ހަފީޒާ އަހުމަދު
8 އެޕްރީލް 2020
ކޮރޯނާވައިރަހުގައި މުޅި ދުނިޔޭން މިހާތަނަށް ވަނީ 1.42 މިލިއަން މީހުން ޕޮޒިޓިވްވެ 82،101 މީހުން މަރުވެފައި. ރަނގަޅުވެފައި ވަނީ 302،247 މީހުން
ސްޕެއިން: އޭޕްރިލް 7، 2020: ސްޕެއިންގައި ކޮވިޑް-19 ބަލީގައި ފަރުވާދެމުންދާ ބަލިމީހުންނަށް އެހީތެރިވަމުންދާ ސިއްހީ އެހީތެރިންނަށް ޕިއްޒާތަކެއް ދެނީ.-- ފޮޓޯ: އޭއެފްޕީ
ސްޕެއިން: އޭޕްރިލް 7، 2020: ބާސެލޯނާގައި ކޮވިޑް-19 ބަލީގައި ފަރުވާދެމުންދާ ބަލިމީހުންނަށް އެހީތެރިވަމުންދާ ސިއްހީ އެހީތެރިންނަށް، ރެސްޓޯރެންޓެއްގެ ޝެފުންތަކެއް ކާއެއްޗިހި ތައްޔާރުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ސްޕެއިން: އޭޕްރިލް 7، 2020: އިޓަލީގައި ކޮވިޑް-19 ބަލީގައި ފަރުވާދެމުންދާ ބަލިމީހުންނަށް އެހީތެރިވަމުންދާއިރު، ރައްކާތެރިވުމުގެ ގޮތުން ނަރުސް، މާސްކާއި އަންގިއާއެކު މުޅިގައި އެއްކޮށް ކަވަރުކޮށްފައި.-- ފޮޓޯ: އޭއެފްޕީ
އިޓަލީ: އޭޕްރިލް 7، 2020: އިޓަލީގައި ކޮވިޑް-19 ބަލީގައި ފަރުވާދެމުންދާ ބަލިމީހުންނަށް ފަރުވާދިނުމަށް، ނަރުހަކު ރައްކާތެރިވުމުގެ ގޮތުން، މާސްކާއި އަންގިއާއެކު.-- ފޮޓޯ: އޭއެފްޕީ
ސްޕެއިން، ވެލެންސިއާ: އޭޕްރިލް 7، 2020: ވެލެންސިއާގެ މަގުތައް ބެލެހެޓުމަށް އެގައުމުގެ ސިފައިން ހަރަކާތްތެރިވަނީ.-- ފޮޓޯ: އޭއެފްޕީ
ތައިލޭންޑް: އޭޕްރިލް 7، 2020: ތައިލޭންޑްގައި ކޮރޯނާވައިރަސް ހަލުވިކަމާއެކު ފެތުރެމުންދާތީ، އެ ގައުމުގައި ތިބި ފްރާންސްގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމަށް، ފްރާންސްގެ ސަރުކާރުން ޗާޓަރު ފްލައިޓެއް ބޭއްވުމާ ގުޅިގެން ފްރާންސްގެ ގިނަ ރައްޔިތުންތަކެއް ބޭންކޮކް އެއާޕޯޓުގައި.-- ފޮޓޯ: އޭއެފްޕީ
އިޓަލީ: އޭޕްރިލް 7، 2020: އިޓަލީގައި ކޮވިޑް-19 ބަލީގައި ފަރުވާދެމުންދާ ބަލިމީހަކު ސްނޯކްލިން މާސްކުގައި.-- ފޮޓޯ: އޭއެފްޕީ
އިޓަލީ: އޭޕްރިލް 7، 2020: އިޓަލީގައި ކޮވިޑް-19 ބަލީގައި ފަރުވާދެމުންދާ ބަލިމީހެއްގެ ގައިގައި ނަރުހަކު މާސްކު އަޅައިދިނުމަށް އެހީތެރިވަމުންދާއިރު، ރައްކާތެރިވުމުގެ ގޮތުން ނަރުސް، މާސްކާއި އަންގިއާއެކު މުޅިގައި އެއްކޮށް ކަވަރުކޮށްފައި.-- ފޮޓޯ: އޭއެފްޕީ
ފްރާންސް، ޕެރިސް: އޭޕްރިލް 7، 2020: ކޮރޯނާވައިރަަހަށް ޕޮޒިޓިވްވެ، ކޮވިޑް-19 އަށް ފަރުވާކުރަމުންދާ ބަލިމީހަކަށް ނަރުހަކު އެހީތެރިވަނީ.-- ފޮޓޯ: އޭއެފްޕީ
ފްރާންސް، ޕެރިސް: އޭޕްރިލް 7، 2020: ފްރާންސްގެ ޕޮލިހަކު އައިފިލް ޓަވަރު ކައިރީގައި ތިބި ބައެއްގެ ލިޔެކިޔުންތަކެއް ޗެކްކުރަނީ.-- ފޮޓޯ: އޭއެފްޕީ
ފްރާންސް، ޕެރިސް: އޭޕްރިލް 7، 2020: ފްރާންސްގައި ކޮވިޑް-19 ގެ ބަލި މީހަކަށް ނަރުހަކު ފަރުވާދެނީ.-- ފޮޓޯ: އޭއެފްޕީ
ފްރާންސް، ޕެރިސް: އޭޕްރިލް 7، 2020: ފްރާންސްގައި ކޮވިޑް-19 ބަލީގައި މަރުވި މީހަކު ވަޅުލުމުގެ މަސައްކަތް ކުރިއަށްދާއިރު، އެކަމުގައި ހަރަކާތްތެރިވާ އެންމެން ރައްކާތެރިވުމުގެ ގޮތުން މާސްކާއި އަންގިއާއެކު.-- ފޮޓޯ: އޭއެފްޕީ
ފްރާންސް، ޕެރިސް: އޭޕްރިލް 7، 2020: ފްރާންސްގައި ކޮވިޑް-19 ބަލީގައި މަރުވި މީހެއްގެ ޖަނާޒާގައި ބަޔަކު ބައިވެރިވާއިރު، އެކަމުގައި ހަރަކާތްތެރިވާ އެންމެން ރައްކާތެރިވުމުގެ ގޮތުން މާސްކާއި އަންގިއާއެކު.-- ފޮޓޯ: އޭއެފްޕީ
ފްރާންސް، ޕެރިސް: އޭޕްރިލް 7، 2020: ފްރާންސްގައި ކޮވިޑް-19 ބަލީގައި މަރުވި މީހެއްގެ ޖަނާޒާއަށް ތައްޔާރުވަމުންދާއިރު، އެކަމުގައި ހަރަކާތްތެރިވާ އެންމެން ރައްކާތެރިވުމުގެ ގޮތުން މާސްކާއި އަންގިއާއެކު.-- ފޮޓޯ: އޭއެފްޕީ
ޗައިނާ، ވޫހާން: އޭޕްރިލް 7، 2020: ކޮރޯނާ ވައިރަސް އައުޓްބްރޭކުގައި މަސައްކަތް ކުރަމުންދާ ދެ ނަރުހެއްގެ ގައިގައި މެޑިކަލް ސްޓާފަކު ބައްދާލުމާއެކު ރޮވެނީ.-- ފޮޓޯ: އޭއެފްޕީ
މެކްސިކޯ: އޭޕްރިލް 7، 2020: ކޮވިޑް-19 ގައި މަރުވި މީހަކާ މެދު އަމަލު ކުރާނެގޮތް ދައްކާލުމަށް އެ މަސައްކަތުގައި ބައިވެރިވާ ހުރިހާ އޮފިޝަލުން، މުޅި ގައިއެއްކޮށް ކަވަރުކޮށް، މަރުވި މީހާ ވެހިކަލަކަށް އަރުވަނީ.-- ފޮޓޯ: އޭއެފްޕީ
ރޯދަ މަސް: ދުނިޔޭގެ އެކި ހިސާބުތަކުން
ރޯދަ މަހުގެ އުމްރާ
ރޯދަމަހާއެކު ލޯކަލް މާރުކޭޓުގެ ހާލަތު
ޕީޕީއެމްގެ ބޮޑު ކާމިޔާބީއަށް ފަހު...
Copyright © 2021 Mihaaru · Terms and Conditions · Privacy Policy