ނަމާޝީ.
25 މެއި 2019 - 09:08
އެކްޓަރު މިތުން ޗަކްރަބަތީގެ ހަގު ފިރިހެން ދަރިފުޅު ނަމާޝީ ޗަކްރަބަތީ ބޮލީވުޑަށް ތައާރަފުވާ ފިލްމު "އާޓިކަލް 15" އަންނަ މަހު ރިލީޒް ކުރާނެ ކަމަށް ބުނެފައި ވަނިކޮށް، އޭނާ އެހެން ފިލްމަކަށް ސޮއިކޮށްފި އެވެ.
އަނޫބަވް ސިންހާ ޑައިރެކްޓްކޮށް، އަޔޫޝްމަން ކުރާނާ ލީޑް ރޯލް ކުޅޭ ފިލްމުގެ ސަޕޯޓިން ރޯލަކުން ނަމާޝީ އަށް ފުރުސަތު ލިބުނަސް އޭނާ މިހާރު ވަނީ ފިލްމެއްގެ ލީޑް ރޯލަށް ސޮއިކޮށްފަ އެވެ. އެއީ "ބޭޑް ބޯއި" އެވެ. މިދިޔަ ހަފުތާގައި އިއުލާން ކުރި މި ފިލްމަކީ މަޝްހޫރު ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީގެ ފިލްމެކެވެ.
މި ރޮމޭންޓިކް ކޮމެޑީގެ ޝޫޓިން ވެސް މިހާރު ފަށާފައިވާ އިރު، ނަމާޝީއާ އެކު "ބޭޑް ބޯއި" ގެ ބަތަލާގެ ރޯލުން ފެނިގެން ދާނީ އަލަށް ތައާރަފުވާ އަމްރިން ގްރޭޝީއާ އެވެ. ނަމަވެސް ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.
Rajkumar Santoshi introduces Mithun Chakraborty's son Namashi Chakraborty with Amrin Qureshi in #BadBoy... Produced by Inbox Pictures. pic.twitter.com/PF1QpJYpep
— taran adarsh (@taran_adarsh) May 23, 2019
ސަންތޯޝީއަކީ ވަރަށް ކާމިޔާބު ފިލްމުތަކެއް ގެނެސް ދީފައިވާ ޑައިރެކްޓަރެކެވެ. އެގޮތުން "ދާމިނީ"، "ގާޔަލް" "ގަތަކު" އަދި "އަންދާޒް އަޕްނާ އަޕްނާ" އަކީ ވަރަށް ފާހަގަކޮށްލެވޭ ފިލްމުތަކެވެ. އޭނާ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިނީ 2015 ގައި ޝާހިދު ކަޕޫރާއި އިލިއާނާ ޑި ކްރޫޒް ލިޑް ރޯލް ކުޅުނު "ޕަޓާ ޕޯސްޓަރު ނިކްލާ ހީރޯ" އެވެ.
Rajkumar Santoshi starts new film... A quirky young romantic comedy... Titled #BadBoy... Produced by Sajid Qureshi... Official announcement: pic.twitter.com/xlOqB0HAhq
— taran adarsh (@taran_adarsh) May 18, 2019
ސަންތޯޝީގެ "ބޭޑް ބޯއި" ނަމާޝީ ބޮލީވުޑަށް ނުކުންނަ އިރު، އޭނާގެ ބޭބެ މަހާކްޝޭ ޗަކްރަބަތީ (މިމޯހް) އަކީ 2008 ގައި ފިލްމު "ޖިމީ" އިން ބޮލީވުޑަށް ތައާރަފުވި އެކްޓަރެކެވެ. އެކަމަކު އޭނާއަކީ ބެލުންތެރިންނަށް ކަމުދިޔަ އެކްޓަރެއް ނޫނެވެ.
ސުވާލަކީ ބޮލީވުޑުން ބޮޑު މަޝްހޫރު ކަމެއް ހޯދި މިތުންގެ ހަގު ފިރިހެން ދަރިފުޅު ނަމާޝީ އަށް ކިހާ ވަރެއް ކުރެވިދާނެތޯ އެވެ؟ ޔަގީނުން ވެސް މިތުންފެ ފޭނުން "ބޭޑް ބޯއި" އަށް އިންތިޒާރު ކުރާނެ އެވެ.
ސާޖިދު ގްރޭޝީ ޕްރޮޑިއުސް ކުރާ ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފައްތާހު
25 May 2019
#ނޯފިލްޓަރ ފޮޓޯގަ އެއިނީ އެހެން މީހެއްތަ؟