ޓެޓަމް އާއި ޖެނާ؛ ދެ މީހުން މިހާރު ވަނީ ވަކިވާން ނިންމިކަން އިއުލާންކޮށްފައި.
04 އެޕްރީލް 2018 - 06:17
"ސްޓެޕް އަޕް" ފަދަ ފިލްމްތައް އެކުގައި ކުޅެފައިވާ ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ޗެނިން ޓެޓަމް އާއި ބަތަލާ ޖެނާ ޑިވެންގެ 8 އަހަރުވީ ކައިވެނި ރޫޅާލައިފި އެވެ.
ދެ މީހުން ގުޅިގެން ޓްވިޓާގައި ނެރުނު ބަޔާނެއްގައި ވަނީ އެކަން ރަސްމީކޮށް އިއުލާން ވެސް ކޮށްފަ އެވެ. ޓެޓަމް އާއި ޖެނާ 2009 ގައި ކުރި ކައިވެންޏަށް ދަރިއަކު ވެސް ލިބިފައިވެ އެވެ. އެއީ މިހާރު އުމުރުން 4 އަހަރުގެ އެވަލީ ޓެޓަމް އެވެ.
ޓެޓަމް، 37، އާއި ޖެނާ، 37، ނެރުނު ބަޔާނުގައި ދެ މީހުން ވަކިވާން ނިންމި ސީދާ ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު ބުނެފައި ވަނީ އެއީ ދެ މީހުން ވެސް ބޭނުންވެގެން ނިންމި ނިންމުމެއް ކަމަށެވެ.
— Channing Tatum (@channingtatum) April 3, 2018
ބަޔާން ޓެޓަމް ޓްވީޓްކޮށްފައި.
"މީގައި ފޮރުވިފައިވާ ސިއްރު އެއްވެސް ކަމެއް ނެތް. ދެ މީހުން ވަކިވާން ނިންމުމަކީ ހަމަ އަމިއްލަ ނިންމުންތަކެއް،" ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ދެ މީހުން ވަކިވި ނަމަވެސް، އެކަކު އަނެކަކަށް އޮތް ލޯތްބާއި އިހުތިރާމު ކުރިއަށް އޮތް ތަނުގައި ވެސް އޮންނާނެ އެވެ. އަދި އަބަދުވެސް ގާތް ރައްޓެހިންގެ ގޮތުގައި ތިބޭނެ ކަމަށާއި އަދިވެސް "މިއީ އާއިލާއެއް" ކަމަށް ބަޔާނުގައި ބުންޏެވެ.
ދެހާސް ހައެއްގައި ރިލީޒް ކުރި "ސްޓެޕް އަޕް" އަށް ފަހު، ޓެޓަމް އާއި ޖެނާ ވަނީ އެކުގައި 2011 ގެ ފިލްމް "10 އިޔާޒް" ގައި ވެސް މަސައްކަތްކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިއްތި މާ
04 April 2018
ތިދެން ކޯއްޗެއް. ވަކިން ލޯބިން ދޯ؟