މުނިފޫހިފިލުވުން

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ސާރާ.

26 ނޮވެމްބަރ 2020 - 08:11

ދެހާސް އަށާރައިގެ "މަރުދު ކޯ ދަރުދު ނެހީ ހޯތާ" އިން ބޮލީވުޑަށް ނުކުތް ޒުވާން އެކްޓަރު އަބިމަންޔޫ ދައްސާނީ އަނެއްކާ ވެސް އާ ފިލްމަކަށް ސޮއިކޮށްފި އެވެ.

މިދިޔަ މަހުގެ ތެރޭގައި ޑައިރެކްޓަރު ސަބީރް ޚާންގެ "ނިކައްމާ" ގެ ޝޫޓިން ނިންމައިލި އުންމީދީ އެކްޓަރު މި ފަހަރު ސޮއިކުރި ފިލްމަކީ ނެޓްފްލިކްސް އަށް ހަދާ "މީނާކްޝީ ސުންދަރޭޝްވަރު" އެވެ. ފިލްމުގެ މައި ދެ ކެރެކްޓާގެ ނަމުން ނަން ދީފައިވާ ފިލްމުގައި އަބިމަންޔޫއާ އެކު ބަތަލާގެ ރޯލް ކުޅޭނީ ނެޓްފްލިކްސް އިން މި މަހު ޕްރިމިއާކުރި "ލޫޑޯ" ގެ ކާސްޓްގައި ހިމެނޭ ސާނިއާ މަލްތުރާ އެވެ.

ފަސްޓްލުކް ވެސް ދައްކާލާފައިވާ "މީނާކްޝީ ސުންދަރޭޝްވަރު" އަކީ ނެޓްފްލިކްސް އާއި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަން ގުޅިގެން ހަދާ ފިލްމެކެވެ. ދެކުނު އިންޑިއާގެ ޒުވާން ޖޯޑެއްގެ ވާހަކަ މަޖާ ގޮތަކަށް ކިޔައިދޭނެ ފިލްމުގެ ޑައިރެކްޓަރަކީ އަލަށް ޑައިރެކްޝަނަށް ނުކުތް ވިވެކް ސޯނީ އެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔުނީ އޭނާ އާއި އާޝް ވޯރާ އެވެ.

"މީނާކްޝީ ސުންދަރޭޝްވަރު" ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

ސަލްމާން ޚާނާ އެކު "މޭނާ ޕިޔާރު ކިޔާ" ކުޅުނު ބަތަލާ ބަގިޔާޝްރީގެ ދަރިފުޅު އަބިމަންޔޫގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އުމޭޝް ޝުކްލާގެ "އާނކް މިޗޯލީ" ހިމެނެ އެވެ.

"އަތުރަންގީ ރޭ" ގެ ޝޫޓިން އަލުން ފަށައިފި

އިންޑިއާގެ ލޮކްޑައުންގެ ކުރިން ޝޫޓިން ފަށާފައި އޮތް ޑައިރެކްޓަރު އާނަންދު އެލް ރާއީގެ އާ ފިލްމު "އަތުރަންގީ ރޭ" ގެ ޝޫޓިން އަލުން ފަށައިފި އެވެ.

ދެހާސް އަށާރައިގައި ޝާހްރުކް ޚާނާ އެކު ގެނެސްދިން "ޒީރޯ" އަށް ފަހު، އޭނާ ޑައިރެކްޓްކުރާ މި ފިލްމުގެ ޝޫޓިން އަލުން ފެށުމާ އެކު ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ. އޭގައި ފިލްމުގެ ލީޑް ކާސްޓްގައި ހިމެމޭ ސާރާ އަލީ ޚާނާއި ދަނޫޝް ފެނެ އެވެ. "އަތުރަންގީ ރޭ" އިން އަކްޝޭ ކުމާރު ވެސް ފެންނާނެ އެވެ. އޭނާ މި ވަގުތު އަންނަނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ޕްރިތުވީރާޖް" ގެ މަސައްކަތް ކުރަމުންނެވެ.

"އަތުރަންގީ ރޭ" މި އަހަރުގެ ފަހުކޮޅު އިއުލާންކުރީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ގައި ސިނަމާތަކަށް ގެންނަ ގޮތަށެވެ. މި ވަގުތު ފިލްމުގެ ޝޫޓިން ކުރިއަށް ދަނީ ވަރާނަސީގަ އެވެ.

"ދުރްގާމަތީ" ގެ ޓްރެއިލާ ދައްކާލައިފި

އަންނަ މަހުގެ 11 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރިމިއާކުރާ ބިރުވެރި ފިލްމު "ދުރްގާމަތީ: ދަ މިތު" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ބޫމީ ޕިޑްނޭކަރް މައިގަނޑު ރޯލު ކުޅެފައިވާ މި ފިލްމަކީ "ބާހްބަލީ" ގެ ބަތަލާ އަނުޝްކާ ޝެޓީއާ އެކު ޑައިރެކްޓަރު ޖީ އަޝޯކް 2018 ގައި ގެނެސްދިން "ބާގަމަތީ" ގެ ރިމެކެކެވެ. އޭގައި ކިޔައިދެނީ ކޮރަޕްޓް ސިޔާސީ ލީޑަރެއްގެ ހަގީގަތް ފަޅާއަރުވާލަން އަންހެން އައިއޭސް އޮފިސަރަކު މަސައްކަތްކުރުމުން އޭނާ މަގާމުން ވަކިކޮށް، އިހުގެ ކިއްލާއެއްގެ ތެރޭގައި ބަންދުކުރުމުން ދިމާވާ ބިރުވެރި ހާދިސާތަކެކެވެ.

އަކްޝޭ ކުމާރު ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވެފައިވާ "ދުރްގާމަތީ" ގެ ކާސްޓްގައި އަރުޝަދު ވަރްސީ އާއި މާހީ ގިލް އާއި ޖިއްޝޫ ސެންގުޕްތާ އާއި ކަރަން ކަޕާޑިއާ ހިމެނެ އެވެ.

އަބީޝެކް އަލުން "ބޮބް ބިސްވާސް" އަށް

ޝޫޓިން ހުއްޓިފައި އޮތް އަބީޝެކް ބައްޗަންގެ ފިލްމު "ބޮބް ވިސްވާސް" ގެ ޝޫޓިން އަލުން ކަލްކަތާގައި ފަށައިފި އެވެ.

އަބީޝެކް ވަނީ އެ ވާހަކަ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފަ އެވެ.

ޝާހްރުކް ޚާންގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކުރާ "ބޮބް ބިސްވާސް" އަކީ ޑައިރެކްޓަރު ސުޖޯއި ގޯޝް 2012 ގައި ގެނެސްދިން "ކަހާނީ" ގައި ހިމެނޭ ބޮބް ވިސްވާސް ކެރެކްޓާއިން ކުރިފަޅުވައިގެން ހަދާ ކްރައިމް ތުރިލާއެކެވެ. ވިދިޔާ ބަލަން ބަތަލާގެ ރޯލް ކުޅުނު އެ ފިލްމުގައި ބޮބް ބިސްވާސްގެ ރޯލު ކުޅުނީ ބެންގާލީ އެކްޓަރު ސަސްވަތާ ޗެޓަޖީ އެވެ.

"ބޮބް ބިސްވާސް" ގެ ޑައިރެކްޓަރަކީ ސުޖޯއިގެ ދަރިފުޅު ދިޔާ އައްނަޕޫރްނާ ގޯޝް އެވެ.

މީގެ ކާސްޓްގައި ޗިތުރަންގަދާ ސިންގް، ޕޫރަބް ކޯލީ، ދޭވް ގިލް ޓީނާ ދެސާއީ ދީރަޖް ރާނާ ހިމެނެ އެވެ. އަދި ހާއްސަ ފެނިލުމަކުން ވިދިޔާ ވެސް ފެންނާނެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!