އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރައެއް ހުޅުމާލެ އެކެއްގައި ރޭ ހުޅުވައިފި އެވެ. 

ރީތިގަސް މަގުން ރެއިން ކޮރަލް ރެޒިޑެންސް އިމާރާތުގައި ހަދާފައިވާ މި ފިހާރަ ހުޅުއްވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. 

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް މި ހަފުތާގައި "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ހުޅުމާލޭގައި އެ ކުންފުނީގެ ރީޓެއިލް ފިހާރައެއް ހުޅުވަން ނިންމެވީ ވަރަށް ގިނަ ބައެއްގެ ޑިމާންޑު އެ ކަމަށް އޮތުމުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، މާލެ އިން ވެސް އޯޑަރު ދިނުމުން، ހުޅުމާލޭގެ ރީޓެއިލް ފިހާރައިން ތަކެތި ލިބޭނެ އިންތިޒާމު ހަމަޖައްސާނެ އެވެ.

ހުޅުމާލެ އެކެއްގައި އެސްޓީއޯ އިން ރޭ ހުޅުވި ރީޓެއިލް ފިހާރަ: މި ފިހާރަ ހުޅުވީ ރީތިގަސް މަގުން ރެއިން ކޮރަލް ރެޒިޑެންސް އިމާރާތުގައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ހުޅުމާލެ އެކެއްގައި އެސްޓީއޯ އިން ރޭ ހުޅުވި ރީޓެއިލް ފިހާރަ: މި ފިހާރަ ހުޅުވީ ރީތިގަސް މަގުން ރެއިން ކޮރަލް ރެޒިޑެންސް އިމާރާތުގައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"އެއީ ކަން ނޭނގޭ ހުޅުމާލެ އިން ބޮޑަށް އަންނަ ރިކުއެސްޓަކީ. ހޯލްސޭލް ސެންޓަރަށް ގޮސް މުދާ ގަތުމުގެ ބަދަލުގައި މާލެއިން ޕޭ ކޮށްފައި އެކޮޅުން [ހުޅުމާލެ އިން] ޕިކް ކުރެވޭނެ އިންތިޒާމު ހަމަޖައްސަން. އެކަން އަޅުގަނޑުމެން ރާވައި ދޭނަން،" ޝިމާދު ވިދާޅުވި އެވެ.

އެސްޓީއޯ އިން ބުނީ، އެ ކުންފުނީގެ އަސާސީ ލިސްޓުގައި ހިމެނޭ 23 ބާވަތާއި ކާޑުގެ ބާވަތްތައް ވެސް ހުޅުމާލޭގެ ޕީޕަލްސް ޗޮއިސް ފިހާރައިން ވިއްކާނެ ކަމަށެވެ. އަދި މާލޭގެ ރީޓެއިލް ފިހާރައެކޭ އެއްގޮތަށް އެސްޓީއޯ އިން ވިއްކާ ހިޓާޗީ، ފިލިޕްސް އަދި އެލްޖީ ބްރޭންޑުގެ މުދާތައް ވެސް ހުޅުމާލޭގެ ރީޓެއިލް ފިހާރައިން ވިއްކާނެ ކަމަަށް ބުންޏެވެ. 

ހުޅުމާލެ އެކެއްގައި އެސްޓީއޯ އިން ރޭ ހުޅުވި ރީޓެއިލް ފިހާރައިގައި ބައެއް ކަސްޓަމަރުން ހަރަކާތްތެރިވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ހުޅުމާލެ އެކެއްގައި އެސްޓީއޯ އިން ރޭ ހުޅުވި ރީޓެއިލް ފިހާރައިގައި ބައެއް ކަސްޓަމަރުން ހަރަކާތްތެރިވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެސްޓީއޯގެ ރީޓެއިލް ފިހާރައެއް ހުޅުމާލެ އެކެއްގައި ހުޅުވިއިރު އެ ކުންފުނީގެ ހޯލްސޭލް ސެންޓަރެއް ހުޅުމާލޭގެ ސިނާއީ ސަރަހައްދުގައި ވެސް ހުރެ އެވެ. 

ހުޅުމާލެ އެކެއްގައި އެސްޓީއޯ އިން ރޭ ހުޅުވި ރީޓެއިލް ފިހާރައިން ވިއްކާ ބައެއް ސާމާނު ޑިސްޕްލޭ ކޮށްފައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ހުޅުމާލެ އެކެއްގައި އެސްޓީއޯ އިން ރޭ ހުޅުވި ރީޓެއިލް ފިހާރައިން ވިއްކާ ބައެއް ސާމާނު ޑިސްޕްލޭ ކޮށްފައި.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އެސްޓީއޯގެ އެމްޑީ ޝިމާދު ވިދާޅުވެފައ ވަނީ މި ރޯދަމަހުގެ ތެރޭގައި އަސާސީ ކާބޯތަކެތި ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައި އަދި އެ ތަކެތީގެ އަގު ކޮންޓްރޯލް ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.