ދެެެެެވަނައެއް ނެތް ނޮޅިވަރަންފަރު ބީޗުގެ ހިތްގައިމުކަން

ހދ. ނޮޅިވަރަންފަރު - ފެބްރުއަރީ 22، 2026: ހދ. ނޮޅިވަރަންފަރުގެ ބީޗަކީ އަޖައިބުކުރަނިވި ގުދުރަތީ ފުރިހަމަ ކަމެއް ލިބިފައިވާ ތަނެކެވެ. ރީތި، ހިމުން ދޮންވެލިގަނޑު މުޅި ރަށް ވަށާ ފެތުރިފައި އޮތްއިރު، އެ ވަރުގެ ނަލަ ބީޗެއް އޮތް އެހެން ރަށެއް މަދުވާނެ އެވެ. އެ ބޮޑު ބީޗުގެ މޫދު ވެސް ސާފުވެފައި ރީއްޗެވެ. އެ ތަނަށް މޫދަށް އެރިލައި މަޖާކޮށްލަން ގޮސް އުޅޭ ކޮންމެ މީހަކަށް ވެސް އެއީ ވަރަށް އުފާވެރި މާހައުލެކެވެ. ކައިރި ރަށްރަށުން ވެސް ވަރަށް ގިނަ މީހުން ދަތުރު ހަދައިގެން އެ ބީޗަށް ގޮސް އުޅޭ. -- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު

ފަޔާޒް މޫސާ
ފަޔާޒް މޫސާ
22 ފެބުރުއަރީ 2026
ނޮޅިވަރަންފަރުގެ ބީޗު ސަރަހައްދު. ހިމުން ދޮންވެލިގަނޑު ވަނީ މުޅި ރަށް ވަށާ ފެތުރިފައި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރަށުގެ ބީޗާ ދިމާލު ރުއްގަނޑު ސަރަހައްދުގައި އެ ރަށު އާއިލާ އެއް މަޑުކޮއްލައިގެން. ހުކުރު ދުވަހު މި ރަށުު ގިނަ އަދަދެއްގެ ބަޔަކު އާއިލާއާއެކު ރަށުގެ ބީޗު ސަރަހައްދަށް މޫދަށް އެރެން ދޭ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ގުދުރަތީ ފުރިހަމަކަން ފެންނަ ހދ. ނޮޅިވަރަންފަރު ބީޗުން މީހަކު ހިނގާލައިފައި ދަނީ. މީ ހދ. އަތޮޅުގައި އޮންނަ އެންމެ ބޮޑު އެއް ރަށް -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކުދިންތައް މޫދަށް އެރި މަޖާކުރަނީ. ބަންދު ދުވަސްތަކުގައި އާއިލާއާ އެކު ގިނަ އަދަދެއްގެ ކުދިން މޫދަށް އެރެން މި ބީޗަށް އާދޭ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މޫދަށް އެރުމަށާއި ޑިންގީ ލަފާ ފޭބުމަށް ނޮޅިވަރަންފަރު ބީޗުގައި ހަދާފައިވާ ޖެޓީގައި ކުދިންތަކެއް ސަކަރާތް ޖަހަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މޫދަށް އެރެން ބީޗުގައި ތިބި ކުދިންތަކެއް ފޮޓޯއަކަށް ހުއްޓިލައިގެން. ކައިރި ރަށްރަށުން ވެސް ވަރަށް ގިނަ މީހުން މި ބީޗަށް މޫދަށް އެރެން އާދޭ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މޫދަށް އެރެން ގޮސް އުޅުނު ކުދިންތަކެއް މޫދަށް ފުއްމާލަނީ. ނޮޅިވަރަންފަރުގެ މި ޗާލު ބީޗާއި މޫދު ބޭނުން ކުރަން ކައިރި ރަށްރަށުން ވެސް މީހުން އާދޭ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކުޑަކުދިންތަކެއް ސާފިން ބޯޑެއް ހިފައިގެން ބީޗުގައި މަޖާކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކުޑަކުއްޖަކު އާއިލާގެ މީހުންނާ އެކު ބީޗުގައި ކުޅެނީ. ހދ. ނޮޅިވަރަންފަރަކީ އަޖައިބުކުރަނިވި ރީތިކަމެއް ލިބިފައިވާ ބިން ބޮޑު ރަށެއް -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކުދިންތަކެއް މޫދަށް އެރޭ އިރު ބެލެނިވެރިން ދޮންވެލި ބީޗުގައި އެ މަންޒަރު ބަލަން މަޑުކޮށްލައިގެން. މި ތަނަށް މޫދަށް އެރިލައި މަޖާކޮށްލަން އައިސް އުޅޭ ކޮންމެ މީހަކަށް ވެސް މިއީ ވަރަށް އުފާވެރި މާހައުލެއް -- ފޮޓޯ: ފަަޔާޒު މޫސާ | މިހާރު

ހދ. ނޮޅިވަރަންފަރު ބީޗު ސަރަހައްދު: މި ރަށަކީ އަޖައިބުކުރަނިވި ރީތިކަމެއް ލިބިފައިވާ ބިން ބޮޑު ރަށެއް -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހދ. ނޮޅިވަރަންފަރު ބީޗު ސަރަހައްދު. މި ރަށުގެ މި ރީތި ބީޗު ބޭނުންކުރަން އެހެން ރަށްރަށުން ވެސް ދަތުރު ހަދައިގެން ވަރަށް ގިނަ މީހުން އާދޭ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ހދ. ނޮޅިވަރަންފަރު ބީޗުގައި ކުޑަކުދިންތަކެއް ސަކަރާތް ޖަހަނީ. މި ރަށުގެ މި ރީތި ބީޗު ބޭނުންކުރަން އެހެން ރަށްރަށުން ވެސް ދަތުރު ހަދައިގެން ވަރަށް ގިނަ މީހުން އާދޭ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިތުރު ފޮޓޯ ގެލަރީ