މި ރޯދަމަހަށް ހާއްސަކޮށް، ހުޅުމާލެ 2 ގައި ހެދި "ރޯދަ މާރުކޭޓު" އިއްޔެ ހުޅުވައިފި އެވެ.

އެޗްޑީސީން ބުނީ އެއީ ހުޅުމާލެ 2 ގައި ދިރިއުޅޭ މީހުންނަށް ފަސޭހަކަމާ އެކު، އެކި ބާވަތްތަކުގެ ކާބޯތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހެދި މާރުކޭޓެއް ކަމަށެވެ.

އެ މާރުކޭޓުން މަހުގެ ބާވަތްތަކާއި މޭވާއާއި ތަރުކާރީ އަދި އެހެނިހެން ދިވެހި ކާބޯތަކެތީގެ ބާވަތްތައް ލިބެން ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. 

ހުޅުމާލެ 2 ގައި އިއްޔެ ހުޅުވި ވަގުތީ މާރުކޭޓު ކައިރީގައި ބަޔަކު ހަރަކާތްތެރިވަނީ
ހުޅުމާލެ 2 ގައި އިއްޔެ ހުޅުވި ވަގުތީ މާރުކޭޓު ކައިރީގައި ބަޔަކު ހަރަކާތްތެރިވަނީ

ވަގުތީ މާރުކޭޓު ހަދާފައިވަނީ ހުޅުމާލެ 2 ގެ ވިނަރެސް ޓަވަރު 8 އާއި އެ ސަރަހައްދުގައި ހުންނަ ވަގުތީ މިސްކިތާ ދެމެދުގަ. އެ ތަނުން ދޫކުރާނީ 15 ގޮޅި އެވެ. 

އެޗްޑީސީން އަބަދުވެސް މަސައްކަތްކުރަނީ ހުޅުމާލެއަކީ ހުރިހާ ހިދުމަތެއްވެސް ފަސޭހަކަމާއެކު ލިބެން ހުންނަ އަދި ހިތްފަސޭހަ ތަނަކަށް ހެދުމަށެވެ.