ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓޫރިސްޓުންތަކެއް އިއްޔެ މާސްކް އަޅައިގެން: މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަސް އަށް ރާއްޖެ އިން ވަނީ ފިޔަވަޅު އަޅައި ތައްޔާރުވެފައި ކަމަށް އެޗްޕީއޭ އިން ބުނޭ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
26 ޖެނުއަރީ 2020 - 08:47
ޗައިނާގެ މެދުތެރޭ ހުބޭ ޕްރޮވިންސްގެ ވެރިރަށް ވޫހާން އިން މިދިޔަ ޑިސެމްބަރު މަހު ފެނުނު ނޮވެލް ކޮރޯނާ ވައިރަސް ނުވަަތަ "ވުހާން ވައިރަސް"ގެ ސަބަބުން މިހާތަނަށް 40 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ. 1،700 އަށް ވުރެ ގިނަ މީހުންގެ ގައިން އެ ވައިރަސް ވަނީ ފެނިފަ އެވެ. ޗައިނާ އިން ބޭރުން އެތައް ގައުމަަކުން، ރޯގާ ޖެހިފައިވާ މީހުން ވެސް ފެންނަލެއް މިހާރު ވަނީ ގިނަވާން ފަށައިފަ އެވެ.
މިއީ ޗައިނާގެ އާ އަހަރާ ދިމާކޮށް ގިނަ އަދަދެއްގެ މީހުން އެ ގައުމުގެ އެތެރޭގައި ދަތުރުކުރާ ދުވަސް ވަރަކަށް ވާތީ ވައިރަސް ފެތުރުން މިހާރަށް ވުރެ ވެސް ހަލުވި ވުމުގެ ބިރު އެބަ އޮތެވެ. އެކަމަކު ޗައިނާއިން ވަނީ ކޮރޯނާވައިރަސް ފެނުނު 10 އަށް ވުރެ ގިނަ ސިޓީ ބަންދުކޮށްފަ އެވެ. އެގޮތުން ގާތްގަނޑަކަށް 56 މިލިޔަން މީހުން މިހާރު ތިބީ އެ ސިޓީތަކުގައި ކަރަންޓީނު ކުރެވިފަ އެވެ.
ގިނަ ގައުމުތަކުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެކަމަކު ވައިރަސް އަދިވެސް ފެތުރެމުން ދަނީ ވަރަށް ހަލުވިކޮށެވެ. ޗައިނާގެ އިތުރުން އެމެރިކާ އާއި ޔޫރަޕްގެ ބައެއް ގައުމުތަކާއި އޭޝިއާގެ ގިނަ ގައުމުތަކަކަށް ވައިރަސް ފޯރައިފި އެވެ.
ޗައިނާގެ ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަަތްކުރާ ރާއްޖެއިން އެ ރޯދާއަށް ޝައްކުވާ މީހަކު ވެސް އަދި ނުފެނެ އެވެ.
ޕޯޓްތަކުގައި ނޮވެލް ކޮރޯނާވައިރަސްއަށް ސްކުރީން ކުރެވެމުންދޭ. މިހާތަނަށް ރާއްޖެއިން ޝައްކުވާ މީހަކު ފެނިފައިނުވޭ@MoHmv
— HPA Maldives (@HPA_MV) January 25, 2020
ވޫހާން ވައިރަސްގެ ވާހަކައަށް ދުނިޔޭގެ ސަމާލުކަން ލިބުނު ފުރަތަމަ ދުވަސްވަރު، ރޯގާ ފެތުރެމުން އައީ އެހާ ބާރަކަށް ނޫނެވެ. އެކަމަކު ޗައިނާއަކީ މައުލޫމާތު ސިއްރުކުރުމުގައި އަރާހުރި ގައުމަކަށް ވުމުން، ރޯގާ ޖެހިގެން މަރުވީ އަދި ޖެހުނީ ކިތައް މީހުންނަށް ކަމާ މެދު ޝައްކެވެ. އެންމެ ފުރަތަމަ ބެލެވުނީ އެއީ ޖަނަވާރާ ދޯޅު ބަޔަކަށް ޖެހުނު ރޯގާއެއް ކަމަށެވެ. އެކަކު ގައިން އަނެކަކު ގަޔަށް ފެތުރޭ ވައިރަހެއްކަން ކަށަވަރުވީ އެއަށް ވުރެ ފަހުންނެވެ. ސައިންސްވެރިން ބުނާ ގޮތުގައި ވައިރަސް އަރާ ކޮންމެ މީހެއްގެ ފަރާތުން އިތުރު ދެ މީހުން ނުވަތަ ތިން މީހަކަށް އޭގެ އަސަރު ފޯރާތީ، ރޯގާ ފެތުރުން އަދި އޮތީ ކުރިއަށެވެ.
އިނގިރޭސިވިލާތުގެ އިމްޕީރިއަލް ކޮލެޖް ލަންޑަން އަދި ޔުނިވާސިޓީ އޮފް ލެސްޓާގެ ސައިންސްވެރިން ވިދާޅުވާ ގޮތުގައި ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމަށް ޓަކައި، ވައިރަސް މިހާރު އަރާފައިވާ މީހުންގެ ފަރާތުން އެހެން މީހަކަށް އަސަރު ކުރަން މެދުވެރިވާ ހާލަތްތަކުގެ ތެރެއިން 60 ޕަސެންޓް ހާލަތު ނައްތާލަން ޖެހެ އެވެ.
ރާއްޖެއަކީ ދުނިޔޭގެ ގިނަ ގައުމުތަކަކުން ގިނަ އަދަދެއްގެ ޓޫރިސްޓުން އަންނަ ތަނަކަށް ވާ އިރު މިއީ ކަންބޮޑުވުން އޮތް ކަމެކެވެ. މިހާ ހަލުވިކޮށް ރޯގާ ފެތުރޭ ނަމަ ރާއްޖެއަށް ވެސް އެ ރޯގާ އައުމުގެ ފުރުސަތު އެބަަ އޮތެވެ. މިނިސްޓްރީ އޮފް ހެލްތާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން އަންނަނީ ދުރާލާ ފިޔަވަޅުތައް އަޅަމުންނެވެ.
ވޫހާން ވައިރަސްގެ ސަބަބުން ހުން އައުމުގެ އިތުރުން، ނޭވާލާ ނިޒާމުގެ މައްސަލަތައް ފެނެ އެވެ. ޑަބްލިއުއެޗްއޯއިން ބުނާ ގޮތުގައި އެ އަލާމާތްތަކަކަކީ:
- ހިކިކެއްސުން
- ނޭވާލާން އުނދަގޫވުން
- ބޭރަށް ހިންގުން
- ނިއުމޯނިއާ
- ކިޑްނީ ފެއިލްވުން
ރާއްޖެއަށް އަންނަ މީހުން ސްކްރީން ކުރުމުގެ މަސައްކަތް ރާއްޖެ އަށް މީހުން އެތެރެވާ އެއާޕޯޓްތަކާއި ބަނދަރުތަކުގައި މިހާރު ވަނީ ފަށައިފަ އެެވެ. މީހުން ސްކްރީން ކުރުމަަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭނުންކުރަމުން އަންނަނީ މީހުންގެ ޓެމްޕަރޭޗަރު ދެނެގަންނަ، ތާމަލް ކެމެރާ އެވެ.
ރާއްޖެ އަށް އެންމެ ގިނައިން މީހުން އެތެރެވާ ވީއައިއޭގައި މިހާރު ވަނީ މީހުން އެކަހެރިކޮށް ބޭތިއްބޭނެ އިންތިޒާމްތައް ވެސް ހަމަޖައްސައިފަ އެވެ.
އެޗްޕީއޭއިން ކުރިން ބުނީ ވީއައިއޭއިން ރާއްޖެ އަށް އެތެރެވާ މީހުން ސްކްރީން ކުރުމުގައި ވަކި ގައުމަކަށް ނުބަލާނެ ކަމަށެވެ. އެގޮތުން މީހަކު ހުން އައިސްފައި ހުރިކަން އެނގިއްޖެ ނަމަ އެމީހަކު ދަތުރުކޮށްފައިވާ ގޮތް ބަލައި، ފާއިތުވި 14 ދުވަހުގެ ތެރޭގައި ޗައިނާ އަށް ދަތުރުކޮށްފައިވާކަން ނުވަތަ ނޫންކަން ދެނެގަންނާނެ އެވެ.
Coronavirahuge meehaku Raajjeakun adhi nufeney: Health
The most trusted news source in the Maldives
Mihaaru
ކޮރޯނާވައިރަހަށް ޝައްކުވާ މީހަކު ރާއްޖެ އިން އަދިއެއް ނުފެނޭ: އެޗްޕީއޭ
އާ ވައިރަސް އަށް މީހުން ސްކްރީން ކުރުމުގައި ބަލާނެ ކަންތައްތަކެއް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްްލިއުއެޗްއޯ އިން ވަނީ ކަނޑައަޅައިފަ އެވެ.
ދުނިޔޭގެ ސިއްހީ ކުއްލި ހާލަތެއްގެ ގޮތުގައި ވޫހާން ރޯގާ އަދި ކަނޑައެއްނާޅަ އެވެ. ޑަބްލިޔުއެޗުއޯ އިން ބުނާ ގޮތުގައި އެ ހާލަތު އިއުލާންނުކުރަނީ ޗައިނާ އިން ބޭރުގައި ވައިރަސް ފެތުރޭ ހަލުވި މިން އަދި އެހާ ބާރު ނުވުމުންނެވެ. ޗައިނާގެ އެކި ސަރަހައްދުތައް ކަރަންޓީނު ކޮށްގެން ރޯގާ މައިތިރުކުރެވިދާނެ ކަމަށް، ޑަބްލިޔުއެޗުއޯ އިން ގަބޫލުކުރެ އެވެ.
ނޮވެލް ކޮރޯނާވައިރެސް އިން ރައްކާތެރިވުމަށް ފޭސްްކް މާސްކް 😷އަޅަން ޖެހޭތަ؟
— HPA Maldives (@HPA_MV) January 25, 2020
އަދި ޗައިނާއަށް ދަތުރުކޮށްފައިވާ، ބަލީގެ އަލާމަތް ފެންނަންހުރި 😰މީހަކާ ދިމާވެއްޖެނަމަ ހަދާނީ ކިހިނެއް؟@MoHmv pic.twitter.com/0XnvnwHxBM
ކޮރޯނާވައިރަސް އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް
ޗައިނާގެ ރައީސް ޝީ ޖިންޕިން އިއްޔެ ވިދާޅުވީ މިއީ "ޗައިނާއަށް އަރައިގަނެވޭނެ ހާލަތެއް" ކަމަށެވެ. ނަމަވެސް ރޯގާ ފެތުރުން އަދި ދަނީ ބާރަށް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
އެޗްޕީއޭ އިން ބުނީ ވޫހާން ވައިރަސް ޖެހިގެން ފެންނަ އާންމު އަލާމާތްތައް ތަޖުރިބާ ކުރެވޭ ނަމަ އަދި މި ފަހުން ޗައިނާއަށް ދަތުރުކޮށްފައި ވާ ނަމަ އެޗްޕީއޭގެ ހޮޓްލައިނަށް ގުޅައި، އެހީތެރިކަން ހޯދުމަށެވެ. ހޮޓްލައިން އަކީ 7377004 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާޒީ
28 January 2020
ޗައިނާ މީހުން މިހާރުން މިހާރަށް ނާދެވޭ ގޮތް ހަދާ. ދިސް އިޒް ނޮޓް އަ ޖޯކު
ާަ ގޮޅާ
27 January 2020
އަދިވެސް މާތްﷲއަށް ބިރު ވެތިވާކައް ނުވެފަ.
ގޮޅާ
26 January 2020
ފެނޭ ނުފެނޭ ހިފޭ ނުހިފޭ ކިޔާނެކަމެއްނެތް! ހަމަ މިހާރުން މިހާރަށް ޗާނާއިންނާ ތިޔަރޯގާގެ ވައިރަސް ފެނުނު ގައުމުތަކުން ރާއްޖެއަށް ދަތުރުކުރުން މަނާކުރަންވި! ތިޔަކެމެރާއަކުން ނޭނގޭނެ!
ޕަބޭ
26 January 2020
މުޅި ރާއްޖޭގެ ސަލާމަތަށްޓަކާ މިހާރުން މިހާރަށް ޗައިނާއިން ފަތުރުވެރިން އައުން އަދި ފްލައިޓް މޫވްމެންޓް މި ވަގުތަށް މެދު ކަނޑާލަންޖެހޭ.. މީގެ އިތުރުން އެއާރޕޯޓްގެ ހުރިހާ މުވައްޒިފުންވެސް މާސްކު އަޅާ އަތަށް އަންގި ލައްވައިގެން އުޅެން އެބަޖެހޭ. މަދު މީހަކުފެންނަނީ ރައްކާތެރިވެގެން ތިބޭތަން. މީ ސަމާސާ ހާލަތެއްނޫން. މިރާއްޖެއަށް ކޮންމެ ދުވަހަކު އެކި ބޭނުން ތަކަށް ޗައިނާއިން އެތައް ސަތޭކަ ބަޔަކު އެތެރެވަމުންދޭ. ދުއާ އަކީ ރާއްޖެ މިކަމުން ސަލާމަތްވުން. ބޮޑާވެގެން އުޅޭ އިންސާނުންގެ ބަލިކަށިކަމާ އެވެ..!!
ޢއ456
26 January 2020
ބަލީގެ ޖަރާސީމު ހަށިގަޑަށް ވަނުމަށްފަހު އަލާމާތް ފެންނަން ދެ ދުވަހާއި ސާދަ ދުވަސް. ނަގާ ނަމަ ތިކެމެރާ ތީ އެހާވަރުގެ އެއްޗެއްބާ؟ ފޫކޮޅުގައި ރޯވީމާ ހޭވެރިކަން ވާނީ! ފެއިލްވެފައިއޮތް ޕަބްލިކް ހެލްތް ސިސްޓަމް އެއްކަން ހިމަބިހި ސާބިތު ކޮށްދީފި!
faathuma
26 January 2020
މާތްﷲ އަށް ގޮންޖަހާ، ގުރުއާން ބަދަލުކުރާނެކަން އިއުލާނުކުރިތާ އަދި މާގިނަދުވަހެއްނުވޭ، 4މިލިއަން މުސްލިމުން ކަރަންޓީނުކޮށް އެބައިމީހުނަށް ވޭްންދެނިވި އަޒާބުދައްކަމުންދަނިކޮން ޗައިނާގެ ރައްޔިތުންނާއި ކުރިމަތިވި ބޮޑު މުސީބާތްނިކަންދެކެބަލަ، މިހާރު މިވީގޮތަކީ ޗައިނާސަރުކާރަށް މަޖުބޫރުވީ 56މިލިއަން މީހުން ކަރަންޓީނުކުރަން. ވިސްނީ ފިކުރުކުރާބަޔަކަށް މިކަމުގައި އިބުރަތެއވޭ.
ކީކޭ
26 January 2020
އަޑު އެހިން ރާއްޖޭގަ ނެތޭ ތި ބަލި ހުރިތޯ ޓެސްޓް ކުރެވެންވެސް.
ހަމަ ބުއްދި
26 January 2020
ބަލި މަޑުކަމާއި ކާރިސާ ތަކާއި ތޫފާން ތަކާއި ބިންހެލުން ފަދަ ހާދިސާ ތަށް ދުނިޔެއަށް އަބަދު ވެސް ﷲ އިމްތިހާނު ކުރައްވާނެ ތެވެ. އިންސާނުން އިބުރަތް ހާސިލް ކުރުން ހުއްޓެވެ. ދުނިޔެއަށް އުފަންވާ އިންސާނުން ގިނަވެ، އިންސާނުންގެ އުމުރު ދިގުވެ، ދުނިޔެ އަށް " ނުތަކާ" ވަރު ވުމަކީ ވެސް ކުޑަ ކަމެއް ތޯއެވެ؟ އެވެސް މުސީބާތެއް ކަމަށް ވެދާނެއެވެ. ވީމާ މިހުރިހާ ކަމެއްގެ ހިކުމަތް މޮޅަށް ދެނެވޮޑިގެންވާ ފަރާތެއް ވެއެވެ.
ޔޫނުސް
26 January 2020
ވަރަށް " ހަމަ ބުއްދި" ވާހަކަ އެކެވެ.
ކަރުކަހާ
26 January 2020
"ވޫހާން ވައިރަސް" އަށް ދޭ ސަމާލު ކަމާ ހުރެ "ހިމަބިގި ރޯގާ" މަތިން ހަނދާން ނައްތާ ނުލައްޗޭ.
ބޮޑުގަސް
26 January 2020
އެކި ޒާތްޒާތުގެ ވައިރަސް ރޯގާތަށް ގިނަވެ، "އެގަހު ކޭލެއް މިގަހު ކޭލެއް" ނޭގެއެވެ.
ގެރި ހޮކި
26 January 2020
އެހެންނުވާނީ ﷲ ޙަރާންކުރެއްވި މަސްމަހާމެއްސާ ތަކެތިކައިބޮއި މުސްލިމުންނަށް ގޮންޖަހަން ވެގެން އުޅެނި މިވެރިންގެ އުނދަގޫ މުޅި ދުނިޔެއަށް!