މި މަހު ބޭއްވި 8 ވަނަ ދުވެހި ފިލްމް އެވޯޑްސްގައި ބަތަލާ ނިއުމާ އަށް ޓްރިބިއުޓް ދިން އައްޒަ އާއި ޖުމާ ނިއުމާއާ އެކު.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
31 ޑިސެމްބަރ 2017 - 06:48
އަހަރު ނިމުނީ އެވެ. އެހެންކަމުން 2017 ގައި ފިލްމީ ދާއިރާގެ އުސްއަލިތަކަށް ބަލައިލުން މުހިއްމެވެ. އެއީ ކާމިޔާބު އަދި ރީތި ފިލްމުތަކެއް އެޅުވި އަހަރެކެވެ. އަހަރުގެ ފުރަތަމަ ފިލްމަކަށް ވީ މާޗް، 2، 2017 ގައި އެޅުވި އާއިލީ ވާހަކައެއް ކިޔައި ދިން "މަލިކާ" އެވެ. އަހަރު ނިންމައިލީ އޮކްޓޯބަރު 31 ގައި ރިލީޒް ކުރި އަސަރު ގަދަ ލޯބީގެ ފިލްމް "ބޮސް" އިންނެވެ.
އެ ދެ ފިލްމާ އެކު ޖުމްލަ އަށް ފިލްމު މިދިއަ އަހަރު އެޅުވި އެވެ. އެއީ "އިސް ނޮއިސް" އާއި "ވިޝްކާ"، "މީ ލޯތްބަކީ"، "ނޯޓީ 40"، "ހައްދު"، "ނޭދެން ވަކިވާކަށް" އެވެ.
ބައެއް ފިލްމްތަކަކީ އާންމުންގެ ތަރުހީބު ވަރަށް ބޮޑަށް ލިބުނެވެ. ހާއްސަކޮށް "މީ ލޯތްބަކީ" އާއި "ނޯޓީ 40" އާއި "ހައްދު" އަދި "ބޮސް" އަކީ ވިޔަފާރީގެ ގޮތުން އެންމެ ކާމިޔާބު ފިލްމުތަކެވެ.
ފިލްމީ ދާއިރާ އަށް އާ އެކްޓަރުންތަކެއް ވެސް ގިނަ އަދަދަކަށް ތައާރަފުވި އެވެ. އެ ލިސްޓް ވަރަށް ދިގު ވެސް މެ އެވެ. ތިން ފިލްމެއްގެ ލީޑް ރޯލުން މުޅިން އާ ތިން ތަރިއަކު ފެނުނެވެ. އެއީ "މަލިކާ" ގެ ޓައިޓްލް ރޯލް ކުޅުނު ނުޒުހަތު ޝުއައިބް (ނުޒޫ) އާއި "ހައްދު" އިން ތައާރަފުވި އަހުމަދު ޝިބާންގެ އިތުރުން "ބޮސް" ގެ ބަތަލު މުހައްމަދު ޔުނާން އެވެ.
Nuzoo: "Malika" akee miee
The most trusted news source in the Maldives
Mihaaru
ނުޒޫއަކީ މި އަހަރު ތައާރަފުވި އެންމެ އުންމީދީ ބަތަލާ.
ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ މިދިއަ އަހަރު ބައެއް ފިލްމުތައް އާންމުކޮށް ދިވެހި ފިލްމުތައް އަޅުވާ އޮލިމްޕަސް ނޫން ސިނަމާއެއްގައި ވެސް ޕްރިމިއާކުރި ކަމެވެ. ޝްވެކް ސިނަމާގައި "ވިޝްކާ" އާއި "އިލް ނޮއިސް" ވަނީ އަޅުވައިފަ އެވެ.
އެކަމަކު ފިލްމީ ދާއިރާ އިން ފާހަގަކޮށްލެވުނު ބައެއް ކަންކަމާ ހުރެ މިއީ އެހާ ހިތްހަމަޖެހުނު އަހަރެކޭ ބުނާ ހިތެއް ނެތެވެ. ސަބަބަކީ މި ދާއިރާގައި ވަރަށް ކުޅަދާނަ އަދި އެހާމެ މަޝްހޫރު ޑައިރެކްޓަރަކު ފިލްމީ ދާއިރާ ދޫކޮށްލުމެވެ. ކުރިއަށް ޕްރޮޖެކްޓްތަކެއް ވެސް ރާވައިފައި ވަނިކޮށް، އަދި "ހައްދު" ގެނެސް ދިން އަބްދުލް ފައްތާހް ވަނީ ފިލްމީ ދާއިރާ ދޫކޮށްލިކަން ވަރަށް ކުއްލި ގޮތަކަށް އިއުލާންކޮށް އެތައް ބަޔަކަށް ޝޮކް ޖައްސައިފަ އެވެ.
Fathaah filmy dhaairaa dhookollaifi
The most trusted news source in the Maldives
Mihaaru
ފައްތާހް ފިލްމީ ދާއިރާ ދޫކޮށްލުމަކީ އަހަރުގެ އެންމެ ބޮޑު ޝޮކް.
އެ ނިންމުން ފެށިގެން އައި ގޮތަށް ބަލާ އިރު "ބޮސް" ގެ ޕްރޮޑިއުސަރު ފާތުމަތު ނަހުލާ އާއި ފައްތާހާ ދެމެދު ބަދަލުކުރި ބަހުގެ ހަމަލާތަކަކީ ވެސް އަހަރުގެ ހޫނު އެއް ވާހަކަ އެވެ. ފިލްމީ ދާއިރާގެ ވަރަށް ނުފޫޒު ގަދަ ދެ ޑައިރެކްޓަރެއްގެ މި "ހަނގުރާމަ" ބަލައި ގަންނަން ގިނަ ބަޔަކަށް ފަސޭހައެއް ނުވި އެވެ.
ފިލްމީ ދާއިރާގެ އިތުރު "ހަނގުރާއަކަށް" ބަލާ އިރު "ވިޝްކާ" ގެ ބަތަލާ އަދި ޕްރޮޑިއުސަރު އައިޝަތު ރިޝްމީ އާއި މަޝްހޫރު ކެމެރާމަން ހަސަން ހަލީމް (ކޮކޯ) ގެ ކޯޓް ކޭހަކީ ވެސް އާދައިގެ ކަމެއް ނޫނެވެ. "ވިޝްކާ" އަޅުވަން ތައްޔާރުވަމުން ދަނިކޮށް ކޮކޯ ވަނީ އެ ފިލްމަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ ކޯޓްގައި ރިޝްމީއާ ދެކޮޅަށް ދައުވާކޮށްފަ އެވެ. މި މައްސަލަގަނޑުގެ ތެރޭގައި ޔާރާ ޕްރޮޑަކްޝަނާއި ކޮކޯއާ ދެމެދު ކުރިން އޮތް ގާތް ގުޅުން ގާތްގަނޑަކަށް ނިމުމަކަށް އަ އެވެ.
Tedry ge javaabu "Lasviyas" in dhakkaalaifi
The most trusted news source in the Maldives
Mihaaru
"ލަސްވިޔަސް" އަކީ ޓެޑް ޑައިރެކްޓް ކުރާ ދެވަނަ ފީޗާ ފިލްމް.
އަހަރުގެ އިތުރު މުހިއްމު ވާހަކަތަކަށް ބަލާ އިރު 1994 ގައި ރިލީޒް ކުރި ކާމިޔާބު ފިލްމު "ދެރިޔާ" ގެ ޑައިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ) ފިލްމެއް ހަދާ ވާހަކަ އިއުލާން ކުރުމަކީ އުފާވެރިކަން ލިބުނު ކަމެކެވެ. "ލަސްވިޔަސް" ގެ ނަމުގައި އޭނާ ޑައިރެކްޓް ކުރާ ދެވަނަ ފިލްމްގެ ޓީޒާ ވެސް ދައްކާލައިި އަންނަ އަހަރު ފިލްމް ގެނެސް ދޭނެ ކަމަށް ބުންޏެވެ.
އަހަރުގެ އެންމެ ހިތާމަވެރި އެއް ހަބަރަކަށް ވީ ބައެއް ފިލްމުތަކާއި ޑްރާމާތަކުން އާންމުންގެ މަގުބޫލުކަން ހޯދި ޒުވާން އެކްޓަރު އަލީ އަހުމަދު (ހަތަރު އުދަރެސް އައްޔަ) ގެ ކުއްލި މަރެވެ. އޭނާ އޯވަޑޯޒްވެގެން މަރުވެފައި އޮއްވައި ފެނުނީ މާޗް، 13، 2017 ގަ އެވެ.
Kureege filmee thari Ayya marvefai ovvaa fenijje
The most trusted news source in the Maldives
Mihaaru
ހަތަރު އުދަރެސް އައްޔަކީ މަރަކީ މި އަހަރުގެ އެއް ހިތާމަ.
މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު އެކްޓް ކުރުމުން ރިޓަޔާ ކުރިކަން ރަސްމީކޮށް އިއުލާން ކުރުމަކީ ވެސް އައަހަރުގެ އެންމެ ހިތްދަތި އެއް ވާހަކަ އެވެ. އެކަމަކު އޭނާ އެކަން އިއުލާންކުރީ 2018 ގައި ރިލީޒް ކުރާ ވަދާއީ ފިލްމު "ނިވައިރޯޅި" އާ ވެސް އެކުގަ އެވެ. އެ ފިލްމަށް ފަހު ނިއުމާ ދެން ސްކްރީނަކުން ނުފެންނާނެ ކަމަށް އޭނާ ބުންޏެވެ.
އެންމެ ފާހަގަކޮށްލެވޭ ކަންކަމުގެ ލިސްޓަށް ބަލާ އިރު ބަތަލާ ރިޝްމީ ސާކް ފިލްމް ފެސްޓިވަލްގައި އެންމެ މޮޅު ބަތަލާގެ އެވޯޑް ހޯދުން ހިމެނެ އެވެ. "ވިޝްކާ" އިން ހޯދި އެ ކާމިޔާބީއަކީ ރާއްޖޭގެ ބަތަލާއަކަށް އިންޓަނޭޝަނަލް ފްލެޓްފޯމެއްގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ.
ފިލްމީ ދާއިރާގެ އެންމެ ހާއްސަ އެއް ކަމަކީ އަހަރުގެ ފަހުކޮޅު ބޭއްވި ފިލްމް އެވޯޑްސް އެވެ. އެންސީއޭ އިން އިންތިޒާމްކޮށްގެން މި އަހަރުގެ އެވޯޑް ދިނީ 2014-2016 އަށް ރިލީޒް ކުރި ފިލްމުތަކަށެވެ.
SAARC ge emme molhu bathalaage magaam Rishmy ah
The most trusted news source in the Maldives
Mihaaru
ރިޝްމީ ވަނީ ސާކްގެ މޮޅު ބަތަލާގެ މަގާމު ހޯދާފައި.
މި އެވޯޑްސްގެ ނޮމިނޭޝަންތަކުގެ އިންސާފުވެރިކަމާ ދޭތެރޭ ބައެއް މީހުން ސުވާލު އުފެއްދިޔަސް، އެވޯޑް ހަފުލާ އެންސީއޭ އިން ބާއްވައިދޭތީ، ފިލްމީ ދާއިރާގެ މީހުން އެކަމާ ޝުކުރުކުރެ އެވެ. މި ފަހަރު އެންމެ މޮޅު ފިލްމަކީ ޑާކް ރެއިން އެންޓަޓައިންމަންޓްގެ ރޮމޭންޓިކް ކޮމެޑީ "ވާށޭ މަށާއެކީ" އެވެ.
ޑާކް ރެއިންގެ ކާމިޔާބުގެ ތެރެއިން އެ ސްޓޫޑިއޯ އިން މި އަހަރު ވަނީ ވެބް ސީރީޒެއް ވެސް ހަދަން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ. "މާމުއި" ގެ ނަން ދީފައިވާ މި އުފެއްދުން ވެގެން ދާނީ ރާއްޖޭގައި ހަދާ ފުރަތަމަ ވެބް ސީރީޒަށެވެ. އެހެންވެ މިއީ ރާއްޖޭގެ ފިލްމު އިންޑަސްޓްރީ އަށް އާ ކަމަށް ވާނެ އެވެ.
Maamui: Raajjeyge furathama web series ah vaane
ޑާކް ރެއިނުން ބުނީ "މާމުއި" ހަދަން ފަންޑްގެ ދަތިކަން ހުރުމާ އެކު ސްޕޮންސަ ދޭން ބޭނުންވާ ފަރާތްތަކަށް އެ ދޮރު ހުޅުވާލެވިފައިވާ ކަމަަށް.
Mihaaru
"މާމުއި" ވެގެން ދާނީ ރާއްޖޭގައި ހަފާ ފުރަތަމަ ވެބް ސީރީޒަށް.
ކުރިން ބެލެވުނު ގޮތާ ހިލާފަށް މިދިއަ އަހަރު ރިލީޒް ކުރި ފިލްމުތައް އޭގެ ކުރީ އަހަރު ރިލީޒްވި ފިލްމުތަކަށް ވުރެ ގިނަ ނުވިޔަސް، ކޮލިޓީ ރަނގަޅު ފިލްމުތަކެއް ސިނަމާ އަށް އަ އެވެ. އެއް ދުވަހުން އަނެއް ދުވަހަަށް ދިވެހި އުފެއްދުންތަކަށް އަންނަ އެ ކުރިއެރުމަކީ ދިވެހި ސިނަމާ އަށް ލޯބި ކުރާ މީހުން އުފާވާނެ ކަމެކެވެ. އަދި ތަފާތު ދާއިރާތަކުގެ ފިލްމްތައް ބަލާލަން މިހާރު ލިބުމަކީ ވެސް އޮތް ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.
އެހެންވެ 2018 ގައި ދިވެހި ސިނަމާއާ ދޭތެރޭ ކުރެވޭ އުންމީދުތައް ވަރަށް ބޮޑެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަވޭ
31 December 2017
ރާއްޖޭގައި ކުޅޭ ޔާރާ ދިލްދާރާ ފިލްމްސް ތައް އެއީ ހަމަ ދެން މީޑިއާއިން ވަރު ދައްކާ މަޝްހޫރު ކުރާ ފެންވަރަށް ރާއްޖޭގެ އިކޮނޮމީ އަށް ފައިދާ ހުރި ކަމެއްތޭ. ދެން އަނެއް ކޮޅުން ފިލްމްސްޓާރުންގެ ލައިފް ސްޓައިލް އަށް ބަލާއިރު އެމެން ތިބެނީ ބޭންކް ރަޕްޓްސީ އިއުލާން ކޮށްގެން ދެން އެމެންނަކީ އެއްވެސް އުޅުމެއް ހުރި ބަޔެއް ނޫން ދޯ. ދެން އެމެން އެއީ ބޭސް ލައިން ގޮތަށް ބަލައިގެން ކަމަށް ދޭހަ ވާ ގޮތަށް މީޑިއާ އިން އެމެން ޕްރޮމޯޓް ކުރާ އުސޫލުން ރާއްޖޭގެ މަސައްކަތް ތެރިން ޕްރޮމޯޓް ކުރަން މީޑިއާ އިން ނޫޅެނީ މީޑިއާ ނުވިކޭނެ ކަމަށް ހީކޮށް ސްޕެކިއުލޭޝަން އެއްގެ ދަށުންނޭ.
ސަބްރީ
31 December 2017
ރަނގަޅު. ކަލޭ ހަމަ ތިހެން ކޮމެންޓް ކުރަން އުޅެންވީ. އެއީ ތި ލިޔުނު އެއްޗެއް ހުދު ކަލެއަށްވެސް ހިއެއް ނުވޭ އެނގޭހެނެއް..