެ ނޫސްވެރިން 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލަށް އެރިއިރު، ފެނުނީ ހިތްހަމަޖެހުން ލިބުނު މި މަންޒަރުތަކެވެ. އެންމެ ފަހުން މިތަނަށް އަހަރެމެން އައީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ. އޭރު ސިމެންތި އާއި ވަޔަރިންގެ މަސައްކަތް ވެސް ނުނިމެ އެވެ.

ރައްޔިތުން ބޭނުންވީ ކުރު މުއްދަތެއްގެ ތެރޭގައި ސިއްހީ ދާއިރާ އަށް އިންގިލާބެއް ގެނުވާނެ ބަދަލެކެވެ؛ އެކަމަށް 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލަކީ ޒަމާނީ ފަރުވާއެއް ކަން އެ އިމާރާތުގެ އެތެރެއަށް ވަދެލުމުން ސާފެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ 24 ވަނަ ފްލޯ: މި ފްލޯގައި ހިންގާނީ ރެސްޓޯރެންޓެއް. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ޒަމާނީ ބަދަލެއް، ހިތްފަސޭހަ!

ހަމަޖެއްސި ގަޑިއަށް، ދަރުމަވަންތަ ހޮސްޕިޓަލަށް އަހަރެމެން ނުކުތީ އައިޖީއެމްއެޗުގައި ހުންނަ އެސްޓީއޯގެ ބޭސް ފިހާރައާ ދިމާލުން އިމަޖެންސީ ގޭޓުންނެވެ.

"ހާދަ ތަފާތޭ، މިއީ ކޮން ތަނެއް؟"

އައިޖީއެމްއެޗުގައި ތޮއްޖެހިފައި ތިބި މީހުންގެ ތެރެއިން ބޭރަށް ނުކުމެ "މިހާރު"ގެ ފޮޓޯގްރާފަރު ހުސެއިން ވަހީދު ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލީ މި ސުވާލުންނެވެ. އޭރު އޭނާ އަށް ހުރެވުނީ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލުގެ ވީއައިޕީ ގޭޓު ކުރިމަތީގަ އެވެ. ހިނގާ މަގަކުން ދެ އިމާރާތް ވަނީ ގުޅުވާލައިފަ އެވެ.

ބޭއިޚްތިޔާރުގައި ހުސެއިނަށް އެހެން އެހުނީ އެވެ. ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރަން އެ ސަރަހައްދު ބަންދުކުރިތާ ދެ އަހަރު ފަހުން ހުޅުވާލާފައި އޮއްވާ ފުރަތަމަ ފަހަރަށް ފެނުމުން އެހެން ވެދާނެ އެވެ.

"ނޭނގުނު ދޯ! މިއީ މާލޭގެ ސިންގަޕޫރު ސަރަހައްދެއްނު!"

ހުސެއިނާ ދިމާކޮށްލުމުގެ ގޮތުން މަޖަލަކަށް "މިހާރު"ގެ ލޯކަލް އެޑިޓަރު އަހްމަދު ހަމްދޫން ބުނެލި އެވެ. އޭނާގެ ޖަވާބު ގުޅުވާލީ އެ އިމާރާތް ހެދި ސިންގަޕޫރުގެ ކުންފުންޏާ އެވެ. ރާއްޖޭގައި މިހާރު ހުރި އެންމެ ރީތި އަދި އެންމެ އުސް އެ އިމާރާތުގެ ކޮންޓްރެކްޓަރަކީ ސިންގަޕޫރުގެ ޗެންހުއާ ކުންފުންޏެވެ. އެތަން ޑިޒައިން ކުރުމުގައި ނަމޫނާއަކަށް ބެލީ ވެސް ސިންގަޕޫރުގެ މަތީ ފެންވަރުގެ ހޮސްޕިޓަލްތަކެވެ.

މެންދުރުގެ ގަދަ އަވިން ބަބުޅަމުންދިޔަ އިމާރާތަށް ބަލަން އިރުކޮޅަކު ތިބުމަށް ފަހު، އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް މުމިތާއި އެހެން މުވައްޒަފަކާ އެކު އަހަރެމެން އެތެރެ އަށް ވަނީމެވެ. އެ ހޮސްޕިޓަލުގެ މައި ގޭޓު އިންނަނީ ބޮޑުތަކުރުފާނު މަގުން ވަންނަ ގޮތަށެވެ.

ހޮސްޕިޓަލްގެ އިރުމަތީ ފަރާތުން އެތެރެވުމާ އެކު ކުރިމަތިން އަޅައިގަތީ މާސިންގާ ކަރަންޓް ސިޑިއެކެވެ. ވީއައިޕީ ފަޅީގައި ހުރި، އެ ސިޑިން އެރޭނީ ފުރަތަމަ ތިން ފްލޯ އަށެވެ. އިމާރާތުގެ ޖާގަ ތަނަވަސް ޒަމާނީ ޑިޒައިނެކެވެ. ގިނައިން ބިއްލޫރި ބޭނުންކޮށްފައި ހުރުމުން، ހުރިހާ ދިމާލަކުން ވެސް ބޭރު ރީއްޗަށް ފެނެ އެވެ.

އިމާރާތުގެ އަގު ބޮޑުވުމުން ރީތިވެފައި ޚިދުމަތް ފުރިހަމަ ވެސް ވާން ޖެހޭނެތާ އެވެ. ބީލަމަށް ނުލައި ޗެންހުއާއާ ހަވާލުކުރީ 140 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) އަށެވެ. އިމާރާތް ކުރުމުގެ ދާއިރާގެ ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި، އެ އަގުގައި މިފަދަ ތިން އިމާރާތް އެޅޭނެ އެވެ.

އެ ވާހަކަ ބޭއްވީ އެވެ. އަގާ ގުޅޭ ތަފްސީލްތައް "މިހާރު"ން އޮންނާނީ މީގެ ކުރިން އެތައް ފަހަރަކު ރިޕޯޓްކޮށްފަ އެވެ.

މިފަދަ އިމާރާތަކާ އެކު ސިއްހީ ދާއިރާ އަށް އިންގިލާބީ ބަދަލެއް ގެންނެވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވި ވިސްނުންފުޅު ކިތަންމެހާ ވެސް ރަނގަޅެވެ. ބޮޑު ޚަރަދުކޮށްފައި ބޭސްފަރުވާ އަށް އަވަށްޓެރި ގައުމުތަކުގައި އުފުލަން ޖެހޭ ތަކުލީފު ނިމެން ޖެހެ އެވެ. ފާޑުކިއުމުން ދިފާއުވެވަޑައިގަތީ، އަގަށް ނުބައްލަވައި އިސްކަން ދެއްވީ، ބާރު ސްޕީޑުގައި އަވަހަށް ނަތީޖާ ނެރެދެއްވަން ކަމަށް ވިދާޅުވެގެންނެވެ. އެހެންވިޔަސް ދައުލަތުން ޚަރަދު ކުރެއްވި އުސޫލު ރަނގަޅެއް ނޫންތާ އެވެ! މި ވާހަކައާ ހިޔާލުތަފާތު ބަޔަކު ވެސް ތިބެދާނެ އެވެ. މައްސަލައެއް ނެތެވެ!

ޖެހިޖެހިގެން ހުރި ތިން ލިފްޓުން އައިޖީއެމްއެޗުގެ އޮފިޝަލުންނާ އެކު އަހަރެމެން އެރީ މެދުގައި ހުރި ލިފްޓަށެވެ. ލައްކައެއްހާ މީހުންނަށް ޚިދުމަތް ދޭން ޕްލޭންކޮށްފައިވާ ހޮސްޕިޓަލުގައި ޖުމްލަ ހަ ލިފްޓު ހުރެ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ ކުޑަކުދިންގެ ޚާއްސަ ޑިޕާޓްމަންޓު ހިންގާ ފްލޯ "މިހާރު" ގެ ނޫސްވެރިންނަށް ދައްކާލަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އަހަރެމެން ފުރަތަމަ އެރީ އިމާރާތުގެ އެންމެ އުހަށެވެ. އެއީ، 24 ވަނަ ފްލޯ އެވެ. ރެސްޓޯރެންޓެއްގެ ގޮތުގައި އެ ފްލޯ ހިންގާނެ ބަޔަކު ހޯދަން މިހާރު އޮތީ ބީލަމަށް ލައިފަ އެވެ. ރެސްޓޯރެންޓުން ނުކުމެވެން އޮތް ހުސް ޖާގައިގައި އޮތީ ގަސް ހައްދައި ފެހިކޮށްފަ އެވެ. ރީތި ފެންގަނޑެއް ވެސް އޮތެވެ. އުދާސްތަކުން ބަރު ސިކުނޑިތަކަށް ލުއިކަން ގެނެސްދޭނެ ފަރުމާ ހިތްގައިމެވެ. ކުޑަ ތަންކޮޅެއް ކުރިއަށް ހިނގާލި އިރު ފެނުނީ މުޅި މާލޭގެ މަލަމައްޗެވެ. ނުވަތަ މާލެ އިން ފެންނާނެ އެންމެ ރީތި "މޫދު ވިއު" އެވެ. އިރުއޮއްސޭ ހިތްގައިމު މަންޒަރު ފެންނަ މާލޭގެ ހުޅަނގު ފަރާތު މޫދެވެ.

އެކަމަކު އެ އިމާރާތުގައި ހުރެ އިރުމަތީ ފަރާތަށް ބަލާނެ ކަމެއް ނެތެވެ. ބޯހާސްވާނެ އެވެ. އެ ފަރާތުން ފެންނަނީ ކޮންކްރީޓް މާލޭގެ ތޮއްޖެހުމެވެ.

25 ބުރި: ޚިދުމަތްތައް ތަރުތީބުކޮށްފައިވާ ގޮތް

ގްރައުންޑް ފްލޯ: ބޮޑު ހުސް ޖާގައެއް އާއްމުންނަށް ޚާއްސަކޮށްފައި.

ފުރަތަމަ ފްލޯ: ތަހުލީލް ކުރުމުގެ ހުރިހާ ޚިދުމަތެއް (އެކްސްރޭ، ސިޓީ ސްކޭން، އެމްއާރުއައި)

2 -3 ވަނަ ފްލޯ: އޯޕީޑީ، ބަލިމީހުން ބެލުމާއި ހަމުގެ ބަލިތަކުގެ ފަރުވާ

4 ވަނަ ފްލޯ: ހައިޑްރޯ ޕޫލާ އެކު ފިޒިއޮތެރަޕީ އާއި ސްޕޯޓްސް ތެރަޕީ

5 ވަނަ ފްލޯ: ހަމުގެ ޑިޕާޓްމެންޓެއްގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ ސަރަހައްދަކާއި އަންހެން/ފިރިހެން ނަމާދުކުރުމުގެ ޖާގަ.

6 ވަނަ ފްލޯ: އީއެންޓީ (ކަރުންމަތީގެ ބަލިތައް)، އޮފްތަމޮލޮޖީ (ލޮލުގެ ބަލިތައް) އަދި ޑެންޓަލް ޑިޕާޓްމެންޓް.

7 ވަނަ ފްލޯ: އެންޑޮސްކޯޕީ އާއި ކްލޮނޮސްކޯޕީ އަށް ބްރޮންކޮސްކޯޕީ އާއި އޮޕަރޭޝަން ތިއޭޓަރެއް.

8 ވަނަ ފްލޯ އާއި 14 ވަނަ ފްލޯ: މެޑިކަލް ސްކޫލް.

9 ވަނަ ފްލޯ: ގިނަ ތަހުލީލުތަކެއް ކުރެވޭ، ޒަމާނީ ފެންވަރުގެ ލެބޯޓްރީއެއް.

10-11 ވަނަ ފްލޯ: ކާޑިއެކް ސެންޓަރު، ކެތު ލެބާ އެކު ހައިބްރިޑް އޯޓީ

12 ވަން ފްލޯ: އޮޕަރޭޝަން ތިއޭޓަރުތައް

13 ވަނަ ފްލޯ: މެޝިނަރީޒް އާއި އިކުއިޕްމެންޓްސްތަކަށް.

15 އިން 17 އަށް: ބަލި މީހުންގެ ޕްރައިވެޓް ރޫމްތައް، ކޮންމެ ފްލޯއެއްގައި 11 ކޮޓަރި

18 އަދި 19: އެގްޒެކެޓިވް ރޫމް.

20 ވަނަ ފްލޯ: ރައީސުލްޖުމްހޫރިއްޔާ އާއި އެމްބެސެޑަރުން ފެންވަރުގެ ބޭފުޅުންނަށް ޚާއްސަ.

21 އިން 23 އަށް: ޑޮކްޓަރުންގެ އެކޮމޮޑޭޝަން. ކޮންމެ ފްލޯއެއްގައި ހުންނާނީ، ދެ ކޮޓަރީގެ ހަ އެޕާޓްމެންޓް. މިއީ އެކި ގައުމުތަކުން އަންނަ ވިޒިޓިން ޑޮކްޓަރުންނާއި އެ ނޫން ވެސް ޚާއްސަ ބަލިތަކަށް ފަރުވާ ދޭ ޑޮކްޓަރުންނަށް ޚާއްސަކޮށްފައިވާ ތިން ފްލޯ.

24 ވަނަ ފްލޯ: މާލޭގެ މަލަމަތި ފެންނަ، ހިތްގައިމު ރެސްޓޯރެންޓެއް.

ޚިދުމަތް ހޯދަން އުފުލާ ތަކުލީފު ކުޑަވާނެ

އެކި ފްލޯތަކަށް އަރަމުން ދިޔަ އިރު ސިކުނޑި އަށް ބަރުވި ނަން ބޯޑުތައް ވެސް ފެނުނެވެ. އަރެސްދޮވެ ބަހައްޓާ ކޮޓާރާއި ނުސާފުތަކެތި ބަހައްޓާ ކޮޓާރު ފަދަ ބަސްތަކުން ނަން ބޯޑުތައް ހަދާފައި ހުރުމުން އުނދަގޫވި އެވެ. އާއްމުކޮށް ވާހަކަ ދައްކާ ބަސްތަކާ މާ ބޮޑަށް ތަފާތީ އެވެ. މިދެން ކިހާ އުނދަގޫ ނަންތަކެއް ހެއްޔޭ؟ ބަދަލުކުރާކަށް ނޫޅެންހޭ ވެސް އައިޖީއެމްއެޗުގެ އޮފިޝަލުން ގާތު އެހީމެވެ. ދެއްވި ޖަވާބުން، އެ ނަންތަކަށް އިތުރު ބަދަލެއް އަތުވެދާނެހެން، ހިއެއް ނުވެ އެވެ.

ހަތަރު ވަނަ ފްލޯގައި ހުންނަ ފިޒިއޮތެރަޕީ ޑިޕާޓްމެންޓަށް އެރިއިރު، ޑޮކްޓަރަށް ދައްކަން ގިނަ ބަޔަކު މަޑުކޮށްލައިގެން ތިއްބަސް އައިޖީއެމްއެޗުން ފެންނަ ތޮއްޖެހުމެއް ނެތެވެ. ފަރުވާތައް އެކި ފްލޯތަކަށް ބަހާލައި ޚިދުމަތްތައް ވަނީ ތަރުތީބުކޮށްފަ އެވެ. ބަލިމީހުންނަށް ވެސް ބޮޑު ލުޔެކެވެ. ކުޑަކުދިންގެ ބަލިތަކާއި އެތެރެހަށި އަދި ހިތުގެ ބައްޔާއި ލެބޯޓްރީ ފަދަ ޚިދުމަތްތަކަށް ހާއްސަ ފްލޯތައް ތަފާތެވެ.

ޑޮކްޓަރަށް ދެއްކުމަށްޓަކައި މެމޯއެއް ހެދުމަށް ދަރުމަވަންތަ ހޮސްޕިޓަލްގެ ކައުންޓަރެއްގެ ކައިރީގައި މީހަކު މަޑުކޮށްލައިގެން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މެމޯ ހަދާ ކައުންޓަރުގައި ހުރީ "މިހާރު"ގެ ނޫސްވެރިން ދަންނަ މީހެކެވެ. އަހަރެންގެ ފޮޓޯ ނުނަގައްޗޭ ގޮވާލައި، މިތަން ބަރާބަރޭ ބުނެލި އެވެ. ތަކުލީފުތައް ކުޑަވުމުން އޭނާ ހުރީ ހިތްހަމަޖެހިފަ އެވެ.

އަހަރެމެން ގޮސް ވަނީ ފިޒިއޮތެރަޕީ ހަދާ ޖިމަށެވެ. ވަރުގަދަ ސެޓަޕެކެވެ. އައިޖީއެމްއެޗުގައި ފިޒިއޮތަރަޕީ ހިންގި ޑިޕާޓްމެންޓަށް ވުރެ ޖާގަ ދެ ގުނަ ބޮޑުވެފައި ވަސީލަތްތައް ވެސް ގިނަ އެވެ. ރާއްޖޭގައި މީގެ ކުރިން ނުދޭ 12 ޚިދުމަތެއް އެ ތަނުގައި އަލުން ފަށަން ތައްޔާރެވެ. އާސަންދައިގެ ހުއްދަ ލިބުމާ އެކު އެތަން ވާނީ، ބައެއް ފިޒިއޮތެރަޕިސްޓުން ވިދާޅުވާ ގޮތުގައި، މި ސަރަހައްދުގެ ހޮސްޕިޓަލެއްގައި ހުރި އެންމެ ވަރުގަދަ ސެޓަޕަށެވެ.

އެ ފްލޯގައި އޯޕީޑީ ނުވަތަ ބަލި މީހުން ބެލުމަށް 12 ކޮޓަރި ހުރެ އެވެ. ކުޑަ ކުދިންނަށް ވަކި ޖިމެކެވެ. ޓްރެޑްމީލް ޓެސްޓު ހަދަން ވެސް ވަކި ތަނެކެވެ. މުޅި ހޮސްޕިޓަލްގެ އެންމެ ހިތްގައިމު އެއް ތަނަކީ އެ އެވެ. ކުރިން އެއް މެޝިން ހުއްޓަސް މިހާރު މުޅިން އަލަށް ގެނައި އިތުރު ތިން މެޝިން ވެސް އެބަ ހުއްޓެވެ.

އެންމެ ފާހަގަކޮށްލެވެނީ، އެކި ފަރުވާތަކަށް ޚާއްސަ ހައިޑްރޯ ތެރަޕީ ޕޫލެވެ. އެތަނުގައި ފަރުވާ ދޭން ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ވެސް މިހާރު ވަނީ ހަމަކޮށްފަ އެވެ.

އެމްއާރުއައި ހެދުމާއި އެކްސްރޭގެ ޚިދުމަތް ވެސް މިހާރު ދެނީ ދަރުމަވަންތައިގަ އެވެ. އެތެރެހަށީގެ ޑިޕާޓްމެންޓާއި ކުޑަކުދިންގެ ބަލިތަކާއި ލޮލުގެ ބަލިތައް ވެސް މިހާރު ވަނީ ދަރުމަވަންތަ އަށް ބަދަލުކޮށްފަ އެވެ.

އައިޖީއެމްއެޗުގައި ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ އެނދުތައް ނުލިބުމެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ 15،16،17 އަކީ ޕްރައިވެޓް ކޮޓަރިތަކެވެ. ކޮންމެ ފްލޯއެއްގައި 11 ކޮޓަރިއާ އެކު ޖުމްލަ 33 ކޮޓަރި އެވެ.

ހޮސްޕިޓަލް ޑިޒައިންކޮށްފައިވާ ގޮތުން 20،19،18 އަކީ ވީއައިޕީ ފްލޯ އެވެ. އެތަން ހުރީ ބަލި މީހާ އަށް ވަކި ރޫމެއްގެ އިތުރުން އާއިލާ އަށް ވެސް ތިބެވޭ ގޮތަށެވެ. ކޮންމެ ފްލޯއެއްގައި ތިން ކޮޓަރި ހުރެ އެވެ. އެ ތަންތަނުގައި ކައްކައި ކެވޭ ގޮތަށް، ޒަމާނީ ފަރުނީޗަރު ވައްދާފައި ހުއްޓެވެ. އެގްޒެކެޓިވް ޑިލަކްސް ވޯޑުގެ ގޮތުގައި 18،19 ހަމަޖައްސާފައިވާ އިރު، 20 ވަނަ ފްލޯ ހާއްސަކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އާއި އެމްބެސެޑަރުން ފެންވަރުގެ ބޭފުޅުންނަށް ފަރުވާ ދެއްވާށެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ ޑިލަކްސް އެގްޒެކެޓިވް ރޫމެއްގެ ސިޓިން ރޫމާއި ބަދިގެ ސަރަހައްދު.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެ ތިން ފްލޯގައި މިހާރު ހުރި ރޫމްތައް އަތްފޯރާފަށުގައި އާއްމުންނަށް ނުވިއްކޭނެ ކަމުގެ ކަންބޮޑުވުން އައިޖީއެމްއެޗު ހިންގެވުމާ ހަވާލުވެ ތިއްބެވި އިސް ވެރިން މިހާރު ގެންގުޅުއްވަ އެވެ. އެ ކޮޓަރިތައް ދޫކުރެވޭނެ އެންމެ ކުޑަ އަގު ވެސް އުޅެނީ ދުވާލަކަށް 2،500ރ. އަށް ވުރެ މަތީގަ އެވެ. އެހެންވެ، އެ ފްލޯތަކަށް ބަދަލުތަކެއް ގެންނަން ވިސްނާފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

ޑޮކްޓަރުންގެ އެކޮމަޑޭޝަން އަށް ހަމަޖައްސާފައި ވަނީ އިމާރާތުގެ 22 އަދި 23 ވަނަ ފްލޯ އެވެ. ޒަމާނީ އެޕާޓްމެންޓްތަކެވެ.

ވަސީލަތްތަކުގެ ގޮތުން އެންމެ ކުރީގައި!

ހިތުގެ ބަލިތަކަށް އައިޖީއެމްއެޗުގައި ދޭ ފަރުވާ މިހާރު ވެސް އުޅެނީ އެންމެ ކުރީގަ އެވެ. އިތުރަށް ފުޅާކުރުމުގެ ފުރުސަތު މިހާރު އޮތީ ފަހިވެފަ އެވެ. އެމްއާރުއައި ހަދަން އަލަށް ގެނައި މެޝިންތަކަކީ ހަށިގަނޑުގެ އެންމެ ހިމަ ނާރުގައިވާ ކަންކަން ދެނެގަނެވޭވަރުގެ ރިޒޮލިއުޝަން ހައި މެޝިންތަކެވެ.

ކެންސަރުގެ ފަރުވާ ފުރިހަމަ ކުރަން ވަނީ މަސައްކަތް ފަށައިފަ އެވެ. ރޭޑިއޭޝަން ނޫން ހުރިހާ ޚިދުމަތެއް ދޭން އޮތީ ރާވައިފަ އެވެ. ކިޑްނީ ޓްރާންސްޕްލާންޓް ކުރުމުގެ އޮޕަރޭޝަންތައް ކުރުމުގެ ގާބިލްކަން ވެސް އެ ހޮސްޕިޓަލުގައި އެބަ ހުއްޓެވެ.

ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރަން ޗެންހުއާއާ އެކު އެއްބަސްވީ އެ ކުންފުނިން ވަސީލަތްތައް ވެސް ހޯދާށެވެ. އެކަމަކު ވަކި ހިސާބަކުން އެކަން ހަވާލުކުރީ ޓާމެކްސް ކުންފުންޏާ އެވެ. ޗެންހުއާ އިން އިމާރާތް ހަވާލުކޮށްފައި ވިޔަސް މުޅި އިމާރާތް ބޭނުން ނުކުރެވި ލަސްވަނީ ޓާމެކްސް ކުންފުނީގެ މަސައްކަތް ނުނިމިގެންނެވެ.

ޑިޒައިނިންގައި މައްސަލަތަކެއް ވެސް އެބައުޅެވެ. ރޭޑިއޮލޮޖީ ޑިޕާޓްމެންޓުން ލީކުވާތީ އެތަން ހަދަމުން އަންނަ އިރު، ދަތުގެ ފަރުވާ ދޭ ކޮޓަރީގެ ދޮރު ހުޅުވާލުމުން ގޮސް ޖެހެނީ އެތަނުގައި ބަަހައްޓާފައި ހުރި ބިޔަ ގޮނޑީގަ އެވެ. އެހެންވެ އެ ކޮޓަރިތައް ބޭނުންކުރެވެން އޮތީ ސްލައިޑިން ދޮރަށް ބަދަލުކޮށްގެންނެވެ.

އައިޖީއެމްއެޗުގައި ޚިދުމަތް ހޯދާ އާބާދީއާ އެއްވަރަށް ޑޮކްޓަރުންނާއި ނަރުހުން މިހާރު ވެސް ނެތެވެ. އާ އިމާރާތުގައި ޚިދުމަތް ފެށުމުން ޑޮކްޓަރުންނާއި ނަރުހުން އިތުރަށް ބޭނުންވާނެ އެވެ. އެހެންވެ ޑޮކްޓަރުންނާއި ނަރުހުން ހޯދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މި ސަރުކާރުގެ ވެސް އަމާޒަކީ ބޭސްފަރުވާ އަށް ދަތުރު ހަދާފައި އަވަށްޓެރި ގައުމުތަކަށް ނުގޮސް ރާއްޖޭގައި ފަރުވާ ހޯދޭނެ މިންވަރަށް މާލެ އާއި އަތޮޅުތަކުގެ ސިއްހީ ޚިދުމަތް ތަރައްގީ ކުރުމެވެ. ހުރިހާ ކަމެއް ފުރިހަމަވެ، އެތަނުގައި ފަރުވާ ދޭން ފެށުމުން، ސިއްހީ ދާއިރާގެ ކަންބޮޑުވުންތަކަށް ބޮޑު ލުޔެއް ލިބޭނެ އެވެ. އެކަމަށް ދަރުމަވަންތަ ހޮސްޕިޓަލް އަކީ ފުރިހަމަ އަދި ޒަމާނީ އިމާރާތެކެވެ.

ހުރިހާ ފަރުވާތަކެއްގައި ވެސް މި ސަރަހައްދުން އެންމެ ކުރީގައި އުޅޭ ހޮސްޕިޓަލަށް ދަރުމަވަންތަ ނުހެދެންވީ ސަބަބެއް ނެތެވެ. އެންމެ އުހުން އަހަރެމެންނަށް ފެނުނީ އެ އުއްމީދާއި ހިތްހަމަޖެހުމެވެ.

187 ކޮމެންޓް, 242 ރިއެކްޝަންސް

icon happy icon happy 94%
icon sad icon sad 2%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނުތަނަވަސްހިސާބު

19 March 2020

ޓޫފޯމީ ވަންފޯދަ ބާސްކެޓް . ތަރައްގީ ތަރައްގީ ! . ޓޫފޯމީ ވަންފޯދަ ބާސްކެޓް ތަރައްގީ ތަރައްގީ ! މަދުބަޔަކަށް ނޭންގުނަސް ގިނަބަޔަކު މިކަން ހިގާގޮތް އިނގޭކަން ދައްކާދިނީ ވޯޓުން ! ދައުލަތައް ލޮޑަރެއް މަށަށް ދިހަލޮޑަރު !

The name is already taken The name is available. Register?

މަހޭ ފޭން

03 October 2019

ކޮބާ އިބްރަހިމް ދެން ގޮވާނެ ތިތަން ތަޅާށޭ...

The name is already taken The name is available. Register?

ކަނބިލި

19 June 2019

ފެންނަ ފެނުމުން ޔާމީންގެ ސިޔާސަތު އޮތީ އަމިއްލަ ފުދުންތެރިކަން އިތުރުކުރުން. ކަންކަން ކުރުމުގައި ކަރަޕްޝަންގެ އަމަލުތައް ނުހިމެނޭ ވާހަކައެއް ނޫން. މިސަރުކާރުގެ ޕަރފޯމަންސާއި ނަތީޖާ އަދި ބުނަން އަވަސް.ދެތިން އަހަރު ފަހުން އެނގޭނީ

The name is already taken The name is available. Register?

މަހޭ ފޭން

03 October 2019

ކަލޯ ނިކަން ވިސްނާލަ ބަލަ ތިޔަ ކިޔޭ އެއްޗެއް.. އަވަސް ވެގެން ތިއުޅޭނީ،، ކައިގެން ތހަ ތިހުރީ

The name is already taken The name is available. Register?

އަހުމަދުބޭ

19 June 2019

ގިނަ ކޮމެންޓުތަކުން މިދޭހަވާއެއްޗަކީ ކެވުނުގޮތަކުން ލާރިކާންވީއެވެ، ކާއިރު ތިމަންނަމެންނަށްވެސް ދީގެން ކާށޭ އެހެންވީމާ ސުކުރިއްޔާއޭ، ބޮޑެތިކަންކަން ކުރެވޭނީ ކައިގެންނޭ،

The name is already taken The name is available. Register?

ދައްޕަރު

19 June 2019

މާލެ ސަރަައްދުގަ ޓްރީޓޮޕް، އޭޑީކޭ،ދަރުމަވަންތަ، އައިޖީއެމްއެޗް، އެތައް ކުލިނިކެއް. މީ ހަމަ ދިވެހިންގެ ޓެކްސް ފއސާއިން ހަރަދުތައް ކުރެވެންޖެހޭ ގޮތްބާ؟ ނިކަމެތި ރާއްޖެތެރޭ މީހާވީ ކަމެއް ދިމާވީމަ 1800 އަށް އެންމެ ކުޑަކޮށް ދެކޮޅު ނަގައިގެން މާލޭން ދުވހު ކޮޓަރި ނަގައިގެން މިސަރަހައްދަށް މުސާރައިގައި ދުވެލަދުވެލަ ހުންނަން. މިއީ މިކަން ވާންޖެހޭ ގޮތްބާ؟

The name is already taken The name is available. Register?

ސަރުކާނު

19 June 2019

އިންޑިއާއިން ރާއްޖޭގެ 3 ވެރިކަމެއްގައި ދެއްކި އެމް އާރު އައި ހުވަފެން މިހާރު ނިމިއްޖެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން މިހާރު އެ ޚިދުމަތަށް އެވަނީ ތައްޔާރުވެފަ. މީ ދުރުވިސްނޭ ވެރިއެއއްގެ ދުރުވިސްނޭ ޕްލޭން. ދެން މެޑަލްޖަހަން ތިބޭ. ޝުކްރިއްޔާ ޔާމީން. އަދި އެއްވާހަކަ. އިހަށްދުވަހު ހިލަވެލި ގެންނަން އިންޑިއާއިން ހުއްދަދީފި. މަނާކުރިކަމެއް އިމާރާތް ކުރާ ކުންފުނިތަކަށް އެގުންނުވާވަރަށް އެކަންވެސް އޮތީ ޔާމީން ހަމަޖައްސާފަ.

The name is already taken The name is available. Register?

ކޮބާ..ކޮބާ

19 June 2019

ޔާމީނު ކުރި ކަމެއް ތިޔަ ތަނުގަ ކޮބައިތަ..ޚިޔާނާތާ ކަޓުގެ ގޮތުގަ.އެތައް މިލިޔަން ޑޮލަރެއް ޖީބައް މަޅާލުން ފިޔަވާ...ޔާމީނު ދަރިވަރުވީ ކާކުގެ ކައިރިން ކަން އެނގޭތަ؟؟ މައުމޫނުގެ ޅިޔަނު އެންދެރިމާގޭ އިލްޔާސް ކައިރިން.. ގުދަނެއް އެޅިއްޔާ 3 ގުދަނުގެ ލާރި ކާލެވޭ ގޮތައް..އޭރުގެ ޗެން ހުއާ ކުންފުންޏަކީ ގާފަރު ވަހީދަކާ ދޯޅަނބު ސަލީމެއް..އެއާޕޯޓް ގައި ހެދި މިސްކިތުގެ ދޮރުތަކައްވެސް 2 ފަހަރަށް ބިލް ހަދާ ލާރި ނަގާފަ ހުރި...

The name is already taken The name is available. Register?

ރޯލާ

19 June 2019

ހިއްވަރުގަދަ ރައީސް ޔާމީނަށް ލޯތްބާއެކު ޝުކުރު ދަންނަވަން. ތިޔަފަދަ އަގު ބޮޑު ރީތި ހޮސްޕިޓަލެއް އަޅުއްވައި ދެއްވީތީ ހާސްފަށުން ޝުކުރު ދަންނަވަން

The name is already taken The name is available. Register?

އަލިހަންޑޯ ޓޮލޭޑޯ

19 June 2019

ތިޔަބުނާ 2500 ރ އަށް ދެވޭނެ މަތީފެންވަރުގެ ޕްރައިވެޓް ރޫމްތައް ނަގާނެހާ ފައިސާ ހުންނާނެ މާލޭގެ ބިންވެރިންނާއި މަހުޖަނުންނާއި ސިޔާސީ ލީޑަރުންނާއި އެމީހުންގެ އެކުވެރިންނާއި މަޖިލިސްގެ މެންބަރުންނާއި ފަނޑިރާރުންނާއި ސިފައިންނާއި ފުލުހުންގެ އަތުގައި. އެމީހުންގެ އަތުން ތިޔަފައިސާ ހޯދުމުން ތިޔަތަނަށް ކުރިހޭދަ ބޮޑުބައެއް 10 ވަރަކަށްއަހަރުން ކަވަރުކުރެވޭނެ. އެހެންވީމާއި ޔާމީންގެ ވިސްނުން ގޯހެކޭ މަށެއް ނުބުނާނަން.

The name is already taken The name is available. Register?

ޖަނަމް

19 June 2019

ކޮރަޕްޝަނާއި ދެފުށް ފެންނަހެން އުސޫލުގެ ތެރެއިން ނުހިންގުން މައްސަލައަކީ

The name is already taken The name is available. Register?

މޮހހގ

19 June 2019

ތިތަންކިތައްމެ ރީއްޗަސް ޑޮކްޓަރުގެ އެޕޮއިންޓްމަންޓް ލިބޭއިރު އޮންނަނީ ވާނެހައެތިވެފަ!

The name is already taken The name is available. Register?

ސަވަރ

19 June 2019

ހޮސްޕިޓަލް އަޅާ ނިމުނީމަ ހިންގަން އެހުރީ އައިސް މޮޅުވާހަކަ ދައްކަން ހަމައެކަނި އެނގޭ، ތަނެއްދޮރެއް ނުދަންނާ އަލިފްބާވެސް ނޭގޭ ޖާހިލު ބައެއް ޤައުމާ ހަވާލުވެފަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454