ireporter banner

ކ.ހުރާގައި ރިޔާސީކެމްޕޭން ނިންމުމަށް މުއިއްޒުގެ ސަޕޯޓަރުން ބޭއްވި ހިގާލުން

images
images
images
images
images
images
images
images
images

ކ.ހުރާގައި މުއިއްޒުގެ ކެމްޕެއިން ނިންމުމަށް ހިގާލުމެއް ކުރިއަށް ގެންގޮސްފި. މިހިންގާލުމުގައި މުއިއްޒުއަށް ތާއީދު ކުރާގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި.

Flag this post

0

ފަލަސްޠީނުގެ ރައްޔިތިންނާއިއެކު އއ. ރަސްދޫ

images
images
images
images

ހައްދު ފަހަނަ އަޅާފައިވާ ޔަހޫދީން ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚުތުންނާ ދެކޮޅަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަކާއި، ހިންގަމުންގެންދާ އެންމެހާ ލާއިންސާނީ ޢަމަލުތަކާއި ދެކޮޅަށް އަޑު އުފުލައިފިއެވެ.

"އިންޓަރނޭޝަނަލް އެއިޑް ކެންޕެއިން"އާއި ގުޅިގެން އއ.ރަސްދޫ ކައުންސިލުން އިސްނަގައިގެން "U2 ވިތު ގާޒާ"ގެ ނަމުގައި ކުރިޔަށްގެންދިޔަ މި ހަރަކާތުގައި މިރަށު ކުދިބޮޑު އެންމެހާ ރައްޔިތުން ވަނީ ބައިވެރި ވެފައެވެ. އަދި ރަސްދޫގައި ވަނީ ފަލަސްޠީނުގެ ދިދަ ވެސް ނަގާފައިއެވެ.

މި ހަރަކާތުގައި ރައްޔިތުންގެ ޝުޢޫރު ފާޅު ކުރުމާއި ފަލަސްޠީނަށް އެހީވުމަށްޓަކައި ފައިސާ ހަދިޔާކުރުންވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

Flag this post

25

"ފްރީ ފަލަސްޠީން" އއ. ހިމަންދޫ

images
images
images
images
images
images
images
images
images
images
images
images
images
images
images
images
images
images
images

އިޒްރޭލުގެ ހައްދުފަހަނަ އަޅާފައިވާ ޔަހޫދިީން ފަލަސްޠީނަށް ދެމުން ގެންދާ ހަމަލާތަކުގައި ހާލުގައި ޖެހެމުންދާ އެންމެހާ އަޚުންނާ އުޚުތުންނަށް އެހީވުމަށްޓަކައި އއ.ހިމަންދޫގައި މިއަދު ޚާއްސަ ހަރަކާތެއް ކުރިޔަށް ގެންގޮސްފިއެވެ.

ހިމަންދޫ ސްޓެލްކޯއިން އިސްނަގައިގެން ރަށުގެ ހުރިހާ މުއައްސަސާ ތަކުންނާ އަދި ކްލަބް ޖަމްޢިއްޔާތަކުން ވަނީ ހޫނު ތަރުހީބެއް ދީފައެވެ.

މުޅި ރަށުގެ ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔައީ ފައިސާ ހޯދުމުގެ ހަރަކާތްތަކެކެވެ. އަދި މި ހަރަކާތްތަކުން ލިބޭ ހުރިހާ ފައިސާއެއް ފަލަސްޠީނަށް ހަދިޔާ ކުރުމަށް ވަނީ ހަމަޖައްސާފައެވެ.

Flag this post

5

ދިވެހިން ބޭނުންވަނީ މި ކަހަލަ ވެރިކަމެއްތޯއެވެ.

images

އާ ޤާނޫނުއަސާސީގެ ދަށުން މިހާތަނަށް 3 އިންތިޚާބީ ރައީސުން ވެރިކަންކޮށްފިއެވެ. 4 ވަނަ ރައީސްގެ ދައުރު އަންނަ ނޮވެންބަރު 17 ފެށޭނެއެވެ. ވެރިކަމަށް އަންނަނީ ވަޢުދުތަކެއްވެ ފުއްދާނެކަމުގެ ޔަޤީންކަން ދެމުންނެވެ. ވެރިކަމަށް އައުމުން ވަޢުދުގެ ހަދާން ހުންހެނެއް ހީއެއްނުވެއެވެ. ދައުރުގެ އަހަރެއް ނުވަނީ އިވެނީ ވަކި ބަޔަކަށް މަޤާމާއި، ނާޖާއިޒުގޮތުގައި ޕްރޮޖެކްޓް ދޭ ވާހަކައެވެ.

އެކަންކަން ބަލަން އޮންނަ "މިނިވަން" ތަންތަނަށް ލަނީ އެކަންކުރެވޭނެ ބަޔެއްތޯ ބަލާފައެއް ނޫނެވެ. އެ ތަންތަނަށް ލަނީ ބުނާނެގޮތަށް ކަންކުރާ މީހުންނެވެ. ދައުރު ނިމޭއިރު އޮންނަނީ "ވެރިކަން ބަދަލުކުރަން" ޖެހިފައެވެ.

މީ ރައްޔިތުން ބޭނުންވާ ކަހަލަ ވެރިކަމެއްތޯއެވެ. ދެންއޮތީ އަންނަންއޮތް 5 އަހަރަށް އައު އުންމީދެއްކުރުމެވެ. ބަލަމާ ބަހީއެވެ.

Flag this post

3
images
images
images
images
images
images
images

ކަނޑުހުޅުދޫގެ ރައްޔިތުންނާއި ކަނޑުހުޅުދޫގެ އެކި އެކި ޖަމިއްޔާތަށް ގުޅިގެން އެ ރަށުގައި ކުރިޔަށް ގެންދެވުނު "ދިވެހިން ފަލަސްތީނާއި އެކު" ހިނގާލުމުގެ ތެރެއިން.

Flag this post

0
images

ނ. އަތޮޅު ފޮއްދޫއަކީ އަބާދީގޮތުން ކުޑަނަމަވެސް, ފަތުރުވެރިންގެ މެދުގައި މަޤުބޫލު މަންޒިލެކެވެ. އުމްރާނީ ގޮތުން މިހާރު ފޮއްދޫއަށް ކޮންމެވެސް ވަރަކަށް ތަރައްޤީގެ ކުލަ އަންނަނީ ޖެހެމުންނެވެ. އެހެންނަމަވެސް ޒަމާނުއްސުރެން ފޮއްދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމަށް އަދިވެސް އެންމެ އެދެވޭ ހައްލުވަނީ ނުލިބިފައެވެ. ރައީސް ޞާލިޙްގެ ސަރުކާރުން 3 ސެޕްޓޭމްބަރ 2023 ގައި އެމް.ޓީ.ސީ.ސީއާއި އެކު ފޮއްދޫ ބަނދަރު ހެދުމަށް ސޮއެކުރެވުންދިޔައީ ފޮއްދޫ އެންމެ ކުޑައިން ފެށިގެން ބޮޑުމީހާ އާއިހަމައަށް އުފާވެރިކަން ގެނުވިކަމަކަށެވެ. ނަމަވެސް އަދިވެސް ކަންބޮޑުވުމަކީ ބަނދަރުގެ އަމަލީ މަސައްކަތް ނުފެށި އޮތުމެވެ.

Flag this post

18

"ޤަރީނާ" ޕްރިމިއަރ ކޮށްފި

images
images
images
images

މީޑިއާނެޓަށް "އެއްކާފު"ން ފުރަތަމަ ފަހަރަށް ހެދި ސީރީޒް "ޤަރީނާ" އޮލިންޕަހުގައި މިރޭ ޕްރިމިއަރ ކޮށްފިއެވެ.

އެއްކާފުން ޕްރޮޑިއުސްކުރި މި ސީރީޒްގެ ޑައިރެކްޓަރަކީ މީގެ ކުރިން ފާތިމަތު ނަހުލާ އަދި ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އެކު ޑައިރެކްޓު ކުރުމުގެ ތަޖުރިބާ ހޯއްދެވި އެކްޓަރު ފައިސަލެވެ. ފައިސަލް ޑައިރެކްޓުކޮށް އެކްޓު ކުރާ މިސީރީޒްގައި ދާއިރާގެ ފުންނާބު އުސް ބައެއް ތަރީންނާއިއެކު އާ މޫނުތަކެއްވެސް ފެނިގެންދިޔައެވެ.

"މީ ބަލާލަން ވަރަށް ރީތި، ދެން ވާނީ ކިހިނެއްބާއޭ އަބަދު ހިތަށްއަރާފަ ހުންނަންޖެހޭ ފުރިހަމަ ސީރީޒެއް" ކަމަށް ގިނަ ބޭފުޅުން ވަނީ ފާހަގަ ކުރައްވާފައެވެ.

ސަސްޕެންސް ތްރިލަރ މި ސީރީޒް ބައްލަވައިލައްވަން ބޭނުންފުޅުވާ ފަރާތްތަކަށް މީޑިޔާނެޓް ވީޑިއޯކްލަބަށް ސަބްސްކްރައިބް ކޮށްގެން ބަލާލެވޭނެއެވެ

Flag this post

6